ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1172


އިދާރާ
ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓް www.liyuntherin.org  އާއި “ލިޔުންތެރިޔާ” މަޖައްލާއަށް އަގުހުރި ލިޔުންތަކެއް ހަދިޔާ ކުރައްވަމުން ގެންދަވާ، ލިޔުންތެރިއެއްކަމުގައިވާ ގ.މަންޒިލް، ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމްގެ ލޮބުވެތި މަންމަ ގ.މަންޒިލް، އަލްފާޟިލާ ސަންފާ އާދަމް (74 އަހަރު) މިއަދުގެ ހަވީރު ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

ހޯރަފުށީ ސަލީމުގެ [މަލިކު ބީފާނު] ނެރުއްވައިފި!

ކިޔާފައިވާ ޢަދަދު: 589
އަދަބީ މުރާސިލު

ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރެއްކަމުގައިވާ، އަލްފާޟިލް ހޯރަފުށީ މުޙައްމަދު ސަލީމު ލިޔުއްވި، ދިވެހީންގެ މާޒީއާ ގުޅިފައިވާ ޚިޔާލީ ލޯބީގެ ވާހަކައެއް ކަމުގައިވާ “މަލިކު ބީފާނު” ރޭ ނެރުއްވައިފިއެވެ.

ޢިމާދުއްދީން ސްކޫލްގައި ރޭ ބޭއްވުނު ޙަފުލާއެއްގައި މި ވާހަކަ ނެރުއްވައިދެއްވީ، ރާއްޖޭގެ އަވަށްޓެރި މަލިކުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައި މަލިކު މުރައިދު ގަނޑުވަރު ޢަލީމަނިކުފާނެވެ. މި ހަފުލާގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި މަލިކުގެ ގުޅުމުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވައިލެއްވިއެވެ.

ޗައިނާގެ ފައިސާ ]ޔުއާން[ އަށް އައި.އެމް.އެފްގެ ރިޒާވް ސްޓޭޓަސް ލިބިއްޖެ

ކިޔާފައިވާ ޢަދަދު: 815
އިބްރާހީމް ސަލީމް
ޗައިނާގެ ފައިސާ “ޔުއާން”އަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ރިޒާވް ބާސްކެޓްގައި ހިމެނޭ ފައިސާއެއް ކަމަށް އައި.އެމް.އެފް އިން އިޢުލާންކޮށްފިއެވެ. މިހާރު އައި.އެމް.އެފްގެ ރިޒާވްގައި ހުންނަނީ ޔޫ.އެސް ޑޮލަރު، ޔޫރޯ، ޖަޕަނީޒް ޔެން އަދި ސްޓާރލިންގ ޕައުންޑެވެ.

“ޅެންވެރިޔާ” މުބާރާތް އަންނަ އަހަރު ވެސް ބާއްވާ ގޮތަށް ހަމަޖައްސަވައިފި

ކިޔާފައިވާ ޢަދަދު: 785
 
ލިޔުންތެރީންގެ ގުޅުން
މިއަހަރެކޭ ވެސް އެއް ފަދައިން އަންނަ 2016 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ވެސް ޅެން ހެދުމުގެ ޚާއްޞަ މުބާރާތެއް “ޅެންވެރިޔާ – 2016″ގެ ނަމުގައި  ބާއްވަން ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ރޭ ފާސްކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މުބާރާތާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7774062 އާއެވެ. އެ މުބާރާތުގެ ގަވާއިދު ތިރީގައި މިވަނީ އެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފާހަގަކޮށްފި

ކިޔާފައިވާ ޢަދަދު: 686
މަޢުލޫމާތު ހޯދައި ލިބި ގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެންމެ މުހިއްމު ޙަރަކާތަކީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޙަފުލާއެވެ. ސެޕުޓެންބަރު މަހު 29 ވަނަ ދުވަހުގެ ރޭ 9:00 ގައި ބޭއްވި މި ކުލަ ގަދަ އިޙުތިފާލު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލާރ ޑރ. މުޙައްމަދު ލަޠީފެވެ.
 

ލިޔުންތެރިންގެ ގުޅުމުން ރ.އަލިފުށީ ސްކޫލަށް ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 860
 
އިދާރާ
ރ.އަލިފުށީ ސްކޫލްގެ ލައިބްރަރީ މުއްސަނދި ކުރެއްވުމަށްޓަކައި، އަލިފުށްޓާއި މާލޭގައި މިއަދު ކުރިޔަށް ގެންދަވާ ފޮތް ހަދިޔާކުރުމުގެ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން ލިޔުންތެރީންގެ ގުޅުމުން އަލިފުށީ ސްކޫލަށް ފޮތް ހަދިޔާ ކޮށްފިއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 1071

 

ހ. މީނާޒް، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، (ނ.ޢ.ޢ.ވ) މިއަދުގެ ވަގުތެއްގައި، އިންޑިއާގެ ބެންގަލޯރުގައި އަވަހާރަވެއްޖެއެވެ. ޢަބްދުﷲ ޙަމީދަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ބޭބޭފުޅެކެވެ. އަދި ޕީޕީއެމްގެ ރައީސް، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ކޮއްކޯފުޅެކެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ ހަ ފިރިހެން ބޭފުޅުންނާއި، ހަތަރު އަންހެން ބޭފުޅުން އަދި ކާފަ ވިދާޅުވާ ތޭވީސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ބެންގަލޯރުގެ ހަސްފަތާލެއްގެ އައިސީޔޫގައި އޮންނަވަނިކޮށެވެ.

 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 804

ލިޔުންތެރިޔާ، އަޙްމަދު ސަމީރު ޢަލީގެ ބައްޕަ

އަވަހާރަ ވެއްޖެ!

އިދާރާ
ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ލިޔުންތެރިންގެ ވެބް ސައިޓާއި ލިޔުންތެރިޔާ މަޖައްލާއަށް ގިނަ ލިޔުއްތަކެއް ލިޔުއްވަމުންގެންދަވާ އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ، މ. ލަކީ ސްޓާރ އަލްފާޟިލް ވައިކަރަދޫ ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލި ކަތީބު) މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. އަވަހާރަވިއިރު އޭނާގެ ޢުމުރުފުޅަކީ 89 އަހަރެވެ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1659

އަޙްމަދު ޝަފީޤު އަވަހާރަވެއްޖެ

އިދާރާ
މަޝްހޫރު ތާރީޚީ ލިޔުންތެރިއެއްކަމަށްވާ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ހެންވޭރު ޝަފީޤުގޭ އަލްފާޟިލް އަޙްމަދު ޝަފީޤު، އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް އަޙްމަދު ޝަފީޤަކީ، 45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ، އަދި ތާރީޚާއި ސަޤާފަތާ ތިމާވެއްޓާ ގުޅޭ ތަފާތު ލިޔުންތަކާއި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1247

ސަޢީދު ޢަލިފުޅު އަވަހާރަވެއްޖެ

އިދާރާ
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ ލިބިވަޑައިގެންފައިވާ ބ.ދަރަވަންދޫ އަލްފާޟިލް ސަޢީދު ޢަލިފުޅު މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.