ރަސްމީ ސިޓީ ލިޔުމުގައި ސަމާލުވާންވީ ކަންތައްތައް

ކިޔާފައިވާ ޢަދަދު: 14255
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބުބަކުރު
ސިޓީލިޔުމާއި މި ބާވަތުގެ ފަންނުގެ މާހިރުން ވިދާޅުވާ ގޮތުގައި މަސައްކަތުގެގެ ދާއިރާގައި ސިޓީބިޓީގެ މުޢާމަލާތުގައި ސިޓީ ލިޔާއިރު، ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އެ ސިޓީ  ރައްދުވާފަރާތް I.M.P.R.E.S.S (ޝައުޤުވެރި) ކުރުމަށް ސަމާލުވުމެވެ. I.M.P.R.E.S.S ރަމްޒުކޮށްދެނީ އިނގިރޭސިބަހުގެ 7 ލަފުޒަކުން ދޭހަވާ މާނަ އެވެ. މި ވާހަކަ ތަންކޮޅެއް ތަފުޞީލުކޮށް ބަޔާންކޮށްލާނަމެވެ.

ރަސްމީ ސިޓީ އިބާރާތްކުރުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުވާންވާނެއެވެ.

އަޑަށް ބަދަލުއައުން

ކިޔާފައިވާ ޢަދަދު: 5656
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ އަޙްމަދު ރަޝީދު، މޫރިތިގެ، ހއ. އިހަވަންދޫ
ދިރިތިބީން ބޭނުންކުރަމުންދާ ބަސްބަހަކީ ގަހެއް ފަދައިން ދިރެމުންދާ އެއްޗެކެވެ. ގަހުގެ ގޮފިތައް ހެދި އާރޯކަން އަންނަފަދައިން ބައެއް ކުރިތައް މަރުވެ އިންދިރާސް ވަމުންދެ އެވެ. ހަމަ މިބީދައިން ބަހުގައި ހިމެނޭ ބައެއް ކަންކަން ބަދަލުވަމުން ދެއެވެ. ދިރުމާއި މަރުވުމެވެ. ނުވަތަ އާލާވުމާއި ނެތި ދިއުމެވެ. މިގޮތުން، ބަހުގައި ހިމެނޭ އަޑުތަކަށް މިފަދަ ތަފާތު ބަދަލުތައް އަންނަމުން ދާކަމަށް ބަހަވީ ޢިލްމުވެރިންގެ ދިރާސާތަކުން ދަނީ ސާބިތުވަމުންނެވެ.

ދިވެހިބަހުގެ ހަރަކާތްތައް އަދިވެސް “އާދަކާދައި”ގެ ގޮތުގައި!!!

ކިޔާފައިވާ ޢަދަދު: 6502
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދިވެހިބަހަށްދޭ ސަމާލުކަން ކުޑަވާ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެއީ އާންމު ވާހަކައެކެވެ. އެކަން ރަނގަޅުކުރުމަށްޓަކައި ތަފާތު ނަންނަމުގައި ތަފާތު ހަރަކާތްތައް ހިންގައެވެ. ކުރިން ވެސް އަދި މިހާރުވެސްމެއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ރަނގަޅު ނުވަނީ ކިއްވެގެން ބާވައެވެ؟ ބަހަށް ލޯބިކުރުން ދަށްވަނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ކުރެވޭ އަދި  ހިންގޭ ހަރަކާތްތަކުގެ ނަތީޖާ ނުނިކުންނަކީ ކޮން ސަބަބުތަކެއް ހުރެގެން ތޯއެވެ؟ މިއީ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދިރާސާކޮށް  ޖަވާބު ހޯދަންޖެހޭ ސުވާލުތަކެކެވެ.

ފޮތުގެ ތަޢާރުފު (6)

ކިޔާފައިވާ ޢަދަދު: 10566
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޖަމީލުގެ “އޯކިޑް”

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

ސުވުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަކީ ދިވެހި ތާރީޚުގައި އެތައް ގޮތަކުން ފާހަގަކޮށްލެވޭ ދިވެހި ދަރިއެކެވެ. ސިޔާސީ މުޙައްނިކެއްގެ ގޮތުންނެވެ. ނުފޫޒުގަދަ ޒަޢީމެއްގެ ގޮތުންނެވެ. ކުރު މުއދަތެއްގައި ރާއްޖެއަށް ބޮޑެތި ބަދަލުތައް ގެންނެވި ޙިކުމަތްތެރި މާހިރެއްގެ ގޮތުންނެވެ.