މޫޞަލުން ޙަލަބަށް..... މެދުއިރުމަތި ބެހުން: ކުރިއަށް އެޅޭ ފިޔަވަޅެއް

ކިޔާފައިވާ ޢަދަދު: 323

ޢިރާޤުގެ އެންމެ ބޮޑު ދެވަނަ ޕްރޮވިންސްކަމުގައިވާ ނައިނަވީގެ ވެރިރަށް މޫޞަލް މިނިވަންކުރުމުގެ ހަނގުރާމަ ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދާޢިޝްގެ އަތްދަށުން މިނިވަންކުރުމަށް ޓަކައި މިކުރެވޭ ހަނގުރާމައިގެ ސަބަބުން އޭގެ ހިޔަނި އެޅިފައިވަނީ ހަމައެކަނި މޫޞަލްގެ ކުރިމަގަކަށް ނޫނެވެ. މީގެއިތުރަށް މުޅި ޢިރާޤުގެ މުސްތަޤްބަލަށްވެސް މިކަމުގެ އަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރަށް މި ހަނގުރާމައިގެ އަސަރު އަވަށްޓެރި ސޫރިޔާގެ ކުރިމަގަށްވެސް ކުރާނެއެވެ. މި ހަނގުރާމައިގެ ތެރެއަށް ފެތިފައިވާ ފަރާތްތައް ގިނަކަމުން މި މަސްއަލަ  ވަރަށް އޮޅުންބޮޅުންކަން…

ކޮލަމާފުށީ ”ދަގާ”

ކިޔާފައިވާ ޢަދަދު: 286

ގއ. ކޮލަމާފުށީގެ ހުޅަނގުފަރާތު މައިތޮށި އެއީ ވަރަށް ހައިރާންވުން އެކަށީގެންވާފަދަ ގޮތަކަށް ޤުދުރަތީ ގޮތުން އުފެދިފައިވާ ތަނެކެވެ. އެތަން ބަލައިލަން ދާ މީހެއްގެ ހިތަށް އެތަން ފެނިފައި ފުރަތަމައިން ކުއްލި ބިރުވެރިކަމެއް ވަންނަގޮތް ވުން ވަރަށް އެކަށީގެން ވެއެވެ. ކުރިން ދެންނެވި ތޮއްޓަކީ ކޮލަމާފުށީގެ ހުޅަނގުފަރާތުގައި މުޅި ރަށުގެ ދިގަށް އޮންނަ ކަނޑުތޮއްޓެކެވެ. މި ތޮށީގައި އަޅުގަނޑުމެން މި ދެކޭފަދަ ބޮޑެތި ގާގަލެއް ނުހުރެއެވެ. އެކީއެކައްޗަކަށް ފެތުރިފައި އޮންނަނީ ފާޑެއްގެ އައިނުގަނޑެކެވެ. ނަމަވެސް މިއައިނަކީ، ބައެއް ރަށްރަށުގެ…

ކާޅު ހާއްޔަށް ކޮވެލި ބިސްއެޅުން

ކިޔާފައިވާ ޢަދަދު: 638

ކޮވެއްޔާ މެދު ބުނެ އުޅެނީ އެއީ ރާއްޖޭގެ އެއްގަމު ދޫނިތަކުގެ ތެރޭގައި ހިމެނޭ ދޫންޏެއް ކަމުގަ އެވެ. ރާއްޖޭގެ ހުރިހައި ރަށެއްގައިހެން ކޮވެލި އުޅެއެވެ.   ކޮވެލީގެ ފިރިހެން ދޫނީގައި ހުންނަނީ ކަޅުދިހުން ކުލައެވެ. އަންހެން ދޫންޏަކީ ޑިންޑިން ކޮވެއްޔޭ މިކިޔޭ ބާވަތުގެ ދޫންޏެވެ. މިދޫނީގައި ހުންނަނީ މުށިކުލަޔަކާއި ރީނދޫ ފެހިކުލައެކެވެ. މި ދެ ކުލައިން ދެފަށް ކުރެހުމެކެވެ. މިދޫންޏަށް ޑިންޑިން ކޮވެލި ކިޔުނީ އެސޮރު ގޮވާ އަޑަށް ނިސްބަތް ކޮށްކަމަށް ވެސް ވެދާނެ އެވެ.  …

ދިރެމުން އަންނަ މަރޮށީގެ ރާވެރިކަން

ކިޔާފައިވާ ޢަދަދު: 983

ށ.އަތޮޅު މަރޮއްޓަކީ ދިވެހި ތާރީޚުގައި ވެސް މަޝްހޫރު ރަށެކެވެ. ކަޅުއޮށްފުންމީގެ ރިޔާ ތައްޔާރުކޮށްދެނީ މަރޮށީ ރައިވެރިބެއެވެ. އެ ރިޔާ ވިޔަން ޖެހި ކަޑަ މިހާރު އެވަނީ ބޮޑު ކާނިގަހަކަށް ވެފައެވެ. މަރޮށީ ކަރުހަކުރާ މެދު ވެސް ވަރަށް ގިނަ ވާހަކަތައް އިވިފައިވާ ކަމަށް އެކަމާ ބެހޭ ފޯކްލޯ އިން ހާމަވެއެވެ. ރުކުން ތާކަށް ރާތިއްކެއް ޖަހާއިރަށް ކަރުލާ ކަމަށް އިވެމުން އައިސްފައިވެ އެވެ. މިއަދު ވެސް މިހެން ވާ ކަމަށް ވެ އެވެ. ރާވެރި ކަމަށާއި ކަރުހަކުރަށް…

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ

ކިޔާފައިވާ ޢަދަދު: 316

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) އަކީ އަހުރެމެންނަށް ވަރަށް ގިނައިން ފަހަކަށް އައިސް އަޑު އިވޭ ބަހަކެވެ. މިވެނިއެވެނި ކުންފުންޏަކުން ސީ.އެސް. އާރުގެ ދަށުން މިވެނިއެވެނި ކަމެއް ކުރި ވާހަކަ ޚަބަރުތަކުންފެނެއެވެ. މިބަސް ދޭހަވުމަށް ޓަކައި ސީ.އެސް. އާރަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގައި ކޯޕަރޭޝަނުގެ ޑިޔުޓީއަކީ ކުންފުނީގެ ތަނަވަސްކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގާއިރު މުޖުތަމައަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލިވުމާއި، ޙިމާޔަތްކުރުމާއި ނުވަތަ މުޖުތަމައުގެ އެސެޓްތައް (މުދާތައް) ހަރުދަނާކޮށް ރައްކާތެރިކަން ދިނުމެވެ. މި…

މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ- 2016

ކިޔާފައިވާ ޢަދަދު: 789

އެތައްބައެއްގެ އާއިލީ ގުޅުންތައް ބަދަހިވެ، އިޖުތިމާއީ ރޫހު އާލާވެ، ދިވެހި ފުޓުބޯޅައަށް އާ އުންމީދެއް ގެނެސްދީފި! މި އޮކުޓޫބަރު މަހުގެ 12 ބުދަ ދުވަހުން ފެށިގެން 15 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހެންވޭރު ބޯޅަދަނޑުގައި ކުރިޔަށް ދިޔަ “މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ- 2016” ފުޓުބޯޅަ މުބާރާތަކީ، ވަރަށް ގިނަ އާއިލާތަކެއްގެ ގުޅުންތައް ބަދަހިކޮށްދީ އިޖުތިމާއީ ރޫހު އާލާކޮށްދީ ރާއްޖޭގެ ފުޓުބޯޅައަށް އާ އުންމީދެއް ގެނެސްދިން މުބާރާތެކެވެ. މުބާރާތް ހިނގަމުންދިޔަ އިރު ތުއްތު ކުޅުންތެރިންނާއެކު، އެ…

އެމެރިކާއިން 9 / 11 އާ ބެހޭގޮތުން ފާސްކުރި ޤާނޫނު!

ކިޔާފައިވާ ޢަދަދު: 398

މިދާކަށް ދުވަހު އެމެރިކާގެ ކޮންގްރެސްގެ ދެ ގެއިން ވަރަށް މަތީ އަޣްލަބިއްޔަތަކުން ވަރަށް އާދަޔާ ޚިލާފު ބިލެއް ވަނީ ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް ރައީސް އޮބާމާ ވީޓޯ ކުރެއްވުމުން ޤާނޫނު ހަދާ ދެ ގެއިން ވަނީ ރައީސް އޮބާމާގެ  ވީޓޯ ބާޠިލުކޮށް ޤާނޫނަކަށް އެ ބިލް ހަދައިފައެވެ. މި ޤާނޫނުގެ ސަބަބުން އެމެރިކާ ސަރުކާރާ ނުވަތަ  އެމެރިކާގެ ރައްޔިތަކާ  ދެކޮޅަށް ޖަރީމާއެއް ނުވަތަ ނިރުބަވެރި ޢަމަލެއް ނުވަތަ ޢުދްވާނީ ޙަމަލާއެއް ހިންގިކަމަށް ނުވަތަ ހިންގުމުގައި ބައިވެރިވިކަމަށް…

ލިޔެކިޔުން ފެށުނު ގޮތާ މެދު

ކިޔާފައިވާ ޢަދަދު: 398

ލިޔެކިޔުން ފެށިގެން އައި ގޮތަށް ޚާއްޞަ ލިޔުންތެރިޔަކު ލިޔުއްވާފައިވާ ލިޔުންކޮޅެއް ފެނުމުން ދިވެހި ބަހަށް ވެސް މިވާހަކަކޮޅު ގެނައުމަކީ ހާދަ މުހިންމު ކަމެކޭ އަޅުގަނޑު ހިތަށް ވަނެވެ. މިކަން ހިތަށް ވަންލެއް ބޮޑުކަމުން ވަރަށް ޚުލާސާ ގޮތަކަށް މިވާހަކަ ލިޔެލާ ހިތްވެއްޖެއެވެ. މިފަހަރު ލިޔެލެވެން އޮތީ ހަމައެކަނި ފެށޭ ބައިން ކޮންމެވެސް މިންވަރެކެވެ. މިފަދަ އެހެން ފުރުސަތެއް ލިބިއްޖެ ނަމަ މަޑުމަޑުން ކުރިޔަށް ގެންގޮސް ނިންމާލެވޭތޯ ބަލާނީ އެވެ. މިލިޔުންކޮޅު ލިޔުއްވި ގަލަމުގެ ވެރިޔަކީ ޕްރޮފެސަރު ސައްޔިދު…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (5)

ކިޔާފައިވާ ޢަދަދު: 510

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 146  (މޭ 1991)  ވަނަ ޢަދަދާއި  147 (ޖޫން 1991) ވަނަ ޢަދަދުންނެވެ.  (ސެޕްޓެންބަރު 21 ގައި ޝާއިޢުކުރި ބަޔާ ގުޅޭ) މަލިކު މީހުންގެ ގެދޮރު މަޣުރިބުކަރައިގެ ދަތުރުވެރިޔާ އަދި މުސްލިމުންގެ މަޝްހޫރު ސައްޔާޙް އިބްނު ބަޠޫޠާ ދިވެހީންގެ ގެދޮރާ ބެހޭ ގޮތުން، ލިޔުއްވައިފައިވާ ގޮތުގައި ދިވެހީން ގޯތިގެދޮރުބިނާކޮށް އުޅުނީ ދިވެހިރުކުގެ ވަކަރުންނެވެ. އެދުވަސްވަރު ދިވެހީން ގެދޮރުއަޅާ ގޮތަކީ، ދިވެހިރާއްޖޭގެ ގައު، ދެމުށް ތިންމުށުގެ ދިގުމިނުގައި ކޮށައިގެން ގެއަޅާނެ ބޮޑުމިނުގައި ގަލުގެ…

ޠާލިބާނުންގެ ބިމުން މިއުޒިކްގެ އަޑު

ކިޔާފައިވާ ޢަދަދު: 377

މީގެ ދިހަ އަހަރު ކުރިން އަފްޣާނިސްތާނުގައި ކުޑަކުދިން މިއުޒިކަށް ޝައުގުވެރިކަން ފާޅުކުރުމަކީ، ފުރާނަ ވެސް ގެއްލިދާވަރުގެ ކަމެކެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވަނީ އެވެ. މިބަދަލުގެ ސަބަބުވެރިންނަކީ ސާޅިސް އަށް މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަފްޣާން ޓީމެކެވެ. އެ ޓީމްގެ މެންބަރުން މިހާރު އެމެރިކާގައި އެކުދިން އެ ފަންނަށް ހުރި ކުޅަދާނަކަން ދައްކަމުން ގެންދަނީއެވެ. އެއީ ދިހަ އަހަރާއި ބާވީސް އަހަރާ ދެމެދުގެ ކުދިންނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ ޔަތީމު ކުދިންނެވެ. ޕްލާސްޓިކް ކޮތަޅު ވިއްކައިގެން…