ދުނިޔޭގެ އެންމެ ދަރަނި ބޮޑު ގައުމުތައް

ކިޔާފައިވާ ޢަދަދު: 623

ދުނިޔޭގައި އެތެރޭގެ ދަރަނި އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. އެއީ 19.5 ޓްރިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ބަލާނަމަ އެމެރިކާއަށްވުރެ މާ ހާލު ދެރަ ގައުމުތައް ދުނިޔޭގައި އެބަހުއްޓެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ބޮޑުވާ ނިސްބަތް ބޮޑުވީ ވަރަކަށް ދަރަނި ހަމަޖެއްސުމުގެ މަސައްކަތް އުނދަގޫ ވާނެއެވެ. ތިރީގައި މިވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ދަރަނި ބޮޑު 20 ގައުމެވެ.   20.…

ޖަޕާން ޕޯސްޓުން ސްޓޮކް މާރކެޓް މެދުވެރިކޮށް 11.5 ބިލިއަން އެމެރިކާ ޑޮލަރު ހޯދާން ނިންމައިފި.

ކިޔާފައިވާ ޢަދަދު: 1104
އިބްރާހީމް ސަލީމް
ޖަޕާނު ޕޯސްޓުން 1.39 ޓްރިލިޔަން ޖަޕަނީޒް ޔެން (11.5 ބިލިއަން ޔޫ.އެސް ޑޮލަރު) ސްޓޮކް މާރކެޓްގައި ލިސްޓްކޮށްގެން ހޯދާން ކުރާ މަސައްކަތަކީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ދުނިޔޭގައި ލިސްޓްކޮށްގެން ހޯދާ އެންމެ ބޮޑު އެއް ފަންޑެވެ.
ޖަޕާނު ސަރުކާރު ޙިއްޞާ އޮންނަ މި ބިޔަ ކުންފުނީގެ ޕްލޭނަކީ، ފާއިތުވި 30 އަހަރުގެ ތެރޭގައި މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ޢާންމުންނަށް ވިއްކައިގެން ފަންޑު ހޯދާ އެއް ކުންފުންޏަށްވުމެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިންމަސް ދުވަސް) ގައި ޖަޕާނުގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އިޤްތިޞާދު ރަނގަޅުކުރުމަށް ޖަޕާނުގެ ސަރުކާރުން އެކުލަވާލައިފައިވާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ވިއްކުމުގެ މަޤްޞަދަކީ ޖަޕާނުގެ އިޤްތިޞާދާއި އަދި ސްޓޮކް މާރކެޓްގެ ޙަރަކާތައް އިތުރުކުރުމެވެ.