ލިޔުންތެރީންގެ ގުޅުމާއި ޤައުމީ ކުތުބުޚާނާ އާ ދެމެދު އެއްބާރުލުން ޤާއިމުކޮށްފި

ކިޔާފައިވާ ޢަދަދު: 2616
ޚާއްޞަ މުރާސިލު

ދިވެހި މުޖުތަމަޢުގައި ކިޔުންތެރިކަމަށް ދޭ ޝައުޤުވެރިކަން އިތުރުކޮށް ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެއްބާރުލުންދީ ޑިޖިޓަލް މީޑިއާ ބޭނުންކުރުން ޢާމުކުރުމުގައި ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއާއި “ލިޔުންތެރީންގެ ގުޅުން” (ޖަމްޢިއްޔާ)އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޅެންވެރީންގެ ދުވަސް “ދިވެހިބަހުގެ އެކެޑެމީ”ން ވެސް ފާހަގަކޮށްފި

ކިޔާފައިވާ ޢަދަދު: 2728
އަދަބީ މުރާސިލު
ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީގެ ފަރާތުން ރޭ ހެދިގޮނޑުދޮށުގައި ޚާއްޞަ އިޙުތިފާލެއް ބާއްވައިފި އެވެ. ޅެންވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޅެނވެރީންނަށް “ޢިއްޒަތް އެރުވުނު” މި އިޙުތިފާލަށް ރާއްޖޭގެ މަޝްހޫރު ގިނަ ޅެންވެރީންތަކެއް ޙާޒިރުވެވަޑައިގަތްކަން ފާހަގަކުރެވެއެވެ.

ލިޔުންތެރީންގެ ގުޅުމާއި ޣާޒީ ސްކޫލް ގުޅިގެން ހުޅުމާލޭގައި ޅެންވެރީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ކިޔާފައިވާ ޢަދަދު: 2944

އަދަބީ މުރާސިލު
މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލިޔުންތެރީންގެ ގުޅުމާއި ހުޅުމާލޭ ޣާޒީ ސްކޫލް ގުޅިގެން ޚާއްޞަ ޖަލްސާއެއް ރޭ (16 ޖެނުއަރީ 2013 ބުދަ ދުވަހުގެ ރޭ) 9:00 ގައި ޣާޒީ ސްކޫލްގައި ބާއްވައިފި އެވެ. މި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަން ކުރައްވައިފައިވާ މަޝްހޫރު ލިޔުންތެރިޔާ އަދި ބަސްވާރު އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.

ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ ސެކްރެޓަރީކަމުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރެވިއްޖެެ

ކިޔާފައިވާ ޢަދަދު: 2733
އަދަބީ މުރާސިލު
ދިވެހިބަހާއި ތާރީޚާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ މަޤުޞަދުގައި ލިޔުންތެރީންތަކެއް އުފައްދަވައިފައިވާ ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ ސެކްރެޓަރީކަމުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިރުރުކުރެވިއްޖެ އެވެ.

އިޢުލާން

ކިޔާފައިވާ ޢަދަދު: 323

`


ލިޔުންތެރީންގެ ގުޅުން

    ހ.އާމުލީގެ، މާލެ،

 

ހިންގާ ކޮމިޓީގެ 2 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން

 

މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 2 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބީ އާންމު ޖަލްސާ، 18 ޖަނަވަރީ 2013 ވާ ހުކުރު ދުވަހުގެރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ސްކޮޓްލަންޑުގެ މަސްވެރިންގެ ބަހުރުވައަކުން ވާހަކަދެއްކި އެންމެ ފަހުމީހާ ނިޔާވުން

ކިޔާފައިވާ ޢަދަދު: 7882
ބައިނަލް އަޤްވާމީ އަދަބީ މުރާސިލު
 
ސްކޮޓްލަންޑްގެ އެންމެ އުތުރުގައިވާ  ކްރޯމާޓީ ސަރަހައްދުގެ މަސްވެރިން އެކަނި ވާހަކަ ދައްކައި އުޅުނު ބަހުރުވައިން ފަރިތަކަމާއެކު ވާހަކަ ދައްކައި އުޅުނު އެންމެ ފަހު މީހާ ފާއިތުވި އާދީއްތަ ދުވަހު ނިޔާވެއްޖެއެވެ.  ސްކޮޓްލަންޑަށް އުފަން މިސްޓަރ ބޮބީ ހޮގް ނިޔާވީ އުމުރުން 92 އަހަރުގައެވެ. މިދިޔަ އަހަރު، އުމުރުން 86 އަހަރުގައި  މިސްޓަރ ހޮގް ގެ ކޮއްކޮ  ގޯޑްން ހޮގް ނިޔާވުމުން އެބަހުރުވައިން ވާހަކަ ދައްކާނެ މީހަކު ނެތި މިސްޓަރ ހޮގް އެކަނިވީ އެވެ.

ޢިލްމީ ދަންމަރެއްގެ ހިތާމަވެރި ނިވުން: ޑރ. އަފުރާޝީމް ޢަލީ އަވަހާރަކޮށްލުން

ކިޔާފައިވާ ޢަދަދު: 3615
ޚާއްޞަ މުރާސިލު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި މަޝްހޫރު ފަޤީހު ފަޟީލަތުއްދުކްތޫރު އަފުރާޝީމް ޢަލީ ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި ގޮތަކަށް (ބަޔަކު) އަވަހާރަކޮށްލައިފި އެވެ. އެނގިފައިވާ ގޮތުގައި ޓީވީ މޯލްޑިވްސް އިން ފޮނުވަމުން ގެންދާ “އިސްލާމީ ދިރިއުޅުން” ޕްރޮގްރާމްގައި ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރާ އެކު “ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަމުގެ” މައްޗަށް އިންސާފުކޮށްދެއްވުމަށް ފަހު، އެ މަނިކުފާނުގެ އަމިއްލަފުޅު ކާރުކޮޅުގައި ގިނިކަންޏާ ވަޑައިގެން، ޑުކްތޫރު ދިރިއުޅުއްވާ ގެޔަށް ވަޑައިގެން ސިޑިން އަރައި ވަޑައިގަތް ވަގުތު ބަޔަކު ޙަމަލާދިނީ އެވެ.

ބައި މިލިޔަން ޒިޔާރަތް

ކިޔާފައިވާ ޢަދަދު: 3231
އަދަބީ މުރާސިލު
ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓް (www.liyuntherin.org) ރަސްމީ ކޮށް އިފްތިތާޙުކުރީ 21 ފެބްރުއަރީ 2012 ގައެވެ. މާދަރީ ބަހުގެ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއީ މީގެ ގާތްގަނޑަކަށް 7 މަސްދުވަސްކުރި އެވެ. 7 މަސް ފުރުނީ 23 ސެޕްޓެމްބަރ 2012 ގައެވެ.

“ލިޔުންތެރިޔާ”ގެ ލިޔުންތެރީންގެ ޚާއްޞަ ބައްދަލުވުމެއް

ކިޔާފައިވާ ޢަދަދު: 3576
އަދަބީ މުރާސިލު
ލިޔުންތެރީންގެ ގުޅުމުން ހިންގާ ވެބްސައިޓާއި އެ ޖަމްޢިއްޔާއިން ނެރޭ މަޖައްލާ “ލިޔުންތެރިޔާ” އަށް ލިޔުއްވާ ލިޔުންތެރީންނަށް ރޭ “ތަރާވީހެއް” ބާއްވައިފި އެވެ.

ރޭ ބްރެޑްބަރީ އަވަހާރަވެއްޖެ

ކިޔާފައިވާ ޢަދަދު: 8053
ބައިނަލްއަޤުވާމީ އަދަބީ މުރާސިލު
ޢިލްމީ ޚިޔާލުގެ ރޮނގުން ވާހަކަ ލިޔުމުގެ އެއް އެދުރު، އެމެރިކާގެ ރޭ ބްރެޑްބަރީ އަވަހާރަވެއްޖެއެވެ.     (Ray D Bradbury (22/8/1920-5/6/2012 މި ޖޫން މަހުގެ 5 ވަނަ ދުވަހު ނިޔާވި އިރު އުމުރަކީ 91 އަހަރެވެ.