ގާވިޔަމަސް: މީރު ކާނާއެއް
ކިޔާފައިވާ ޢަދަދު: 2606ޙުސައިން ޝާކިރު

ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވޭ
ކިޔާފައިވާ ޢަދަދު: 3188ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
ޗެރީ ބޭނުންކުރުމުން ކެންސަރު ސެލްތައް އަމިއްލައަށް މަރުވާކަމަށް އެމެރިކަން އިންސްޓިޓިއުޓް ފޮރ ކެންސަރ ރިސާރޗްގެ އެންމެފަހުގެ ހޯދުންތަކުން ދައްކައިފިއެވެ. އެހެންކަމުން ޗެރީގައި ހިމެނޭ މާއްދާތަކަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ފުޅިއެއްގެ ތެރެއިން އިރުގެ އަލި؟
ކިޔާފައިވާ ޢަދަދު: 3373ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
މިއަދު އަޅުގަނޑު ލިޔެލަން މިއުޅެނީ މީގެ 12 ވަރަކަށް އަހަރުކުރިން ދުނިޔެއަށް އުފަންވެފައިވާ ތިމާވެއްޓާއި ރައްޓެހި އާ ވައްތަރެއްގެ ބޮތްކަކާއި ބެހޭގޮތުންނެވެ. މިވާހަކަ ކޮންމެހެން ލިޔެލަން ހިތަށްއެރީ އަޅުގަނޑުމެން ހަކަތައަށް ހޭދަކުރަންޖެހޭ މިންވަރު މަތިވެފައި، ބޭނުންވާ މިންވަރަށް ހަކަތަ ނުލިބޭތީވެ މި ބޮކީގެ ބޭނުންކޮށްގެން ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރެވިދާނެކަމަށް ފެންނާތީއެވެ. ޚާއްސަކޮށް ޞިނާޢީ މަސައްކަތްކުރާ ތަންތަނުގައި ކަރަންޓް ބޭނުންކޮށްގެން ދިއްލާ ބޮކީގެ ބަދަލުގައި މިވައްތަރުގެ ބޮކި ބޭނުންކޮށްގެން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ.

އިސްކަންދަރު ސްކޫލަށް ފޮތްތަކެއް ހަދިޔާކޮށްފި
ކިޔާފައިވާ ޢަދަދު: 1763އަދަބީ މުރާސިލު
ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ ކަމުގައިވާ ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން އިސްކަންދަރު ސްކޫލަށް ފޮތްތަކެއް ހަދިޔާކޮށްފި އެވެ.

ޔުކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެބާ؟
ކިޔާފައިވާ ޢަދަދު: 2379އަހުމަދު މުއުމިން
ޔުކްރެއިންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޑޮނެސްކް، ސްލޮވްޔާންސްކް، އަދި އޮޑެސާގައި މިދިޔަ ހަފުތާތެރޭ 60 އަށް ވުރެ ގިނަ މީހުން މަރުވުމުން، ހުޅަނގުގެ ޤައުމުތަކުން މި ހަމަނުޖެހުންތަކާ މެދު ދެކެމުން އައި ގޮތް މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2014 މެއި 2 ވަނަ ދުވަހު އަޅުގަނޑު ހުކުރަށް ގޮސް އިނީ މިސްކިތެއްގެ މިމްބަރާ ހަމަ ދިމާކުރިމަތީން ދެވަނަ ސަފުގައެވެ. އެ ރަށުގެ އެ މިސްކިތުގައި އިމާމުވެ ހުކުރުކުރެއްވި އިމާމު ޚުޠުބާދެއްވި އިރު (ނުވަތަ ވިދާޅުވި އިރު) އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ސަބަބު ދަންނަވައިލާނަމެވެ.

މަޤުޞަދު ޙާޞިލުވާކަން އެނގުމުން ވަރަށް ބޮޑަށް އުފާވެއްޖެ އެވެ.
ކިޔާފައިވާ ޢަދަދު: 5375ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2014 މެއި 2 ވަނަ ދުވަހު އަޅުގަނޑު ހުކުރަށް ގޮސް އިނީ މިސްކިތެއްގެ މިމްބަރާ ހަމަ ދިމާކުރިމަތީން ދެވަނަ ސަފުގައެވެ. އެ ރަށުގެ އެ މިސްކިތުގައި އިމާމުވެ ހުކުރުކުރެއްވި އިމާމު ޚުޠުބާދެއްވި އިރު (ނުވަތަ ވިދާޅުވި އިރު) އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ސަބަބު ދަންނަވައިލާނަމެވެ.
އޭރުގެ ފަތްފުށްތަކުން… (72)
ކިޔާފައިވާ ޢަދަދު: 2320محكمة الشرعيّة (ހ) 1
މާލެ، ދިވެހިރާއްޖެ.
މާލެ، ދިވެހިރާއްޖެ.
އުއްތަމަފަޑިޔާރު މަނިކުފާނުގެ ديني خطاب އެއް
رجب މަހަށް ހަނދުބެލުމުގެ مناسبة ގައި
ދިވެހި امّة އާއި مخاطب ކޮށް.
ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި އިތުރު ތާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ކުރުވާހަކައާއި ތަމްސިލާއި ޑުރާމާ ލިޔުއްވުމުގައިވެސް ލާމަސީލު ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ހުރިހައި ރޮނގެއްގައި އެމަނިކުފާނުވަނީ ލިޔުއްވައިފައެވެ. އެމަނިކުފާނުގެ ޙަޔާތުގައި ރާއްޖޭގައި ނުކުމެފައިވާ ހުރިހައި ނޫސް މަޖައްލާތަކަކަށްހެން ވަނީ ލިޔުއްވައިފައެވެ. އަދި “ފަތްތޫރަ” ، “ދީނީ ރޫޙު” ، “އަލްޖިހާދު” އަދި “ޝުޢުލާ” ފަދަ މަޖައްލާތަކުގެ މުޙައްރިރުކަންވެސް ކުރައްވައިފައެވެ.
ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (2)
ކިޔާފައިވާ ޢަދަދު: 5404އަޙްމަދް ސަމީރު ޢަލީ
(29 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ނޯވޭގެ ފިނިގަދަ އުތުރު އަތޮޅެއްގައި، ގަނޑުފެނުން ބޮޑުބައެއް ނިވާވެފައިވާ ފަރުބަދައެއްގެ އަޑީ ބިންގަރަހާގެއްގައި، މި އޮށްބޭންކު ހެދުމުގެ އެއް ބޭނުމަކީ ކަރަންޓު ނުލިބި އެތައްދުވަސް ވިޔަސް ނޯވޭގެ ސްވަލްބާޑުގައި އެ އޮށްތައް ހުންނާނީ ގުދުރަތީ ފިނީގެ ސަބަބުން ހަމަ އެދެވޭ ފިނިމިނެއްގައި ކަމަށް ވުމެވެ.
(29 އޭޕްރިލް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

ތަފާތު ގަސްގަހާގެހީގެ އޮށް، ފަހަށް ރައްކާކުރާ ބޭންކުތައް (1)
ކިޔާފައިވާ ޢަދަދު: 5788އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން އިންސާނުންގެ ދިރިތިބުން، ގަސްގަހާގެއްސާއި ގުޅިފައިވަނީ އަޅުގަނޑުމެން ފުންކޮށް ވިސްނާލައިފިނަމަ، ހައިރާންވާހައި މިންވަރަކަށެވެ! އަޅުގަނޑު މި ދެންނެވީ, ދަނޑުވެރި ހިސާބު ހިސާބުގައި އުޅޭ މީހުންގެ ވާހަކަ އެކަންޏެއް ނޫނެވެ! ތިބާ މިހާރުވެސް އުޅުއްވަމުން ތިޔަ ގެންދަވަނީ ރާއްޖެތެރޭގެ ހިތްފަސޭހަ މާހައުލުގައި ކަމުގައި ވިޔަސް، މާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވިއަސް، ކިޔަވާ ވިދާޅުވާން ލަންޑަނުގައި ކުޑަ ދުވަސްކޮޅަކު ހުންނެވި ނަމަވެސް، ނުވަތަ އޮސްޓްރޭލިޔާގެ ތަނަވަސް ބައްރަށް ހިޖުރަ ކުރެއްވިޔަސް، ގަސްގަހުގެ މުހިންމުކަން ހަމަ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުވެއެވެ!

މަތިންދާ ބޯޓަށް ލޭޒަރ ލައިޓް އެޅުވުން – ކިހާ ނުރައްކާތެރި ކަމެއްބާ؟
ކިޔާފައިވާ ޢަދަދު: 2346އަޙްމަދު ރަޝީދު – ރިކާޒް ލ. ފޮނަދޫ (latalks@gmail.com)
ވައިގެ ދަތުރުފަތުރު ކުރުމުގައި އުދުހެމުންދާ މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްބާވައޭ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ މިފަދަ އިންސިޑެންޓްތައް (ޙާދިސާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންތައްތައް) މިއީ މަދުންނަމަވެސް ރާއްޖެއިން ވެސް ކުރިމަތިވާ ކަންކަމެވެ. ދާދިފަހުން ވެސް ކައްދޫން ފުރައިގެން ގަމާ ދިމާ މަތިން، މައްޗަށް އަރަމުންދިޔަ (ކްލައިމްބް ކުރަމުން ދިޔަ) ބޯޓަކަށް ކުދިބަޔަކު ވަނީ ފެހިކުލައިގެ ބާރުގަދަ ލޭޒަރ ލައިޓެއް އަޅުވައިފައެވެ. އަދި މިކަމަކީ މަދުން ނަމަވެސް މި ސަރަޙައްދުގައި ވެސް ހިނގަމުން އަންނަ ކަމެކެވެ.
