ތަރައްޤީ އަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 232

  ބިލިއަނުން ޓްރިލިއަނުން ގުނާލެވޭ ޢަދަދުތަކުގެ ފައިސާގެ މުޢާމަލާތްތަކާއި ޙަރަކާތްތައް ދަނީ ހިނގަމުންނެވެ. ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އެއްތަނުން އަނެއްތަނަށް، އެއްބައްރުން އަނެއް ބައްރަށް މިދަނީ ފައިސާ ގެންގޮސް ބަދަލުކުރަމުންނެވެ. މިކުރެވޭ މަސައްކަތުން ލިބޭ ކުރިއެރުމަކީ ހަމަ ތަރައްޤީ ތޯއެވެ. މި ސުވާލު ވަރަށް ގިނަ ފަރާތްތަކުން ކުރެއެވެ. އަހުރެމެންނަށް ޢާންމު ބަހުރުވައިން ހީވަނީ ތަރައްޤީއަކީ އުސްބިނާތަކާއި، ރީތި މަގުތަކާއި، ބްރިޖްތަކާއި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރައި ތަޢުލީމު އުނގަންނައިދޭ ބޮޑެތި މަރުކަޒު ފަދަ ތަންތަން ޤާއިކޮށްފައި ހުރުމުން…

ރިޓަޔަރމަންޓްގައި ޚަރަދު ކުޑަކުރާނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 222

ތިބާގެ މާލީ ޙާލަތު ރަނގަޅުކުރެވޭނީ ހަމައެކަނި ގިނަ ފައިސާތަކެއް ލިބިގެންނެއްނޫނެވެ. އޭގެ ބަދަލުގައި ޚަރަދު ކުޑަކުރުމަކީ ވެސް ފަހަށްރައްކާކުރެވޭ ފައިސާއެވެ. ވަޒީފާއިން މުސްކުޅިކުރުމުން ދެމީހުން (ދެމަފިރިން) ވަޒީފާއަށް ނުދާކަމުގައި ވަނީނަމަ، ކުރިން ދެ ކާރު ގެންގުޅުނުކަމުގައިވީނަމަވެސް ރިޓަޔަރކުރުމުން އެއްކާރު ބޭނުންކުރެވިދާނެއެވެ. ޖާގައިގެ ގޮތުން ތަނަވަސް އަގު ބޮޑު ގެއެއްގައި އުޅުމުގެ ބަދަލުގައި ގޭގައި އުޅޭ މީހުން މަދުވެއްޖެނަމަ، އެތަނުގައި ދިރިއުޅޭ މީހުންނަކީ ދެމަފިރިން އެކަނި ކަމުގައި ވަނީނަމަ، ކުރިން އުޅުނު ބޮޑު ގެ ނުވަތަ އެޕާޓްމަންޓްގެ ބަދަލުގައި…

16 ވަނަ ޤަރުނުގައި ވެސް މުސްލިމުން އެމެރިކާއަށް ވަނުން މަނާކޮށްފައިވޭ…!

ކިޔާފައިވާ ޢަދަދު: 989

ޙަސަން ލުޠުފީ / ރަންފަސް، ސ.ހިތަދޫ ނިރުބަވެރިކަމުގެ ނުރައްކާ އޮތް ކަމަށް ގަބޫލް ކުރެވޭ މުސްލިމު ހަ ޤައުމެއްގެ މީހުން އެމެރިކާއަށް ވަނުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމް މަނާކުރެއްވީ ފާއިތުވި ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އޭގެތެރޭގައި ހިމެނެނީ ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނެވެ. މިއީ ކޮންމެހެން މިއަދު އެކަނި ކުރަންފެށި ކަމެއްނޫނެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. ހަމައެކަނި ތަފާތުވަނީ…

ވަޒީފާއިން މުސްކުޅިކުރާއިރަށް ގިނަ ފައިސާ ހޯދާނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 194

ވަޒީފާއިން މުސްކުޅިކުރާ އުމުރަށް އަންނައިރަށް ގިނަ ފައިސާ ރައްކާކޮށް ޖަމާކުރުމަކީ ވަރަށްވެސް ބޭނުންތެރި އެހައިމެ މުންހިންމުކަމެކެވެ. މިގޮތުން ގިނަ ފައިސާ ހޯދޭނެ ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ. ކަމުގެ ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ރަސްމީ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭ އިތުރު މަސައްކަތެއް އިތުރު ގަޑީގައި ކުރާ ނަމަ ގިނަ ފައިސާ ޖަމާ ކުރެވޭނެއެވެ. މިގޮތުން ފަރުދީ ފެންވަރެއްގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ. ކުޑަކުދިންނަށް ކިޔަވައިދިނުމަކީ ކުރެވިދާނެކަމެކެވެ. މިސާލަކަށް…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (13)

ކިޔާފައިވާ ޢަދަދު: 350

(30 ޖެނުއަރީ 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 176 ވަނަ ޢަދަދާއި( ނޮވެމްބަރު 1993) އާއި 178 ވަނަ ޢަދަދުންނެވެ(ޖެނުއަރީ 1994) ރޯދަމަހާއި ޢީދު   އިސްލާމީ ކޮންމެ މުޖްތަމަޢެއްގައިވެސް ރޯދަމަހަށް މަރްޙަބާ ކިޔުމުގެ ގޮތުން ޚާއްސަ ތައްޔާރުތަކެއް ކުރެވެއެވެ. މިގޮތުން ދިވެހި ކާބަފައިންގެ ދެދަރިކޮޅުކަމުގައިވާ މަލިކާއި ދިވެހިރާއްޖޭގައި ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގެނީ އެއްކަހަލަ ކަންތައްތަކެކެވެ. ރާއްޖެތެރޭގެ ރަށްރަށާއި މަލިކުގައިވެސް ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ އެންމެ…

އައި.ޕީ.އޯ.އަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 194

އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައި.ޕީ.އޯ) އަކީ ވިޔަފާރިއަށް ބޭނުންވާފަންޑު ހޯދުމަށް ޢާންމުކޮށް ހުޅުވާލައިގެން ކެޕިޓަލް މާރކެޓް މެދުވެރިކޮށް ސެކިޔުރިޓީޒް ވިއްކުމެވެ. އައި.ޕީ.އޯ.އަކީ ޢާންމު ފަރުދުންނަށް އިންވެސްޓްކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އައި.ޕީ.އޯ.އިން ކުންފުނިތަކާއި ސަރުކާރުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކިޔުރިޓީޒް ދޫކުރެއެވެ. މިގޮތުން ކުންފުނިތަކުން އާންމުގޮތެއްގައި ފަންޑު ހޯދުމަށް ހިއްސާއާއި ބޮންޑު ވިއްކައެވެ. ހިއްސާއެއް ގަތުމުން އެ ހިއްސާ ގަތްފަރާތަކީ ކުންފުނީގެ ވެރިއެކެވެ. އެހެންނަމަވެސް ބޮންޑު ގަތްފަރާތަކީ ކުންފުނީގެ ކްރެޑިޓަރެއް (އަރަނިވެރި) އެކެވެ. ބޮންޑުގެ މުއްދަތު ހަމަވުމުން ކަނޑައެޅިފައިވާ…

ނަން މަޝްހޫރު ބައެއް ކުންފުނިތައް ބަނގުރޫޓު ވުން.

ކިޔާފައިވާ ޢަދަދު: 197

ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތައް ވަނީ ކުއްލި ގޮތަކަށް ބަނގުރޫޓްވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އިޓަލީގެ ޕާމްލާ، ސަތޭކަ އެތައް އަހަރެއް ވަންދެން ކާމިޔާބުކަމާ އެކު ހިނގަމުންދިޔަ އިނގިރޭސިވލާތުގެ ބޭރިންގްސް ބޭންކް، އިންޑިއާގެ ސަތިޔަމް ކުންފުނި އަދި އެނަމަކަށް ފަޚުރުވެރިވާ އެމެރިކާގެ އެންރޯން ކުންފުނި ހިމެނެއެވެ. މިކުންފުނިތައް އުވިދިއުމަށް ދިމާވި މައިގަނޑު ސަބަބުތައް ވަރަށް އެއްގޮތެވެ. ކުރުގޮތަކަށް ބުނަނީނަމަ ބުނެވޭނީ އެ ވިޔަފާރިތައް ހުއްޓާލަން ޖެހުނު ސަބަބަކީ ގަވަރަނަންސް…

ހިރާސް މެނޭޖްކުރުމުގައި ބޯޑުގެ ދައުރު

ކިޔާފައިވާ ޢަދަދު: 232

ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ހިންގާ ފުޅައުކުރުމަށްޓަކައި ކުންފުންޏަށް ލިބިދޭނެ ގެއްލުން ކުޑަކުރާނެ ގޮތްތަކުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑު މަސްއޫލިއްޔަތެކެވެ. މިގޮތުން ކުންފުނިން ހިރާސް ނެގޭނެ މިންވަރާއި، އަދި އެކަމަށް ދޫދެވޭނެ މިންވަރު ކުންފުނީގައި ގާއިމުކުރަން ޖެހެއެވެ. ކުންފުނީގެ އަމާޒަށް ވާސިލުވުމަށްޓަކައި އެންމެ ބޮޑުވެގެން ކުންފުނިން ގަބޫލުކުރާނެ ހިރާހުގެ އަދަދާއި މިންވަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައި ފާސްކުރަން ޖެހެއެވެ. މިގޮތުން ހިރާސް ކަނޑައަޅާއިރު ކުންފުނީގައި ގާއިމުކޮށްފައިވާ އާދަކާދައަށް ރިއާޔަތްކުރަން ޖެހެއެވެ. އަދި ހަމަ…

ވޮރަން ބުފެޓް

ކިޔާފައިވާ ޢަދަދު: 234

ވޮރަން ބުފެޓް މަޝްހޫރުވެފައި ވަނީ ކާމިޔާބު އިންވެސްޓަރެއްގެ ގޮތުގައްޔާއި، ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ މުއްސަދި މަހުޖަނެއްގެ ގޮތުގައެވެ. އެހެންކަމުން ވޮރަން ބުފެޓްގެ ކުރު ތާރަފަކަށް ދަމާތޯއެވެ. ވޮރަން ބުފެޓް އުފަންވީ، 1930 ވަނަ އަހަރު އެމެރިކާގެ އޮމަހާ ، ނެބްރަސްކާގައެވެ. ބުފެޓްގެ މައިންބަފައިންނަކީ ތަނަވަސް ބައެއްނަމަވެސް ބުފެޓްގެ އޭނާގެ ކިޔެވުމުގެ އެންމެ ޅަ އުމުރުގައިވެސް ވިޔަފާރިކުރުމަށާއި އަމިއްލައަށް މަސައްކަތްކުރުމަށް ވަރަށް ލޯބިކުރިއެވެ. ބުފެޓް ސާނަވީ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނިންމީ ކޮލެޖަށް…

ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން

ކިޔާފައިވާ ޢަދަދު: 270

بسم الله الرحمن الرحيم ލިޔުންތެރީންގެ ގުޅުން       ހ.އާމުލީގެ، މާލެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބީ އާންމު ޖަލްސާ، އަންނަ މާޗު މަހުގެތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަކީ: ރައީސް ނާއިބު ރައީސް (ދެ މަގާމު) ހިންގާ ސެކްރެޓަރީ މަޢުލޫމާތު ފަތުރާ ސެކްރެޓަރީ ޚަޒާންދާރު އިތުރު މެންބަރު (ފަސް މަގާމު)…