ފަރަންސޭސި އަދީބު ޕެޓްރިކް މޯޑިއާނޯ އަށް ނޯބެލް އިނާމު!

ކިޔާފައިވާ ޢަދަދު: 4334
ބައިނަލް އަޤުވާމީ އަދަބީ މުރާސިލު
ބައިނަލް އަޤުވާމީ މަސްރަހުގައި  މިހާރު ދެވޭ އެންމެ ޝަރަފުވެރި އިނާމަކީ ނޯބެލް އިނާމެވެ. އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން މި 2014 ވަނަ އަހަރުގެ ނޯބެލް އިނާމު ލިބިވަޑައިގަތީ ފަރަންސޭސި ވިލާތުގައި މަޝްހޫރު އަދީބު ޕެޓްރިކް މޯޑިއާނޯ އަށެވެ. ފައިސާގެ ގޮތުންވެސް  (އެގާރަ ލައްކަ އެމެރިކާ ޑޮލަރުގެ) މި އަގުބޮޑު އިނާމު މިހާތަނަށް ލިބިލެއްވި އަދީބުންގެ ތެރެއިން 111 ވަނަ ބޭފުޅަކީ 69 އަހަރުގެ މި ފަރންސޭސި އަދީބެވެ. މޯޑިއާނޯ އުފަންވީ  1945ގައި ދެވަނަ ބޮޑުހަނގުރާމަ ނިމުނު ދުވަސްވަރު ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައެވެ.

تعزية

ކިޔާފައިވާ ޢަދަދު: 3469

އިދާރާ

ލިޔުންތެރީންގެ ގުޅުމުގެ މެންބަރު އަދި “ލިޔުންތެރިޔާ” މަޖައްލާއާއި ވެބްސައިޓަށް ތާރީޚީ މުހިންމު ލިޔުންތަކެއް ލިޔުއްވަމުން ގެންދެވި، ގދ. މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ރޭ ދަންވަރު ދެމިއޮތުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއެކުގައެވެ.

ދިވެހީން ޣައްޒާއާއި ފަލަޞްޠީނާއެކު (ލައިވް ބްލޮގް)

ކިޔާފައިވާ ޢަދަދު: 2275
 
 00:00  މި ލައިވް ބްލޮގު ވިދާޅުވި ހުރިހާ ބޭޔފުޅުންނަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ ލައިވް މި ހުއްޓައިލީ ކުރީން ރޭވިފައިވާ ގޮތަށް. ޝުކުރިއްޔާ!
 
 23:49  މިރޭ 3 ޖަހަންދެން މީޑީއާއިން ޓެލެތޯން ލައިވް ކުރިޔަށް ގެންދިޔަ ނަމަވެސް، ކުރީން ރޭވިފައިވާ ގޮތަށް 12:00 އިން ފެށީގެން ލިޔުންތެރީންގެ ގުޅުމުގެ ލައިވް ބޮލޮގް އަޕްޑޭޓްކުރުން މެދުކަނޑައިލެވޭނެ.
 
 23:40  “ހެލްޕް ޣައްޒާ”- މަވެސް އެހީވާނަން، ޓެލެތޯން މިރޭ މެންދަމުން އަލިވެ 3:00 އާ ހަމަޔަށް ކުރިޔަށްގެންދާން، ސްޓިއަރިންގ ކޮމިޓީން ނިންމައިފި.

މިއަހަރު 3 ދުވަހެއްގައި ރަމަޟާންމަސް އެބަ ފަށައެވެ.

ކިޔާފައިވާ ޢަދަދު: 4510
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިސްލާމީ ގިނަ ޤައުމުތަކަށް އާދިއްތަ ދުވަހަކީ އާދެ! މާދަމާ އަކީ 1435 ވަނަ އަހަރުގެ ރަމަޟާން ފެށޭ ދުވަހެވެ. މުލަ ރޯދަ ދުވަހެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކުގައި އެ ދުވަހަކީ ހޮނިހިރު ދުވަހެވެ. އަދި އަނެއް ބައި ޤައުތަކުގައި ހޯމަ ދުވަހެވެ. މި ފަހަރު ދިވެހިރާއްޖެ މި ހިމެނެނީ ގިނަ ޤައުމުތައް ހިމެނޭ ބައިގައެވެ.

ގަބްރިއަލް ގާސިއާ މާރކެޒް އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 5134
އަޙްމަދް ސަމީރު ޢަލީ

ދެކުނު އެމެރިކާގެ ކޮލަމްބިޔާގެ އަދަބީ ޖާދޫގަރު ގަބްރިއަލް ގާސިއާ މާރކެޒް (Gabriel García Márquez) މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު، އުމުރުފުޅުން 87 އަހަަރުގައި މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި އޭނާގެ އަމިއްލަ ގެކޮޅުގައި އަވަހާރަވެއްޖެއެވެ. ގާސިޔާ މާރކެޒް  ލިޔުއްވި އެންމެ މަޝްހޫރު ދިގު ވާހަކަ ތަކުގެ ތެރޭގައި  One Hundred Years of Solitude, Autumn of the Patriarch,  އާއި Love in the Time of Cholera މި މަޝްހޫރު ފޮތްތައް ހިމެނެއެވެ. ވަކީން ޚާއްސަ ގޮތެއްގައި ” އެކަހެރި ކަމުގެ ސަތޭކަ އަހަރު ” މި ފޮތުގެ ސަބަބުން ގަބްރިއަލް ގާސިޔާ މާރކެޒްގެ ނަންފުޅު 20 ވަނަ ގަރުނުގެ އެންމެ މަޝްހޫރު އަދީބުންގެ ތެރޭގައި ހިމެނިގެން ދިޔައެވެ!

ދިވެހިބަހުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކިޔާފައިވާ ޢަދަދު: 2257
ޚާއްޞަ މުރާސިލު
ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ ކަމުގައިވާ “ލިޔުންތެރީންގެ ގުޅުމުގެ” ފަރާތުން ކޮންމެ އަހަރަކު ފާހަގަކުރައްވާ ދިވެހިބަހުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތާޖުއްދީން ސްކޫލްގެ ލޯމާފާނު މާލަމުގައި ރޭ (14.4.2014 ދުވަހުގެ ރޭ) ބޭއްވި ޖަލްސާއަށް ފޮނުއްވި ޚިޠާބެއްގައެވެ.

[ދިވެހިބަހުގެ ދުވަސް] ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ ތާޖުއްދީން ސްކޫލްގެ ލޯމާފާނު މާލަމުގައި މިރޭ.

ކިޔާފައިވާ ޢަދަދު: 2113

އަދަބީ މުރާސިލު

2011 ވަނަ އަހަރުން ފެށިގެން ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ، “ދިވެހިބަހުގެ ދުވަސް” މިއަހަރު ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ މިރޭ (14 އޭޕްރިލް 2014 (ހޯމަ) ދުވަހުގެ ރޭ) 8:15 ގައި ތާޖުއްދީން  ސްކޫލްގައި ބާއްވާ ގޮތަށް ލިޔުންތެރީންގެ ގުޅުމުން ހަމަޖައްސަވައިފި އެވެ.

މިހާރު ކުރިޔަށްދާ ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތް މެދަށް އަރައިފި

ކިޔާފައިވާ ޢަދަދު: 1982
އަދަބީ މުރާސިލް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެހީތެރިކަމާއެކު ދިވެހިބަހުގެ އެކެޑަމީން މިއަހަރު ވީމީޑިއާ އާ ގުޅިގެން ބާއްވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުންތެރިކަމުގެ 29 ވަނަ ޤައުމީ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ދަރިވަރުންގެ ވާހަކަދެއްކުންތައް ރޭގެ ނިޔަލަށް ނިމިއްޖެ އެވެ.

މާފު

ކިޔާފައިވާ ޢަދަދު: 390

ވަރަށް ބޮޑަށް މަޢާފުކުރެއްވުން އެދެން.

މި ވެބްސައިޓަށް ދިމާވި ފަންނީ މައްސަލައަކާ ހުރެ ގިނަ ވަގުތުތަކަކަށް ޚިދުމަތް މެދުކެނޑިފައިވީތީ ސައިޓްގެ އަހުލުވެރީންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ.

މި ވެބްސައިޓަށް ތިޔަ ދެއްވާ ތަރުޙީބަށް ޓަކައި މިފުރުޞަތުގައި ވެސް ޝުކުރުދަންނަވަމެވެ.

ވަރަށް ބޮޑަށް ދަރުމަހުއްޓެވެ!

ލިޔުންތެރީންގެ ގުޅުން