ވޮރަން ބުފެޓް

ކިޔާފައިވާ ޢަދަދު: 235

ވޮރަން ބުފެޓް މަޝްހޫރުވެފައި ވަނީ ކާމިޔާބު އިންވެސްޓަރެއްގެ ގޮތުގައްޔާއި، ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ މުއްސަދި މަހުޖަނެއްގެ ގޮތުގައެވެ. އެހެންކަމުން ވޮރަން ބުފެޓްގެ ކުރު ތާރަފަކަށް ދަމާތޯއެވެ. ވޮރަން ބުފެޓް އުފަންވީ، 1930 ވަނަ އަހަރު އެމެރިކާގެ އޮމަހާ ، ނެބްރަސްކާގައެވެ. ބުފެޓްގެ މައިންބަފައިންނަކީ ތަނަވަސް ބައެއްނަމަވެސް ބުފެޓްގެ އޭނާގެ ކިޔެވުމުގެ އެންމެ ޅަ އުމުރުގައިވެސް ވިޔަފާރިކުރުމަށާއި އަމިއްލައަށް މަސައްކަތްކުރުމަށް ވަރަށް ލޯބިކުރިއެވެ. ބުފެޓް ސާނަވީ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނިންމީ ކޮލެޖަށް…

ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ ފުރުސަތު ހުޅުވާލައިފި!

ކިޔާފައިވާ ޢަދަދު: 379

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ލިޔުންތެރީންގެ ގުޅުމުން މިއަދު އާންމު ކުރި އިޢުލާނެއްގައިވާ ގޮތުން ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މެންބަރުން، ފުރިހަމަ ކުރައްވަން ޖެހޭ ފޯމު ވަނީ އެ ސައިޓުގައި ހިމަނުއްވައިފައެވެ. އަދި އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަގުތުން ފޮނުއްވައިލެއްވޭނެވެ. ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކަކީ:   ރައީސް   ނާއިބު ރައީސް (ދެ މަގާމު)  …

ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން

ކިޔާފައިވާ ޢަދަދު: 270

بسم الله الرحمن الرحيم ލިޔުންތެރީންގެ ގުޅުން       ހ.އާމުލީގެ، މާލެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބީ އާންމު ޖަލްސާ، އަންނަ މާޗު މަހުގެތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަކީ: ރައީސް ނާއިބު ރައީސް (ދެ މަގާމު) ހިންގާ ސެކްރެޓަރީ މަޢުލޫމާތު ފަތުރާ ސެކްރެޓަރީ ޚަޒާންދާރު އިތުރު މެންބަރު (ފަސް މަގާމު)…

ހިރާސް ދައްކުވައިދޭ މިސާލުތައް

ކިޔާފައިވާ ޢަދަދު: 291

ކުންފުނި ހިނގާނުހިނގާބޮތް ބަލައި ދިރާސާކުރާ ފަރާތަށް ކުންފުންޏަކީ ހިރާސް ބޮޑު ކުންފުންޏެއްކަން ދެނެގަނެވޭނީ ކުންފުނިން ފެންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ހިރާސް އެކުލެވޭ މިންވަރު ދެނެގަތުމުގައި ތިރީގައި މިވާ ކަންތައްތައް ނުވަތަ ޙާލަތްތަކެއް ދިމާވެއްޖެނަމަ އެކުންފުންޏަކީ ވަރަށް ހިރާސް ބޮޑު ކުންފުންޏެކޭ ބުނެވިދާނެއެވެ. ގިނަ ނޭދެވޭ ކަންކަން ދިމާވާނަމަ ހިރާސްގެ މިންވަރު ބޮޑުވާނެއެވެ. މިގޮތުން ހިރާސް އެކުލެވޭ ކަންތައްތަކުގެ ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ. ކުންފުނީގެ މަތީ ފަޑީގައި ތިބި މީހުންގެ ރާގާއި ބަހުރުވަ ރަނގަޅުނޫންނަމަ ކުންފުނީގެ ކަންތައްތައް…

ބަޓްލަރުންނަކީ ކޮންބައެއް؟

ކިޔާފައިވާ ޢަދަދު: 339

ބަޓްލަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަނދި މަހުޖަނުންނާއި ޝާހީ ގަނޑުވަރުގެ ޢިއްޒަތްތެރިވެރިން އެބޭފުޅުންގެ ޚިދުމަތުގައި އަރިހުގައި ގެންގުޅޭ ޚާދިމުންނަށް ކިޔާ އުޅޭނަމެކެވެ. ބަޓްލަރުންނަކީ ސާހިބު މީހާގެ ވަރަށް ގިނަ ޒާތީ ކަންކަމުގައި ޚިދުމަތް ފޯރުކޮށްދޭ އެ ފަރާތްތަކުގެ ސިއްރުވެރިންނެވެ. މިހެންވެ ބަޓްލަރުންނަކީ ވަކި ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ ތަޢުލީމީ ބައެކެވެ. މި މަސައްކަތަކީ މިހާރު ވަރަށް ޕްރޮފެޝަނަލް މަސައްކަތަކަށް ވުމުންނާ އަދި މި މަސައްކަތުން ލިބޭ އާމްދަނީ ރަނގަޅު ކަމުން މިއަދު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަޓްލަރުން…

ލިޔުންތެރީންގެ ގުޅުމުގެ ” ޅެންވެރިންގެ ދުވަސް ” ދިވެހިބަހަށް އިތުރު ޝައުޤުވެރިކަމެއް އުފައްދައިދީފި!

ކިޔާފައިވާ ޢަދަދު: 466

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ލިޔުންތެރީންގެ ގުޅުމުން އިސްކަންދަރު ސްކޫލާ ގުޅިގެން ބޭއްވި ޖަލްސާއެއް ރޭ އިސްކަންދަރު ސްކޫލުގެ މާލަމުގައި އޮތެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. ދިވެހި ޅެންވެރިކަމުގެ ތާރީޚްގެ މައްޗަށް އަލި އަޅުވައިލައްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅު ކުރިޔަށް ގެންދެވީ ޅެންބަހުންނެވެ. ޖަލްސާގެ ފެށުމުގައި ދާދިފަހުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގެން މާތްﷲ ގެ ހެޔޮ ރަޙްމަތަށް ދަތުރުފުޅުކުރެއްވި، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއްކަމުގައިވާ އަލްމަރުޙޫމް ޢަލީ…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (12)

ކިޔާފައިވާ ޢަދަދު: 434

 (29 ޑިސެމްބަރ 2016 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 162 (ސެޕްޓެންބަރު 1992) ވަނަ އަދަދާއި  174 (ސެޕްޓެންބަރު 1993) ވަނަ ޢަދަދުންނެވެ. މަލިކުގައި ސަރުކާރުން ހިންގާ 5 ސްކޫލް ހުރެއެވެ. އެއީ: ނަވޯދިޔާ ސްކޫލް ހައިސްކޫލް ޖޫނިއަރ ބޭސިކްސް ސްކޫލް ސީނިއަރ ބޭސިކްސް ސްކޫލް ނާރސަރީ ސްކޫލް މިފަސް ސްކޫލެވެ. މީގެ އިތުރަށް ބާލަވަޑީ ސްކޫލްގެ ނަމުގައި އޮންނަ ނިޒާމެއް އޮވެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އެތާނގެ މާރަނގަޅު…

އުމުރުން ދުވަސްވުމުން ދެރަވާން ޖެހޭނެ 10 ކަމެއް

ކިޔާފައިވާ ޢަދަދު: 453

­­­­­­­­­­ ކޮންމެ މީހަކީވެސް ކުޑަކުއްޖަކަށްވެ، ޒުވާނަކަށްވެ، މާތް ﷲ ގެ ރަޙްމަތްފުޅާއެކު ގިނަ ދުވަހު ހުރެއްޖެނަމަ މުސްކުޅި ވާނެ މީހެކެވެ. ގެއްލިއްޖެ ދުވަހެއް، ވަގުތެއް ނުލިބޭނެއެވެ. މިއީ، އަޅުގަނޑުމެން އެންމެން ދެބަސްވުމެއް ނެތި ގަބޫލު ކުރާ ޙަޤީޤަތެކެވެ. މުސްކުޅި އުމުރަށް އައުމުން ފާއިތުވި ދުވަސްތަކުގައި ކަންކަން ކުރަން ފުރުސަތު ލިބި ނުކުރެވުމުން ދެރަވެ ހިތާމަކުރާނެއެވެ. މިގޮތުން މިތަނުގައި މި ފާހަގަކޮށްލަނީ “ޑެއިލީ ހެލްތް ޖެން” ގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކޮޅެކެވެ. ކަންކަން ކުރަން ޖެހޭ ވަގުތުގައި ނުކުރެވުމުގެ…

ލިޔުންތެރީންގެ ގުޅުމުން ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ!

ކިޔާފައިވާ ޢަދަދު: 413

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ޖަލްސާ ޚާއްޞަ ކޮށްފައިވަނީ ޝާޢިރުލް ޢުމޫމީ ގެ ހަނދާން އައުކުރުމުގެ މައްޗަށެވެ. ޝާޢިރުލް ޢުމޫމީއަކީ، މިޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ ޅެމެއް ހެއްދެވި ޝާޢިރުގެ ގޮތުގައި މަޝްހޫރުވެފައިވާ އައްޝައިޚް ހުތް ޢަލީ ދީދީގެ ލޮބުވެތި ދަރިކަލުން ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުލް އަޒްހަރީ (ނުވަތަ ޢަބްދުﷲ ފަހްމީ ދީދީ) އެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އިސްކަންދަރު ސްކޫލާ ގުޅިގެންނެވެ.…

ތޯމަސް ޖެނިންގްސް : ފިންގަޕްރިންޓުން ހެކި ސާބިތުވެގެން ޔޫ.އެސް.ގައި މަރުގެ ހުކުމް ތަންފީޒު ކުރި ފުރަތަމަ މީހާ

ކިޔާފައިވާ ޢަދަދު: 366

ތޯމަސް ޖެނިންގްސްއަކީ ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފޮށިފަޅައި ވައްކަންކުރި މީހެކެވެ. އިލިނޮއިސް ގެ ޖޮލިއެޓް ސްޓޭޓް ޖަލުން ޕެރޯލްގެ ދަށުން 1910 ވަނަ އަހަރު ދޫކޮށްލާފައި ހުރި މީހެކެވެ. 1910 ސެޕްޓެންބަރު 19 ވަނަ ރޭ ޗިކާގޯ ވެސްޓް 104 ސްޓްރީޓްގައި ހުރިގެއެއް އޭނާ ފަޅައިލިއެވެ. އޭގެ ކުރިން ހަމަ އެރޭ އެ ހިސާބުގެ އެހެންގެއެއް އޭނާ ފަޅައިލާފައި ވެއެވެ. އެ ގެތަކުގެ ވެރިން ތޯމަސް ޖެނިންގްސް ފާހަގަކޮށް ހެކިދެމުން އެއީ ހެދިހުރި ހަށިގަނޑު ވަރުގަދަ…