ދިރެމުން އަންނަ މަރޮށީގެ ރާވެރިކަން

ކިޔާފައިވާ ޢަދަދު: 854

ށ.އަތޮޅު މަރޮއްޓަކީ ދިވެހި ތާރީޚުގައި ވެސް މަޝްހޫރު ރަށެކެވެ. ކަޅުއޮށްފުންމީގެ ރިޔާ ތައްޔާރުކޮށްދެނީ މަރޮށީ ރައިވެރިބެއެވެ. އެ ރިޔާ ވިޔަން ޖެހި ކަޑަ މިހާރު އެވަނީ ބޮޑު ކާނިގަހަކަށް ވެފައެވެ. މަރޮށީ ކަރުހަކުރާ މެދު ވެސް ވަރަށް ގިނަ ވާހަކަތައް އިވިފައިވާ ކަމަށް އެކަމާ ބެހޭ ފޯކްލޯ އިން ހާމަވެއެވެ. ރުކުން ތާކަށް ރާތިއްކެއް ޖަހާއިރަށް ކަރުލާ ކަމަށް އިވެމުން އައިސްފައިވެ އެވެ. މިއަދު ވެސް މިހެން ވާ ކަމަށް ވެ އެވެ. ރާވެރި ކަމަށާއި ކަރުހަކުރަށް…

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ

ކިޔާފައިވާ ޢަދަދު: 295

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) އަކީ އަހުރެމެންނަށް ވަރަށް ގިނައިން ފަހަކަށް އައިސް އަޑު އިވޭ ބަހަކެވެ. މިވެނިއެވެނި ކުންފުންޏަކުން ސީ.އެސް. އާރުގެ ދަށުން މިވެނިއެވެނި ކަމެއް ކުރި ވާހަކަ ޚަބަރުތަކުންފެނެއެވެ. މިބަސް ދޭހަވުމަށް ޓަކައި ސީ.އެސް. އާރަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގައި ކޯޕަރޭޝަނުގެ ޑިޔުޓީއަކީ ކުންފުނީގެ ތަނަވަސްކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގާއިރު މުޖުތަމައަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލިވުމާއި، ޙިމާޔަތްކުރުމާއި ނުވަތަ މުޖުތަމައުގެ އެސެޓްތައް (މުދާތައް) ހަރުދަނާކޮށް ރައްކާތެރިކަން ދިނުމެވެ. މި…

މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ- 2016

ކިޔާފައިވާ ޢަދަދު: 736

އެތައްބައެއްގެ އާއިލީ ގުޅުންތައް ބަދަހިވެ، އިޖުތިމާއީ ރޫހު އާލާވެ، ދިވެހި ފުޓުބޯޅައަށް އާ އުންމީދެއް ގެނެސްދީފި! މި އޮކުޓޫބަރު މަހުގެ 12 ބުދަ ދުވަހުން ފެށިގެން 15 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހެންވޭރު ބޯޅަދަނޑުގައި ކުރިޔަށް ދިޔަ “މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ- 2016” ފުޓުބޯޅަ މުބާރާތަކީ، ވަރަށް ގިނަ އާއިލާތަކެއްގެ ގުޅުންތައް ބަދަހިކޮށްދީ އިޖުތިމާއީ ރޫހު އާލާކޮށްދީ ރާއްޖޭގެ ފުޓުބޯޅައަށް އާ އުންމީދެއް ގެނެސްދިން މުބާރާތެކެވެ. މުބާރާތް ހިނގަމުންދިޔަ އިރު ތުއްތު ކުޅުންތެރިންނާއެކު، އެ…

އެމެރިކާއިން 9 / 11 އާ ބެހޭގޮތުން ފާސްކުރި ޤާނޫނު!

ކިޔާފައިވާ ޢަދަދު: 370

މިދާކަށް ދުވަހު އެމެރިކާގެ ކޮންގްރެސްގެ ދެ ގެއިން ވަރަށް މަތީ އަޣްލަބިއްޔަތަކުން ވަރަށް އާދަޔާ ޚިލާފު ބިލެއް ވަނީ ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް ރައީސް އޮބާމާ ވީޓޯ ކުރެއްވުމުން ޤާނޫނު ހަދާ ދެ ގެއިން ވަނީ ރައީސް އޮބާމާގެ  ވީޓޯ ބާޠިލުކޮށް ޤާނޫނަކަށް އެ ބިލް ހަދައިފައެވެ. މި ޤާނޫނުގެ ސަބަބުން އެމެރިކާ ސަރުކާރާ ނުވަތަ  އެމެރިކާގެ ރައްޔިތަކާ  ދެކޮޅަށް ޖަރީމާއެއް ނުވަތަ ނިރުބަވެރި ޢަމަލެއް ނުވަތަ ޢުދްވާނީ ޙަމަލާއެއް ހިންގިކަމަށް ނުވަތަ ހިންގުމުގައި ބައިވެރިވިކަމަށް…

ލިޔެކިޔުން ފެށުނު ގޮތާ މެދު

ކިޔާފައިވާ ޢަދަދު: 382

ލިޔެކިޔުން ފެށިގެން އައި ގޮތަށް ޚާއްޞަ ލިޔުންތެރިޔަކު ލިޔުއްވާފައިވާ ލިޔުންކޮޅެއް ފެނުމުން ދިވެހި ބަހަށް ވެސް މިވާހަކަކޮޅު ގެނައުމަކީ ހާދަ މުހިންމު ކަމެކޭ އަޅުގަނޑު ހިތަށް ވަނެވެ. މިކަން ހިތަށް ވަންލެއް ބޮޑުކަމުން ވަރަށް ޚުލާސާ ގޮތަކަށް މިވާހަކަ ލިޔެލާ ހިތްވެއްޖެއެވެ. މިފަހަރު ލިޔެލެވެން އޮތީ ހަމައެކަނި ފެށޭ ބައިން ކޮންމެވެސް މިންވަރެކެވެ. މިފަދަ އެހެން ފުރުސަތެއް ލިބިއްޖެ ނަމަ މަޑުމަޑުން ކުރިޔަށް ގެންގޮސް ނިންމާލެވޭތޯ ބަލާނީ އެވެ. މިލިޔުންކޮޅު ލިޔުއްވި ގަލަމުގެ ވެރިޔަކީ ޕްރޮފެސަރު ސައްޔިދު…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (5)

ކިޔާފައިވާ ޢަދަދު: 472

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 146  (މޭ 1991)  ވަނަ ޢަދަދާއި  147 (ޖޫން 1991) ވަނަ ޢަދަދުންނެވެ.  (ސެޕްޓެންބަރު 21 ގައި ޝާއިޢުކުރި ބަޔާ ގުޅޭ) މަލިކު މީހުންގެ ގެދޮރު މަޣުރިބުކަރައިގެ ދަތުރުވެރިޔާ އަދި މުސްލިމުންގެ މަޝްހޫރު ސައްޔާޙް އިބްނު ބަޠޫޠާ ދިވެހީންގެ ގެދޮރާ ބެހޭ ގޮތުން، ލިޔުއްވައިފައިވާ ގޮތުގައި ދިވެހީން ގޯތިގެދޮރުބިނާކޮށް އުޅުނީ ދިވެހިރުކުގެ ވަކަރުންނެވެ. އެދުވަސްވަރު ދިވެހީން ގެދޮރުއަޅާ ގޮތަކީ، ދިވެހިރާއްޖޭގެ ގައު، ދެމުށް ތިންމުށުގެ ދިގުމިނުގައި ކޮށައިގެން ގެއަޅާނެ ބޮޑުމިނުގައި ގަލުގެ…

ޠާލިބާނުންގެ ބިމުން މިއުޒިކްގެ އަޑު

ކިޔާފައިވާ ޢަދަދު: 368

މީގެ ދިހަ އަހަރު ކުރިން އަފްޣާނިސްތާނުގައި ކުޑަކުދިން މިއުޒިކަށް ޝައުގުވެރިކަން ފާޅުކުރުމަކީ، ފުރާނަ ވެސް ގެއްލިދާވަރުގެ ކަމެކެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވަނީ އެވެ. މިބަދަލުގެ ސަބަބުވެރިންނަކީ ސާޅިސް އަށް މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަފްޣާން ޓީމެކެވެ. އެ ޓީމްގެ މެންބަރުން މިހާރު އެމެރިކާގައި އެކުދިން އެ ފަންނަށް ހުރި ކުޅަދާނަކަން ދައްކަމުން ގެންދަނީއެވެ. އެއީ ދިހަ އަހަރާއި ބާވީސް އަހަރާ ދެމެދުގެ ކުދިންނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ ޔަތީމު ކުދިންނެވެ. ޕްލާސްޓިކް ކޮތަޅު ވިއްކައިގެން…

ލިޔުންތެރީންގެ ގުޅުމުން ނައިފަރު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 396

ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ.  ފޮތް ހަދިޔާ ކުރުން އޮތީ އިއްޔެ ހެނދުނު 9.30 ގައި ނައިފަރު ޕަބްލިކް ލައިބްރަރީގައެވެ. ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފޮތްތައް ހަދިޔާ ކުރެއްވީ ޖަމިއްޔާގެ އެއް ނާއިބު ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. ލައިބްރަރީގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ލައިބްރަރީގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމެވެ. ލައިބްރަރީއަށް ހަދިޔާ ކުރެވުނު ފޮތްތަކުގެތެރޭގައި ހިމެނުނީ، ލިޔުންތެރިޔާ މަޖައްލާއާއި ޅެންވެރިޔާ މަޖައްލާގެ އަދަދުތަކާއި…

ވިސްނާލަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 639

އަޅުގަނޑުމެން އެންމެން އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނަވަންކަން ދެމެހެއްޓުމަށް ރައްކާތެރިވާންޖެހޭނެ ވާހަކައެވެ. މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ނަސޭހަތްތެރިވެއެވެ. މި ވާހަކަތައް ތާއަބަދު ތަފާތު އެކިއެކި މަހެފިލުތަކާއި، މުނާސަބުތަކުގައްޔާއި ސްކޫލް ކުދިންނަށާއި ޢާންމުންނަށް ހިންގާ ޙަރަކާތްތަކުގައި ވާހަކަދައްކާ ނަސޭހަތްދީ ހަދައެވެ. ޤައުމެއްގެ ފުދުންތެރިކަމާއި އެޤައުމެއްގެ މިނިވަންކަމާ ގުޅިވަނީ ލާމެހިފައެވެ. އިޤްތިޞާދީ ފުދުންތެރިކަން ނެތިއްޖެނަމަ އެޤައުމެއްގެ ކަންކަން ނިންމުމުގައި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ނުފޫޒު ސީދާކޮށާއި ނުސީދާކޮށް ކުރެއެވެ.…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (4)

ކިޔާފައިވާ ޢަދަދު: 801

މިބައި އަޅުގަނޑުމެން ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 144 (މާޗު 1991) ވަނަ ޢަދަދުންނާއި 145 (އެޕުރީލު 1991) ވަނަ ޢަދަދުންނެވެ. (14 ސެޕްޓެމްބަރުގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) __________________ މަލިކު މީހުންގެ ހެދުން މަލިކާ މެދު ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން ލިޔާ ލިޔުންތަކާއި ބޭރުގެ ލިޔުންތެރިން ލިޔާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި މަލިކު މީހުންގެ ހެދުން އެންމެ ވައްތަރީ ދިވެހީންގެ ހެދުމާއެވެ. ޝައްކެއްނެތެވެ. އެއްނަސްލެއްގެ، އެއްޘަޤާފަތެއްގެ، އެއްތަހުޒީބެއްގެ އަހުލުވެރި އެއްބައެއްގެ ގޮތުން މިހާރުވެސް މަލިކު މީހުންގެ ހެދުން އެންމެ…