“ޅެންވެރިޔާ – 2015” ޅެންހެދުމުގެ މުބާރާތުގެ ޅެންތަކަށް އިންސާފުކުރާން ފަށައިފި.

ކިޔާފައިވާ ޢަދަދު: 1354
އަދަބީ މުރާސިލު 
މިއަހަރު ޅެންވެރީންގެ ދުވަހުގެ މުނާސަބާގައި ލިޔުންތެރީންގެ ގުޅުމުން ހުޅުވައިލި ޅެންހެދުމުގެ މުބާރާތަށް ލިބިފައިވާ ޅެންތަކަށް އިންސާފުކުރާން މި ރޭ ފަށައިފި އެވެ. މިއީ އެހެން މުބާރާތްތަކާ ޚިލާފަށް ޅެނެވެރީން ބޭނުންފުޅު ތާކު ބޭނުންފުޅު މައިގަނޑުނަމަކަށް ޅެން ހެއްދެވުމަށްފަހު ޅެން ފޮނުވާ ގޮތަށް ހުޅުވައިލެވުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ބޭނުމަކީ ފެންވަރު ރަނގަޅު ޅެންތަކެއް ހެދުމަށް މަގު ފަހިކޮށްދިނުމާއެކު އާ ޅެންވެރީންތަކެއް ތަޢާރަފުކުރުމެވެ. އެހެންކަމުން މި މުބާރާތުގައި ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ  އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއްނުގަންނަވައެވެ.
 

މީލާދީ އާ އަހަރުގެ ތަހުނިޔާއާއެކު “ޅެންވެރިޔާ – 2015″ގެ ފަހު ފުރުޞަތު

ކިޔާފައިވާ ޢަދަދު: 1584
އަދަބީ މުރާސިލު

މިއަދު މި ފެށުނު 2015 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލިޔުންތެރީންގެ ގުޅުމުން ހުޅުވައިލި ޅެން ހެދުމުގެ މުބާރާތް (“ޅެންވެރިޔާ – 2015”) އަށް ޅެން ފޮނުއްވުމުގެ މުއްދަތު މިއަދު 22:00 އަށް (2015 ޖަނަވަރީ 1 ވަނަ ދުވަހުގެ ރޭ 10:00 އަށް)  ހަމަވާނެ އެވެ.
 

ފިހާރަ ބަންދު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3973
ލިޔުއްވީ ނަބީލާ ރައްޙާލް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މީގެ ދެތިން މަސްދުވަސް ކުރިން، ވަރަށް ކުޑަ ކާރެއް ލެބެނާނުގެ ސައްބީހަކަށް ސަހަރަށް ގޮސް މީހުން ގިނައިން އެއްވެ އުޅޭ ހިސާބު ހިސާބުގައި މަޑުކޮށްލައިގެން އޮތެވެ.
 
މިކާރުގެ އަސްލު ކުލަ ވަކިކުރަން ނޭނގޭވަރަށް  އެ ކާރުގެ ވަށައިގެން ވަނީ ‘ ބޮޑު ފިހާރައިން’ ވިއްކާ ތަކެތީގެ ‘ އިޝްތިހާރެވެ’! އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން، އިމާރާތް ކުރަން ފެށުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ، ވަކި ނިޔާއެއް އިއްވާފައި ޖައްސަވާ މުގުރު، ކަރަންޓު މީޓަރާއި ފެން މީޓަރު، މަތީ ތައުލީމުގެ ސަނަދުތައް، މިފަދަ ތަކެތީގެ ބޮޑެތި ފޮޓޯއިން މި ކުޑަ ކާރުގެ ބޭރުވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. އަދި ހުސްޖާގަ ފުރައިލުމުގެ ގޮތުން ރިޝްވަތާއި ފަސާދަ އާއި ގުޅުން ހުރި ސުރުޚީތައް ނޫސް މަޖައްލާއިން ނަކަލުކޮށް ބޮޑުކޮށް، ފޮޓޯ ޖަހާފައިވެސް ހުއްޓެވެ!
 

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާއިން ގައިދީންނަށް ކުރަމުންދާ އަނިޔާ އަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 3527
އަޙްމަދް ސަމީރު ޢަލީ

އެމެރިކާގެ މަޝްހޫރު ޖާސޫސީ އިދާރާ ސީ އައި އޭ ގެ ފަރާތުން، އެމީހުން އަތްދަށުވާ ގައިދީންނަށް ކުރާ ތަފާތު އަނިޔާގެ ތަފްސީލު ތަކެއް، ދާދި ފަހުން “ޓޯޗަރ ރިޕޯޓް” ގެ  ނަމުގައި މުޅި ދުނިޔެއަށް ރަސްމީ ގޮތުން ހާމަކޮށްފިއެވެ! މި ބިރުވެރި އަނިޔާތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު ނެރެ އާންމު ކުރުމުން  މުޅި ދުނިޔެ ސިހިގެން ދިޔައެވެ. މިފަދަ ކަންކަމާއި މެދު މައުލޫމާތު ހޯދައި ވިސްނާ މީހުންނަށް  އެ ރިޕޯޓުގައި ހުރި ގިނަ ކަންތަކަކީ ކުރިން ޓީވީން ފެނި، އެއީ އެމީހުން ކުރާ ކަމެއްކަން އެނގި ޔަގީންވެފައިވާ ކަންކަމެވެ. ނަމަވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު އެއް ސަބަބަކީ އެ ރިޕޯޓު ނެރުނީ އެކަން ކުރި ނުވަތަ ކުރަން ފަހިކޮށްދިން މީހުން ކަމަށް ވުމާއި  ގައިދީންނަށް އެ ކުރާ އިންސާނިއްޔަތާއި ޚީލާފު އަނިޔާތައް ދަސްކޮށްދިން މީހުންނަށް އެމެރިކާ ސަރުކާރުން ދިން (އަޅުގަނޑުމެން ހައިރާންވާ ވަރުގެ) ފައިސާގެ ބޮޑު އަދަދެވެ. އަދި އަނެއް ކަމަކީ އެކަން ކުރީ އަސްކަރިއްޔާގައި ކުރިން އުޅެފައިތިބި، މިހާރު ނަފްސާނީ އިލްމުވެރިން ކަމުގައިވެސް ވާތީއެވެ!  މި ދެމީހުން އިސްވެ ތިބެ އަނިޔާކޮށް، އަދި އަނިޔާ ކުރަން ދަސްކޮށްދިނީ އެމީހުން އެކުލަވާލައިފައިވާ ބިރުވެރި ”މުގައްރަރެއްގެ”  އަތްމަތީ ފޮތުގައިވާ ގޮތަށް ކަމަށް ވެސް ވާތީއެވެ!

[ޅެންވެރިޔާ–2015]ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަދިވެސް އެބަ އޮތް

ކިޔާފައިވާ ޢަދަދު: 1606
އަދަބީ މުރާސިލު
އަންނަ 2015 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޅެން ހެދުމުގެ ޚާއްޞަ މުބާރާތެއް “ޅެންވެރިޔާ – 2015″ގެ ނަމުގައި  ބާއްވަން ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ މުބާރާތުގައި ބައިވެރިވުމަށް އެ ޖަމްޢިއްޔާއިން ފުރުޞަތު ހުޅުބވައިލީ މި ހިނގާ ޑިސެންބަރު މަހު 14 ގައެވެ. ބައިވެރިވުމުގެ ފުރުޞަތު ބަންދުވާނީ އަންނަ ޖެނުއަރީ މަހު 1 ވަނަ ދުވަހުގެ ރޭ 10:00 އާ ހަމައަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ. އެނގިފައިވާ ގޮތުގައި ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތެއް ނެތެވެ. ބޭނުމަކީ ވީހައި ގިނަ އާ ޅެންވެރީން މުބާރާތުގައި ބައިވެރިވުމަށް ހިތްވަރުދިނުންކަމަށް އެނގިފައިވެއެވެ. 
މުބާރާތާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7774062 އާއެވެ. 
އެ މުބާރާތުގެ ގަވާއިދު ތިރީގައި މިވަނީ އެވެ.

އޮސްޓްރޭލިޔާގެ ރައްޔިތުން މިވަގުތު ދައްކަމުންދާ ތަހުޒީބީ ނަމޫނާ

ކިޔާފައިވާ ޢަދަދު: 3621

އަޙްމަދް ސަމީރު ޢަލީ
މި ދުވަސްކޮޅަކީ އޮސްޓްރޭލިޔާގައި ދިރިއުޅޭ މުސްލިމުންނަށް ވަރަށް ހިތްދަތި ދުވަސްކޮޅެކެވެ. ވަކިން ޚާއްސަކޮށް އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސަހަރު، ސިޑްނީގައި ދިރިއުޅޭ މުސްލިމުންނަށެވެ.

[ޅެންވެރިޔާ – 2015]ގެ ނަމުގައި މުބާރާތެއް ބާއްވަނީ!

ކިޔާފައިވާ ޢަދަދު: 1801

ލިޔުންތެރީންގެ ގުޅުން
އަންނަ 2015 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޅެން ހެދުމުގެ ޚާއްޞަ މުބާރާތެއް “ޅެންވެރިޔާ – 2015″ގެ ނަމުގައި  ބާއްވަން ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި ރޭ ހުޅުވައިލައިފިއެވެ. މުބާރާތާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7774062 އާއެވެ. އެ މުބާރާތުގެ ގަވާއިދު ތިރީގައި މިވަނީ އެވެ.

34 ވަނަ މަސްވެރީންގެ ދުވަސް ނައިފަރުގައި ފާހަގަކުރެވުނު ހިނދު . . . .

ކިޔާފައިވާ ޢަދަދު: 1839
 
މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު

މަސްވެރިކަމަކީ ދިރިއުޅުމަށްޓަކާ، ރާއްޖޭގެ ހުރިހާރަށެއްގައިވެސް ޒަމާނުއްސުރެ ކުރަމުންއަންނަ އެންމެ ދުވަސްވީ މަސައްކަތެވެ. އަދި އެއީ ރާއްޖޭގެ އެންމެ ގިނަބަޔަކު އެމަސައްކަތެއްގައި ބައިވެރިވާ މަސައްކަތްވެސްމެއެވެ. މިގޮތުންބަލާއިރު ނައިފަރުގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އެކިއެކި ގިންތީގައި އެކިއެކި ސިފަސިފައިގައި މަސްވެރިކަމުގެ ދާއިރާއާ ގުޅި ލާމެހިފައިވާ މީހުންނެވެ. އެހެންކަމުން މަސްވެރިކަމުގެ ޞިނާޢަތުގައި ނައިފަރަކީވެސް ކޮންމެވެސްވަރެއްގެ މާޒީއެއް އޮތް ރަށެއްކަމުގައިނޫނީ ނުވާނެއެވެ.

އޭރުގެ ފަތްފުށްތަކުން…. (99)

ކިޔާފައިވާ ޢަދަދު: 3194

އޭރުގެ ފަތްފުށްތަކުން…. (99)

މުވާޞަލާތުގެ މެދު – ވައިޓްހައުސް

ޢައްބާސް


ޢައްބާސްއަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އެއީ، ގިނަބޭފުޅުން ދެނެވަޑައިގަންނަވާނޭ މ.ސިލްވަރ ކްލައުޑް، (މ.އެންދެރިމާގެ) އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންވެސް ޤައުމާމެދު ވިސްނައެވެ.

ކިޔާފައިވާ ޢަދަދު: 4235

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބައެއް މީހުން ރާއްޖެ ދޫކޮށް އެހެން ޤައުމު ތަކަށް ހިޖުރަ ކުރަނީ ތަފާތު ސަބަބުތަކާހުރެ އެވެ. އުޅެން ފަސޭހަ ވެގެންނެވެ. ތަޢުލީމުގެ ފުރުޞަތު ބޮޑުކަމުންނެވެ. ޞިއްޙީ ސަބަބަކާ ހުރެއެވެ. ވިޔަފާރި ކުރިއަރުވާށެވެ! އަދިވެސް…… އަދިވެސް ކިތަންމެ ސަބަބުތަކެއް މެދުވެރިވެގެންނެވެ. މަޖުބޫރުވެގެންނެވެ. ނުވަތަ އެހެން ގޮތެއް ނެތިގެން ނުވަތަ ނުހޯދިގެންނެވެ.