[ޅެންވެރިޔާ 2016] ގައި 40 ޅެން ބައިވެރިކޮށްފި!

ކިޔާފައިވާ ޢަދަދު: 698
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރިންގެ ގުޅުމުގެ އިދާރާ
މިފެށުނު 2016 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔުންތެރީންގެ ގުޅުމުން އާންމުކޮށް ހުޅުވައިލި “ޅެންވެރިޔާ 2016” މުބާރާތުގައި 7 ފަރާތަކުން 40 ޅެން ބައިވެރި ކޮށްފިއެވެ. 

މުބާރާތަށް ޅެން ހުށަހެޅުމުގެ މުއްދަތު އޮތީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެރޭ 10.00 އާ ހަމައަށެވެ. 

މަޢުލޫމާތު ހޯދުމުގެ ޝައުޤާއި ހިތްވަރު ލިބިގަތުން

ކިޔާފައިވާ ޢަދަދު: 476
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައިވަނީ ކަށަވަރުވެފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ  29 ވަނަ މާއްދާގައި ވަނީ “އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.” މިފަދައިންނެވެ. މި ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި 2014 ވަނަ އަހަރު ތަޞްދީޤުކުރެވުނު “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު”ން މިކަން ވަނީ ތަފްޞީލުކޮށްދީފައެވެ. މިކަން ތަންފީޛުކުރުމަށްޓަކައި ދައުލަތުގެ އިދާރާއެއްވެސް ވަނީ އުފައްދަވައިފައެވެ.

ތެލުގެ އަގު: ފާއިތުވި 11 އަހަރުގެ ތެރޭގައި އެންމެދަށަށް

ކިޔާފައިވާ ޢަދަދު: 548
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
 
2004 ވަނަ އަހަރުން ފެށިގެން މިއިން ދުވަހަކުވެސް ތެލުގެ އަގު ދަށަށް ނުދާ މިންވަރަށް ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ. މިއީ 2008 ވަނަ އަހަރުގެ ރެސެޝަނާއި ގުޅިގެން ތެލުގެ އަގު ދަށަށް ދިޔަވަރަށްވުރެވެސް ބޮޑު ދަށަށް ދިއުމެކެވެ.  ސާފުނުކުރާ ބްރެންޓް ކުރޫޑް އޮއިލް ފީފާއެއްގެ މިހާރުގެ އަގަކީ 36.05 އެމެރިކާ ޑޮލަރެވެ. މިއީ،  2004 ވަނަ އަހަރުގެ ޖުލައި މަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރަށް ވުރެވެސް ކުޑަތަންކޮޅެއް ހެޔޮ އަގެކެވެ. އެއަހަރުގެ ޖުލައި މަހު ފީފާއެއްގެ އަގު ހުރީ 36.56 އެމެރިކާ ޑޮލަރަށެވެ.

“ވޯލްޑް ޓްރެވެލް އެވޯޑްސް – 2015” ގައި ރާއްޖެއަށް ގިނަ އެވޯޑްތަކެއް!

ކިޔާފައިވާ ޢަދަދު: 837
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ އިދާރާ
ތިރީގައި އެވަނީ 13 ޑިސެމްބަރ 2015 ގައި ސަން.އެމްވީގައި ޝާއިޢުކޮށްފައިވާ ޚަބަރެކެވެ. މި ޚަބަރަކީ އެ ޚަބަރު އިވުމުން ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކު އުފާކުރާނެ ޚަބަރެކެވެ. ދިވެހި ޤައުމަށް ލިބޭ މިފަދަ ކޮންމެ ޝަރަފަކީ މުޅި ޤައުމުގައި ފާހަގަކުރާންޖެހޭ ޝަރަފެކެވެ. ފާހަގަކުރާންޖެހެނީ ހަމައެކަނި ފުޓްބޯޅަ ތައްޓެއް ލިބުނީމާއެއް ނޫނެވެ. 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 944
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


އިދާރާ
ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓް www.liyuntherin.org  އާއި “ލިޔުންތެރިޔާ” މަޖައްލާއަށް އަގުހުރި ލިޔުންތަކެއް ހަދިޔާ ކުރައްވަމުން ގެންދަވާ، ލިޔުންތެރިއެއްކަމުގައިވާ ގ.މަންޒިލް، ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމްގެ ލޮބުވެތި މަންމަ ގ.މަންޒިލް، އަލްފާޟިލާ ސަންފާ އާދަމް (74 އަހަރު) މިއަދުގެ ހަވީރު ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

ހޯރަފުށީ ސަލީމުގެ [މަލިކު ބީފާނު] ނެރުއްވައިފި!

ކިޔާފައިވާ ޢަދަދު: 480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު

ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރެއްކަމުގައިވާ، އަލްފާޟިލް ހޯރަފުށީ މުޙައްމަދު ސަލީމު ލިޔުއްވި، ދިވެހީންގެ މާޒީއާ ގުޅިފައިވާ ޚިޔާލީ ލޯބީގެ ވާހަކައެއް ކަމުގައިވާ “މަލިކު ބީފާނު” ރޭ ނެރުއްވައިފިއެވެ.

ޢިމާދުއްދީން ސްކޫލްގައި ރޭ ބޭއްވުނު ޙަފުލާއެއްގައި މި ވާހަކަ ނެރުއްވައިދެއްވީ، ރާއްޖޭގެ އަވަށްޓެރި މަލިކުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައި މަލިކު މުރައިދު ގަނޑުވަރު ޢަލީމަނިކުފާނެވެ. މި ހަފުލާގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި މަލިކުގެ ގުޅުމުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވައިލެއްވިއެވެ.

ޗައިނާގެ ފައިސާ ]ޔުއާން[ އަށް އައި.އެމް.އެފްގެ ރިޒާވް ސްޓޭޓަސް ލިބިއްޖެ

ކިޔާފައިވާ ޢަދަދު: 655
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ޗައިނާގެ ފައިސާ “ޔުއާން”އަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ރިޒާވް ބާސްކެޓްގައި ހިމެނޭ ފައިސާއެއް ކަމަށް އައި.އެމް.އެފް އިން އިޢުލާންކޮށްފިއެވެ. މިހާރު އައި.އެމް.އެފްގެ ރިޒާވްގައި ހުންނަނީ ޔޫ.އެސް ޑޮލަރު، ޔޫރޯ، ޖަޕަނީޒް ޔެން އަދި ސްޓާރލިންގ ޕައުންޑެވެ.

“ޅެންވެރިޔާ” މުބާރާތް އަންނަ އަހަރު ވެސް ބާއްވާ ގޮތަށް ހަމަޖައްސަވައިފި

ކިޔާފައިވާ ޢަދަދު: 621
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ލިޔުންތެރީންގެ ގުޅުން
މިއަހަރެކޭ ވެސް އެއް ފަދައިން އަންނަ 2016 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ވެސް ޅެން ހެދުމުގެ ޚާއްޞަ މުބާރާތެއް “ޅެންވެރިޔާ – 2016″ގެ ނަމުގައި  ބާއްވަން ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ރޭ ފާސްކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މުބާރާތާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7774062 އާއެވެ. އެ މުބާރާތުގެ ގަވާއިދު ތިރީގައި މިވަނީ އެވެ.

އަނެއްކާވެސް ހަނދާން އައުކޮށްދިނުމެއް

ކިޔާފައިވާ ޢަދަދު: 1017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލ.ގ.
ގިނަ ދުވަސްވުމުގެ ސަބަބުން ހަނދާނުން ކެހިގެން ގޮސްފައިވާ ޤާނޫނުތައް ހަނދާނަށް ގެނެސް އެފަދަ ޤާނޫނުތަކާ މެދު އެންމެން ހޭލުންތެރިކުރުމަކީ ކުރާންޖެހިފައިވާ ކަމެކެވެ. މި މަސައްކަތް އަޅުގަނޑުމެން މި ކުރަނީ އެއީ ކޮންމެހެން އަޅުގަނޑުމެންގެ ޛިންމާއެއް ކަމަށްވާތީއެއް ނޫނެވެ. އެކަމަކު އެކަމުގެ ސަބަބުން ކޮންމެވެސް ބަޔަކަށް، މުޖުތަމަޢަށް އަދި ޤައުމަށް މިކަމުން ކިތަންމެ ކުޑަ ނަމަވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައެވެ.

މަގުމަތީގައި ހިނގައި އުޅުމާ ބެހޭ ޤާނޫނު

ކިޔާފައިވާ ޢަދަދު: 602
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް (81)

 މަގުމަތީގައި ހިނގައި އުޅުމާ ބެހޭ ޤާނޫނު

 ބައެއް ޤާނޫނުތަކަކީ ވަރަށް ކުރު އެހާ ސާދާ ޤާނޫނުތަކެކެވެ. ނަމަވެސް އެ ޤާނޫނެއް އޮންނަކަން ވެސް އަޅުގަނޑުމެންނަށް ނުވެސް އެނގޭ ޤާނޫނުތަކެކެވެ. މި ފަދަ ޤާނޫނުތަކާމެދުރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތައް އަހުލުވެރިކުރެވުމަށް ކޮންމެވެސް ބަޔަކު މަސައްކަތް ވެސް ކުރަންޖެހޭ ޤާނޫނުތަކެކެވެ.