މަލާލާ- ބޮލަށް ބަޑިޖެހީ ކިޔަވަން އުޅޭވަރުން!

ކިޔާފައިވާ ޢަދަދު: 7466
އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ރާއްޖެ ފަހަކަށް އައިސް ދުށް މޮޅު ދީނީ އިލްމުވެރިއެއް ކަމުގައިވި ޑރ. އަފްރާޝީމް، މީގެ  އަހަރެއްހައި ދުވަސް ކުރިން އަވަހާރަ ކޮށްލެވުނެވެ. އިސްލާން ދީނުގެ ހުކުމްތަކުގެ ތެރެއިން ފަސޭހަ، މެދު މިންގަނޑު އަޅުގަނޑުމެނަށް އޮޅުން ފިލުއްވައިދެއްވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި މި މަޑުމައިތިރި،  ހިތްތިރި ފިގްހު އިލްމުވެރިޔާ އަވަހާރަ ކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ 2 ވީ އަންގާރަ  ދުވަހެވެ. އެކަމާ ހިތާމަކުރީ ހަމައެކަނި މިރާއްޖޭގައި ތިބި ދިވެހިންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ދިވެހިންވެސް އެދުވަހު ފެންކަޅިވެ ރޮވި ގިސްލެވުނެވެ. އެމަނިކުފާނުގެ ވޭން އިހުސާސު ކުރެވި އުފެދުނު އިހުސާސްތަކަށް ކެތްނުކުރެވިގެންނެވެ. އަދި އެމަނިކުފާނުގެ ތުއްޕުޅު ތިންބޭފުޅުންނާއި އެތިން ބެއިންގެ މަންމައަށް ތައުޒިޔާދަންނަވާނެ އެކަށީގެންވާ ލަފްޒުކޮޅެއް އަޅުގަނޑުމެންގެ ގަލަމަށާއި ދުލަށް ނައުމުގެ ހިތާމައިން ފޯވެގެންނެވެ!

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (1)

ކިޔާފައިވާ ޢަދަދު: 8342
 

ދަސްކުރަންވީ ކަންތައް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙުމާން އަލްޢަރީފީ ލިޔުއްވައިފައިވާ ލިޔުއްވުމެއްގައި ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

އިންސާނުންނަކީ އެބައިމީހުންނަށް  ކުރިމަތިވާ އުފަލާއި ހިތާމަ ވެސް ޖަޒުބާތުން ޙިއްސާކުރާ ބަޔެކެވެ. އެ ބައިމީހުންނަށް ތަނަވަސްކަން ލިބިއްޖެ ނަމަ އުފާވެ އެވެ. އެބައިމީހުންގެ ވަޒީފާއިން ކުރިއެރުމެއް ލިބިއްޖެ ނަމަ ނުވަތަ ބަލިމަޑުކަމަކުން ސަލާމަތްވެ ޝިފާލިބިއްޖެ ނަމަ ހިތްހަމަޖެހެއެވެ. އަދި “ދުނިޔެ” އެބައިމީހުންނަށް ހިނިތުންވެ އެބައިމީހުންގެ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެ ނަމަ އުފަލުން ފޮޅި މަޖާވެއެވެ.

ބިކިނީ ރައްޔިތުންގެ ހިތްދަތި ވާހަކަ

ކިޔާފައިވާ ޢަދަދު: 8653
އަޙްމަދް ސަމީރު ޢަލީ
މަތީގައި އެވާ ސުރުޚީން ވަރަށް ގިނަ ބައެއްގެ ހިތްތަކަށް ތަސައްވަރު ކުރެވޭނީ  ކުޑަރުމާ ވަރުގެ ދެތިންފޮތިކޮޅުން ނިވާނުވެތިބޭ އަންހެނުންނެވެ. އަދި އެފަދަ ބަޔަކު ރީތި ގޮނޑުދޮށްތަކުގައި އަވީލާފައިތިބޭ ތިބުމެވެ! ނަމަވެސް ބިކިނީ އަތޮޅުގެ ހާލަކީ ވަރަށް ހިތާމަވެރި ހާލެކެވެ. (އިސްވެ ދެންނެވުނު ނިވާނުވާ ހެދުމަށް ބިކިނީ ކިޔުނީ މި ރަށަށް ދިމާވި މަޝްހޫރު، ހިތާމަވެރި ހާދިސާ އާއި ގުޅުވައިފައެވެ.)

ސްވިސް ނައިފް، ފަލްސަފީ ވިސްނުމަކުން!

ކިޔާފައިވާ ޢަދަދު: 8357
އަޙްމަދް ސަމީރު ޢަލީ
ސްވިޓްޒަލެންޑްގެ ވިކްޓޯރިނޮކްސް ކުންފުނިން ތަފާތު ވައްތަރުގެ ތަކެތި އުފައްދައެވެ. ދަތުރު ކުރާއިރު އަޅުގަނޑުމެން ބޭނުންކުރާ ފުރޮޅުލީ ފޮށި އުފައްދައެވެ. ގަޑި އާއި ސަމުގާގެ އިތުރުން ކަތުރާއި ބަދިގޭގައި ގެންގުޅޭ ތަފާތު ވައްތަރުގެ  ވަޅި ތައްޔާރު ކުރެއެވެ. މި ކުންފުނިން އުފައްދާ ތަކެތީގެ އެންމެ މުހިންމު އަދި އެންމެ ފާހަގަ ކުރެވޭ އެއްސިފައަކީ އުފައްދާ ކޮންމެ އެއްޗެއްގެ މަސައްކަތުގެ ފެންވަރު މޮަޅުކަމެވެ.
 

ސުއްކަތުރާ ޚަބަރާއި ފޮޓޯ

ކިޔާފައިވާ ޢަދަދު: 9150
އަޙްމަދް ސަމީރު ޢަލީ

އަރަބި ކަރައިގެ 380 ކިލޯމީޓަރު ދެކުނުން ސޯމާލިޔާގެ އިރުން 250 ކިލޯމީޓަރުގައި އޮންނަ މި ގާމަތީ ޖަޒީރާ އެންމެ ވައްތަރީ “އެހެން ދުނިޔެއެއްގެ ތަންކޮޅަކާއެވެ”. ލިޔުންތެރިން ސުއްކަތުރާ (سُقُطْرَى) އާއި ބެހޭގޮތުން އެންމެ ފުރަތަމަ ވެސް ލިޔުއްވަނީ އެހެންނެވެ. އެއީ އެބޭކަލުން، (މަޝްހޫރު ނޭޝަނަލް ޖޯގްރަފިކް މަޖައްލާގެ މަސައްކަތުގައި މުޅި ދުނިޔޭގައި ދަތުރުކުރައްވާފައިވާ ލިޔުންތެރިން ވެސް) ލިޔުއްވަނީ މިކަހަލަ ދެވަނަ ތަނެއް ދުވަހަކުވެސް ނުދެކޭ ކަމުގައެވެ. މިހެންވެ މި ޖަޒީރާ އަކީ 2008 ވަނަ އަހަރުން ސުރެ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައެއްގެ ގޮތުގައި އެކަށަ އަޅާފައިވާ ތަނެކެވެ.

ލާމަސީލު އަގުހުރި، ދިވެހި ދަރިއެއްގެ ކުރު ޙަޔާތް:

ކިޔާފައިވާ ޢަދަދު: 6151

ޝަހީދު ޑޮކްޓަރ އަފްރާޝީމް ޢަލީ

ޙަސަން ޝާކިރު މުޙައްމަދު
އަޅުގަނޑު އާންމުކޮށް ފޯނު ގެންގުޅެނީ ރިންގު ނިއްވާލައިގެންނެވެ. ނަމަވެސް ނިދަން އޮށޯންނައިރު ފޯނު ރިންގުވާގޮތަށް ބޭއްވުމަކީ، އަޅުގަނޑުގެ އާދަކޮށް ކަންތައްކުރާގޮތް ކަމުގައިވިޔަސް  2012 އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭގެ ނިދަން އޮށޯވެވުނީ ފޯނުގެ ރިންގު ނިއްވާލައިގެންނެވެ. އެރޭ އަޅުގަނޑު ނިދަން އޮށޯތީ 12 ޖަހާކަންހާއިރެވެ. ފަތިހު އަންހެނުން ގޮވުމުންވެސް ހޭލެވޭގޮތެއް ނުވިއެވެ. އާދައިގެމަތިން އޭނާވެސް ކޮޓަރީގައި ނަމާދުކޮށްލައިގެން އޮށޯތީއެވެ. އޭރު ރާއްޖޭގެ އެތައްބަޔަކު ނުނިދާ ފުންހިތާމަތަކެއް ކުރަމުންދާކަމުގެ އިޙްސާސެއް އޭނާއަކަށްވެސް ނުވިއެވެ. މީޑިއާގެ މަޢުލޫމާތުގެތެރޭގައި އަބަދުވެސް އުޅެމުންދާ އަޅުގަނޑުމެންގެ ދޮށީ ދަރިފުޅު އޭނާގެ މަސައްކަތުގައި ޓީ.ވީ. ހުޅުވައިގެން ލެޕްޓޮޕުން ޚަބަރުތައް ދިރާސާކުރަމުން ގެންދިޔަކަމެއްވެސް ނޭނގުނެވެ.

އަޅުގަނޑު ދުށް ޑރ. އަފްރާޝީމް ޢަލީ

ކިޔާފައިވާ ޢަދަދު: 3061

ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު

ދީނީ ޢިލްމްވެރިންނަކީ އެބޭފުޅުން އުޅުއްވާ ކޮންމެ މުޖްތަމަޢެއްގައި ނުހަނު ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބަޔެކެވެ. ޢިލްމު ޙާޞިލްކުރުމުގެ އެންމެ މަތިވެރި މަޤްޞަދަކީ ލިބިފައިވާ ޢިލްމެއް އަނެކުންނާ ޙިއްޞާކޮށް މުޖްތަމަޢު ހޭލުންތެރިކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ.

ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު އެއް ޙިއްޞާދާރު (“ދިރާގު”) އުފެދުނުތާ 25 އަހަރު ފުރުނީއެވެ.

ކިޔާފައިވާ ޢަދަދު: 7741

 “ދިރާގު”ގެރިހިޔޫބީލްގެ މުނާސަބާގައި ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ!

ޢަބްދުﷲ ނަޢީމް އިބްރާހީމް،
ލިޔުންތެރީންގެ ގުޅުން

“ދިވެހިރާއްޖޭގެ ގުޅުން”  ނުވަތަ ދިރާގަށް މިއަދު 25 އަހަރު ފުރުނީއެވެ. ދިރާގުގެ ތާރީޚަށް ބަލާއިރު ފެންނަނީ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެކެވެ. ދިރާގުގެ ސަބަބުން ދިވެހިރާއްޖެއަށް އައި ތަރައްޤީއަކީ ރާއްޖޭގެ ކުދިބޮޑު އެންމެން ޙިއްޞާ ކުރަމުން ގެންދާ ތަރައްޤީއެކެވެ. ރާއްޖެ މިއަދު މި ދެކޭ ތަރައްޤީގައި މުވާޞަލާތުގެ ޚިދުމަތުން އަދާ ކޮށްފައިވާ ދައުރު ފާހަގަ ކޮށްލާން ޖެހެއެވެ. އެތައް ސަތޭކަ މޭލަކަށް ފެތުރިފައިވާ، އެތައް ސަތޭކަ ރަށެއް “އެއް ރަށަކަށް” ހަދާފައިވަނީ މުވާޞަލާތީ ޚިދުމަތުގެ ސަބަބުންނެވެ. މި ޚިދުމަތުގެ މައި މުގުލަކީ ދިރާގެވެ.

މާމުއި…… އެހާ ޚާއްސަ ކާނާ އަކަށްވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 10031
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އާސާރު ދިރާސާ ކުރާ އިލްމުވެރިން، މިސްރުގެ (ބިމުއަޑީގައިވާ) ގަދީމީ ގަބުރުސްތާނު ތަކުގެ ދޮރެއް ހުޅުވައި، އަލަށް ވަންނަ ވަރަށް ގިނަފަހަރު ފެންނަ އެކައްޗަކީ ކުދި ރުނބާ ފާޑުގެ ކަންވާރުގައި މާމުއި ބަންދު ކޮށްފައި ހުއްޓައެވެ.  ކޮންމެ ފަހަރަކު ވެސް ފެންނަ މާމުއި ހުންނަނީ ހަމަ އިއްޔެ ބަންދު ކުރި އެއްޗެއް ފަދައިން އެންމެ ތާޒާ ކަންމަތީގައެވެ!

سعيد علىފުޅާއި أنور إبراهيم އަށް، އުފަލާއެކު تهنئة ދަންނަވަމެވެ.

ކިޔާފައިވާ ޢަދަދު: 5775
حسن شاكر محمد، ލިޔުންތެރީންގެ ގުޅުން

މިއަހަރުގެ މިނިވަން ދުވަހުގެ رسمى جلسة  އިއްޔެ ރޭ (23 އޮގަސްޓް 2013 ވީ ހުކުރުވިލޭރޭ) ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮތެވެ. جلسة ގައި ލިޔުންތެރިންގެ ގުޅުމުގެ ގާތް ދެފަރާތަކަށްވަނީ އިނާމު ލިބިވަޑައިގެންފައެވެ. އެއްފަރާތަކީ، ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓަށާއި “ލިޔުންތެރިޔާ” މަޖައްލާއަށާއި “ޅެންވެރިޔާ” ޅެންފޮތަށް މޮޅު ޅެންތަކެއް ހަދިޔާކުރައްވަމުން ގެންދަވާ ބ. ދަރަވަންދޫ، މިޔުނިކު الفاضل سعيد علىފުޅެވެ. އަނެއްބޭފުޅަކީ، ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓަށާއި “ލިޔުންތެރިޔާ” مجلّةއަށާއި “ޅެންވެރިޔާ” ޅެންފޮތަށްލިޔުއްވަމުން ގެންދަވާ، “ލިޔުންތެރިޔާ” مجلّة ކޮމިޓީގެ ممبرކަން ވެސް ކުރައްވާފައިވާ الفاضل أنور إبراهيم އެވެ.