މުދިމަށް ފާޑު ކިޔުން

ކިޔާފައިވާ ޢަދަދު: 384
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިސްކިތްތަކަށް މުދިމުން ކަނޑައަޅަނީ ސަރުކާރުންނެވެ. އެއްވެސް މިސްކިތަކަށް ކަނޑައަޅާ މުދިމަކަށް އަންޒަމާނުން ސުރެ ވަކި ޝަރުތުތަކެއް ފުރި ހަމަ ވުމުން ނޫނީ ވަޒީފާ އެއް ނުދެއެވެ. މުދިމުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަން ވެސް ބަލަހައްޓާ ވަކި އިދާރާއެއް ހުރެއެވެ. ނަމަ ވެސް އެ އިދާރާއަށް ވުރެ ބާރު ގަދަ އިދާރާއެއް ހިންގާ ބަޔަކު އުޅެއެވެ. އެއީ މިސްކިތްތަކަށް ފަސްވަގުތު ދާ އެ މިސްކިތެއްގެ އަހުލު ވެރިންގެ ތެރެއިން ދެތިން މީހެކެވެ. މުދިމު ކުރާ ކޮންމެ ކަމަކަށް ކޮންމެ…

ވައިބަރު ދެވި

ކިޔާފައިވާ ޢަދަދު: 259
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ ” ހޭލަނީ ބަލަމުންނެ ވައިބަރު، ރޭނިދީ ކެނޑުމުންނެ ވައިބަރު،  ހޭހުރީ ހުރުމުންނެ ވައިބަރު، ރޭދުވާލު އޮތީ މި ވައިބަރު، މިންޖުވިއްޔާ މީ ކަލާކޯ؟ ކޮންމެހެންވެސް މާތްކަލާކޯ؟ ”  މިއީ ދިވެހި އަދަބީ އުސްތާޛު އާދަމް ނަޞީރު އިބްރާހީމް ހައްދަވާފައިވާ މި ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި މެސެޖުތަކެއް ފޯރުކޮށްދީފައިވާ ލަވައެކެވެ. ތެދެކެވެ. ވައިބަރަކީ ފޯނުން އެކަކު އަނެކަކާއި މުޢާމަލާތު ކުރުމަށް ގެންގުޅޭ ވަސީލަތެކެވެ. މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައިި ހިފުމުގެ ބަދަލުގައި…

ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން

ކިޔާފައިވާ ޢަދަދު: 220
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ.  އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ. މީހަކު ފިލްމެއް އުފައްދާނީ…

ބިދޭސީންނާ ކައިވެނިކުރަމުން ދާއިރު…

ކިޔާފައިވާ ޢަދަދު: 190
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟ ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު އަހަމެވެ.…

ވިސްނާލަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަނޑުމެން އެންމެން އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނަވަންކަން ދެމެހެއްޓުމަށް ރައްކާތެރިވާންޖެހޭނެ ވާހަކައެވެ. މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ނަސޭހަތްތެރިވެއެވެ. މި ވާހަކަތައް ތާއަބަދު ތަފާތު އެކިއެކި މަހެފިލުތަކާއި، މުނާސަބުތަކުގައްޔާއި ސްކޫލް ކުދިންނަށާއި ޢާންމުންނަށް ހިންގާ ޙަރަކާތްތަކުގައި ވާހަކަދައްކާ ނަސޭހަތްދީ ހަދައެވެ. ޤައުމެއްގެ ފުދުންތެރިކަމާއި އެޤައުމެއްގެ މިނިވަންކަމާ ގުޅިވަނީ ލާމެހިފައެވެ. އިޤްތިޞާދީ ފުދުންތެރިކަން ނެތިއްޖެނަމަ އެޤައުމެއްގެ ކަންކަން ނިންމުމުގައި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ނުފޫޒު ސީދާކޮށާއި ނުސީދާކޮށް ކުރެއެވެ.…

އޭރުގެ ފަތްފުށްތަކުން…!

ކިޔާފައިވާ ޢަދަދު: 477
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އީރާނުގެ ޝާހް مصرގައި ހުންނެވުމަށް އަޅުގަޑުމެން إعتراض ކުރަނީ މިސަބަބުތަކަށްޓަކައެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. ފުރަތަމަ ލިޔުއްވަން ފެއްޓެވީ [ސަރުކާރުގެ ޚަބަރު] ގެ ދައުރުގައެވެ. އޭގެ ފަހުން ރާއްޖޭގައި ނުކުތް ހުރިހާ ނޫސް މަޖައްލާތަކަށް ހެން ލިޔުއްވިއެވެ. ތަފާތު ދާއިރާތަކުގެ ލިޔުންތަކެވެ. ތަރުޖަމާތަކެވެ. އޭނާގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ދައުލަތުން އޭނާއަށް ވަނީ، “ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަން ގަލަން” އަރުވައިފައެވެ. ރާއްޖޭގެ ނޫސް ވެރިކަމަށް 50 އަހަރު ފުރުމުގެ…

ރަހަމީރު…. އަރުން އެތެރެއެއް ނުވި

ކިޔާފައިވާ ޢަދަދު: 1004
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަވީރުގެ ވަގުތެވެ. އަހަންމަދާއި އަލީއާ ބައްދަލުވީ މަގުމަތީންނެވެ. އެއީ ވަރަށް ގާތް ދެ ރަޙުމަތްތެރީންނެވެ. ބައްދަލު މިވީ ދިމާނުވާތާ ދުވަސްކޮޅެއްވުމަށް ފަހުގައެވެ. އެހެންކަމުން ދެ މިތުރުން “އަނގަތަޅައިލުމަށް” ޓަކައި ގޮސްވަނީ ޖެހިގެން ހުރި ހޮޓަލަށެވެ. އެއީ އާދައިގެ ކުޑަވަރެއްގެ ހޮޓަލެކެވެ. ނަސީބަކުން މި ވަގުތު މާ ބައި ބޮލެއް ވެސް ނޫނެވެ. ވާހަކަދައްކައިލާން ތިބެލަން ރަނގަޅު މާޙައުލެކެވެ. ހެދިކާ ހަރުގަނޑު ކައިރިއަށް ދެ މީހުން ގޮސް، ދެތިން ހެދިކާއެއް ނަގައިގެން އައިސް، ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި…