ދުރުން، މާދުރުދުރުން، ފެންނަ ހުވެފެނީ ހަނދާންތަކެއް

ކިޔާފައިވާ ޢަދަދު: 677
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

             މިލަވަ (ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ / ދުރުން، މާދުރުދުރުން، ދުވާލުގެ އުޖާލާކަންފަނޑުވުމުން،) މިއީ 1971 ގައި ނިކުތް ފިލްމް ‘އާނަންދު’ގެ ލަވައެކެވެ. (މިލަވައިގެ ރާގުގެ އަސްލަކީ ހެމަންތު ކުމާރުގެ ބަންގާޅީ ލަވައެއްގެ ރާގެކެވެ.) މިލަވައިގައި ފިލްމުގެ މައިގަނޑު މައުޟޫއު ބުނެދީފައިވެއެވެ. އާދެ ފިލްމުގައި ބުނެދެވެނީ ދުނިޔެވީ ހަޔާތަކީ ވަގުތީ އެއްޗެއްކަމެވެ. ދުނިޔޭގެ ކަންކަމީ އަބަދު އެއްގޮތަކަށް ދެމިއޮންނަ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ކަންކަމާމެދު ޔަގީންކަމާއެކު ހަމައެކަނި ބުނެވެން އޮންނަނީ އެކަންކަމަކީ ބަދަލުވެ…

އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ.

ކިޔާފައިވާ ޢަދަދު: 1067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ތިރީގައި މިވަނީ ހިންދީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “ވޯ ސުބަހް ކަބީތޯ އާއޭގީ” ގެ ދިވެހި ތަރުޖަމާއެކެވެ. 1958 ގައި ކުޅެވުނު “ޕިހރް ސުބަހް ހޯގީ” (އަދި ފަތިސް އަންނާނެއެވެ.) މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާޢިރެއްކަމަށްވާ ސާހިރު ލުދިއާންވީ ހަމަ މި ސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ޅެމަކުން ނެގިފައިވާ ލަވައެކެވެ. މި ޅެމުގައި ޝާޢިރު ފާޅުކުރައްވާފައިވަނީ އޭނާގެ ޤައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކަތަކެވެ.

އަހަރެންގެ ލޯބިވާ ވަތަން

ކިޔާފައިވާ ޢަދަދު: 2309
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
‘އައިމެރޭ ޕިޔާރީ ވަތަން’ (އަހަރެންގެ ލޯބިވާ ވަތަނާއެވެ!) އަކީ ފިލްމް ‘ކާބުލިވާލޭ’ (1961) ގެ ލަވައެކެވެ. ގިނަ ނާގިދުންގެ ނަޒަރުގައި މިލަވަޔަކީ  ވަތަނީ ލޯބީގެ މައުޟޫއުގެމައްޗަށް ލިޔެވިފައިވާ އެންމެރީތި ހިންދީ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

މަގޭ ހިތާއެވެ! މިއީ ބޮމްބޭއެވެ!

ކިޔާފައިވާ ޢަދަދު: 3387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއް ރަޙީމު ގ.މަންޒިލް
މިއީ ފިލްމް “ސީ.އައި.ޑީ.” (1956) ގެ “ޔެހި ބޮމޮބޭ މެރި ޖާން” (މިއީ ބޮމްބޭއެވެ، މަގޭ ހިތާއެވެ!) މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގައި ބަލައިލެވިފައިވަނީ ދިރިއުޅުމުގެ މަސައްކަތުގައި ހޭބޯނާރާ އެންމެން މަސައްކަތް ކުރަމުންދާއިރު ބައެއްފަހަރު ހަމައެކަނި މާއްދީ މަސްލަހަތާއި ފައިދާއަށް ބެލި އެހެން ހުރިހާ އަގުތަކެއް، ވަކީން ޚާއްސަކޮށް އަޚުލާގީ އަގުތައް، ގެއްލިދާތަނެވެ. މާއްދީ ފައިދާހޯދުމުގެ ގޮތުން ކޮންމެ ކަމެއްވެސް ކުރުން އެންމެރަގަޅުވެގެންދަނީއެވެ. ވައްކަން ކުރުމާއި ފޭރުންވެސް އެންމެރަގަޅުވެގެންދަނީއެވެ.
 

ކުދީންނޭވެ! އިންސާފުގެމަގުގައި ފައިތިލަސާބިތުކޮށް ކުރިއަށްދާށެވެ!

ކިޔާފައިވާ ޢަދަދު: 3576
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު،  ގ. މަންޒިލް
މިއީ 1961 ނިކުތް ހިންދީ ފިލްމު ‘ގަންގާ ޖަމުނާ’ ގެ ‘އިންސާފު ކީ ޑަގަރު ޕޭ’ މިލަވައިގެ ދިވެހި ތަރުޖާއެކެވެ. ‘ގަންގާ ޖަމުނާއަކީ’ ފާހަގަ ކޮށްލެވޭ ފިލްމެކެވެ. ބުނެވޭ ގޮތުގައި މި ފިލްމަކީ މުޅިހިންދީފިލްމީ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމަނައިލެވޭފިލްމެކެވެ. މިފިލްމުވަނީ އެތައް ‘ފިލްމްފެއަރ އެވޯރޑް’ އަކަށް ހުށަހެޅި އަދި ގިނަ ވަނަތަކެއްވެސް ކާމިޔާބު ކޮށްފައެވެ.

ބޭވަފާތެރިޔާ

ކިޔާފައިވާ ޢަދަދު: 3861
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޑރ. ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމު
ދުވަސްކޮޅެއް މެދު ކެނޑުމަށްފަހު އަނެއްކާ ވެސް ލަވައެއްގެ ތަރުޖަމާ ހުށަހަޅާލަމެވެ. މި ލަވަޔަކީ މެކްސިކޯގެ މޫސީގާރަކުކަމުގައިވާ އަލްބެރްޓޯ ޑޮމިންގުއޭޒްގެ “ޕަރފީޑިއާ” (ބޭވަފާތެރިވުން، ޚިޔާނަތްތެރިވުން) ގެ އިގިރޭސިކޮޕީއެވެ. މިކޮޕީ ލިޔުއްވީ މިލްޓަން ލީޑްސެވެ. ލަވައިގެ މައުޟޫއަކީ ލޯތްބާއި ބޭވަފާތެރިވުމެވެ. ތަފާތު ފަންނާނުން މިލަވަ ކިޔައިފައިވެއެވެ. އިސްޕެނިޝް ބަހުންނާއި އިގިރޭސިބަހުން ވެސްމެއެވެ. މީގެތެރޭގައި ޒާވިޔޭ ކޫގހާޓް، ނެޓް ކިންގް ކޯލް،ލިންޑް ރޮންސްޑަޓް، އަދި ޖޫލީ ލަންޑަން ހިމެނެއެވެ.

އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަނުދެއްޗެވެ.

ކިޔާފައިވާ ޢަދަދު: 4245
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
މިއީ 1952 ގައި ނިކުތް ހިންދީ ފިލްމު ‘ބައިޖޫ ބާވްރާ’ ގެ ‘ބަޗް ބަންކީމޮހައްބަތު ކޯ ދިލްސޭ ނަޖުދާކަރުނާ’ ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވައިގެ މައިގަޑު މައުޟޫއުއަކީ އަތުން ބީވެގެން ދިޔަ ލޯބި އަލުން އަބުރައި ލިބުމުގެ އެދުމުގެ މައުޟޫޢެވެ. ޅެންވެރިންގެ އާއްމު މައުޟޫއެކެވެ. މި މައުޟޫއުގެ މައްޗަށް ދިވެހި ޝާއިރަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެއް ހަނދާނަށް އާދެއެވެ. “އަތުން ދޫވިގުމްރީފަދަ އަލި ޤަމަރު ދުށުންއެދެމެ ސާފުކޮށް އަދި އެއްފަހަރު” މިބައިތެވެ.
 

ހަޔާތުގެ ދުވަސްތައް ޒަމާނުގެ ހަލުވި ދުވެއްޔާއެކު ފާއިތުވެދެއެވެ.

ކިޔާފައިވާ ޢަދަދު: 4141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލްޣަފޫރު ޢަބްދުއްރަޙީމު
މި ލަވަޔަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މުޅިދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އިނގިރޭސިވިލާތުގެ ބޭންޑެއްކަމުގައިވާ ‘ކުއީން’ގެ ލަވައެކެވެ. ‘ކުއީން’ގެ ‘ދޯސް އާ ދަ ޑޭސް އޮފް އަވަރ ލައިވްސް’، ‘އަހަރުމެންގެ ހަޔާތުގެ ދުވަސްތަކަކީ އެއީއެވެ.’ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަ ލިޔުނީ ‘ކުއީން’ގެ ރޮޖަރ ޓެއިލަރ އެވެ. އިންސާނީ ހަޔާތާ މެދު އޭނާއަށް ކުރެވި ދިޔަ އިޙުސާސުތަކެކެވެ.

ލޯބީގެ ބަދުނަސީބު ތަރި

ކިޔާފައިވާ ޢަދަދު: 3995
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު
މިއީ 1966 ގައި ނިކުތް ހިންދީ ފިލްމު ‘ދޯ ބަދަން’ ގެ ‘ރަހަ ގަރްދިޝޯނމޭ ހަރްދަމް’ ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަޔަކީ ހިތާމަވެރި ލަވަޔެކެވެ. ލަވައިގައި ޝާއިރު ފާޅުކޮށްފައިވާ ޝުޢޫރަކީ ލޯބީގައި އަބަދުހެން ނާކާމިޔާބާ ކުރިމަތިލާން ޖެހޭ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކެކެވެ. އޭނާގެ ލޯބީގެ ހަޔާތުގައި އަބަދު ނާކާމިޔާބާ ކުރިމަތިލާން ޖެހުނަސް އެކަން މެދުވެރިވާންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. މި ގޮތަށް ކަންތައް ދިމާވާން އޮތް ހަމަ އެކަނި ސަބަބަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ ނަސީބު ދެރަކަމެވެ.
 

ދިރިއުޅެން ވެސް އޮތީ މި ތަނެވެ. މަރުވާން ވެސް އޮތީ މި ތަނެވެ.

ކިޔާފައިވާ ޢަދަދު: 4028
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
މި ލަވަޔަކީ ފިލްމް ‘މޭރާ ނާމް ޖޯކަރު’ގެ ‘ޖީނާ ޔަހާނ މަރްނާ ޔަހާނ’ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ފިލްމު މޭރާ ނާމް ޖޯކަރ އަކީ ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ އާއިލާ، އާދެ، ‘ކަޕޫރ’ އާއިލާގެ  ޕޭޓްރިއާކް ރާޖްކަޕޫރު އުފައްދައި ފިލްމުގެ ބަޠަލުގެ ބައި ކުޅެފައިވާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ ވާހަކަ ގުޅިފައި ވަނީ ރާޖްކަޕޫރުގެ އަމިއްލަ ހަޔާތާއެވެ. 1970 ގައި ނިކުތް ޖޯކަރު ގެ ބައެއް ހާދިސާތައް ބިނާވެފައި ވަނީ ރާޖުކަޕޫރުގެ އަމިއްލަ ހަޔާތުގެ އެކިއެކި މަރުހަލާތަކާއެވެ. އަދި ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން މަސައްކަތް ކުރެވިފައިވާ މެސެޖު، ހަޔާތަކީ ކޮބައިކަން ގުޅެނީ އޭނާގެ އަމިއްލަ ހަޔާތުގެ ފަލްސަފާއާ އެވެ.