ކުރެހުން ނުބައިވުން

ކިޔާފައިވާ ޢަދަދު: 1729
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޫރުއްސަލާމް އަބޫބަކުރު
ހުދު ގަނޑެއްގައި ކުލަފިއްސަކުން ނިކަން ރީތި ފިނިފެން މަލެއް ކުރަހަން މަސައްކަތްކުރީމެވެ. ފިނިފެންމާ ހުންނަ ގޮތް އަހަރެންގެ އެކުވެރިޔާއަށް ތަސްވީރުކޮށްދިނުމަށްޓަކައެވެ. ކުރަހާ ނިމިއްޖެއެވެ. ގަނޑުވަނީ ޚަރާބުވެފައެވެ. ކުރެހުނު އެއްޗަށް ބަލާލާފައި އެކުވެރިޔާ ބުންޏެވެ. ފިނިފެންމަލަކީ ހާދަހާ ހުތުރު ގޮތަކަށް ހުންނަ ބިރުވެރި އެއްޗެއްތާއެވެ. އަހަރެން ބުނީމެވެ. ތިހެން ބުނުމުގެ ޙައްޤު އެބައޮތެވެ. ފިނިފެންމަލެއް ދުވަހަކު ނުފެންނަ މީހަކަށް އޭތި ތަސައްވަރުކުރެވޭނީ އަހަރެން ދަންނަ މީހާ ކުރަހައިދިން ތަސްވީރު ބުނެދިން ގޮތަށްތާއެވެ. އެހެންވީމާ ޙަޤީޤަތުގައި ކުށްވެރިއަކީ އަހަރެންނެވެ. މައްސަލައަކީ އަހަރެންގެ ކުރެހުން ނުބައިވުމެވެ.
 

ޒަމާންވީ ސުވާލަކަށް ޒަމާނީ ޖަވާބެއް: ފައިސާއިން އުފާވެރިކަން ގަނެވޭހެއްޔެވެ؟ (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 3888
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ANDREW BLACKMAN   
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ 
ކެނެޑާގެ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިޔާގައި ނަފްސާނީ އިލްމު ކިޔަވައިދެއްވާ ޕްރޮފެސަރ Elizabeth Dunn ލިޔުއްވި “Happy Money” މި ފޮތުގައި ލިޔުއްވާ ގޮތުގައި، އޭނާ ހިންގެވި އިލްމީ ތަޖުރިބާ އެއްގެ ބައިވެރިންގެ ކޮންމެ މީހަކަށް ޗޮކުލެޓުން ފުރިފައިވާ ބޮޑު ކޮތަޅެއް ދެއްވިއެވެ. ޗޮކުލެޓް ކޮތަޅު ދެއްވި މީހުން ތިން ބަޔަކަށް ބައްސަވައިލެއްވިއެވެ. އެއް ބަޔަށް އެންގެވީ ގެއަށް ގޮސް ޗޮކުލެޓު ކާން ބޭނުންވަރަކަށް ކާށެވެ. އަނެއް ބަޔަކަށް އެންގެވީ ޗޮކުލެޓު ގެއަށް ގެންދިޔަނަމަވެސް އެއިން ޗޮކުލެޓު ކައިގެން ނުވާނޭ ކަމުގައެވެ. ތިންވަނަ ބަޔަށް އެންގެވީ ކެޔަސް ނުކެޔަސް ފަރުވާލެއް ނެތް ކަމުގައެވެ.

ލޯބީގެ ކުލަތައް (1)

ކިޔާފައިވާ ޢަދަދު: 2599
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު

ލޯބީގެ ކުލަތައް މިނަމުގައި އަޅުގަނޑު ލިޔަން މިފަށާ މަޟްމޫނުތަކަކީ މިޞްރުގެ މަޝްހޫރު އަދީބެއް އަދި ފިލޯސަފަރެއް ކަމުގައިވާ އަނީސް މަންސޫރު ލިޔުއްވާފައިވާ الوان من الحب މި ފޮތް އަސްލަކަށް ބަލައިގެން ލިޔާ ލިޔުންތަކެކެވެ. މި މަޟްމޫނުތަކަށް އަޅުގަނޑު ދިވެހިބަހުން އިޚްތިޔާރުކުރި ނަމަކީ ލޯބީގެ ކުލަތައް މި ނަމެވެ.

ޒަމާންވީ ސުވާލަކަށް ޒަމާނީ ޖަވާބެއް: ފައިސާއިން އުފާވެރިކަން ގަނެވޭހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 3907
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ:Andrew Blackman
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ކުރާ މަސައްކަތުން ލިބޭ އާމްދަނީގެ ސަބަބުން ވެރިވާ އިހްސާސް ތަކާއި ބެހޭގޮތުން، ފަހުގެ އިލްމީ ދިރާސާތަކުން އަޅުގަނޑުމެނަށް ވަރަށް ގިނަ މައުލޫމާތު ލިބެމުންދެއެވެ.  ދުނިޔޭގެ އެކި ގައުމު ގައުމުގައި، ފަރުދުންގެ އާމްދަނީ އާއި އެކަމުގެ ސަބަބުން އެމީހުން އިޙްސާސްކުރާ އުފާވެރިކަން، އިޤްތިޞާދީ ޢިލްމުވެރިން ވަރަށް ފުންކޮށް ދިރާސާކުރެއެވެ. ނަފްސާނީ ޢިލްމުވެރީން ވެސް ހަމަ އެފަދައިން، އެ މީހުން ބަލާ މިންގަނޑުން އެކަހެރި ފަރުދުންގެ ވިސްނުން، ފައިސާއާ ބެހޭ ގޮތުން ހުރި ނެތް ގޮތްތައް ބަލައި ދިރާސާކުރެއެވެ.

އިންސާނީ ޙައްޤުތައް 365

ކިޔާފައިވާ ޢަދަދު: 2174
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު

މިއަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. އ.ދ. ގެ ޢާއްމު ޖަލްސާއިން 10 ޑިސެމްބަރ އިންސާނީ ޙައްޤުތަކުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ 1950 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދުނިޔޭގެ ހުރިހާ އަހުލުވެރިންނާއި ޤައުމުތައް އިންސާނީ ޙައްޤުތަކާގުޅޭގޮތުން މަސައްކަތްކުރަންޖެހޭ އަމާޒަކީ އަދި ހާޞިލްކުރަންޖެހޭ ޢާއްމު މިންގަނޑަކީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުކަން ދުނިޔޭގެ އަހުލުވެރިންގެ ސަމާލުކަމަށް ގެނައުމެވެ.

އާދަމުގެދަރިވަންތަކަން ނިގުޅައިގަތުމަކީ މުޅި ދުނިޔޭގައި، ހުރިހައި ޒަމާނެއްގައި ފެތުރިފައިވާ ކަމެކެވެ! (2 ވަނަބައި)

ކިޔާފައިވާ ޢަދަދު: 4203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޕްރޮފެސަރ ޑޭވިޑް ލިވިންގްސްޓަން ސްމިތް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(30 އޮކްޓޯބަރ 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ) 
އާދަމުގެ ދަރީންގެ އަގު، އަޅުގަނޑުމެންގެ ހިތުގައި ދެވިފައިވާ މަތިވެރި މަގާމުން މާ ދަށްކޮށް ނިކަމެތި ކުރުމުގައި ހިމެނޭ އެއްކަމަކީ އަޅުގަނޑުމެނަށް ނޭނގި ނަމަވެސް އެކި ޖަނަވާރަށް، އެކި ސޫތްޕަށް އަޅުގަނޑުމެންގެ ވިސްނުމުގައި އެކި ދަރަޖަ ދެވިފައިވާ ކަމެވެ. އެއްޗެއް ވިއްކާލެވޭނެ  މާއްދީ އަގެއް ނޫނެވެ.)  intrinsic value ( އެއެއްޗެއްގެ އަމިއްލަ ޒާތަށް، އަޅުގަނޑުމެން އަޚްލާގީ މިންގަނޑަކުން ނުވަތަ ގަބޫލުކުރާ ގަބޫލު ކުރަމަކަށް ރިއާޔަތް ކޮށްފައި ދެވިފައިވާ ގަދަރަކާއި އިއްޒަތެކެވެ. ނުވަތަ ދެވިފައިވާ އިހާނާތްތެރި ދަށު ދަރަޖައެކެވެ. ( މިސާލަކަށް ކާޅަށް ދެވިފައިވާ ދަރަޖައާއި ( ހުދު) ކޮތަރަށް ގިނަ މީހުންގެ ހިތުގައި ދެވިފައިވަނީ ތަފާތު، މާ ދުރު ދެ ދަރަޖަނޫންތޯއެވެ! ) އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަކީ ވަރަށް އިއްޒަތްތެރި، އަގު އުފުލިގެންވާ ބައެކެވެ. ކުރަތްޕަކީ ވަރަށް ދަށު ދަރަޖައިގެ، އެއްވެސް އަގެއް ނެތް އެއްޗެކެވެ. މިހެންވެ، އަޅުގަނޑުމެން އަޅުގަނޑުމެން ފޫހިވާ މީހުން ނުވަތަ ވަރަށް ބޮޑަށް ރުޅިއަންނަ މީހުންނަށް މި ދޭ ދަރަޖައަކީ ކުރަތްޕަށް އަޅުގަނޑުމެން ދޭ ދަށު ދަރަޖައެވެ! ކުރަތްޕަކީ އަޅުގަނޑުމެން ފައިދަށުގައި ޗިސްޗިސް ކޮށްލާ އެއްޗެކެވެ. ނަަމަވެސް އިންސާނުންނަށް އެފަދަ ނިކަމެތި ކަމެއް ކުރުމަކީ އަޚުލާގީ ގޮތުން ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ! މީގެ ބަރާބަރު ވިހި އަހަރު ކުރީގައި (އެފްރިކާގެ ރުވާންޑާގެ އެތެރޭގެ ތަޅައިފޮޅުމުގައި 8 ލައްކަ އެއްހައި މީހުން މިހާރު ގަބޫލު ކުރަންވެސް ދަތި، އަނިޔާވެރި ގޮތްގޮތުން މަރުވެގެން ދިޔައެވެ.) ރުވާންޑާގެ ބައިބޯ ހޫޓޫ ގަބީލާގެ މީހުން، ބައިމަދު ޓޫޓްސި ގަބީލާ މީހުންނަށް އެދުވަސްވަރު ކީ ނަމަކީ inyenzi  އެވެ. ރުވާންޑާގެ (މައި ދެ ގަބީލާ މީހުންގެވެސް) ބަހުން ކުރަތްޕެވެ! މިހައި ދަށު ދަރަޖައިގެ ނަމެއް ވަކި ބަޔަކަށް އާންމުކޮށް ކިޔައި، ހަރުކުރުމުން އެމީހުން މަރައި ސުންނާފަތި ކުރަން ހަމަ އެކަނި ހިތަށް ފަސޭހަ ވީއެއް ނޫނެވެ! ޓޫޓްސީން މެރުމަކީ ހޫޓޫން ކުރަން ޖެހޭ ކަމަކަށްވެސް ވެގެން ދިޔައީއެވެ!
 

އޭރުގެ ފަތްފުށްތަކުން…. (96)

ކިޔާފައިވާ ޢަދަދު: 1720
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަރްޙު ދީބާގެ ޑައިރީންގަޑެއް

احمد حميد فہمی 

 
އަލްފާޟިލް އަޙްމަދު ޙަމީދު ފަހްމީއަކީ، ދިވެހި އަދަބިއްޔާތުގެ ފަންނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ.  އެމަނިކުފާނު ލިޔުއްވާފައިވާ  ތާރީޚީ ވާހަކައެއްކަމުގައިވާ “ކެޕްޓަން ދޮން ޙަސަން މަނިކުފާނު” ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކުރައްވައިފައެވެ. 
 

އާދަމުގެދަރިވަންތަކަން ނިގުޅައިގަތުމަކީ މުޅި ދުނިޔޭގައި، ހުރިހައި ޒަމާނެއްގައި ފެތުރިފައިވާ ކަމެކެވެ!

ކިޔާފައިވާ ޢަދަދު: 4117
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޕްރޮފެސަރ ޑޭވިޑް ލިވިންގްސްޓަން ސްމިތް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
David Livingstone Smith ޕީ އެޗް ޑީ ފާސް ނެންގެވީ އިނގިރޭސިވިލާތުގައި، ޔުނިވަރސިޓީ އޮފް ލަންޑަން އިންނެވެ. ޕްރޮފެސަރ ޑ ލ ސްމިތަކީ އެމެރިކާގެ އެންމެ އިރު އުތުރު ސްޓޭޓް ‘މެއިން’ ގައި ހުންނަ ޔުނިވަރސިޓީ އޮފް ނިޔު އިންގްލެންޑުގައި ފަލްސަފާ ކިޔަވައިދެއްވާ އުސްތާޒެކެވެ. އަދި މި ޔުނިވަރސިޓީގެ ‘ އިންސާނީ ތޮބީއަތާއި ބެހޭ މަޝްރޫއު ‘ ހިންގަވާ އެންމެ އިސް ވެރިޔާވެސްމެއެވެ. އެންމެ އިސްކަމެއް ދެއްވައިގެން ދިރާސާ ކުރައްވަނީ  (philosophy of psychology  ) ނަފްސާނީ އިލްމުގެ ފަލްސަފާ އާއި ނަފްސާނީ އިލްމުގައި ހިމެނޭ އަޚްލާގީބައެވެ. ވަކިން ޚާއްސަ އަހަންމިއްޔަތެއް ދެއްވާ އެއް ކަމަކީ، އިންސާނާ އަމިއްލަ އަށް މަކަރު ހަދައި އޮޅުވައިލުމާއި، އާދަމުގެ ދަރިން، އެކަކު އަނެކެއްގެ އަގު އިންތިހާއަށް ވައްޓައިލުމާއި ހަނގުރާމައިގެ ފޮރުވިފައިވާ ނަފްސާނީ އިލްމާއި ގުޅުން ހުރި އަނދިރި ފަރާތެވެ. އަނބި ކަނބަލުންނާއި އެކު ދިރިއުޅުއްވަނީ ‘ މެއިން’ އިސްޓޭޓުގެ ވެރިރަށް ޕޯޓްލަންޑުގައެވެ. 

ދިވެހިރާއްޖޭގައި މިސްކިތެއް ބިނާކުރާއިރު…….!

ކިޔާފައިވާ ޢަދަދު: 2445
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް މާހިރު 
ދިވެހިރާއްޖެއަށް ވާރޭ ވެހެން ފެށީ އިއްޔެއަކު ނޫނެވެ. ދިވެހިން އިސްލާމްވީ ވެސް އިއްޔެއަކު ނޫނެވެ. ދިވެހިން އިސްލާމް ވީއްސުރެ މިބިމުގައި މިސްކިތްތައް ބިނާކުރެވި، އެ މިސްކިތްތަކުގައި ނަމާދުކުރެވެމުން ދެއެވެ. ނަމަވެސް މިސްކިތުގައި ތިއްބައި ވާރޭ ވެހެން ފަށައިފިނަމަ މިސްކިތަށް އަރައި ތިބި ބަޔެއްގެ ފައިވާންތައް ތެމި ފޯވާނެއެވެ. މިކަން ތަހައްމަލު ކުރާތާ މިހާ ދުވަސް ފާއިތުވެފައި ވާއިރު ވެސް ފައިވާންތައް ހިޔާކުރެވޭ ގޮތަށް ޖާގައެއް ހެދިގެން ބިނާ ކުރެވިފައި ހުއްޓައި ފެންނަނީ މަދު މިސްކިތެކެވެ.
 

ވިނަ… ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 4682
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ

އިންސާނުން މީގެ ހައެއްކަ ހާސް އަހަރު ކުރީގައި އުޅެމުން އައީ، ބައެއް ފަހަރު އެއް ވާދީގައި ބަނޑަހަ ޖަހައިގެން  އަނެއްބައި ފަހަރު ފަރުބަދައިގެ ހޮހޮޅަ ހޮހޮޅައިގައި ހިޔާވަމުން ނިވާވަމުންނެވެ. ތަހުޒީބީ ބައެއްގެ ގޮތުގައި އެއްތަނެއްގައި ހަމަޖެހިލައިގެންތިބެ، ކަލާނގެ ކުޅަދުންވަންތަ ކަމާއި، ދުނިޔެއާއި، ދިރިތިބުމާއި، މަރުވުމާއި، ތަރިތަކާއި، ފަންނުވެރިކަމާއި، ގެދޮރު އެޅުމާއިމެދު ވިސްނަން ފެށޭނީ އެކަންކަމަށް ވިސްނާނެ ވަގުތު ލިބުމުންނެވެ.  ވާހަކަ ދައްކައި އުޅޭ ބަހަކުން، އެ ވަގުތަކު އެތަނެއްގައި ނެތް ބަޔަކަށް އަންގަން ބޭނުން އެއްޗެއް ލިޔާނެ އަކުރެއް އީޖާދު ކުރާނެ ވަގުތާއި ނަފްސުގެ ހަމަޖެހުން ލިބުނީ، އަޅުގަނޑުމެން މިހާރު އެއްވެސް ޚިޔާލަކައި ނުލައި ފައިން އަރައި ޗިސްޗިސް ކޮށްލާ ވިނައިގެ ސަބަބުން ކަމުގައި އަޅުގަނޑު ލިޔެފި ނަމަ ގަބޫލުފުޅު ކުރައްވާނަންތޯއެވެ؟