”ޅެންވެރިޔާ” 5 ނުކުމެއްޖެ!

ކިޔާފައިވާ ޢަދަދު: 189
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަބީ މުރާސިލު ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން އަހަރަކު އެއްފަހަރު ނެރެމުން ގެންދާ ޅެންފޮތް ”ޅެންވެރިޔާ” ގެ 5 ވަނަ އަދަދު ނުކުމެއްޖެއެވެ. ޅެންވެރިޔާގެ މި ފަހަރުގެ އަދަދުގައި ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ޅެންވެރީންގެ ޅެންތައް ހިމެނިފައިވެއެވެ. އޭގެތެރޭގައި ޅެންވެރިކަމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ތަފާތު ރޮނގުންތަކުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ، އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ.) އާއި އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ.) އާއި އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނާއި އަލްފާޟިލް…

ބޯޑު ފެއިލްވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 105
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުންފުނިތަކާއި އޮގަނައިޒޭޝަންތައް ހިންގުމުގެ ސިޔާސަތާއި ސްޓްރެޓެޖީ ކަނޑައަޅައި ފަރާތަކީ ޑިރެކްޓަރުންގެ ބޯޑެވެ. ބޯޑުގެ ދައުރު ފުރިހަމައަށް އަދާނުކުރެވޭނަމަ، ކޮންމެ ކުންފުންޏެއްގެވެސް ހިންގުމަށް ނޭދެވޭ އަސަރުކޮށް ކުންފުންޏަށް ލިބެންޖެހޭ ފައިދާ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ކުންފުނިތަކުގެ ބޯޑުގެ މަސައްކަތް އެދެވޭ ގޮތެއްގައި ނުހިނގައި ބޯޑު ފެއިލްވުމަށް ދިމާވާ މައިގަނޑު ސަބަބުތަކަށް ބަލައިލާނަމެވެ. ބޯޑު ފެއިލްވުމަށް ދިމާވާ އެންމެ ބޮޑު އެއްކަޅު ވިލާގަނޑަކީ ކުންފުނި ހިންގުމަށާއި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމަށް ބޯޑުން އައްޔަނުކޮށްފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ)ގެ…

ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެ

ކިޔާފައިވާ ޢަދަދު: 430
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިންގެ ގުޅުމުގެ އެއް މުއައްސިސް ހ. ނަވާގަން އަލްފާޟިލް ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުންދަނިކޮށް މިއަދު އިރުއޮއްސި 6.30 ހާއިރު ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައެވެ. އަލްފާޟިލް ޢަލީ މޫސާ ދީދީއަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ނޫސްވެރިއެކެވެ. ތަފާތު ފަންނުގެ މަސައްކަތްތައް ދެނެވަޑައިގަންނަވާ ފަންނު ވެރިއެކެވެ. މަސްވެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޢަލީ މޫސާ ދީދީ، ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވާފައި ވަނީ 1957 ގައެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ “ވިޔަފާރިމިއަދު” ގެ…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (10)

ކިޔާފައިވާ ޢަދަދު: 217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

   (18 ނޮވެމްބަރުގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 157 (އެޕްރީލް 1992) ވަނަ ޢަދަދުންނާއި  158 (މެއި 1992) ވަނަ ޢަދަދުން ނެވެ. ދަތުރު ފަތުރާއި މުވާޞަލާތު އަޅުގަނޑުމެންގެ އަޚުން އުޚްތުން ކަމުގައިވާ މަލިކުމީހުން އިހުގައި ދަތުރުފަތުރުކޮށް އުޅުނީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ބޭނުންކޮށް އުޅުނު ފަދަ އޮޑިފަހަރުގައެވެ. އިހުގައި މަލިކުގައި ގެންގުޅުނު ފުރާދުއްވާ ތަކެއްޗާއި ރާއްޖޭގައި ގެންގުޅުނު ފުރާދުއްވާ ތަކެތީގެ ކިއްސަރުގައިވެސް އެތަކެތި ބަނދެއުޅުމުގައިވެސް ތަފާތެއް ނެތެވެ. ޅިސްލައިގެން…

އިންވެސްޓްމަންޓަށް ތައްޔާރުވުން

ކިޔާފައިވާ ޢަދަދު: 197
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންވެސްޓްކުރަން ފެށުމުގެ ކުރިން އެކަމަށް ދުރާލާ ތައްޔާރުވާންޖެހެއެވެ. އަދި އިންވެސްޓްމަންޓާ ގުޅޭ ގިނަ ސުވާލުތަކެއް އަމިއްލަ ނަފުސާއި ސުވާލުކޮށް އެސުވާލުތަކަށް ޖަވާބު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އިންވެސްޓްމަންޓަށް ތައްޔާރުވުމުގެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަމަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އިންވެސްޓްމަންޓްގެ ލަނޑުދަނޑި ނުވަތަ ގޯލެއް ކަނޑައެޅުމެވެ. މި ލަނޑުދަނޑި އާއިގެން ކުރިއަށް ދިއުމަށްޓަކައި އިންވެސްޓްމަންޓާ ގުޅޭ ތިރީގައި މިވާ ސުވާލުތަކަށް ހައްލެއް ލިބެންޖެހެއެވެ. އިންވެސްޓްކުރަން ތައްޔާރުވުމުގެ ފުރަތަމަ ފިޔަވަޅަކީ މާލީ ލަނޑުދަނޑި އަކީ ކޮބައިކަން ދެނެގަތުމެވެ.…

އިންވެސްޓްމަންޓްގައި ހިމެނޭ ރިސްކް

ކިޔާފައިވާ ޢަދަދު: 198
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކޮންމެ މަސައްކަތަކީވެސް އެއިގެ ޒާތުގައި ރިސްކް އެލުލެވިގެންވާ ކަންކަމެވެ. އެކިކަންކަމުގައި ރިސްކް އެކުލެވިގެންވާ މިންވަރު ތަފާތެވެ. އަދި ބައެއް ރިސްކަކީ އަމިއްލަ ބާރު އެއްވެސް ވަރަކަށް ނުފޯރުވޭ ރިސްކުތަކެވެ. މިހެންވެ އިންވެސްޓްކުރުމުގެ ކުރިން އެކަމުގައި އެކުލެވިގެންވާ ރިސްކް ދެނެގަނެ އެކަމަށް އިންވެސްޓަރު ތައްޔާރުވާންޖެހެއެވެ. މިގޮތުން އިންވެސްޓްމަންޓްގައި ދިމާވެދާނެ ބައެއް ރިސްކަށް ބަލައިލާނަމެވެ. އިންފްލޭޝަން ރިސްކް: ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ފަހަށް ރައްކާކުރާ ފައިސާ އާއި އިންވެސްޓްކޮށްފައިވާ މުއްދަތުގައި އެ އިންވެސްޓަމަންޓްއިން ލިބޭ ބަދަލަށް އަސަރުކޮށް…

ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން

ކިޔާފައިވާ ޢަދަދު: 214
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ.  އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ. މީހަކު ފިލްމެއް އުފައްދާނީ…

ބިދޭސީންނާ ކައިވެނިކުރަމުން ދާއިރު…

ކިޔާފައިވާ ޢަދަދު: 186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟ ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު އަހަމެވެ.…

މަދުމިނުގެ ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 191
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ވާރާ ކަރީމް އިނގިރޭސިބަހުން ދިވެހި ބަހަށް އެނބުރީ: އިބްރާހިމް ހުސެން މަނިކު   “ކަލޭ ގެންގުޅޭ އެއްޗެހީގެ ތެރެއިން ކަލޭގެ ދިރިއުޅުމަށް ކޮންމެހެން ބޭނުން ނުވަނީ ކޮންކޮން އެއްޗިއްސެއް ހެއްޔެވެ؟”މިއީ މަގޭ އަމިއްލަ ނަފުސާ ކުރި ސުވާލެކެވެ. އެއް ފަހަރަކު ނޫނެވެ. އެތަކެއް ފަހަރުއެވެ. އެފަދަ ކޮންމެ ފަހަރަކު މަގޭ ނަފުސު މަށަށް ޖަވާބުދާރީ ވެއެވެ. “ކަލޭ މިހާރު ތިޔަ ގެންގުޅޭ އެއްޗެތީގެ ތެރެއިން ގިނަ އެއްޗެއްސަކީ އެތަކެއްޗާ ނުލައި ކަލެޔަށް އުޅެވިދާނެ ތަކެއްޗެވެ.”  …

އިންވެސްޓަރުންނަށް ޕްރޮސްޕެކްޓަސް މުހިންމު ވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 138
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްގައި އިންވެސްޓްކުރުމަށް ދައުވަތުދޭ ލިޔުން ކަމުގައިވާ ޕްރޮސްޕެކްޓަސް (ހިއްސާގެ ބަޔާން) އަކީ އިންވެސްޓަރުންނަށް ވަރަށް މުހިންމު ލިޔުމެކެވެ. މި ލިޔުން މުހިންމުވާ މައިގަނޑު ސަބަބަކީ އިންވެސްޓަރު އިންވެސްޓްކުރުމުގެ ކުރިން ކުންފުންޏާ ބެހޭ މަޢުލޫމާތު ރަނގަޅު މަސްދަރަކުން ހޯދަން ބޭނުންވާތީއެވެ. ޕްރޮސްޕެކްޓަސްގައި އިންވެސްޓަރު ހޯދަން ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު އެއްތަނަކުން ލިބެން ހުރެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި ފާއިތުވި ތަނުގައި ކުންފުނި ހިނގާދިޔަ ގޮތާއި، ކުންފުނީގެ ފައިދާގެ މިންވަރާއި، އެންމެ ފަހުން…