ދިވެހިރާއްޖެ އާއި ސީނުކަރައާ ދެމެދުގައިވާ ގުޅުން

ކިޔާފައިވާ ޢަދަދު: 9725
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ސީނުކަރައަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މީގެ ދޮޅު ގަޑިއެއްހާއިރު ކުރީން މާލެވަޑައިގެންފި އެވެ. މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ސީނުކަރައާ ދެމެދު ރަސްމީ ގުޅުން ޤާއިމުކުރިތާ ސާޅީސް އަހަރު ފުރޭ މިއަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސީނުކަރައަށް ކުރެއްވި މި ޒިޔާރަތަކީ ދެ ޤައުމަށް ޚާއްޞަކޮށް ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބުނު މުހިއްމު ދަތުރުފުޅެކެވެ. އަޅުގަނޑު މި އުޅެނީ މި ދަތުރުފުޅުގެ ވާހަކަތައް ލިޔާކަށް ނޫނެވެ. މި ކަމުގެ ތަފުޞީލުތައް ނޫސްތަކުން ހާމަކުރާނެތާ އެވެ.

އޭރުގެ ފަތްފުށްތަކުން…..(2)

ކިޔާފައިވާ ޢަދަދު: 4428
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިކަމުގެ ބޮޑުބުރުގާ އެއްލައިލަމާތޯ އެވެ!

ޢަބްދުﷲ ވަޙީދު މަންދު 
އަޅުގަޑުމެން  ލިއުންތެރިކަމުގައި އަޅުވައިގެން މިއުޅޭ “ބޮޑުބުރުގާ” ނަގާ އެއްލާލައިފިނަމަ، ފެންނަނީ ކޮންއެއްޗެއްތޯއެވެ؟ މާކަ އާދަޔާ ޚިލާފުއެއްޗެއް ނުފެނެއެވެ. ލިއުންތެރިކަމަކީ، ފަހަރެއްގައިވެސް،”ބޮޑުބުރުގާ” އަޅުވައި، މާލިހައްދައިގެން ގެންގުޅެވޭވަރުގެ “ގަނޑުވަރުތެރޭގެ ގޮމާއެއް” ފަދަ އެއްޗެއްނޫނެވެ.

މަގޭ ގޭގެ ފުޅަފެއް ނެތޭ!

ކިޔާފައިވާ ޢަދަދު: 6115
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ކޮންމެ މީހަކުވެސް ނިވައިވުމަށް އެދޭނެއެވެ. ތިމާގެ ގޭގެ “ފުޅައް” ސަލާމަތުން ބެހެއްޓުމަށް އަބަދުވެސް އެދެއެވެ. ހާއަޅާނެ ނުވަތަ އެތެރެ ފެންނާނެ ތަންކޮޅެއް ހުރިތޯ ބެލެއެވެ. ބޭނުމަކީ ހިގައިބިނާވާ މީހުންނަށް ތިމާއާއި ތިމާގެ އާއިލާ ފޮރުމެވެ. ހަމަ އެގޮތަށް ރީތި ހެދުންލައި އަންނައުނު ލުމުގެ ބޭނުމަކީ ވެސް މިއީއެވެ.

މަޢާފު

ކިޔާފައިވާ ޢަދަދު: 311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަޢާފު އެދެން

ސައިޓް ހެކްކުރުމަށް ބަޔަކު ނުވަތަ މީހަކު މަސައްކަތްކުރުމުގެ ސަބަބުން 10 ވަރަކަށް ގަޑިއިރު ވަންދެން ސައިޓްގެ ޚިދުމަތް މެދުކެނޑިގެން ދިޔަކަމަށް ޓަކައި ސައިޓްގެ އަހުލުވެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން.

 

“ލިޔުންތެރިންގެ ގުޅުން”


 

“ޑްރަގް” : ބޭނުންކުރުމުން ވާނުވާ ނޭނގޭ ވަބާ!

ކިޔާފައިވާ ޢަދަދު: 5711
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
ނަބީލަކީ ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ މީހެކެވެ. އަދި މީނާ ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައެވެ. މި ކުދިން ނަބީލް ކައިރިއަށް ދަނީ ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށް ސިއްރުންނެވެ. ޢާއްމުކޮށް ނަބީލާއެކު އުޅެނީ ދެކުއްޖެކެވެ. މި ދެކުދިންނަކީ މައިން ބަފައިންގެ އަޅައިލުން ނުލިބި ރަށުތެރޭގައި ވިޔާނުދާ އުޅުމެއް އުޅެމުންގެންދާ ދެ ކުދިންނެވެ.

ހިންމަތުގެ ނަތީޖާ

ކިޔާފައިވާ ޢަދަދު: 5594
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދައިގެ ރެކްސާ ދުއްވާ މީހަކު އަމިއްލަ ކްލިނިކެއްގެ ވެރިޔަކަށް

ތަރުޖަމާ: ޢަބްދުﷲ ޞާދިޤް
ޒައިނުލް އާބިދީން މިއަދު ވެސް އެވިއްސާރަރޭ ހަނދާން އެބަހުއްޓެވެ. އެއީ، އޭނާގެ ބައްޕައަށް ޑަކްޓަރީ އެއްވެސް އެހީއެއް ނުލިބިގެން މި ދުނިޔެ ދޫކުރި ރެއެވެ.

“ލިޔުންތެރިޔާ”ގެ 6 ވަނަ ޢަދަދު ވިކި ހުސްވަނީ!! އަވަހަށް ކޮޕީއެއް ހޯއްދަވާ!

ކިޔާފައިވާ ޢަދަދު: 6939
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން މަހަކު އެއްފަހަރު ނެރެމުންގެންދާ އަދަބީ މަޖައްލާ “ލިޔުންތެރިޔާ”ގެ 6 ވަނަ ޢަދަދު (މޭ މަހުގެ ޢަދަދު) މިހާރު ވެސް ވިކެމުން އެބަދެއެވެ. ތަފާތު ދާއިރާތަކުގެ ލިޔުންތަކުގެ މައްޗަށް އެކުލެވިފައިވާ މިފަހަރުގެ ޢަދަދުގައި އިސްލާމް، ފޮތެއްގެ ތަޢާރަފު، ޤައުމިއްޔަތު، ތާރީޚާއި ސަގާފަތު، ޞިއްޙަތު، މާމެލާމެލި، ނަލަވުން، އަދަބިއްޔާތު، ޢިލްމީ، އޭރުގެ ފަތްފުށްތަކުން، އަދި ޅެމުގެ ގުލްޒާރު ފަދަ ދާއިރާތަކުގެ ލިޔުންތައް ހިމެނިފައިވެއެވެ. 
6 ވަނަ ޢަދަދުގެ ބައެއް ލިޔުންތަކަށް ބަލައިލާ އިރު އަންނަނިވި ލިޔުންތައް ފާހަގަ ކުރެވެއެވެ. 

ދުނިޔޭގެ އިސް ލީޑަރުންގެ ބަސް ހުއްޓުވައިލި ކުޑަކުއްޖާ

ކިޔާފައިވާ ޢަދަދު: 9053
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް

(ސިވާރން ކަލިސް ސުޒުކީ އުފަންވީ ކެނެޑާގެ ވެންކޫވާގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ވަރަށް ކުޑައިރު ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއް އުފައްދައިގެން މަސައްކަތް ފެށި ކުއްޖެކެވެ. މި ކަމުގައި އޭނާޔާ ބައިވެރިވީ އޭނާގެ ރައްޓެހި އެއް ޢުމުރުގެ ކުޑަކުދިންކޮޅެކެވެ. ތިރީގައި މި ވަނީ 1992 ވަނައަހަރުގެ ބްރެޒިލްގެ ރިއޯ-ޑި-ޖެނޭރޯގައި ބޭއްވި މަޝްހޫރު “އާރތުސަމިޓް” ގައި ސިވާރން ދެއްކި ވާހަކައިގެ އަވަސް ތަރުޖަމާއެކެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 13 އަހަރެވެ.)

ދުނިޔޭގެ ލީޑަރުންގެ ބަސް ހުއްޓުވައިލި ކުޑަކުއްޖާ

ކިޔާފައިވާ ޢަދަދު: 212
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް

(ސިވާރން ކަލިސް ސުޒުކީ އުފަންވީ ކެނެޑާގެ ވެންކޫވާގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ވަރަށް ކުޑައިރު ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއް އުފައްދައިގެން މަސައްކަތް ފެށި ކުއްޖެކެވެ. މި ކަމުގައި އޭނާޔާ ބައިވެރިވީ އޭނާގެ ރައްޓެހި އެއް ޢުމުރުގެ ކުޑަކުދިންކޮޅެކެވެ. ތިރީގައި މި ވަނީ 1992 ވަނައަހަރުގެ ބްރެޒިލްގެ ރިއޯ-ޑި-ޖެނޭރޯގައި ބޭއްވި މަޝްހޫރު “އާރތުސަމިޓް” ގައި ސިވާރން ދެއްކި ވާހަކައިގެ އަވަސް ތަރުޖަމާއެކެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 13 އަހަރެވެ.)

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް

ކިޔާފައިވާ ޢަދަދު: 9645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 11 ވަނަ މާއްދާގައި ޞަރީޙާ ޢިބާރާތުން ބަޔާންކޮށްފައިވާ ވާހަކައެކެވެ. މީގެ އިތުރުން އަޅުގަނޑުމެން ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ ދިވެހިބަހަކީ އެންމެހާ ދިވެހިރައްޔިތުންގެ މާދަރީބަސްކަމެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ވެސް އެއީ ކަމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ބަހަށް ދިވެހިރާއްޖޭގައި އިސްކަންދިނުމަކީ މުހިއްމުކަމެއްކަން ކަށަވަރެވެ.