މޫސުމަށް އަންނަމުންދާ ބަދަލުގެ ސަބަބުން އަޑިޔަށްދާ ގައުމު ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކާކުގެ ހައްގެއް ހެއްޔެވެ؟(2)

ކިޔާފައިވާ ޢަދަދު: 4357
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބޮސްޓަން ގްލޯބުން: ލިޔުއްވީ Latif Nasser
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(23 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ނިޔު ސައުތު ވޭލްސްގެ އުސްތާޒާ  Rosemary Rayfuse 2013 ވަނަ އަހަރު ލިޔުއްވި ގޮތުގައި އެންމެ އިންސާފުވެރި ގޮތަކަށް ވާނީ، ބައިނަލް އަގުވާމީ ގާނޫނުގައި ” ސަރަހައްދު ނެތް ޖަޒީރާ ގައުމު” ގެ ގޮތުގައި މި ދައުލަތްތައް ނޯޓު ކުރެވުމެވެ. މިކަން ކުރެވިއްޖެ ނަމަ ބިންތިރި ޖަޒީރާ ގައުމު ގައުމުގެ މީހުންގެ އަމިއްލަ ވަޒަނެއް ނެތް ނަމަވެސް އެމީހުންގެ ރައްވެހި ކަމާއި އެމީހުންގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު އެމީހުންނަށް ލިބިދެވޭނެއެވެ. ހަގީގަތުގައި މިހާރުވެސް އެ ލިޔުއްވި ފަދައިން، އަމިއްލަ ބިމެއް ނެތް ދައުލަތެއް މިހާރުވެސް އެބަ އޮތެވެ! ނައިޓްސް އޮފް މޯލްޓާ (މޯލްޓާގެ އަސްވާރުން) ކިޔާ،  ބިންވެރި ގައުމެއް މިހާރަކު ނެތެވެ. (މެދުތެރޭ ކަނޑުގައި އޮންނަ މޯލްޓާ ކިޔާ ޖަޒީރާ ގައުމަކީ ވަކި ދައުލަތެކެވެ.) އދ ގައި ” ދާއިމީ އޮބްޒާވަރުންގެ” މަގާމު މިހާރުވެސް މިދެންނެވި މޯލްޓާގެ އަސްވާރުންނަށް ލިބިފައިވެއެވެ. ވޯޓަށް  އަހާ މައްސަލަތަކުގައި ވޯޓު ދިނުމުގެ ހައްގު މި މީހުންނަށް ލިބިފައެއް ނޯވެއެވެ. ޕްރޮފެސަރ ރޯޒްމޭރީ ރޭފިޔުޒް ލިޔުއްވާ ގޮތުގައި އެންމެ ދެރަގޮތް ދިމާވާ ހާލަތުގައި، ” ސަރަހައްދު ނެތް ޖަޒީރާ ގައުމު ގައުމު ” ބައިނަލް އަގުވާމީ މަސްރަހުން އެއްފަރާތް ނުކޮށް، އެމީސް މީހުންނަށް ރަނގަޅު ގޮތްގޮތް ހޯދައިދެވެން އެބަހުއްޓެވެ!

އ.ދ. ދުވަސް

ކިޔާފައިވާ ޢަދަދު: 2165
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާކޮށް، އެކުލަވާލައި ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު
މިއަދަކީ އ.ދ. ދުވަހެވެ. އެކުވެރި ދައުލަތްތައް ނުވަތަ އ.ދ. ގެ ޗާޓަރު އެކުލަވާލެވުނު ދުވަސް ކަމުގައިވާ 24 އޮކްޓޯބަރު، އ.ދ. ދުވަހުގެ ގޮތުގައި ފާހަގަކުރަން އ.ދ. ގެ ޢާއްމު ޖަލްސާއިން ނިންމީ 1947 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އަހުލުވެރިންނަށް އ.ދ. ގެ އަމާޒުތަކާއި ލަނޑުދަނޑިތައް އަންގައިދީ މި އަމާޒުތަކާއި ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ފާހަގަކޮށް، އ.ދ. އިން މެދުނުކެނޑި ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ހޯދުމެވެ. މިދުވަހަކީ ބައިނަލްއަޤްވާމީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމައި އ.ދ.ގެ ޢާއްމު ޖަލްސާއިން ވަނީ 1971 ވަނަ އަހަރު ޤަރާރެއް ފާސްކޮށްފައެވެ. އަދި މިދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ބޭއްވުމަށް އ.ދ. ގެ ހުރިހާ މެންބަރު ޤައުމުތަކަށްވަނީ ހުށަހަޅައިފައެވެ. އ.ދ. ދުވަހަކީ އ.ދ. ހަފުތާގެ ގޮތުގައި ފާހަގަކުރެވޭ ހަފުތާގެ ދުވަހެއްވެސް މެއެވެ. އެގޮތުން އ.ދ. ހަފުތާގެ ގޮތުގައި ފާހަގަކުރެވޭ ހަފުތާއަކީ 20 އޮކްޓޯބަރުން 26 އޮކްޓޯބަރަށެވެ.
 

މޫސުމަށް އަންނަމުންދާ ބަދަލުގެ ސަބަބުން އަޑިޔަށްދާ ޤައުމުޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކޮން ބައެއް ގެ ޙައްޤެއް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 4773
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބޮސްޓަން ގްލޯބުން: ލިޔުއްވީ Latif Nasser
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މޫސުމަށް އަންނަމުންދާ ހަލުވި ބަދަލެއްގެ ސަބަބުން ކަނޑުތައް އުފުލެން ފެށައިފާނެ ކަމުގެ ބިރުވެރި ވާހަކަތަކަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާ އެއްކަމެވެ. އަދި މި އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމު ގައުމަށް ލިބިދާނެ ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ތަފާތު ގެއްލުމަށް ޓަކައެވެ.

މާކަނޑުތައް ހުރަސްކޮށް އުދުހޭ ހޭނަކަތު ދޫނިތައް

ކިޔާފައިވާ ޢަދަދު: 5156
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންޑިއާގެ މައިސޯރުގައި ޗާލްސް އެނޑަރސަން ދެއްވި ދަރުސެއް

އަޙްމަދް ސަމީރު ޢަލީ

“އަޅުގަނޑަކީ ފާއިތުވި ސައްބީހަކަށް އަހަރު، ވަޒަނަކީ ދިވެހިރާއްޖެ ކަމުގައި ބަލައިގެން އުޅެމުން އަންނަ އިނގިރޭސިއަކީމެވެ. ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ރާއްޖެއަކީ މި އިންޑިޔާގެ ހުޅަނގު ދެކުނުގައިވާ ކުދި ރަށްތަކަކުން ގެތިފައިވާ އަތޮޅުތަކެކެވެ. އަޅުގަނޑު ވަޒަންވެރިވެ ދިރިއުޅޭ މާލެއަކީ ވެރިރަށެވެ. ހަގީގަތުގައި މިތާ، މައިސޯރުގައި މިހެން ތިބޭއިރު ނިއު ޑެލްހީއަށްވުރެ އަޅުގަނޑުމެން ދިވެހި ރާއްޖެއާއި މާ ކައިރިވާނެއެވެ!

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ކުރިމަގު ވަނީ އިންސާނުންގެ އަމަލުތަކާ ގުޅި، ލާމެހިފައެވެ.

ކިޔާފައިވާ ޢަދަދު: 2144
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު މުއުމިން

އޭނާގެ ވަށައިގެންވާ ތިމާވެއްޓަށް، އިންސާނާ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ބަދަލުތަކުގެ ސަބަބުން ގުދުރަތީ ގޮތުން ދުނިޔޭގައި ލައްވައިފައިވާ އެކިއެކި ނިޒާމުތަކަށް ދަނީ ތަފާތު އަސަރުތަކެއް ކުރުވަމުންނެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ އެކި ގެއްލުންތަކުން މި އަސަރުތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފައެވެ. އެހެންކަމުން މި ޖީލުގެ އިންސާނުން ކުރިއަށް އޮތް ޖީލުތަކަށްޓަކައި މިއަދު ނިންމުންތަކެއް ނިންމަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ. ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭ ނިންމާ ނިންމުންތަކުގެ ނަތީޖާ އެތައް ގަރުނަކަށް ދެމިގެންދާނެއެވެ.

ޙަޤީޤަތް ހޯދޭނީ ރަނގަޅަށް ދިރާސާ ކުރުމުންނެވެ.

ކިޔާފައިވާ ޢަދަދު: 2229
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
“ބޮކުގެ ހަތަރުފައިގެ ބޭނުމަކީ ކޮބައިތޯ ބެލުމަށް މީހަކު ދިރާސާއެއް ކުރިއެވެ. އެގޮތުން ހަތަރު ފައި ސަލާމަތުން ހުރި ބޮކެއް ހޯދައި ފުރަތަމަ ފަހަރު ފުންމާލާށޭ ބުނުމުން އެސޮރު ފުންމައިލިއެވެ. އެކަން އެމީހާ ނޯޓު ކުރިއެވެ. އެއަށްފަހު އޭގެ އެއްފައި ބުރިކޮށްލާފައި ފުންމާލާށޭ ބުނުމުން ވެސް އެސޮރު ފުންމައިލިއެވެ. އެކަން ވެސް އޭނާ ފާހަގަކުރިއެވެ. އަނެއް ފައި ބުރިކޮށްލުމަށްފަހު ފުންމާލާށޭ ބުނުމުން ވެސް ބޮއް ފުންމައިލިއެވެ. އެކަން ވެސް ފާހަގަ ކުރިއެވެ. ތިން ވަނަ ފައި ބުރި ކޮށްލުމަށްފަހު ފުންމާލާށޭ ބުނުމުންވެސް ބޮއް ފުންމައިލިއެވެ. ހަތަރު ވަނަ ފައި ބުރިކޮށްލުމަށްފަހު ފުންމައިލާށޭ ބުނި ނަމަވެސް ބޮއް ގުޑައިވެސް ނުލިއެވެ. އެތައް ފަހަރަކު ތަކުރާރުކޮށް އަދި ހަރު އަޑުން ބުނުމުން ވެސް ކުރިން ފުންމައިލިގޮތަށް އެކަމެއް ނުކުރިއެވެ. ދިރާސާ ކުރި މީހާ އޭނާއަށް ފާހަގަ ކުރެވުނު ހުރިހާ ކަމެއް ނޯޓުކޮށް އެކަން ތަޙްލީލުކޮށް ދިރާސާގެ ނަތީޖާއަކަށް ލިޔުނީ ‘ބޮކުގެ ހަތަރުފައި ބުރިކޮށްލައިފި ނަމަ އޭތީ ބީރުވެއެވެ’ މިފަދައިންނެވެ”.

އެންމެ އަވަދިނެތި އުޅޭ މީހުން ފޮތް ކިޔާނެ ވަގުތު ހޯދާ ގޮތް

ކިޔާފައިވާ ޢަދަދު: 4659
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލޯރާ ވެންޑަރކަމް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ރަސްމީ ތައުލީމު ނިމުނު ފަހުން، ފޮތެއް ކިޔައިލާނެ ވަގުތު ނުލިބޭކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ވަޒީފާއަށް ދަމުން، ކާވެނިކޮށް ދަރިން ލިބި،  ގޭތެރޭގައި ކުރަން ހުންނަ ތަފާތު ކަންތައް ކުރަމުން ފޮތްކިޔުން، ބައެއް މީހުންނަށް ވަނީ އަރާމަކަށް، އުފަލަކަށް ނޫނެވެ. އުޅެން ޖެހޭލެއް އަވަދިނެތިކަމުން، ފޮތް ކިޔުމަކީ އިތުރު ތަކުލީފަކަށް، އިތުރު ބުރައަކަށްވެސް ވެއްޖެއެވެ! ތިރީގައި، އަންނަނިވި ފޮޅުވަތްތަކުގައި ގެނެސް ދެވޭތޯ މި ބަލަނީ ކިޔައިލާ ހިތްވާ ފޮތްތައް ކިޔާނެ ވަގުތު ހޯދިދާނެ ތަފާތު ގޮތްތަކެކެވެ!

ޙައްޖުވެރިންނަށް ޙައްޖު ކޯޕަރޭޝަން

ކިޔާފައިވާ ޢަދަދު: 2212
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙައްޖު ކޯޕަރޭޝަންގެ މުހިއްމުކަން މިއަދު އިހްސާސްކުރެވެއެވެ.

އަޙުމަދު ޝިޔާމް
އެއީ މީގެ ދެއަހަރެއްހާ ދުވަސްކުރިއެވެ. ހައްޖުގެ މަތިވެރި އަދި މާތް އަޅުކަމަށް ރާއްޖެއިން ގޮސްތިބި އެތަކެއް ސަތޭކަ ޙައްޖުވެރިން ތިބީ މިނާގައެވެ. 
 
ރާއްޖޭގެ ފަރާތުން އެ އަހަރު ހައްޖަށް ދިޔަ މީހުންގެ އަމީރުލް ޙައްޖަކަށް ވަޑައިގަތީ އޭރުވެސް އަދި މިހާރުގެވެސް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއެވެ. ހުރިހާ ހާޖީންނާ ބައްދަލު ކުރައްވައި ސަލާމް ކުރައްވައި ހާލު އޮޅުންފިލުއްވައި ހެއްދެއްވިއެވެ. އޭރު ހާޖީން ތިބީ ފޭލިގެތަކުގައެވެ. 

ދަތުރުފަތުރުކޮށް ތަންތަން ހޯދުމުގެ ކުރީކޮޅުގެ ދުވަސްތަކުގައި ފިނީޝިއާގެ ވިޔަފާރިވެރިން ނަތީޖާ ނެރުނު ކަމުގައި ބުނަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 2142
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
ފިނީޝިއާއަކީ ޤަދީމީ ޙަޟާރަތެކެވެ. މިނިވަން ސިޓީ – ސްޓޭޓެކެވެ. މިސްޓޭޓް އޮތީ މެޑްޓަރޭނިއަން ކަނޑުގެ އައްސޭރީގައި  މިހާރު ސީރިއާ، ލެބަނަން އަދި އުތުރު އިސްރާއީލް ހިމެނޭ ހިސާބުގައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް… (53)

ކިޔާފައިވާ ޢަދަދު: 1660
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާއްޖޭގެ ކޮންމެ އަތޮޅަކަށް-/25000ރ.މުޅިން ދެއްވުމަށް

ރައީސުލްޖުމްހޫރިއްޔާ ކަޑައަޅުއްވައިފި

މޫންލައިޓަށް ޚަބަރު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ފަރާތުން ވަރަށްބޮޑު އެހީފުޅެއް ވެދެއްވުމަށް ކަޑައަޅުއްވައި އެކަން ހަމަޖައްސަވައިފިއެވެ. މިކަމާގުޅޭ ގޮތުން ޚަބަރު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެއަތޮޅެއްގެ އާމްދަނީ އިތުރުކުރުމަށްޓަކައި މަސައްކަތް ފެއްޓުމަށް ކޮންމެ އަތޮޅަކަށް -/25000 ރުފިޔާ (ފަންސަވީސްހާސްރުފިޔާ) ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގަސްދުކުރެއްވީއެވެ.