ސިންގަލް މާކެޓް އެކްސެސް- ގެ މާނައަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 487
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބިޒްނަސް ލީޑަރުން ބުނަނީ ކުރިމަގުގައި އަހުރެމެން ހުއްޓުމެއްނެތި ކުރިއަށްދިއުމަށް ޔަޤީންކުރަން ޖެހެނީ އީޔޫގެ އެއް މާރކެޓަށް ވަނުމަށް ވޯޓްލުމަށް ކަމަށެވެ. ކުރުކޮށް މިގޮތަށް ބުނާ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟ ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރޫންގެ ވާހަކަފުޅުގައި  އިޝާރާތްކުރައްވަނީ އެންމެ މާރކެޓަކަށް ވަނުމުގައި ވެދާނެ ބައިވަރު ކަންތައްތަކުގައި ތަފާތު މާނަތައް އެކުލެވިގެންވެއެވެ. އަހުރެން ކައިރީގައި އިޤްތިޞާދީ މާހިރަކު ބުނީ ޖަޕާނާއި އެމެރިކާގައި  އެކްސެސް (ވަނުން) އޮތްއިރު އަދި ހަމަ ހައިޓީގައިވެސް އެކްސެސް އެބައޮތްކަމަށެވެ. އީޔޫގައި ނުހިމެނޭ…

ހަމައެކަނި ވިދާޅުވެލެއްވުމަށް:: طاؤس ނަމަށް نسبۃ ވެފައިވާ تخت އެއީ ވަރަށް ސުންޕާ އެއްޗެއް

ކިޔާފައިވާ ޢަދަދު: 559
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢ.ދ.ޢ.               ޢ.ދ.ޢ. އަކީ، އަލްފާޟިލް ޢަލިބެ ދޮހޮއްކޮގެ ދޮންއަލި ފުޅު (ރަޙިމަހުﷲ) އެވެ.  އޭނާވަނީ، އުރުދޫ ބަހުން ދިވެހިބަހަށް ގިނަ ވާހަކަތަކަކާއި ލިޔުންތަކެއް ތަރުޖަމާ ކުރައްވައިފައެވެ. އޭނާ އެ ޚިދުމަތުގެ ސަބަބުން،  ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1984 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ                 މިއީ، ދުވަހު ނޫސް ” ހަވީރު ” ގެ 21 އޯގަސްޓް 1979 (އަންގާރަ) ދުވަހުގެ އަދަދުން ނަކަލުކޮށްފައިވާ ލިޔުއްވާފައިވާ ލިޔުމެކެވެ.…

މިހާރު ދުނިޔޭގެ އެންމެ އަގު ބޮޑު ސަހަރުތައް

ކިޔާފައިވާ ޢަދަދު: 495
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބިދޭސީންނަށް ދުނިޔޭގެ އެންމެ އަގު ބޮޑު ސަހަރަކަށް އެންގޯލާގެ ވެރިރަށް ލުއަންޑާ ފަހަތަށް ޖައްސާލުމަށްފަހު ހޮންކޮންގ ހޮވިއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ ކޮންސަލްޓެންސީ ފާމެއްކަމަށްވާ މާރސަރއިން ތައްޔާރުކޮށްފައިވާ އަހަރީ ޗާޓުގައެވެ. ފާއިތުވި އަހަރުތަކުގައި މެދުނުކެނޑި ލުއުންޑާ ވަނީ ޗާޓުގެ އެންމެ ކުރީގައެވެ. ލުއުންޑާގެ ދަރަޖަ ވެއްޓުނު ސަބަބަކީ އެޤައުމުގެ ފައިސާގެ އަގު ދަށަށް ދިއުމުންނެވެ. ފާއިތުވި އަހަރެކޭ އެއްގޮތަށް މި ލިސްޓުން ތިން ވަނަ ޒިޔުރިކް އަދި ހަތަރު ވަނަ ލިބުނީ ސިންގަޕޫރަށެވެ. ޓޯކިޔޯއަކީ 5 ވަނަ…

ޑރ.މުޞްޠަފާ ލުޠުފީގެ ” ސަންފަ އާއި މޫސަ ލޯބިންފަރު ” ވާހަކަ

ކިޔާފައިވާ ޢަދަދު: 1059
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރީން ވެސް ރީތި ވާހަކަތަކެއް ލިޔުއްވާފައިވާ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އާ ވާހަކަ ފޮތެއް މިރޭ ނެރުއްވައިފިއެވެ. މިރޭ ނޭޝަނަލް އާޓް ގެލެރީގައި އޮތް ހަފުލާއެއްގައި ފޮތް ނެރެދެއްވީ، އަލްފާޟިލާ އީވާ ޢަބްދުﷲ އެވެ. ފޮތް ނެރުމަށް ބޭއްވުނު ހަފުލާއަކީ، މީގެ ކުރިން ބޭއްވިފައިވާ މިފަދަ ހަފުލާތަކާ ޚިލާފަށް މުޅީން ތަފާތު ކަންތައްތަކެއް ފެނިގެން ދިޔަ ހަފުލާ އެކެވެ. އެގޮތުން ފޮތް މާރުކޭޓު ކުރެއްވުމަށް ބޭނުން ކުރައްވާފައިވާ ތަފާތު ކަންތައްތަކުގެތެރޭގައި  ވާހަކައާ ގުޅޭ ހަނދާނީ ހަދިޔާތަކެއް ނެރުއްވައި…

ތެލުގެ އިންޑަސްޓްރީގެ ވަޒީފާތައް ގެއްލެނީ

ކިޔާފައިވާ ޢަދަދު: 339
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިނގިރޭސި ވިލާތް ތެލާއި ގޭހުގެ ސިނާއަތު ދަށަށް ދިއުމުގެ ނަތީޖާއަކަށްވީ ވަޒީފާ ގެއްލިގެންދިއުމެވެ. މިގޮތުން މިއަހަރު ނިމޭއިރު އެއްލައްކަ ވިހި ހާސް ވަޒީފާ ގެއްލިގެންދާނެކަމަށް ރިޕޯޓުތަކުން ދައްކައެވެ.  ޔުނައިޓެޑް ކިންގްޑޮމް (ޔޫކޭ)ގެ ތެލާއި ގޭހުގެ ދާއިރާ އާގުޅޭ ގޮތުން ލަފާކޮށްފައިވަނީ 2015 ވަނަ އަހަރު ނިމޭއިރު  84,000 ވަޒީފާ ގެއްލިގެންދާނެކަމަށެވެ. އަދި މި އަހަރު ނިމޭއިރު އިތުރު 40,000  މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެއެވެ. އެރިޕޯޓުގައި ބުނެފައިވަނީ  އޮފްޝޯރ އިންޑަސްޓްރީ އާގުޅޭ 453,000  ވަޒީފާ 2014…

ޔޫރޯގެ ފޯރި ދަނީ ގަދަވަމުން…!

ކިޔާފައިވާ ޢަދަދު: 401
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހިނގަމުންދާ ޔޫރޯ 2016 ގެ ފޯރިގަދަ 3 މެޗް ރޭގައި ނިމިގެން ހިނގައްޖެއެވެ. އިއްޔެގެ އިރު އޮއްސެމުން އައި ގަޑީގައި ފެށިގެން ދިޔަ މެޗަކީ އެންމެ ނޭވާ ހިފަހައްޓާލަން ޖެހުނު އެއް މެޗެވެ. އެ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވަމުން ގެންދާ ޤައުމު ކަމުގައިވާ ފްރާންސާއި އަޔަރލޭންޑެވެ. މެޗު ފެށިގެން ފުރަތަމަ މިނުޓުގައި ފްރާންސްގެ ޕޮގްބާ ކުރި ކުށަކާއި ގުޅިގެން އަޔަރލޭންޑަށް ޕެނަލްޓިއެއް ލިބިގެން ދިޔައެވެ. މި ޕެނަލްޓީއަށް ފަހު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0…

ގަދަ 16 ކުރިޔަށް…..!

ކިޔާފައިވާ ޢަދަދު: 374
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޔޫރޯ 2016 ގެ ގަދަ 16 ޓީމުގެ ކުޅުން ރޭގައި ވަނީ ފެށިގެން ގޮސްފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްވިޒަރލޭންޑާއި ޕޮލެންޑެވެ. ރާއްޖޭ ގަޑިން ހަވީރު 6:00 ގައި ފެށުނު މި މެޗު ވެގެން ގޮސްފައިވަނީ ވަރަށްވެސް ފޯރި ގަދަ، ބެލުންތެރިން އެންމެ ފަހު ވަގުތާއި ހަމައަށް ވެސް އިންތިޒާރުކުރަން ޖެހުނު މެޗަކަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑެއް ޖަހައިފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ…

ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ، އޮނަރަބްލް މުޙައްމަދު ޒާހިރު ނަޞީރު (ނ.ޢ.ޢ.ވ) އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

” ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ‘ ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި މުޅިން އަމިއްލަފުޅު ގޮތެއް ގެންގުޅުއްވި ބޭފުޅެއްކަމުގައި މ.ފެންފިޔާޒުގޭ އޮނަރަބްލް އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް ޒާހިރު ނަޞީރު ފުރަތަމަ ލިޔުއްވަން ފެއްޓެވީ، ސްރީލަންކާގައި ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރު ސެންޕީޓަރސް ކޮލެޖްގެ ޕީޓަރ ރައިޓް މެގަޒިން އަށެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން ސަރުކާރުގެ ޚަބަރަށް ލިޔުއްވަން ފެއްޓެވިއެވެ. އޭނާ ލިޔުންތައް…

ޅެންވެރިޔާ 2016 ގެ ވަނަތައް އިޢުލާނު ކޮށްފި.

ކިޔާފައިވާ ޢަދަދު: 1992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން 2015 ވަނަ އަހަރު ބޭއްވި “ޅެންވެރިޔާ 2016” ގެ ނަތީޖާ އިޢުލާނު ކޮށްފިއެވެ. ތިރީގައި އެ ވަނީ މުބާރާތުގެ އެއްވަނަ ދެވަނަ ތިން ވަނައަށް ހޮވުނު ބޭފުޅުންގެ ކުރު ތަޢާރަފެކެވެ. މި މުބާރާތުގެ ވަނަތަކަށް އިނާމާއި ސަނަދު ދިނުމަށްޓަކައި ބާއްވާ ހަފްލާއެއް ފަހުން ބާއްވަވާނެ ކަމަށް ލިޔުންތެރިންގެ ގުޅުމުގެ ނާއިބު ރައީސް ޙަސަން ޝާކިރު މުޙައްމަދު ވިދާޅު ވިއެވެ. މުބާރާތުގެ ވަނަތައް ހޯއްދެވި ބޭފުޅުންނަށް، ޚާއްޞަކޮށް މި އަހަރުގެ ޅެންވެރިޔާ ފަތުޙުﷲ ޞާލިޙަށް…

ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީ

ކިޔާފައިވާ ޢަދަދު: 623
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ އެކި ތަންތަނުގެ ދިރިއުޅުމުގެ ޚަރަދުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުރެއެވެ. މިގޮތުން ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީއެއްގެ ދަރަޖަ މިހާރު ލިބިފައިވަނީ ސިންގަޕޫރަށެވެ. ދަ އިކޮނޮމިކް އިންޓެލިޖަންސް ޔުނިޓް (އީ.އައި.ޔޫ) އިން ތަރުތީބުކޮށްފައިވާ އަގު ލިސްޓުން އެއްވަނަ ލިބެނީ ސިންގަޕޫރަށެވެ.  ދެން އެންމެ އަގު ބޮޑު ސަހަރުތަކުގެ ގޮތުގައި ހިމެނެނީ ޒިޔުރިކް، ހޮންކޮންގ، ޖެނީވާ އަދި ޕެރިހެވެ. ޚިދުމަތާއި އަދި ތަކެތީގެ ބާސްކެޓްގައި 133 ސަހަރު ހިމެނޭ ލިސްޓްގެ ހަވަނަ ލަންޑަން ހިމެނޭއިރު،…