ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް!

ކިޔާފައިވާ ޢަދަދު: 2606
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރިންގެ ގުޅުމުގެ އިދާރާ
ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް އަޅުގަނޑުމެން ހަމަޖައްސައިފީމެވެ. އެގޮތުން މިސައިޓުން ޖަމްޢިއްޔާގެ މެންބަރަކަށް ވާން އެދޭ ފޯމު ޑައުންލޯޑު ކުރެއްވުމަށްފަހު، ފުރިހަމަ ކުރައްވަން ޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރައްވައި، ޖަމްޢިއްޔާގެ މެއިލް އެޑްރެހަށް ފޮނުއްވައިލެއްވުމުން، މެންބަރަކަށް ވެވަޑަައިގަތުމުގެ ކަންތައް ހަމަޖެހޭނެއެވެ.

“އިސްލާމިކް ފެއަރ” ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޟެއް ރޭ ހުޅުވިއްޖެ

ކިޔާފައިވާ ޢަދަދު: 2487
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
10 ވަރަކަށް އަމިއްލަ ފަރާތްތަކުގެ އިސްޓޯލުތަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ފޮތުގެ ހަތަރުވަނަ މަޢުރަޟް (“އިސްލާމިކް ފެއަރ”ގެ ނަމުގައި)  3 މާރޗް 2013 ވީ ހުކުރުދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގައި ހުޅުވައިފި އެވެ.

ލިޔުންތެރީންގެ ޚާއްޞަ ފަރީއްކޮޅެއް

ކިޔާފައިވާ ޢަދަދު: 2594
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޚާއްޞަ މުރާސިލު
ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން، ލިޔުންތެރީންނަށާއި ލިޔުންތެރީންގެ މަސައްކަތަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަކޮށްގެން ޚާއްޞަ ރޭގަނޑުގެ ފަރީއްކޮޅެއް ބާއްވައިފި އެވެ.

ބައިނުލްއަޤުވާމީ ފޮތުގެ ދުވަހުގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 2365
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިންގެ ގުޅުމުގެ އިދާރާ

މިއަދަކީ އދ. ގެ ތަޢުލީމާއި ސައެންސާއި ސަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ކަނޑައަޅުއްވައިފައިވާ “ބައިނުލްއަޤުވާމީ ފޮތުގެ ދުވަހެވެ.” މިއަދުގެ މުނާސަބަތުގައި ލިޔުންތެރީންގެ ގުޅުމުގެ ހުރިހާ މެންބަރުންނަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް ފޮތްތެރިކަމަށް ލޯބިކުރައްވާ ހުރިހާ އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޖަލްސާއެއް ބާއްވައިފި.

ކިޔާފައިވާ ޢަދަދު: 2798
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަބީ މުރާސިލު

މިއަދަކީ މިއަހަރުގެ ދިވެހިބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ. މި އުފާވެރި މުނާސަބާ ފާހަގަކުރުމަށް، ލިޔުންތެރީންގެ ގުޅުމާއި ޤައުމީ ކުތުބުޚާނާ ގުޅިގެން ވަރަށް ޚާއްޞަ ޖަލްސާއެއް ރޭ  (13 އޭޕްރިލް 2013 ވީ ހޮނިހިރު ދުވަހުގެ ރޭ) 8:45 ގައި ބާއްވައިފި އެވެ.

އެޑިޓަރުގެ ގޮނޑި

ކިޔާފައިވާ ޢަދަދު: 6765
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ގޮނޑީގެ އެދުން ނޯންނަނީ ކާކުގެ ހިތުގައ ިހެއްޔެވެ؟ ގޮނޑީގެ ކުޅިގަނޑުގައި ޖެހުނީމާ މީހުން އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާންނައްތައިލައެވެ. އެންމެ ފަހުން ގޮސް ތިމާގެ ހައިސިއްޔަތުގެ މަތިން ވެސް ހަނދާންނެތިދެއެވެ. އެންމެން އިށީންނަ ހިތުން އެ އުޅޭ ގޮނޑިއަކީ ހަޤީޤަތުގައި އެހައި އަގުބޮޑު ގޮނޑިއެއް ވެސް ނޫނެވެ. ދޮޅަހަކަށް ރުފިޔާއަށް ލިބޭ ގޮނޑި ވެސް ބާޒާރުގައި ހުރެއެވެ. ފަންސާސް ރުފިޔާއަށް ނުވަތަ ފަސްހާސް ރުފިޔާއަށް ވިއްކާ ގޮނޑި ވެސް ހުރެއެވެ. އެކަމަކު މިހާރު މިދައްކަނީ އާދައިގެ ގޮނޑިއެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ އެޑިޓަރުގެ ގޮނޑީގެ ވާހަކައެވެ.

ދިރާގުގެ ދިވެހި ވެބްސައިޓް އިފްތިތާޙްކޮށްފި

ކިޔާފައިވާ ޢަދަދު: 5992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
ދިވެހިރާއްޖޭގެ އެންމެބޮޑު މުވާޞަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން ދިވެހި ވެބްސައިޓެއް އިފްތިތާޙްކޮށްފިއެވެ. އިއްޔެ ހެނދުނު ދިރާގު މައި އޮފީސް އިމާރާތުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިވަގުތު ރާއްޖޭގައި ހުންނެވި ދިވެހިބަހުގެ އެންމެ ފުންނާބުއުސް އުސްތާޛު އަދި ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.

އަވަށްޓެރިޔާގެ މޭވާ ކައިލަކައިލައި މިހެން ތިބޭނީ ކިހާ ދުވަހަކުތޯއެވެ!

ކިޔާފައިވާ ޢަދަދު: 9389
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަސް މިހާރު ވެއްޓި ވެއްޔާމޮޑެވި، ފައިން އެރި ހީނަރުވެ ކަފާސްވެ ފިނދިފައި މިވާ މިންވަރާ މެދު ވިސްނައި، ކަންބޮޑުވަނީ ކިތައް މީހުންބާވައެވެ؟ ނުވަތަ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހަށް ފާރަވެރިވެ ފަރުވާތެރި ނުވުމުގެ ސަބަބުން މި ބަސް މިހާރު މި އޮތް ނިކަމެތި ހާލަތާ  މެދު ފުންކޮށް ވިސްނައިލަނީ ކޮން ބަޔެއްބާއެވެ؟ 
 

ފޮތް ކިޔުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ޙަރަކާތެއް ފަށައިފި!

ކިޔާފައިވާ ޢަދަދު: 2928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
“ފޮތް – ސިކުނޑި ހުޅުވައިލަދޭ ތަޅުދަނޑި” މި ނަމުގައި ދަގަތަ ޕަބްލިޝާރސް އާއި ޤައުމީ ކުތުބުޚާނާ ގުޅިގެން ލިޔުންތެރީންގެ ގުޅުމުގެ އެހީތެރިކަމާއެކު، ދިވެހި ދަރިން ދިވެހި ފޮތަށް ލޯބި ޖެއްސުމަށްޓަކައި މަލްޓި މީޑިއާ ލައިބްރަރީގައި ޚާއްޞަ ޙަރަކާތެއް އިއްޔެ (2013 މާރޗް 9 ވީ ހޮނިހިރު ދުވަހު) ފައްޓަވައިފި އެވެ.

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން

ކިޔާފައިވާ ޢަދަދު: 5582
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަލީ ނަސީރު، ގދ.މަޑަވެލި
ޤުދުރަތީވަސީލަތްތަކާއި، މަސްނޫޢީ ވަސީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަސީލަތަކީވެސް “އެ ވަސީލަތެއްގެ ސަބަބުން” ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއް އޮތް ކަމެއް ނޫނެވެ.