އެމެރިކާގެ ހައިވާނުބަގީޗާއެއްގައި ކޮށްޓަކަށްލައިގެން ގެންގުޅުނު ޒުވާނެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1968
އަޙްމަދް ސަމީރު ޢަލީ

މިއީ މީގެ އެއްސަތޭކަ ދިހަވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަމެކެވެ. އިންސާނީ ތާރީޚަށް ބަލާއިރު އެއީ ހަމަ ދާދި ފަހުގެ ވާހަކައެކެވެ. އިންޖީނެއް އެޅި މަތިންދާ ބޯޓެއް އުދުއްސޭތޯ، ވިލްބަރ ރައިޓާއި އޭނާގެ ކޮއްކޮ އޯވިލް ރައިޓް މިންނަތް މަސައްކަތް ކުރި ދުވަސްވަރެވެ! ނިސްބަތުން އެހާ ތަހުޒީބު ދުވަސްވަރެއްގައި އެފްރިކާގެ ކޮންގޯގެ ބޯ ޖަންގަލިތަކުގެ ތެރެއިން އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ޖަހައިގަނެގެން އެމެރިކާއަށް ގެންގޮސް، ނިޔުޔޯކުގެ ހައިވާނުބަގީޗާއެއްގައި، ރާމާމަކުނާއި އެކު، މަކުނު ކޮށްޓެއްގައި މީހުންނަށް ދައްކަން ބެހެއްޓިކަމީ މިހާރު އަޅުގަނޑުމެންގެ އިތުރުން އެމެރިކާ މީހުންވެސް ހައިރާންވެ ގަބޫލު ކުރަން ދަތިވެގެން އުޅޭ ޚަބަރެކެވެ. ނަމަވެސް އެއީ ހަމަ ހިނގި ކަމެކެވެ!

ޙަޔާތުގެ ދަތުރު (2)

ކިޔާފައިވާ ޢަދަދު: 1472

އިސްކަން ދޭންވީ ތަރުތީބު

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ކިޔުންތެރީންނަށް މި ޙިއްސާކޮށްލަނީ މުދައްރިސެއް އޭނާގެ ކުލާހުގައި ނަންގަވައި ދެއްވި ފިލާވަޅެކެވެ. މުދައްރިސް ކުލާހަށް ވަޑައިގަތީ ތަފާތު އެއްޗެހިތަކެއް ހިއްޕަވައިގެންނެވެ. އޭނާއަށް ޚާއްސަ މޭޒުގައި އެ ތަކެތި ބެހެއްޓެވުމަށްފަހު ކުލާސް ފެށުމުން، އޭގެތެރެއިން ބިއްލޫރި ފުޅިއެއް ނަންގަވައި މޭޒުމަތީގައި ބެހެއްޓެވިއެވެ. އެތެރެ ފެންނަ ކަހަލަ ފޫޓެއްހައި ބޮޑު ފުޅިއެކެވެ. ދެން އޭގެ ތެރެއަށް ގާތްގަނޑަކަށް 2 އިންޗި ހުންނަވަރުގެ ގާތަކެއް އަޅުއްވާ ފުރާލެއްވިއެވެ.

ފިރިހެނުންނަށް މާޔޫސްވާ ބަލަ ނުޖެހެނީ ކީއްވެބާއެވެ!

ކިޔާފައިވާ ޢަދަދު: 426
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
o ކާވެނި ކުރަންވާ ދުވަސް ކިތަންމެ ކައިރިވަމުން އަޔަސް ފިރިހެނުން މާ ހާހެއް ނުވާނެއެވެ!
o އަންހެނުންގެ ކާވެނި ހެދުން ފަސްހާސް ޑޮލަރަށް އަރާއިރު، ކޯޓެއް ކުއްޔަށް ލިބޭ އަގަކީ އެންމެ ސަތޭކަ ޑޮލަރެވެ!
o ފިރިހެނުން ހައްޔަރަކު ނުއިންނާނެއެވެ!
o ފިރިހެނުން މޫދަށް އެރޭއިރު ހަމަ އެކަނި ޓީ ޝާޓެއްލިޔަސް ކަމުދެއެވެ! ނުލިޔަސް އެންމެ ރަނގަޅެވެ!

ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަކުއްޖެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 2019

“ކަލޭ އަހަރެންގެ ގަޔަށް ބަޑިޖެހިއަސް މަރެއް ނުވާނެ. ﷲ ފުރާނަ ގެންދަވަން ހުރިއްޔާ ގެންދަވާނެ.”

________________ޙުސައިން ނަދުވީ
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2013 ވަނަ އަހަރު ލިބިވަޑައިގެންނެވި ގ.ކުދިވިނަގެއަށް އުފަން ޙުސައިން ނަދުވީ އަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
 

ވަގުތުގެ މުހިންމުކަން ދެނެ ގަތުމަށްޓަކައި….

ކިޔާފައިވާ ޢަދަދު: 5283
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެއް އަހަރުގެ މުހިންމުކަން ދެނެގަތުމުގެ ގޮތުން، ފާސްނުވުމުގެ ސަބަބުން ދިރާސީ އަހަރެއް ތަކުރާރު ކުރަން ޖެހިފައިވާ ދަރިވަރެއްގެ ގާތުގައި ނިކަން އަހައިލަ ބަލާށެވެ!

އެއް މަސްދުވަހުގެ އަގުބޮޑުކަން އޮޅުންފިލުވައިލުމުގެ ގޮތުން ދުވަސް ނުފުރައި 8 މަހުގައި ދަރިޔަކު ވިހޭ މައެއްގެ ގާތުން އަޅެ ސުވާލު ކޮށްލަ ބަލާށެވެ!

ކުޑަކުދީން ރޮއްވާ ހަންޑި

ކިޔާފައިވާ ޢަދަދު: 3372

ހަޤީޤީ ހާދިސާ

ކުޑަކުދީން ރޮއްވާ ހަންޑި

އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ

މިއީ 1990 ގެ އަހަރުތަކުގެ ތެރޭގައި (ހުވަދު އަތޮޅު ދެކުނުބުރީގެ ރަށެއްގައި) ހިނގި ހާދިސާއެކެވެ.
 
ރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. އަހަރެން ގޭގައި ހުއްޓައި ބައްޕަ ގެއަށް އައެވެ. އަދި މަންމަ ގާތު ބުންޏެވެ. މިއައީ ކުޑަކުދިން ރޮއްވާ ހަންޑިއެއް ފަހާލައިފައެވެ. މިހެން ބުނުމުން އަހަރެންގެ ގާތަށް ހިނިއައެވެ. އަދި އެއީ އެހާ ސީރިއަސް ކަމެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހެމުން ބައްޕައާއި ދިމާއަށް ބުނީމެވެ. އެ ހަންޑި ފަހައިލީ ކިހިނެއް ހެއްޔެވެ. މިހެން ބުނުމުން ބައްޕަ އަހަންނަށް އެވާހަކަ ކިޔައިދިނެވެ.

ހަބީބުގެ ހަދިޔާ

ކިޔާފައިވާ ޢަދަދު: 2857

އިބްރާހީމް ޙުސައިން މަނިކު

މީގެ ފަންސާހަކަށް އަހަރު ކުރިއެވެ. އެދުވަސްވަރު ރަށްރަށުގެ ކަތީބުންގެ މަހު މުސާރައަކީ އަށްޑިހަ ރުފިޔާއެވެ. ކުޑަކަތީބުން މުދިމުންގެ މަހު މުސާރައަކީ ތަރުތީބު މަގުން ފަސްދޮޅަސް ރުފިޔާ ސާޅީސް ރުފިޔާއެވެ. އޮޑިދޯނި ފަހަރު ބަންނަ މާވަޑީންގެ މުސާރައަކީ މަސައްކަތްކުރާ ދުވަހަކަށް ހަތަރު ރުފިޔާއެވެ. އަތްދޮށުވަޑީންގެ މުސާރައަކީ ތިން ރުފިޔާއެވެ. ތެދެކެވެ. މިހާރަށްވުރެ އެ ދުވަސްވަރު ފައިސާގެ އަގު މާ ބޮޑެވެ. މިހާރު ފާރޮށިގެއަކަށް ވަދެފައި މީހަކު އަހައިލާނީ ކިތައް ރުފިޔާއަށް ބަނަހެއް ހެއްޔެވެ. އޭރު އަހައިލާނީ ރުފިޔާއަކަށް ކިތައް ބަނަސްހެއްޔެވެ. ހަނދާންވާގޮތުގައި ރުފިޔާއަކަށް ސޯޅަ ބަނަސް މީ އެންމެ އާންމު އަގެވެ. މިހާރު ހަތަރު ފަސް ރުފިޔާއަށް މެނުވީ އޭގެ ބަނަހެއް ނުލިބޭހައި ބޮޑެތި ބަނަހެވެ. އެހެނަސް އެއީ މިހާރުހައި މީހުންގެ އަތްމަތީ ރުފިޔާ ގިނަ ރާއްޖެ ތިޔާގި ދުވަސްވަރެއްނޫނެވެ.

އިންސާނަކަށް ފުދޭނީ ކިހާ ބިމަކުން ހެއްޔެވެ؟ (4)

ކިޔާފައިވާ ޢަދަދު: 5322
 
ލިޔުއްވީ: ލިޔޯޓޮލްސްޓޯއި
ތަރުޖަމާ: އަޙްމަދްސަމީރުޢަލީ
(25 މާރޗް 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޕަހޯމް، ފޭލިގެއިން ބޭރު ބަލައިލިއިރު ފަތިސްވެ އިރުއަރަން ކައިރިވާހެން ހީވެއްޖެއެވެ. ބާޝްކީރުން ފެނޭތޯ މީނާ ބޭރަށް ނިކުތެވެ. އޭނާގެ ނޯކަރު މީހާ، އެމީހުން އައި އަސްގާޑިޔަލުގައި ނިދައިފައި އޮއްވައި ގޮވައި ހޭލައްވައިފިއެވެ.” ބިން ގަންނަން ތައްޔާރުވާންވީއެވެ!”

އިންސާނަކަށް ފުދޭނީ ކިހައި ބިމަކުން ހެއްޔެވެ؟ (3)

ކިޔާފައިވާ ޢަދަދު: 5317
ލިޔުއްވީ: ލިޔޯ ޓޮލްސްޓޯއި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(22 މާރޗް 2014 (ހޮނިހިރު) ގުޅޭ)
ޕަހޯމް ހިތުން މީނާގެ ހިތްހަމަ ނުޖެހުމަކީ އަބަދު ވެސް ބިމުގެ ދަތިކަމުން ދިމާވާ ކަމެކެވެ. މިހެންވެ އަނެއްކާ ވެސް އިތުރު ބިން ގަންނަން އުޅެންފަށައިފިއެވެ. މިހެން އުޅުމުގެތެރޭގައި އެއްހާސް ތިންސަތޭކަ އޭކަރުގެ ބިން ގަނެ ފައިސާ ނުދެއްކިގެން އުޅޭ މީހަކު، އޭނާގެ އެބިން ޕަހޯމަށް ވަރަށް ހެޔޮ އަގެއްގައި ވިއްކަން ގަބޫލު ވެއްޖެއެވެ.
 

އަހަރެންނަށް އެނބުރި އާދެވޭނެތަ؟

ކިޔާފައިވާ ޢަދަދު: 2792

ހަޤީޤީ ހާދިސާ

އަހަރެންނަށް އެނބުރި އާދެވޭނެތަ؟

އަޙްމަދު ނާފިޢު  ބ. ދަރަވަންދޫ

ގިނަ ފަހަރަށް މިފަދަ ހާދިސާތައް މެދުވެރިވަނީ މައިން ބަފައިންގެ އިހުމާލުން ދަރިންނަށް ދޭންވާ ލޯތްބާއި އަޅައިލުންް ނުލިބުމުގެ ސަބަބުންނެވެ. މިވާހަކަ ތިޔަ ކިޔުންތެރިންނާ ހިއްސާ މި ކޮށްލަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ވިޔާނުދާ ޢަމަލުތަކުން ޢިބްރަތެއް ހާޞިލްކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މުޖުތަމައުގައި ހިނގާ މިފަދަ ވަބާތަކުން އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތްކުރުމުގެ ހެޔޮ ނިޔަތުގައެވެ.