ގުލްހަޒާރުމާ

ކިޔާފައިވާ ޢަދަދު: 3257
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި ނަން: ގުލްހަޒާރު

ޙަސަން ސަޢީދު
ގުލްހަޒާރުމަލަކީ ” ޑަފޮޑިލްސް” ކިޔާމަލުގެ ޢާއިލާއިން ފުރަތަމަ ތަޢާރުފުވީ މަލެވެ. މި މަލުގެ ނަމަކަށް ޕޮއެޓަސް ޑަފޮޑިލް އާއި، ނަރްގިސް އާއި، ޕީޒެންޓްސްއައި އާއި، ފިންޑާރް ފްލާވަރް އާއި، ޕިންކްސްޓަރް ލިލީ، ކިޔައި އުޅެތެވެ.

ރިޕަބްލިކް އޮފް ނައުރޫގެ ހިތާމަވެރި ހާލު

ކިޔާފައިވާ ޢަދަދު: 8284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ޗާޓުން ނިޔުޒިލެންޑް ހޯއްދަވާށެވެ. ދެން ނިޔުޒިލެންޑުގެ  ހުޅަނގު ދެކުނު ކޮޅުގައި އިނގިލި ޖައްސަވާލައްވައިގެން ހަމަ ސީދާ މައްޗަށް ( އުތުރަށް ) އިނގިލި ގެންދަވާށެވެ. ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ)ގައި ޖެހޭއިރު އެ ފެންނަނީ ދުނިޔޭގެ ރެކޯޑް ފޮތްފޮތުން، އެންމެ ކުޑަ ޖުމްހޫރިއްޔާގެ މަގާމު ހޯދާފައިވާ ރިޕަބްލިކް އޮފް ނައުރޫއެވެ. އަޅުގަނޑުމެންގެ ފުވައް މުލަކުގެ 4 ރަށަށްވުރެ ތަންކޮޅެއް ކުޑަ ޖަޒީރާއެކެވެ. ކާރެއް ނުވަތަ މޮޓޯ ސައިކަލެއްގައިނަމަ 30 މިނެޓުން ރަށްވަށައިގެން ބަލައިލެވޭނެކަމަށް ވެއެވެ. ކުރީގެ ޗާޓުތަކުގައި  ޕްލެޒަންޓް އައިލެންޑް (ހިތްފަސޭހަ ޖަޒީރާ)  ގެ ގޮތުގައިވެސް ނައުރޫ އަށް ނަން ދެވިފައިވެއެވެ. އެއީ 1798 ގައި އެރަށް އެންމެ ފުރަތަމަ ފެނުނު އިނގިރޭސި ކެޕްޓަން އެ ރަށަށް ދެއްވި ނަމެވެ.

އަޅުގަނޑުގެ ދޭހަ ފޮތް

ކިޔާފައިވާ ޢަދަދު: 11927
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފޮތެއްގެ ތަޢާރުފު:

އަޅުގަނޑުގެ ދޭހަ ފޮތް

 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މި ދަންނަވަނީ އަޅުގަނޑު ފޮތެއް ނެރުނު ވާހަކައެއް ނޫނެވެ. އާދެ! ދާދި ފަހުން އަޅުގަނޑު ވެސް ދެ ފޮތެއް ޝާއިޢުކޮށްފީމެވެ. އެއީ “މަޒުމޫނު ލިޔުމުގެ މަގު” ކިޔާ ފޮތަކާއި “ފޮތުގެ ތަޢާރުފު ލިޔުމުގެ މަގު” ކިޔާ ފޮތެކެވެ. އެކަމަކު މި ފަހަރު ތިޔަ ބޭފުޅުންނަށް މި ހުށަހަޅައިލަނީ ޒުވާން ލިޔުންތެރިއެއް ކަމުގައިވާ އަދި މި ސައިޓްގެ ވެސް ލިޔުންތެރިއެއް ކަމުގައިވާ ލިޔުންތެރީންގެ ގުޅުމުގެ މެންބަރު ޙަސަން ޒަހީން ތަޞްނީފުކުރެއްވި ފޮތެއްގެ ވާހަކައެވެ.

ހެޔޮ ވެރިކަން

ކިޔާފައިވާ ޢަދަދު: 7962
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢިލްމީ ނަޒަރަކުން…..: 

ހެޔޮ ވެރިކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެއްވެސް ޝައްކެއް ނެތް ގޮތުގައި “ހެޔޮ ވެރިކަން” މި މަފުހޫމަކީ ދިވެހީންނަށް ދަސްވެ ބާވެފައިވާ މަފުހޫމެކެވެ. ހަމަ ގައިމުވެސް މި ބަސް އެކަކަށް ވެސް މިހާރަކު އަލެއް ނުވާނެ އެވެ. އެހެންނަމަވެސް މި މަފުހޫމުގެ ޙަޤީޤީ މާނައާއި އޭގެ ރޫޙާމެދު ވިސްނަނީ ކިތައް މީހުންބާވައެވެ!! ހެޔޮ ވެރިކަމޭ އަޅުގަނޑު މި ދެންނެވީ އިނގިރޭސިބަހުން ކިޔާ “good governance” (ގުޑް ގަވަރނަންސް) މި މަފުހޫމަށެވެ. އެހެންކަމުން މި ބަހުގެ ނުވަތަ މަފުހޫމުގެ މާނައަށް ބަލައިލާން ގަސްތުކޮށްލީ އެވެ.

ފިޔާތޮށި ފިނިފެންމާ

ކިޔާފައިވާ ޢަދަދު: 7021
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު
ފިނިފެންމަލުގެ، ގާތްގަނޑަކަށް 100 ވައްތަރު ހުރެއެވެ. އެހެންނަމަވެސް 1940 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ހައްދަމުން އައީ ފިޔާތޮށި ފިނިފެންމަލެވެ. އެ މަލަކީ ވަރަށް މީރުވަސްދުވާ މަލެކެވެ. މި މާ ރާއްޖެއިން މަދުވަމުން އައި ދުވަސްވަރުގައި ފިޔާތޮށި ފިނިފެންމާ ސަރުކާރުން ވަނީ ރާއްޖޭގެ ޤައުމީ މާ ކަމުގައި ހަމަޖައްސަވައިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ފިޔާތޮށި ފިނިފެންމާ އާލާވަމުން އަންނަކަން ފާހަގަކުރެވެއެވެ.

އެންގުން

ކިޔާފައިވާ ޢަދަދު: 2795
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
   ހ. އާމުލީގެ، މާލެ

ޚާއްޞަ ދެންނެވުން

ލައިބްރަރީ އެންޑް އިންފޮރމޭޝަން ސައެންސަސްގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ‘ލިޔުންތެރީންގެ ގުޅުމަށް’ ވަނީ ލިބިފައެވެ. މި ފުރުޞަތުގެ ދަށުން ކޯހުގައި ބައިވެރިވާ ދަރިވަރަކަށް ކޯސް ފީ މި ޖަމްޢިއްޔާ މެދުވެރިވެގެން ދައްކައިދޭނެ އެވެ.  
 
ޝަރުޠުތައް:
  1.ގްރޭޑް 10 ނިންމައިފައިވުން، އަދި

ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 7480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ސައިކުރާ އިބްރާހީމް ނަޢީމު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ކޮންމެ ވާހަކައެއް ޗާޕު ވެގެން ނުކުންނަ ދުވަހަކީ ދަރިއަކު ލިބިގެން މީހަކު ކުރާނެ އުފާ އޭނާ ކުރައްވާ ދުވަހެކެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓް އެންމެ ފުރަތަމަ ހާމަ ކުރެވުނު ރެއަކީ އަޅުގަނޑަށްވެސް އެވަރުގެ އުފަލެއް ލިބުނު ރެއެކެވެ. އެއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ. އެރެއަކީ އެކެޑަމީގެ ވެބްސައިޓް ވެސް ހުޅުވާ ރެއަށް ވާތީ، އެތާނގެ ވެރިންގެ ހެޔޮފުޅުކަމުން އަޅުގަނޑުމެންގެ ވެބްސައިޓް ވެސް އެ ޖަލްސާގައި ހުޅުވޭނޭ ގޮތް ހައްދަވައި ދެއްވީއެވެ. އަޅުގަނޑުމެންގެ ވެބްސައިޓް ރަސްމީކޮށް ތަޢާރަފްކޮށް ދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ޑޮކްޓަރ މުޙައްމަދު ލަޠީފެވެ.

ތައިލޭންޑްގެ ފެންމަތީ މާރުކޭޓު

ކިޔާފައިވާ ޢަދަދު: 8022
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެންމާތީ މާރުކޭޓު(ނުވަތަ ފްލޯޓިންގ މާރކިޓް)އަކީ ބޯޓުފަހަރުގައި މުދާވިއަކާ މާރުކޭޓުތަކެވެ. މި ކަން ފެށިފައި ވަނީ ޢާއްމު ދިރިއުޅުމުގައި ކަނޑު ދަތުރުރުފަތުރު މުހިއްމު ދައުރެއް އަދާކުރި ޒަމާނުގައެވެ. މިއަދު މި ފަދަ މާރުކޭޓުތައް ޢާއްމު ގޮތެއްގައި ހިންގަނީ ފަތުރުވެރީންގެ ޝައުޤުވެރިކަމަށް ޓަކައެވެ. މި ފަދަ އެންމެ ބޮޑެތި މާރުކޭޓުތައް މިހާރު ފެންނަން ހުރީ ތައިލޭންޑާއި އިންޑޮނޭޝިއާ އާއި ވިއެޓްނާމް ފަދަ ޤައުމުތަކުންނެވެ.

ލިޔާށެވެ! ލިޔުންތެރިއަކަށް ވާށެވެ!

ކިޔާފައިވާ ޢަދަދު: 5155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
އަންނާށެވެ! އަޅުގަނޑުމެންނާއެކު އަންނާށެވެ! ލިޔުންތެރިއަކަށް ވެވޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ! އެއީ އުނދަގޫ ކަމެއް ނަމަވެސް ހަމަގައިމު ވެސް އެއީ ނުކުރެވޭނޭ ކަމެއް ނޫނެވެ.

ތެދެކެވެ! ލިޔުންތެރިއަކަށް ވުމަކީ ކުއްލިއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ލިޔުންތެރިކަމުގެ ސިޑިއަކީ ވަރަށް ގިނަ ހަރުފަތްތަކަކުން އަރަންޖެހޭ ވަރަށް އުސް ސިޑިއެކެވެ. ނަމަވެސް ލިޔުންތެރިކަމަށް ޝައުޤު ހުންނަ ކުދީން ވަރަށް ޅަ ޢުމުރުގައި ވެސް މޮޅު ލިޔުންތެރީންގެ ގޮތުގައި ފާހަގަވެގެންދެއެވެ. އެ ކުދީންނަށް ޠަބަޢީ ގޮތުން މާ ބޮޑު އުނދަގުލަކާ ނުލައި ލިޔުންތެރިކަމުގެ ފަންނުގެ ތެރެއަށް ވަދެވިދެއެވެ. އަނެއްބައި ކުދީން މިންނަތް މަސައްކަތުން އެކަން ޙާޞިލުކުރެއެވެ. ވީމާ ކުރާންވީ ކަމަކީ ލިޔުމެވެ. ލިޔެވޭތޯ ބެލުމެވެ. މިހާރު އަޅުގަނޑުމެންގެ ޔުނިވަރސިޓީގައި ދިވެހިބަހުން ޑިގްރީ ނެގުމަށް މަސައްކަތްކުރާ ދަރިވަރުން އެ ހަދާ ޢިލްމީ ދިރާސާތަކަކީ އެއީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ޚަޒާނާއަށް ވަރަށް އަގުހުރި ލިޔުންތަކެކެވެ. އެ ދަރިވަރުން ލިޔުންތެރިކަމުގެ ގޮތުން ކުރިޔަށް ދާން ބޭނުން ނަމަ އަޅުގަނޑުމެންނާ ގުޅެންވީ އެވެ.

ލިޔުންތެރީންގެ ގުޅުމުގެ ބައެއް އުސް އަލިތައް

ކިޔާފައިވާ ޢަދަދު: 2991
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން

  ހ.އާމުލީގެ، މާލެ

ލިޔުންތެރީންގެ ގުޅުން

ލިޔުންތެރިންގެ ގުޅުމަކީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމާއި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހާއި ދިވެހި އަދަބީ ފަންނުތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމާއި،