އޭރުގެ ފަތްފުށްތަކުން… (72)

ކިޔާފައިވާ ޢަދަދު: 1971
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
محكمة الشرعيّة (ހ) 1
މާލެ، ދިވެހިރާއްޖެ.
 

އުއްތަމަފަޑިޔާރު މަނިކުފާނުގެ ديني خطاب އެއް

رجب މަހަށް ހަނދުބެލުމުގެ مناسبة ގައި

ދިވެހި امّة އާއި مخاطب ކޮށް.

 

 
ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި އިތުރު ތާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ކުރުވާހަކައާއި ތަމްސިލާއި ޑުރާމާ ލިޔުއްވުމުގައިވެސް ލާމަސީލު ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ހުރިހައި ރޮނގެއްގައި އެމަނިކުފާނުވަނީ ލިޔުއްވައިފައެވެ. އެމަނިކުފާނުގެ ޙަޔާތުގައި ރާއްޖޭގައި ނުކުމެފައިވާ ހުރިހައި ނޫސް މަޖައްލާތަކަކަށްހެން ވަނީ ލިޔުއްވައިފައެވެ. އަދި “ފަތްތޫރަ” ، “ދީނީ ރޫޙު” ، “އަލްޖިހާދު” އަދި “ޝުޢުލާ” ފަދަ މަޖައްލާތަކުގެ މުޙައްރިރުކަންވެސް ކުރައްވައިފައެވެ.

ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (2)

ކިޔާފައިވާ ޢަދަދު: 5133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
(29 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ނޯވޭގެ ފިނިގަދަ އުތުރު އަތޮޅެއްގައި، ގަނޑުފެނުން ބޮޑުބައެއް ނިވާވެފައިވާ ފަރުބަދައެއްގެ އަޑީ ބިންގަރަހާގެއްގައި، މި އޮށްބޭންކު ހެދުމުގެ އެއް ބޭނުމަކީ ކަރަންޓު ނުލިބި އެތައްދުވަސް ވިޔަސް  ނޯވޭގެ ސްވަލްބާޑުގައި އެ އޮށްތައް ހުންނާނީ ގުދުރަތީ ފިނީގެ ސަބަބުން  ހަމަ އެދެވޭ ފިނިމިނެއްގައި ކަމަށް ވުމެވެ.
 

ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (1)

ކިޔާފައިވާ ޢަދަދު: 5441
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން އިންސާނުންގެ ދިރިތިބުން، ގަސްގަހާގެއްސާއި ގުޅިފައިވަނީ އަޅުގަނޑުމެން ފުންކޮށް ވިސްނާލައިފިނަމަ، ހައިރާންވާހައި މިންވަރަކަށެވެ! އަޅުގަނޑު މި ދެންނެވީ, ދަނޑުވެރި ހިސާބު ހިސާބުގައި އުޅޭ މީހުންގެ ވާހަކަ އެކަންޏެއް ނޫނެވެ! ތިބާ މިހާރުވެސް އުޅުއްވަމުން ތިޔަ ގެންދަވަނީ ރާއްޖެތެރޭގެ ހިތްފަސޭހަ މާހައުލުގައި ކަމުގައި ވިޔަސް، މާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވިއަސް، ކިޔަވާ ވިދާޅުވާން ލަންޑަނުގައި ކުޑަ ދުވަސްކޮޅަކު ހުންނެވި ނަމަވެސް، ނުވަތަ އޮސްޓްރޭލިޔާގެ ތަނަވަސް ބައްރަށް ހިޖުރަ ކުރެއްވިޔަސް، ގަސްގަހުގެ މުހިންމުކަން ހަމަ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުވެއެވެ!

މަތިންދާ ބޯޓަށް ލޭޒަރ ލައިޓް އެޅުވުން – ކިހާ ނުރައްކާތެރި ކަމެއްބާ؟

ކިޔާފައިވާ ޢަދަދު: 2207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ރަޝީދު – ރިކާޒް ލ. ފޮނަދޫ (latalks@gmail.com)
ވައިގެ ދަތުރުފަތުރު ކުރުމުގައި އުދުހެމުންދާ މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްބާވައޭ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ މިފަދަ އިންސިޑެންޓްތައް (ޙާދިސާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންތައްތައް) މިއީ މަދުންނަމަވެސް ރާއްޖެއިން ވެސް ކުރިމަތިވާ ކަންކަމެވެ. ދާދިފަހުން ވެސް ކައްދޫން ފުރައިގެން ގަމާ ދިމާ މަތިން، މައްޗަށް އަރަމުންދިޔަ (ކްލައިމްބް ކުރަމުން ދިޔަ) ބޯޓަކަށް ކުދިބަޔަކު ވަނީ ފެހިކުލައިގެ ބާރުގަދަ ލޭޒަރ ލައިޓެއް އަޅުވައިފައެވެ. އަދި މިކަމަކީ މަދުން ނަމަވެސް މި ސަރަޙައްދުގައި ވެސް ހިނގަމުން އަންނަ ކަމެކެވެ.

ތިން މިލިޔަން ޒިޔާރަތާ ގުޅިގެން ހިތުގައި އުފެދުނު ޝޫޢޫރެއް

ކިޔާފައިވާ ޢަދަދު: 5029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
ތިންއަހަރާއި ދެމަސްދުވަސް ނުވަތަ ގާތްގަނޑަކަށް 1155 ދުވަސް ވީ ސައިޓަކަށް ދުވާލަކު ހަތަރު ފަސް ހާހެއްހާ (މީހުން ނުވަތަ ފަހަރު) ޒިޔާރާތްކުރުމަކީ ކާމިޔާބީއެއް ކަމަށް ބެލިދާނެ އެވެ. ލިޔުންތެރީންގެ ގުޅުމުގެ ރަސްމީ ވެބްސައިޓް (www.liyuntherin.org) އިފްތިތާޙުކުރެވުނީ 2011 ވަނަ އަހަރު ފެބްރުއަރީމަހު 22 ވަނަ ދުވަހުގެރޭ 9:00 ގައެވެ. މިހާރު އެކި މީސްމީހުން، 3 މިލިޔަނަށްވުރެ ގިނަ ފަހަރު މި ސައިޓްގެ ލިޔުންތައް ކިޔައިފި އެވެ. ނުވަތަ އެ ޢަދަދަށް މި ސައިޓަށް ޒިޔާރަތްކޮށްފި އެވެ.

ގަބްރިއަލް ގާސިއާ މާރކެޒް އަވަހާރަވެއްޖެ!

ކިޔާފައިވާ ޢަދަދު: 4865
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދެކުނު އެމެރިކާގެ ކޮލަމްބިޔާގެ އަދަބީ ޖާދޫގަރު ގަބްރިއަލް ގާސިއާ މާރކެޒް (Gabriel García Márquez) މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު، އުމުރުފުޅުން 87 އަހަަރުގައި މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި އޭނާގެ އަމިއްލަ ގެކޮޅުގައި އަވަހާރަވެއްޖެއެވެ. ގާސިޔާ މާރކެޒް  ލިޔުއްވި އެންމެ މަޝްހޫރު ދިގު ވާހަކަ ތަކުގެ ތެރޭގައި  One Hundred Years of Solitude, Autumn of the Patriarch,  އާއި Love in the Time of Cholera މި މަޝްހޫރު ފޮތްތައް ހިމެނެއެވެ. ވަކީން ޚާއްސަ ގޮތެއްގައި ” އެކަހެރި ކަމުގެ ސަތޭކަ އަހަރު ” މި ފޮތުގެ ސަބަބުން ގަބްރިއަލް ގާސިޔާ މާރކެޒްގެ ނަންފުޅު 20 ވަނަ ގަރުނުގެ އެންމެ މަޝްހޫރު އަދީބުންގެ ތެރޭގައި ހިމެނިގެން ދިޔައެވެ!

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު

ކިޔާފައިވާ ޢަދަދު: 1999
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
ތިރީގައި މިވަނީ 2014 ވަނަ އަހަރު “ދިވެހިބަހުގެ ދުވަސް” ފާހަގަކުރުމަށް ލިޔުންތެރީންގެ ގުޅުމާއި ތާޖުއްދީން ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާ “އަދަބީ ނޫރު” ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ޚިޠާބުގެ ނަކަލެކެވެ. މި ޚިޠާބުގައި “ދިވެހިބަހުގެ ދުވަސް” ޤައުމީ ފެންވަރުގައި ފާހަގަކުރާންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ދިވެހިބަހުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކިޔާފައިވާ ޢަދަދު: 2012
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ ކަމުގައިވާ “ލިޔުންތެރީންގެ ގުޅުމުގެ” ފަރާތުން ކޮންމެ އަހަރަކު ފާހަގަކުރައްވާ ދިވެހިބަހުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތާޖުއްދީން ސްކޫލްގެ ލޯމާފާނު މާލަމުގައި ރޭ (14.4.2014 ދުވަހުގެ ރޭ) ބޭއްވި ޖަލްސާއަށް ފޮނުއްވި ޚިޠާބެއްގައެވެ.

[ދިވެހިބަހުގެ ދުވަސް] ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ ތާޖުއްދީން ސްކޫލްގެ ލޯމާފާނު މާލަމުގައި މިރޭ.

ކިޔާފައިވާ ޢަދަދު: 1848
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަބީ މުރާސިލު

2011 ވަނަ އަހަރުން ފެށިގެން ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ، “ދިވެހިބަހުގެ ދުވަސް” މިއަހަރު ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ މިރޭ (14 އޭޕްރިލް 2014 (ހޯމަ) ދުވަހުގެ ރޭ) 8:15 ގައި ތާޖުއްދީން  ސްކޫލްގައި ބާއްވާ ގޮތަށް ލިޔުންތެރީންގެ ގުޅުމުން ހަމަޖައްސަވައިފި އެވެ.

މިހާރު ކުރިޔަށްދާ ވާހަކަދެއްކުންތެރިކަމުގެ ޤައުމީ މުބާރާތް މެދަށް އަރައިފި

ކިޔާފައިވާ ޢަދަދު: 1782
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އެހީތެރިކަމާއެކު ދިވެހިބަހުގެ އެކެޑަމީން މިއަހަރު ވީމީޑިއާ އާ ގުޅިގެން ބާއްވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުންތެރިކަމުގެ 29 ވަނަ ޤައުމީ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ދަރިވަރުންގެ ވާހަކަދެއްކުންތައް ރޭގެ ނިޔަލަށް ނިމިއްޖެ އެވެ.