އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ! ޙަޤީޤަތް ހާމަވީއެވެ!

ކިޔާފައިވާ ޢަދަދު: 1471
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ!

ޙަޤީޤަތް ހާމަވީއެވެ!

ލިޔުއްވީ: Danielle LoDuca
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޑެނިއެލް ލޮޑޫސާ އަކީ ޔޫރަޕު މަތިކޮޅު، ޒުވާން އެމެރިކާ އަންހެނެކެވެ. ބޮޑުވަމުން އައީ ނަސޯރާ ދީނުގެ ކެތޮލިކް މަޒްހަބަށް ނަމަވެސް، 2002 ގައި އިސްލާންވުމުގެ ކުރިން، މީނާގެ ހިތުގައި އެއްވެސް ދީނަކަށް ކުޑަވެސް ގަދަރެއް ނެތެވެ. ޑެނިއެލް ލޮޑޫސާ އަކީ ފަންނުވެރިއެކެވެ. ފަސް ކުދިންގެ މަންމައެކެވެ. އެމެރިކާ މީހުންނަށް އިސްލާންދީން އޮޅުންފިލުވައިދެއްވުމުގެ ގޮތުން ގިނައިން ލިޔުއްވައެވެ.  އެނާ ދެކިލައްވާ ގޮތުގައި އަދިވެސް ބައެއް މީހުންނަށް އިސްލާންދީން ރަނގަޅަށް އޮޅުމެއް ނުފިލައެވެ!

 

މުލަރޯދަ ދުވަސް

ކިޔާފައިވާ ޢަދަދު: 1199
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޑައިރުގެ ހަނދާންތަކުން…!

މުލަރޯދަ ދުވަސް

އަޙްމަދު ޝިޔާމް
އަޅުގަނޑުމެން ކުޑައިރު މުލަ ރޯދަ ވިލޭރެ އާއި މުލަ ރޯދަ ދުވަހަކީވެސް  ވަރަށް އެހެން ކަހަލަ އިހުސާސް އެއް ކުރެވޭ ދުވަހެކެވެ. ޝަޢުބާން މަހުގެ 29 ވަނަދުވަހު އިރު އެރީން ސުރެ އިންތިޒާރު ކުރެވެނީ  މުލަ ރޯދަ ވިލޭރޭގެ ހަނދަށެވެ. އެރޭގެ ހަނދަށް ވާނެ ގޮތަކާ މެދު ކިލާހުގައިވެސް ކުދިންނާ ޚިޔާލު ބަދަލު ކުރެވެއެވެ. އަނެއް ދުވަސް މުލަރޯދައަށް ވެއްޖިއްޔާ  ކުރަން ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުން ނެވެ. ކިޔަވާ ގެއިން  ނިމިގެން އައިސް ދެން ކުރާ ކަމަކީ ތިންހަމަ ފިލާ ގަނޑު ކަހަލަ އެއްޗެތި އަނެއް ދުވަހަށް ތައްޔާރު ކުރުމެވެ. ވަގުތިންހަމަ އާއި ބަބުރު ތިންހަމައަށް، މަދޮއްޓާއި ކުދި ބޮލި ފަދަ ތަކެތި ހޯދަމެވެ. އެ ދުވަހު ހަވީރު ވެގެން އަންނަ އިރު އިންތިޒާރު ކުރެވެނީ ހަނދާ ބެހޭ ގޮތުން ނޫހުގައި އޮންނާނީ ކޮންވާހަކައެއްތޯ ބެލުމަށެވެ. 
    

ސްރީލަންކާ އިން ފެނުނު ބައެއް ކަންތައްތައް

ކިޔާފައިވާ ޢަދަދު: 1155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ޝިޔާމް
މެއި މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު ހުރީ ސްރީލަންކާގައެވެ. މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ފާހަގަ ކުރަނީ އެ ދުވަހެވެ. އަޅުގަނޑު ސްރީލަންކާގައި ހުރީ ތިމާގެ މީހެއްގެ ގޭގައެވެ. އެގެ ހުންނަނީ މައުންޓް ލެވޭނިޔާގައެވެ. ވަރަށް ގިނަ ދިވެހިން ދަންނަ އަޔަރުވެދިކް ހޮސްޕިޓަލާ ވަރަށް ގާތުގައެވެ. 
  

އޭރުގެ ފަތްފުށްތަކުން…. (103)

ކިޔާފައިވާ ޢަދަދު: 1079
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (103)

ފެލިދެ އަތޮޅުގެ މައްޗަށް ބަލައިލުމެއް

ވ.ކެޔޮދޫ ކަތީބު ޢަބްދުއްސައްތާރު އަޙްމަދު


އަލްފާޟިލް ޢަބްދުއްސައްތާރު އަޙްމަދަކީ، މިނިސްޓްރީ އޮފް ޖަސްޓިހުން ހިންގެވި ޤާޟީން ތަމްރީނުކުރާ ކޯސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ  އ.އަތޮޅު ކޯޓުގެ ޤާޟީ ކަމެވެ. އެއަށްފަހު، ވ.ރަކީދޫ ކޯޓުގެ ޤާޟީކަމެވެ. ޢަބްދުއްސައްތާރުވަނީ، ވ. ކެޔޮދުއާއި ފެލިދެ އަތޮޅަށް މުހިންމު ދާއިރާތަކެއްގައި ޚިދުމަތް ކުރައްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ، ޚިދުމަތް ކުރައްވަމުންނެވެ. ޢަބްދުއްސައްތާރު މިހާތަނަށް އަދާކުރައްވާފައިވާ އެހެން މަޤާމުތަކުގެތެރޭގައި ކެޔޮދޫ ކަތީބުކަމާއި ފެލިދެ އަތޮޅުގެ އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާކަން ފަދަ މަގާމުތައް ހިމެނެއެވެ. މިހާރު އޭނާއަކީ، ވ. އަތޮޅު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރެވެ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 653
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިޔާ، އަޙްމަދު ސަމީރު ޢަލީގެ ބައްޕަ

އަވަހާރަ ވެއްޖެ!

އިދާރާ
ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ލިޔުންތެރިންގެ ވެބް ސައިޓާއި ލިޔުންތެރިޔާ މަޖައްލާއަށް ގިނަ ލިޔުއްތަކެއް ލިޔުއްވަމުންގެންދަވާ އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ، މ. ލަކީ ސްޓާރ އަލްފާޟިލް ވައިކަރަދޫ ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލި ކަތީބު) މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. އަވަހާރަވިއިރު އޭނާގެ ޢުމުރުފުޅަކީ 89 އަހަރެވެ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1415
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ޝަފީޤު އަވަހާރަވެއްޖެ

އިދާރާ
މަޝްހޫރު ތާރީޚީ ލިޔުންތެރިއެއްކަމަށްވާ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ހެންވޭރު ޝަފީޤުގޭ އަލްފާޟިލް އަޙްމަދު ޝަފީޤު، އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް އަޙްމަދު ޝަފީޤަކީ، 45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ، އަދި ތާރީޚާއި ސަޤާފަތާ ތިމާވެއްޓާ ގުޅޭ ތަފާތު ލިޔުންތަކާއި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1142
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސަޢީދު ޢަލިފުޅު އަވަހާރަވެއްޖެ

އިދާރާ
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ ލިބިވަޑައިގެންފައިވާ ބ.ދަރަވަންދޫ އަލްފާޟިލް ސަޢީދު ޢަލިފުޅު މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އިންތިޚާބު

ކިޔާފައިވާ ޢަދަދު: 1001
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

ލިޔުންތެރީންގެ ގުޅުން

(ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ)

   ހ.އާމުލީގެ، މާލެ 

 

ހިންގާ ކޮމިޓީން ހުސްވެފައިވާ 2 މަގާމަށް

މެންބަރުން އިންތިޚާބު ކުރުން

މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީން ހުސްވެފައިވާ 2 މަގާމަށް މެންބަރުން އިންތިޚާބު ކުރުން 2015 އެޕްރީލް 22 ވާ ބުދަ ދުވަހުގެރޭ 9.00 ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަމްޢިއްޔާގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1505
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިދާރާ 
 
ލިޔުންތެރީންގެ ގުޅުން އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަތް، ލިޔުންތެރީންގެ ގުޅުމުގެ މެންބަރެއްކަމުގައިވާ ގ. ޒަމާން އަލްފާޟިލް ޙަސަން ނިޒާމް (52) މިއަދު މެންދުރުފަހުގެ ވަގުތެއް  އަވަހާރަވީ ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއި އެކުގައެވެ. 

އަލްފާޟިލް ޙަސަން ނިޒާމަކީ، ލިޔުންތެރީންގެ ގުޅުން އުފެއްދުމަށްޓަކައި 2009 ވަނަ އަހަރު ހ.އާމުލީގޭގައި ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ގިނަ ޚިޔާލުފުޅުތަކެއް ފާޅުކުރައްވައިފައިވާ، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިއެކެވެ.

އއ. ތަޢުލީމީ މަރުކަޒަށް ލިޔުންތެރީންގެ ގުޅުމުން ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 1234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދބީ މުރާސިލު
އއ. ރަސްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒަށް، ދިވެހި ލިޔުންތެރީންގެ ޖަމްޢިއްޔާ ކަމުގައިވާ ލިޔުންތެރީންގެ ގުޅުމުން ދިވެހި ފޮތްތަކެއް ހަދިޔާ ކުރައްވައިފި އެވެ. މި ދިޔަ އާދީއްތަ ދުވަހު މެންދުރު 1:30ގައި އެ މަރުކަޒުގައި ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައި ފޮތްތައް ހަދިޔާކުރެއްވީ ލިޔުންތެރީންގެ ގުޅުމުގެ ނާއިބު ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. މަރުކަޒުގެ ފަރާތުން މި ފޮތްތަކާ ޙަވާލުވެވަޑައިގަތީ އެ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ސިރާޖެވެ.