ރިހަ ފަތަފޮޅި

ކިޔާފައިވާ ޢަދަދު: 560

އަޙުމަދު ޝިޔާމް ބޭނުންވާ ތަކެތީގެ އަދަދު؛ 2 ގަނޑު މަސް  2 ގިތެޔޮ މިރުސް  1 ކާށި  2 އިންޗި ރޯ އިނގުރު 3 ލުނބޯ  4 ޖޯޑު ގޮދަންފުށް 1 ސަމުސާ ހަވާދު  2 ފިޔާ  4 ހިކަނދިފަތް  ހަނާ ކުރި ހަވާދު ކޮޅެއް  ހަކުރު ކޮޅެއް ހައްދަވާނެ ގޮތް؛ ފުރަތަމަ މަސް ކޮށްޓަވާށެވެ. ހުނި ގާނުއްވާށެވެ. ފިޔާ، ގިތެޔޮ މިރުސް، އިނގުރު، އަދި ހިކަނދިފަތް، ތުނިކޮށް ކޮއްޓަވާށެވެ. ދެން ހުރިހާ އެއްޗެއް އެއްކުރައްވައިގެން މަސް…

ފުފުލު ކަނދި

ކިޔާފައިވާ ޢަދަދު: 396

އަޙުމަދު ޝިޔާމް ބޭނުން ވާނެ ތަކެތީގެ އަދަދު؛ 10  ޖޯޑު ފުފޫ  1 ޖޯޑު ހަނޑޫ  7 ޖޯޑު ހަކުރު  2 ކާށި  3 އިންޗީގެ ތިންބުރި ރާނބާ ފަތް  ފިނިފެން ކައްކަވާނެ ގޮތް؛ އެންމެ ފުރަތަމަ ހަނޑޫ ފެނުލައްވާށެވެ. އެއަށް ފަހު މުގުރުއްވާށެވެ. ހެޔޮވަރުގެ ފުފުލެއް ހޯއްދެވުމަށް ފަހު ކުދިކޮށް ކޮށްޓަވާށެވެ. ދެކާށީގެ ހުނީގެ ކިރު ފެއްލަވާށެވެ. ފެންކިރުވެސް ނަންގަވަން ވާނެއެވެ. ދެން ކައްކަވަން ފެން އުއްދަވާށެވެ. ފެން އެތި ކެކިގަތުމުން ކޮށްޓަވާފައި ހުރި ފުފޫކޮޅު…

ޕެނަމާގެ އިޤްތިޞާދު ކުރިއެރުމުގެ ސިއްރު

ކިޔާފައިވާ ޢަދަދު: 357

އިބްރާހީމް ސަލީމް ލެޓިން އެމެރިކާއަކީ އިޤްތިޞާދީ ގޮތުން ވަރަށް ބަލިކަށި ނިކަމެތި ބައެކެވެ. އެހެންނަމަވެސް ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. މި ގޮތުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) އަށް ބަލައި 1980ގެ އަހަރުތަކުގައި ޕެނަމާއަކީ މި ސަރަޙައްދުގައި އިޤްތިޞާދީ ގޮތުން އެންމެ ޙާލަތު ދަށް ޤައުމެވެ. އެހެންނަމަވެސް މިއަދު ޕެނަމާއަކީ އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދި އެއް ޤައުމެވެ. 2001 ވަނަ އަހަރާއި 2013 ވަނަ އަހަރު އާދެމެދު ޤައުމުގެ އިޤްތިޞާދީ…

ގިތެޔޮ ބޯކިބާ

ކިޔާފައިވާ ޢަދަދު: 600

އަޙުމަދު ޝިޔާމް ބޭނުންވާނެ ތެކެތީގެ އަދަދު: 3 ޖޯޑު ހަނޑޫ 4 އިންޗި ހުންނަ ވަރުގެ ފޮނިތޮށި ކޮޅެއް 1 ޖޯޑު ކާށި ހުނި 2 ފިޔާ 6 އިންޗި ހުންނަ ވަރުގެ ތިންބުރި ރާނބާ ފަތް ބައި  ޖޯޑު މާފެން 4 ޖޯޑު ބައި ހަކުރު 8  ކާފޫރު ތޮޅި 3 ސަމުސާ ގިތެޔޮ 4 ސަމުސާ ކާށި ތެޔޮ. ހައްދަވާނެ ގޮތް؛ ހަނޑޫ ހިމުންކޮށް މުގުރުއްވާށެވެ. ކާށި ހުނިން ކިރު ފެއްލަވާށެވެ. ރާނބާ ފަތްކޮޅު…

ޒީނާރު

ކިޔާފައިވާ ޢަދަދު: 618

އަޙުމަދު ޝިޔާމް ބޭނުން ވާ ތަކެއްޗާއި އަދަދު؛ 2 ޖޯޑު ހަނޑޫ 2 ކާށީގެ ހުނި 3 ކުކުޅު ބިސް ހައްދަވާނެ ގޮތް؛ އެންމެ ފުރަތަމަ ހަނޑޫ ފެނުލައްވާށެވެ. ދެން ދޮންނަވާ މުގުރުއްވާށެވެ. އެންމެ ހިމުން ކޮށެއްނޫނެވެ. އެއަށް ފަހު ހުނިން ބޯކިރު ފެއްލަވާށެވެ. އެއަށް ފަހު މުގުރުއްވި ހަނޑުލުގެ ތެރެއަށް ދެބިސް އަޅުއްވާ ރަނގަޅަށް މޮޑެލެއްވުމަށްފަހު، ފެއްލަވާފައި ހުރި ކިރު އަޅުއްވާށެވެ. އަޅުއްވާނީ މުޅިއެކު 4 ޖޯޑު ގެ ކިރާއި ފެނެވެ. ދެން ރަނގަޅަށް ގިރުއްވުމަށް…

ހިތްތަލަ ފުށު ފަނި

ކިޔާފައިވާ ޢަދަދު: 535

އަޙުމަދު ޝިޔާމް ބޭނުން ވާނެ ތަކެއްޗާއި އަދަދު 1 ޖޯޑު ހިތްތަލަ ފުށް 2 ޖޯޑު ހަކުރު 2 ސަމުސާ ފިނިފެން 9 ޖޯޑު ފެން 2 ޖޯޑު މާފެން ނުވަތަ ރާނބާފަތު ފެން ކައްކަވާނެ ގޮތް؛ ފުރަތަމަ ހިތަލަ ފުށް ކޮޅު ކުދި ކުދި ކޮށް ބުރި ކުރައްވާށެވެ. ދެން ތިލަ ތައްޓެއްގެ މަތީގައި ފަތުރުއްވާލެއް ވުމަށް ފަހު ފެން ފޮދެއް ވެއްސަވާ ލައްވަވާށެވެ. ދެން ކައްކަވާނެ ތެއްޔަކަށް ފެނާއި ހަކުރު އަޅުއްވައިގެން އުއްދަވާށެވެ. އޭގެ…

ޢަދުލުވެރިކަމަކީ ހަމަހަމަކަން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 656

އަޙްމަދު ޝާޒް (2017) ޢަދުލުވެރިކަމުގެ ސިފައަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުރުން ލާޒިމު ސިފައަކަށްވާއިރު، ޢަދުލު މިލަފުޒުގެ މާނައާމެދު ވިސްނާލެވޭ ބާވައެވެ. العَدْلُ އާއި القِسْطُ މިއިން ކޮންމެ ލަފުޒެއް ކީރިތި ޤުރްއާނުގެ 27 ތަނެއްގައި ވާރިދުވެގެންވެއެވެ. (1)  މި ދެލަފުޒުގެ މާނަ ބަޔާންކުރުމަށްޓަކައި ޢަރަބި ބަހާއި، ފާރިސީ ބަހާއި، އުރުދޫ ބަހާއި، ތުރުކީ ބަހާއި، އަދި ދިވެހި ބަހުގައިވެސް އެންމެ ޢާއްމުކޮށް ބޭނުންކުރާ ލަފުޒަކީ “އިންސާފު”(2) މިބަހެވެ. އަދި ގިނަ މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަގޮތުގައި…

ކޮންޒިއުމަރ ކްރެޑިޓް އޮޅުންބޮޅުމުގައި

ކިޔާފައިވާ ޢަދަދު: 267

އިބްރާހީމް ސަލީމް ފައިނޭންޝަލް ލިޓެރަސީ (މާލީ ކަންކަމާބެހޭ އަސާސީ ތަޢުލީމު) އަކީ “އިންސާނީ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި ލިބިފައިވާ މާލީ މުދާ ބޭނުންތެރި ގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުމާއި އެކަމުގެ ޤާބިލުކަން ހުރި މިންވަރެވެ”. މިއީ “2008- ޕްރެޒިޑެންޓްސް އެޑްވައިޒަރީ ކައުންސިލް އޮން ފައިނޭންޝަލް ލިޓެރަސީ” އިން މާލީ ކަންކަމާބެހޭ އަސާސީ ތަޢުލީމުގެ ބަހުގެ މާނައެވެ. ކިޔަވާ ކުދިންނަށް ކޮންޒިއުމަރ ކްރެޑިޓް (ބޭނުންތަކަށް ތަކެތި ފަހުން ފައިސާ ދައްކާގޮތަށް ހޯދުން) ގެ މަޢުލޫމާތު ހުރި…

ޝިޔާމްގެ ފުރަތަމަ ވާހަކަ: ”އިބުރާހިމްގެ ހުވަފެން” ނެރުއްވައިފި!

ކިޔާފައިވާ ޢަދަދު: 488

ޙަސަން ޝާކިރު މުޙައްމަދު ލިޔުންތެރީންގެ ގުޅުމުގެ މެންބަރެއްކަމުގައިވާ ގ.ހުދުރުވާ އަލްފާޟިލް އަޙްމަދު ޝިޔާމް ލިޔުއްވި ފުރަތަމަ ވާހަކަ ފޮތް [އިބުރާހިމްގެ ހުވަފެން] ބުރާސްފަތި ދުވަހު ހަވީރު ނެރުއްވައިފިއެވެ. ހ.ލޯޖެހިއާގޭގައި ބޭއްވުނު ކުޑަ ހަފުލާއެއްގައި އިބުރާހިމްގެ ހުވަފެން ނެރުއްވައިދެއްވީ، ޝިޔާމްގެ ލޮބުވެތި ބައްޕަ އަލްފާޟިލް މުޙައްމަދު އަޙްމަދާއި މަންމަ އަލްފާޟިލާ ޝަރީފާ ޙަސަނެވެ. ޝިޔާމްގެ މި ވާހަކައަކީ، 2004 ވަނަ އަހަރު ކޮޅުމަޑުލަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅުގެ ރަށަކުން ބައްދަލުވި ދެ މީހެއްގެ ހަޔާތުގެ ހަގީގީ ހާދިސާއެއްގެ…

އެކެޑަމީ އިނާމު 2017: ލިޔުންތެރީންގެ ގުޅުމުގެ ދެ މުއައްސިސުންނާއި ދެ މެންބަރުން ހާސިލުކުރައްވައިފި!

ކިޔާފައިވާ ޢަދަދު: 373

އަދަބީ މުރާސިލު ދިވެހިބަހުގެ އެކެޑަމީން މިއަހަރު އަލަށް ދެއްވަން ފެއްޓެވި އެކެޑަމީ އިނާމު، ލިޔުންތެރީންގެ ގުޅުމުގެ ދެ މުއައްސިސުންނާއި ދެ މެންބަރުން ހާސިލު ކުރައްވައިފިއެވެ. ބުދަ ވިލޭރޭ ދިވެހިބަހުގެ އެކެޑަމީން އޮލިމްޕަހުގައި ބޭއްވެވި އެކެޑަމީ އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި އިނާމު ހާސިލުކުރެއްވި ފަސް ބޭފުޅުންގެތެރެއިން ހަތަރު ބޭފުޅުންނަކީ، ލިޔުންތެރީންގެ ގުޅުމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެގޮތުން ދިވެހި ތާރީޚުގެ ދާއިރާއިން ތާރީޚުގެ ފޮތް އެކުލަވައި ލިޔުމުގެ ރޮނގުން [ޙަސަން ތާޖުއްދީނު އިނާމު] ހާސިލުކުރެއްވީ ލިޔުންތެރީންގެ ގުޅުމުގެ އެއް މުއައްސިސުކަމުގައިވާ…