“ތެޔޮ” ހުވަފެން

ކިޔާފައިވާ ޢަދަދު: 5316

ޢަލީ ނަސީރު ގދ.މަޑަވެލި

ރާއްޖެއިން ތެޔޮނުފެންނާނެ ކަމަށް ކުރީގެ ސާވޭތަކުން ދެއްކި ނަމަވެސް މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއިން ތެޔޮ ފެނުމުގެ ފުރުޞަތު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭހުގެ މާއްދާތައް ފެނޭތޯ ބެލުމަށް ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާއެކު މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ރާއްޖެއިން ތެޔޮ ފެންނާނެ ކަމުގެ އެއްވެސް އަލިމަގެއް ނުފެނުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިޔާ ޖިންނިއާއި ދިވެހި ހަންޑި

ކިޔާފައިވާ ޢަދަދު: 5792
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

މިއީ، މިފަދަ ވާހަކަތައް ކިޔައިދީ، މިކަހަލަ ކަންކަމަކީ ހިނގަމުން އައިސްފައިވާ ސިއްރު ނޭނގޭ ކަންކަމޭ ބުނެ އުޅޭ މީހުންނަށް ވެސް ގަބޫލުކުރަން ދަތިވާ ކަހަލަ ވަރަށް ތަފާތު ވާހަކަ އެކެވެ.  އެކަމަކު ހަމަ އަހަރެމެން ކަހަލަ ހަމާއި މަހާއި ކަށީގެ އިންސާނަކު ހަމަ ހޭގައި ހުރެގެން ކިޔައި ދިނީތީ އަޑުއަހައިލީ އެވެ. ނޭނގޭ އޮޅުންނުފިލާ އެތައްއެތައް ކަންތައްތަކެއް މި ދުނިޔޭގައި ހިނގަމުންދާކަމާއި ހިނގާފައި ވެސް ވާކަން ޔަގީން ކުރެވޭތީއެވެ. އެމީހާ ކިޔައިދިނެވެ.
 

ދަންމަރު (20)

ކިޔާފައިވާ ޢަދަދު: 7483

ރާހި ނުވަތަ ހޮރަސްކޯޕްގެ ޙަޤީޤަތަކީ ކޮބާ؟

ޢަބްދުﷲ ނަޢީމް އިބްރާހީމް
އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ.

މަލިކުމީހުންނާއެކު އަޅުގަނޑު ހޭދަކުރި ވަގުތުކޮޅު…..

ކިޔާފައިވާ ޢަދަދު: 5616
ޙަސަން ޒަހީން
ދާދި މިދާކަށް ދުވަހަކު އަޅުގަނޑަށް ކޮޗިންނަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. މި ދަތުރު އަޅުގަނޑަށް ވެގެން ދިޔައީ ތަފާތު ދަތުރަކަށެވެ. އަޅުގަނޑުމެންގެ މާދަރީ ބަހުން ވަހަކަދައްކާ އެހެން ކަރައެއްގެ އާއިލާތަކަކާ ބައްދަލުވުމުންނެވެ. އަޅުގަނޑުމެން ތިބި ހިސާބުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެމުން ދިއައީ މަލިކުގެ ޢާއިލާތަކެވެ. ދިވެހިބަހުން ވާހަކަދައްކާ، އެހެންނަމަވެސް އިންޑިއާގެ ދަށެއްގެ އަހުލުވެރިންނެވެ.

ނަސްރުގެ ދުވަސް- 2012: އަޅުގަނޑުގެ ތަޖުރިބާ

ކިޔާފައިވާ ޢަދަދު: 9437
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ރާއްޖޭގެ ނަޞްރުގެ ދުވަހެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. މި މުނާސަބާގައި ލިޔުންތެރިންގެ ގުޅުމުގެ މެންބަރުންނަށާއި، މި ސައިޓާއި “ލިޔުންތެރިޔާ”ގެ ކިޔުންތެރިންނަށާއި އެންމެހާ ދިވެހިންނަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ. ހެޔޮ އެދުންތައް ފޮނުވަމެވެ.

މި ބާވަތުގެ ކަންތައް އެކަކުވެސް ނުކުރާތި!

ކިޔާފައިވާ ޢަދަދު: 3016
މުޙައްމަދު ސާޖިދު، ގަހާކޯޅި، ހއ.އިހަވަންދޫ
ދުވަސްވަރަކީ މަދަރުސާގެ ފުރަތަމަ ފަހަރަށް އިނގިރޭސި ބަސް ކިޔަވައިދޭން ފެށި ދުވަސްވަރެވެ. ނަމަވެސް މަދަރުސާގެ ދަރިވަރުން އިނގިރޭސި ގަޑިދެކެ ވެސް އަދި އިނގިރޭސި ޓީޗަރު ދެކެ ވެސް ފޫހިވެ އެވެ. އެކުދިން އިނގިރޭސި ގަޑިދެކެ ރުޅިއަންނަ ސަބަބެއްކަމަށް ބުނަނީ އެ ގަޑީގައި ދިވެހިބަހުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ނުދެއްކޭތީ އެވެ.

ވައިގެ ތަފާތު ދަރަޖަ ތައް

ކިޔާފައިވާ ޢަދަދު: 9518
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“މިއަދު އެންމެ ރޯޅިއެއްވެސް ނުވެއެވެ.” “މިއަދު މިއޮތީ ވައި ހިނދިފައެވެ.” “ވަރަށް ނަލަވައި ޖެހޭ ދުވަހެކެވެ.” “މިއަދު ވަރަށް ވައި ބާރެވެ.” “ވައިގަދަކަމުން ދަތުރުކުރެވޭ ވަރެއް ނުވެއެވެ.” މިއީ ދުނިޔެއަށް ޖެހޭ ވައިގެ މިންވަރު ނުވަތަ ދަރަޖަ ބަޔާންކުރުމަށް ބޭނުންކުރާ ޢިބާރާތްތަކެވެ. ނަމަވެސް މިފަދަ ޢިބާރާތްތަކަކުން އެއީ ކިހާ ބާރުމިނެއްގައި ޖެހޭ ވަޔެއްކަމެއް ބުނެއެއް ނުދެވެއެވެ. 

އެކެއްދޭއްގެ ދަތުރު

ކިޔާފައިވާ ޢަދަދު: 4200
އާދަމް ޢަބްދުއްރަޙްމާން، ހއ.އުތީމު 
 އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ.

ދަންމަރު – 1

ކިޔާފައިވާ ޢަދަދު: 8519

ކާމިޔާބު ދަތުރު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

1984 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ހެނދުނު ތައި އެއަރވޭޒްގެ ބޯއިންގ 747 މަރުކާގެ މަތިންދާބޯޓެއް ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ހުޅަނގަށް އުދުއްސާލައިފިއެވެ. ބޯޓު އުދުހެމުން ދިޔައީ އޮނަތިރީސް ހާސް ފޫޓު މަތިންނެވެ. ހަމަ އެ ވަގުތު އިންޑިއަން ލައިންސްގެ މަތިންދާބޯޓެއް މުމްބައިން ފުރައިގެން ދިއްލީއަށް ދާން އުދުއްސައިލަން ތައްޔާރު ވަމުން ދަނީއެވެ.

ޑިމޮކްރަސީ: ހުރިހާ ގޮތަކަށް މާނަކުރެވޭ ފުޅިމަދު އުނގުރިއެއް

ކިޔާފައިވާ ޢަދަދު: 6793

ޙަސަން ޒަހީން
ބައެއް ލަފުޒުތަކަކީ އަރަތެއްކަހަލަ ލަފުޒުތަކެވެ. ލަފުޒުގައި އެކުލެވިގެންވާ މާނަތައް ގިނަވުމާއި، އެއިން ތިމާ ބޭނުންވާ ހުރިހާ މާނައެއް ނެގޭ ލަފުޒުތަކަށްވާތީ އެވެ. އަނެއްބައި ލަފުޒުތަކަކީ ޤައިދުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ ލަފުޒުތަކެވެ. މިއީ ބަހުގެ މޮޅުކަންކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއްބައެއްގެ ނަޒަރުގައި އެއީ އަޅުގަނޑުމެންގެ ބަހުން އެލަފުޒުގެ ހަޤީޤީ މާނަ ނެރެވެން ނޯންނާތީ ވާގޮތެވެ. މިއީ ހަމައެކަނި ދިވެހިބަހުގައި ހުރިކަމެއް ނޫނެވެ. ބައެއް ލަފުޒުތަކުގެ މާނަ ދުނިޔޭގެ ކޮންމެ ބަހަކު ކުރިނަމަވެސް  ކަން އޮންނަ ގޮތެވެ. ކޮންމެއަކަސް އެކަން ދޫކޮށްލަމާތޯއެވެ.