ކަރަންޓްގެ އަލިކަން ނައިފަރުގެ ޖައްވުން ފާއްދައިލި ހިނދު!

ކިޔާފައިވާ ޢަދަދު: 3160
މުޙައްމަދު އިސްމާޢިލް ފުޅު
އިލެކްޓްރިކްގެ އަލިކަން ދިވެހިރާއްޖެއަށް ފުރަތަމަ ތަޢާރުފުވީ 29 ޞަފަރު 1369 (20 ޑިސެމްބަރ 1949) ރޭ މާލޭގައެވެ. އިލެކްޓްރިކްގެ އަލިން ރާއްޖޭގައި އެންމެ ފުރަތަމަ ދިއްލައިލި ބިނާއަކީ އޭރު “ނާދީ ތަމައްދުނު” ހިނގަމުންދިޔަ ޢިމާރާތެވެ. “ކީރިރތި ޤުރުއާނާ ބެހޭ މަރުކަޒު” މިހާރު ހިނގަމުންއެދަނީ މި ދެންނެވި ޢިމާރާތުގައެވެ. 
 

ފިހާރަ ބަންދު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 4068
ލިޔުއްވީ ނަބީލާ ރައްޙާލް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މީގެ ދެތިން މަސްދުވަސް ކުރިން، ވަރަށް ކުޑަ ކާރެއް ލެބެނާނުގެ ސައްބީހަކަށް ސަހަރަށް ގޮސް މީހުން ގިނައިން އެއްވެ އުޅޭ ހިސާބު ހިސާބުގައި މަޑުކޮށްލައިގެން އޮތެވެ.
 
މިކާރުގެ އަސްލު ކުލަ ވަކިކުރަން ނޭނގޭވަރަށް  އެ ކާރުގެ ވަށައިގެން ވަނީ ‘ ބޮޑު ފިހާރައިން’ ވިއްކާ ތަކެތީގެ ‘ އިޝްތިހާރެވެ’! އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން، އިމާރާތް ކުރަން ފެށުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ، ވަކި ނިޔާއެއް އިއްވާފައި ޖައްސަވާ މުގުރު، ކަރަންޓު މީޓަރާއި ފެން މީޓަރު، މަތީ ތައުލީމުގެ ސަނަދުތައް، މިފަދަ ތަކެތީގެ ބޮޑެތި ފޮޓޯއިން މި ކުޑަ ކާރުގެ ބޭރުވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. އަދި ހުސްޖާގަ ފުރައިލުމުގެ ގޮތުން ރިޝްވަތާއި ފަސާދަ އާއި ގުޅުން ހުރި ސުރުޚީތައް ނޫސް މަޖައްލާއިން ނަކަލުކޮށް ބޮޑުކޮށް، ފޮޓޯ ޖަހާފައިވެސް ހުއްޓެވެ!
 

އޭރުގެ ފަތްފުށްތަކުން…. (99)

ކިޔާފައިވާ ޢަދަދު: 3258

އޭރުގެ ފަތްފުށްތަކުން…. (99)

މުވާޞަލާތުގެ މެދު – ވައިޓްހައުސް

ޢައްބާސް


ޢައްބާސްއަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އެއީ، ގިނަބޭފުޅުން ދެނެވަޑައިގަންނަވާނޭ މ.ސިލްވަރ ކްލައުޑް، (މ.އެންދެރިމާގެ) އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންވެސް ޤައުމާމެދު ވިސްނައެވެ.

ކިޔާފައިވާ ޢަދަދު: 4316

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބައެއް މީހުން ރާއްޖެ ދޫކޮށް އެހެން ޤައުމު ތަކަށް ހިޖުރަ ކުރަނީ ތަފާތު ސަބަބުތަކާހުރެ އެވެ. އުޅެން ފަސޭހަ ވެގެންނެވެ. ތަޢުލީމުގެ ފުރުޞަތު ބޮޑުކަމުންނެވެ. ޞިއްޙީ ސަބަބަކާ ހުރެއެވެ. ވިޔަފާރި ކުރިއަރުވާށެވެ! އަދިވެސް…… އަދިވެސް ކިތަންމެ ސަބަބުތަކެއް މެދުވެރިވެގެންނެވެ. މަޖުބޫރުވެގެންނެވެ. ނުވަތަ އެހެން ގޮތެއް ނެތިގެން ނުވަތަ ނުހޯދިގެންނެވެ.

ވިސްނުން ތޫނުކަން ތާޒާކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން

ކިޔާފައިވާ ޢަދަދު: 4764

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަށް ލިބިފައިވާ ވިސްނުމުގެ ތޫނުކަމަކީ ގުދުރަތީ ކޮންމެ ކަމެކޭ އެއްގޮތަށް މަޑުމަޑުން އިތުރުވަމުން ފުރިހަމަވަމުން ގޮސް މަޑުމަޑުން ދަށަށް ދާނޭ ކަމަކެވެ. ހިތާމައަކީ ވިސްނުން ތޫނުކަމުގެ އިތުރުން، އަޅުގަނޑުމެންގެ ސިއްހަތާއި ތާޒާކަމާއި ހަލުވި ކަމާއި ގައި ބާރުވެސް އުމުރުން ދުވަސް ވާން (މުސްކުޅިވާން) ފެށުމުން ދަށަށް ދާ ކަމެވެ. ނަމަވެސް އަޅުގަނޑު ދެންމެ މިލިޔުނު ކޮންމެ ކަމަކީ ކުޑަ ހިތްވަރެއް ލައިގެން ދަށަށް ދިއުން ފަސްކުރެވެން ނުވަތަ ދަށަށް ދާ މިންވަރު ލަސް ކުރެވެން ހުރި ކަންކަމެވެ.

ބަސް ދަސްކުރަން ފަސޭހައީ ވީ އެންމެ ޅަފަތެއްގައެވެ.

ކިޔާފައިވާ ޢަދަދު: 5044
އަޙްމަދް ސަމީރު ޢަލީ
ބަހުގެ އިލްމުވެރިންނާއި ބަސް ކިޔަވައިދިނުމަށް ޝައުގުވެރިވާ ވަރަށް ގިނަމީހުން ދަންނަ ގޮތުގައި ބަހެއް ދަސްކުރަން އެންމެ ރަނގަޅީ ދަރިވަރުންގެ އުމުރުން ވީ އެންމެ ޅަފަތެއްގައެވެ. ތުއްތު ކުދިން ބަހަކުން ވާހަކަ ދައްކަން ދަސްކުރާ ހަލުވި މިނުގައި ބޮޑެތި މީހުންނަށް އެ ހުނަރު އަތުލައެއް ނުގަނެވެއެވެ. އިލްމީ ގޮތުން މިކަން ހާމަ ކޮށްދެއްވީ Eric Lenneberg   އެވެ. އެރިކް ލެންބާރގަކީ ނާރާއި ބެހޭ އިލްމުގެ ތަޖުރިބާކާރެކެވެ. އަދި ބަސްވާރެއްވެސް މެއެވެ.

މަޢުލޫމާތާއި ޚަބަރުގެ ތަފާތަކީ ކޮބައިހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 4832
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚަބަރަކީ މަޢުލޫމާތު ހެއްޔެވެ؟ މަޢުލޫމާތަކީ ޚަބަރުހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު ހޯދައިލަމާ ހިންގަވާށެވެ! ފުރަތަމަ ސުވާލުގެ ޖަވާބަކީ “އާނއެކޭ” އެވެ. އެހެންކަމަށް ވާނަމަ ޚަބަރާއި މަޢުލޫމާތަކީ އެކައްޗެއް ކަމަށް ބުނަންވީހެއްޔެވެ؟ ނޫނެކެވެ. އެހެން ބުނެވޭކަށް ނެތެވެ. ސަބަބަކީ ދެ ވަނަ ސުވާލުގެ ޖަވާބަކަށް ވާނީ “ނޫނެކޭ” ކަމަށް ވާތީ އެވެ.

ގާވިޔަމަސް: މީރު ކާނާއެއް

ކިޔާފައިވާ ޢަދަދު: 2567

ޙުސައިން ޝާކިރު
ގާވިޔަމަސް ނުވަތަ ގާވިހަމަހަކީ ފާނައާ ވައްތަރު ވިހަގަދަ މަހެއް. މިމަހުގެ ބުރަކަށިމަތީގައި ވިހަކަށިތަކެއް ހުރެއެވެ. މި މަސް އުޅެނީ ގާތަކުތެރޭގައި ބަނޑު ޖަހައިގެންނެވެ. މިދެންނެވީ ދިވެހި ބަސްފޮތް 2006 ގައި ގާވިހަމަސް މާނަކޮށްދީ ސިފަކޮށްދީފައިވާ ގޮތެވެ.

ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވޭ

ކިޔާފައިވާ ޢަދަދު: 3154
ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވާކަމަށް އެމެރިކަން އިންސްޓިޓިއުޓް ފޮރ ކެންސަރ ރިސާރޗްގެ އެންމެފަހުގެ ހޯދުންތަކުން ދައްކައިފިއެވެ. އެހެންކަމުން ޗެރީގައި ހިމެނޭ މާއްދާތަކަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ފުޅިއެއްގެ ތެރެއިން އިރުގެ އަލި؟

ކިޔާފައިވާ ޢަދަދު: 3326
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
މިއަދު އަޅުގަނޑު ލިޔެލަން މިއުޅެނީ މީގެ 12 ވަރަކަށް އަހަރުކުރިން ދުނިޔެއަށް އުފަންވެފައިވާ ތިމާވެއްޓާއި ރައްޓެހި އާ ވައްތަރެއްގެ ބޮތްކަކާއި ބެހޭގޮތުންނެވެ. މިވާހަކަ ކޮންމެހެން ލިޔެލަން ހިތަށްއެރީ އަޅުގަނޑުމެން ހަކަތައަށް ހޭދަކުރަންޖެހޭ މިންވަރު މަތިވެފައި، ބޭނުންވާ މިންވަރަށް ހަކަތަ ނުލިބޭތީވެ މި ބޮކީގެ ބޭނުންކޮށްގެން ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރެވިދާނެކަމަށް ފެންނާތީއެވެ. ޚާއްސަކޮށް ޞިނާޢީ މަސައްކަތްކުރާ ތަންތަނުގައި ކަރަންޓް ބޭނުންކޮށްގެން ދިއްލާ ބޮކީގެ ބަދަލުގައި މިވައްތަރުގެ ބޮކި ބޭނުންކޮށްގެން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ.