ބަސް ދަސްކުރަން ފަސޭހައީ ވީ އެންމެ ޅަފަތެއްގައެވެ.

ކިޔާފައިވާ ޢަދަދު: 4921
އަޙްމަދް ސަމީރު ޢަލީ
ބަހުގެ އިލްމުވެރިންނާއި ބަސް ކިޔަވައިދިނުމަށް ޝައުގުވެރިވާ ވަރަށް ގިނަމީހުން ދަންނަ ގޮތުގައި ބަހެއް ދަސްކުރަން އެންމެ ރަނގަޅީ ދަރިވަރުންގެ އުމުރުން ވީ އެންމެ ޅަފަތެއްގައެވެ. ތުއްތު ކުދިން ބަހަކުން ވާހަކަ ދައްކަން ދަސްކުރާ ހަލުވި މިނުގައި ބޮޑެތި މީހުންނަށް އެ ހުނަރު އަތުލައެއް ނުގަނެވެއެވެ. އިލްމީ ގޮތުން މިކަން ހާމަ ކޮށްދެއްވީ Eric Lenneberg   އެވެ. އެރިކް ލެންބާރގަކީ ނާރާއި ބެހޭ އިލްމުގެ ތަޖުރިބާކާރެކެވެ. އަދި ބަސްވާރެއްވެސް މެއެވެ.

تعزية

ކިޔާފައިވާ ޢަދަދު: 3393

އިދާރާ

ލިޔުންތެރީންގެ ގުޅުމުގެ މެންބަރު އަދި “ލިޔުންތެރިޔާ” މަޖައްލާއާއި ވެބްސައިޓަށް ތާރީޚީ މުހިންމު ލިޔުންތަކެއް ލިޔުއްވަމުން ގެންދެވި، ގދ. މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ރޭ ދަންވަރު ދެމިއޮތުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއެކުގައެވެ.

ދިވެހީން ޣައްޒާއާއި ފަލަޞްޠީނާއެކު (ލައިވް ބްލޮގް)

ކިޔާފައިވާ ޢަދަދު: 2117
 
 00:00  މި ލައިވް ބްލޮގު ވިދާޅުވި ހުރިހާ ބޭޔފުޅުންނަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ ލައިވް މި ހުއްޓައިލީ ކުރީން ރޭވިފައިވާ ގޮތަށް. ޝުކުރިއްޔާ!
 
 23:49  މިރޭ 3 ޖަހަންދެން މީޑީއާއިން ޓެލެތޯން ލައިވް ކުރިޔަށް ގެންދިޔަ ނަމަވެސް، ކުރީން ރޭވިފައިވާ ގޮތަށް 12:00 އިން ފެށީގެން ލިޔުންތެރީންގެ ގުޅުމުގެ ލައިވް ބޮލޮގް އަޕްޑޭޓްކުރުން މެދުކަނޑައިލެވޭނެ.
 
 23:40  “ހެލްޕް ޣައްޒާ”- މަވެސް އެހީވާނަން، ޓެލެތޯން މިރޭ މެންދަމުން އަލިވެ 3:00 އާ ހަމަޔަށް ކުރިޔަށްގެންދާން، ސްޓިއަރިންގ ކޮމިޓީން ނިންމައިފި.

މަޢުލޫމާތާއި ޚަބަރުގެ ތަފާތަކީ ކޮބައިހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 4777
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚަބަރަކީ މަޢުލޫމާތު ހެއްޔެވެ؟ މަޢުލޫމާތަކީ ޚަބަރުހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު ހޯދައިލަމާ ހިންގަވާށެވެ! ފުރަތަމަ ސުވާލުގެ ޖަވާބަކީ “އާނއެކޭ” އެވެ. އެހެންކަމަށް ވާނަމަ ޚަބަރާއި މަޢުލޫމާތަކީ އެކައްޗެއް ކަމަށް ބުނަންވީހެއްޔެވެ؟ ނޫނެކެވެ. އެހެން ބުނެވޭކަށް ނެތެވެ. ސަބަބަކީ ދެ ވަނަ ސުވާލުގެ ޖަވާބަކަށް ވާނީ “ނޫނެކޭ” ކަމަށް ވާތީ އެވެ.

މިއަހަރު 3 ދުވަހެއްގައި ރަމަޟާންމަސް އެބަ ފަށައެވެ.

ކިޔާފައިވާ ޢަދަދު: 4413
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިސްލާމީ ގިނަ ޤައުމުތަކަށް އާދިއްތަ ދުވަހަކީ އާދެ! މާދަމާ އަކީ 1435 ވަނަ އަހަރުގެ ރަމަޟާން ފެށޭ ދުވަހެވެ. މުލަ ރޯދަ ދުވަހެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކުގައި އެ ދުވަހަކީ ހޮނިހިރު ދުވަހެވެ. އަދި އަނެއް ބައި ޤައުތަކުގައި ހޯމަ ދުވަހެވެ. މި ފަހަރު ދިވެހިރާއްޖެ މި ހިމެނެނީ ގިނަ ޤައުމުތައް ހިމެނޭ ބައިގައެވެ.

ގާވިޔަމަސް: މީރު ކާނާއެއް

ކިޔާފައިވާ ޢަދަދު: 2494

ޙުސައިން ޝާކިރު
ގާވިޔަމަސް ނުވަތަ ގާވިހަމަހަކީ ފާނައާ ވައްތަރު ވިހަގަދަ މަހެއް. މިމަހުގެ ބުރަކަށިމަތީގައި ވިހަކަށިތަކެއް ހުރެއެވެ. މި މަސް އުޅެނީ ގާތަކުތެރޭގައި ބަނޑު ޖަހައިގެންނެވެ. މިދެންނެވީ ދިވެހި ބަސްފޮތް 2006 ގައި ގާވިހަމަސް މާނަކޮށްދީ ސިފަކޮށްދީފައިވާ ގޮތެވެ.

ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވޭ

ކިޔާފައިވާ ޢަދަދު: 3096
ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވާކަމަށް އެމެރިކަން އިންސްޓިޓިއުޓް ފޮރ ކެންސަރ ރިސާރޗްގެ އެންމެފަހުގެ ހޯދުންތަކުން ދައްކައިފިއެވެ. އެހެންކަމުން ޗެރީގައި ހިމެނޭ މާއްދާތަކަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ފުޅިއެއްގެ ތެރެއިން އިރުގެ އަލި؟

ކިޔާފައިވާ ޢަދަދު: 3232
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
މިއަދު އަޅުގަނޑު ލިޔެލަން މިއުޅެނީ މީގެ 12 ވަރަކަށް އަހަރުކުރިން ދުނިޔެއަށް އުފަންވެފައިވާ ތިމާވެއްޓާއި ރައްޓެހި އާ ވައްތަރެއްގެ ބޮތްކަކާއި ބެހޭގޮތުންނެވެ. މިވާހަކަ ކޮންމެހެން ލިޔެލަން ހިތަށްއެރީ އަޅުގަނޑުމެން ހަކަތައަށް ހޭދަކުރަންޖެހޭ މިންވަރު މަތިވެފައި، ބޭނުންވާ މިންވަރަށް ހަކަތަ ނުލިބޭތީވެ މި ބޮކީގެ ބޭނުންކޮށްގެން ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރެވިދާނެކަމަށް ފެންނާތީއެވެ. ޚާއްސަކޮށް ޞިނާޢީ މަސައްކަތްކުރާ ތަންތަނުގައި ކަރަންޓް ބޭނުންކޮށްގެން ދިއްލާ ބޮކީގެ ބަދަލުގައި މިވައްތަރުގެ ބޮކި ބޭނުންކޮށްގެން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ.
 

ޔުކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެބާ؟

ކިޔާފައިވާ ޢަދަދު: 2257
އަހުމަދު މުއުމިން

ޔުކްރެއިންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޑޮނެސްކް، ސްލޮވްޔާންސްކް، އަދި އޮޑެސާގައި މިދިޔަ ހަފުތާތެރޭ 60 އަށް ވުރެ ގިނަ މީހުން މަރުވުމުން، ހުޅަނގުގެ ޤައުމުތަކުން މި ހަމަނުޖެހުންތަކާ މެދު ދެކެމުން އައި ގޮތް މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ.