އޮޔާދާ ފިރުޢައުނު މުދާ

ކިޔާފައިވާ ޢަދަދު: 3217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފު، ހ. ފިލިގަސްދޮށުގެ
މާތްﷲ ދުނިޔޭގައި ލައްވާފައިވާ މަޚްލޫޤުންގެ މައްޗަށް ވިސްނުމުން އެކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަން އެނގެމުންދެއެވެ. މިފަދަކަންކަމުގެ މައްޗަށް ބަލައި ފިކުރުކުރުމަށް އެކަލާނގެ އިންސާނުންނަށް އަންގަވާފައިވަނީ އެހެން ވެގެންނެވެ. މިފަދަ މަޚްލޫޤުންގެ ތެރޭން ކޮންމެ އެއްޗަކީ އޭގެ ޒާތުގައި ތަފާތު ގޮތްތަކެއް ހުންނަ އެއްޗެކެވެ. އެއްވައްތަރެއްގެ ތެރޭގައިވެސް އެތައް ބާވަތެއް ހުރެއެވެ. މިގޮތުން ކަނޑުގައި އުޅޭ މަސްމަހާމެހީގެ ތެރެއިން ސަމާލުކަން ނުދެވޭ އެންމެ އާދައިގެ އެކައްޗަކީ ޖެލީފިޝް އެވެ. ނުވަތަ ފިރުޢައުނު މުދަލެވެ. އޭގެ މައްޗަށް ބަލައިލަމާތޯއެވެ.

ކުދިވާހަކަ (43)

ކިޔާފައިވާ ޢަދަދު: 4218
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (43)

ދުންޔަވީ އެދުމަށްވުރެ ކުރިއަށް

ޢައްބާސް އިބްރާހީމް

މަޝްހޫރު ފިޒިސިސްޓް އައިންސްޓައިން އަރިހުގައި، އިޒްރޭލްގެ ރައީސްކަން ޤަބޫލުފުޅު ކުރެއްވުން އެދި ދެންނެވުނެވެ. އެއީ 1952 ވަނަ އަހަރު، އެދުވަސްވަރު އިޒްރޭލްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހާއިމް ވައިޒްމަން އަވަހާރަވުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި އައިންސްޓައިންއަށް މިހުށަހެޅުނު ހުށަހެޅުން އޭނާ ވަރަށް އަދަބުވެރިގޮތެއްގައި ޤަބޫލުފުޅު ނުކުރެއްވީއެވެ. އަދި އިޒްރޭލްގެ އެމްބެސެޑަރް އަބާ އިބާންއަށް ފޮނުއްވެވި ސިޓީފުޅެއްގައި ވަރަށް ސާފު ސީދާ ބަހުން އައިންސްޓައިން ލިޔުއްވައިފައިވެއެވެ.

ބަނބުކޭލުގެ ވާހަކައިން ފެޅި ނިރެއް – ގިނަ މީހުން ނުދަންނަ ބައި

ކިޔާފައިވާ ޢަދަދު: 6194
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދްސަމީރުޢަލީ
(6 އޭޕްރިލް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

އަޅުގަނޑުމެން އިންސާނުން، ޒަމާނުންސުރެ ހޭނިފައިވާ ތަފާތު ފަސޭހަތަކުން މަހުރޫމުވެ، ދިރިއުޅުން އަލުން ބިނާ ކުރަން ޖެހޭ ޙާލަތްތައް، ކުޅަދާނަ ލިޔުންތެރިން ލިޔެފައި އެބަ ހުއްޓެވެ. މިފަދަ ވާހަކަތަކުގައި، ބޮޑުވަމުން އައި ދުވަސްވަރު ތަރުބިއްޔަތުވެފައިވާ އެ މީހެއްގެ ދީން އެއް ފަރާތްކޮށްލައި، ވަކި ހައްދެއް، ވަކި އިމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެން ފަރިތަކުރުވި ގާނޫނުގެ އަތްނުފޯރާ ހިސާބެއްގައި ފަރުދީ މީހަކު، ނުވަތަ ޖަމާއަތެއް ވަކި މުއްދަތަކަށް އުޅެން ދިމާވެއެވެ!

ސިކުނޑީގެ [އެންޓިވައިރަސް]

ކިޔާފައިވާ ޢަދަދު: 6610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑްޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ހާޑެކެވެ. (ޙަޤީޤަތުގައި ކޮމްޕިޔުޓަރ ހާޑް އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކޮންޕިޔުޓަރަށް “މަޢުލޫމާތު އަޅާ” ފަދައިން އިންސާނާގެ ސިކުނޑިއަށް ވެސް މަޢުލޫމާތު “އަޅަނީ” އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ.

އޭރުގެ ފަތްފުށްތަކުން…. (63)

ކިޔާފައިވާ ޢަދަދު: 2229
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ތަރުޖަމާކޮށްފައި

شخصيّۃ إصلاح ކުރައްވާށެވެ!

عدنان حسين 


އަލްއުސްތާޛުލްމަރްޙޫމް ޢަދްނާން ޙުސައިނަކީ، ތަފާތު މައުޟޫޢުތަކަށް ލިޔުއްވާފައިވާ ލިޔުންތެރިއެކެވެ. އޭގެތެރޭގައި ދީނީ، ޤާނޫނީ އަދި އިޖްތިމާޢީ މައުޟޫޢުތަކަށް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވައިފައިވެއެވެ. އެމަނިކުފާނަކީ، ރާއްޖެ އުފެއްދި އެންމެ އަގުހުރި އެއް ލިޔުންތެރިޔާކަމަށްވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ބޭފުޅެކެވެ.  އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ނުކުމެފައިވާ ތަފާތު ނޫސް މަޖައްލާތަކަށް އެމަނިކުފާނު ލިޔުއްވައިފައިއެވެ.

އެންމެ ވަރުގަދަ ސިޓީތަކުގެ ތެރެއިން (1)

ކިޔާފައިވާ ޢަދަދު: 6979
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ސްވިސް ލޯޔަރ އެލްބިން ސްކްރާމް 2005 ގައި ނިޔާވީ، އޭނާ އެއްކޮށްފައި ހުރި، ހުޅަނގުގެ ބައެއް މީހުންގެ އާދަޔާ ޚިލާފު ސިޓީތަކެއް ދޫކޮށްފައެވެ. މިފަހަރު މި ގެނެސްދެނީ އެ ސިޓީތަކުގެ ތެރޭގައި ހިމެނޭ، ނަޕޯލިއަން ބޮނަޕާރޓް، ޖޯސެފީން ޑީ ބިއުހާނައިސް އަށް އެ ދެމީހުންގެ ކާވެނީގެ ތައްޔާރީތަކުގެ އަޑުތަކުގެތެރެއިން ފޮނުވި ސިޓީއެއްގެ އުސްއަލިތަކުގެ އަވަސް ތަރުޖަމާއެކެވެ. މި ސިޓީ ލިޔެފައި ވަނީ 9 މާރޗް 1786 ގައެވެ. މިއީ ފަރަންސޭސިބަހުން އިނގިރޭސިބަހުން ދިވެހިބަހަށް ގެނެސްފައިވާ އެސިޓީގެ އުސް އަލިތަކެވެ.

މިހިރަ ގޮހޮޅު މިތަނުން ނެރޭށެވެ!

ކިޔާފައިވާ ޢަދަދު: 8366
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މައިކް ރޮއިކޯ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
”ބޮޑެތި ކުށްވެރިންނަށް ހުކުމެއް އިއްވަވާއިރު ބައެއް ޤާޟީން މިހާރު އެ ގެންގުޅުއްވާ މަޑުމައިތިރި ރާގުން އަހަރެން ހަމަ ހައިރާންވަމެވެ. ޒުވާން ދުވަސްވަރު މަދަރުސާގެ އެތެރޭގައި އަހަރެމެން ސިއްރުން ސިނގިރޭޓެ ބުއިކަން އެނގިގެން މަދަރުސާގެ ނާޒިރު އަހަރުމެންނާއި އެދެއްކެވި ވާހަކަތައްވެސް، މީހުން މަރާ މީހުންނަށް ޤާޟީން މިހާރަކަށް އައިސް އެ ދައްކަވާ ވާހަކައަށްވުރެ މާ ހަރުކައްޓެވެ!

އެންމެ އަގުބޮޑު ކޮފީ އޮށް ހޮވަނީ ޖަނަވާރެއްގެ ގޮހޮރުން ބޭރުވާފަހުންނެވެ!

ކިޔާފައިވާ ޢަދަދު: 8114
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ސަލްޓަން ޕާކުގެ އުތުރު މައި ދޮރުން ވަދެގެންދާ އިރު ހިނގަން އޮންނަ ހަނި މަގުގެ ދެފަރާތުގައި އެވާ މާގަސްތަކަކީ ކީރަންމާ ގަހެވެ. މި އާއިލާގެ ގަސްތަކުގެ އިލްމީ ނަމަކީ އިކްޒޯރާ   (ixora)   އެވެ. ތަފާތު ކުލަކުލައިގެ މި ރީތި މަލަށް ކިޔަން ފަސޭހަ ރީތި ދިވެހި ނަމެއް އޮއްވައި އެ ނަން(ކީރަންމާ) ކިޔުމުގެ ބަދަލުގައި މިހާރު ‘ތައުޒަންޑް ފްލާވަރ’ މިހެން ކިޔާ ކަމީ ވަރަށް ހިތާމަވެރިކަމެކެވެ.
 

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން! (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ:   Mischa Berlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(24 ޑިސެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
މަދާމް ޕްރެސިޔޫސް ދިރިއުޅޭ ގެއިން އޭނާއާއި, މާނޯއާއި އޮވާރން ޤާޟީ އެޓީން ހައްޔަރުކުރެއްވި ދުވަހު، ރޯޒިޔޯ ކިޔާ ސަހަރެއްގައި ފެތުރެންފެށި ވާހަކައަކީ، ނަޑާޓްގެ ޒޮންބީ ހަށިގަނޑު މަދާމް ޕްރެސިޔޫސް ދިރިއުޅޭ ސަހަރުން އެހެން ހިސާބަކަށް ގެންދަންއުޅޭ ވާހަކައެވެ. އަޑުތައް ފެތުރިފައިވާ ގޮތުން، ނަމަކަށް ޑޯވާލް ކިޔުނު އެސަހަރުގެ ވަރަށް ‘އުންމީދީ ސިހުރުވެރިއެއްގެ’ ގެ ވަށައިގެން މީހުން އެއްވާން ފަށައިފިއެވެ. މީހުން އެއްވާން ފެށުމުން ސިހުރު ހާހޫރައިގެ ޖަމާއަތްތަކުގެ މެންބަރުން ނިކުމެ ބައިބަޔަށް އެއްވެފައިތިބި މީހުން ރޫޅާލައިފިއެވެ. ނަމަވެސް ފިލަފިލައިގެން އުޅުނު މަދު ބަޔަކު ފަހުން ނަޑާޓްގެ މަންމަ ގާތުގައި،  އެމީހުންނަށް ނަޑާޓް ފެނުނު ކަމަށާއި، އެދުވަހު ނަޑާޓް ލައިގެން ހުރި ހެދުމާއި އިސްތަށިގަނޑު ހުރިގޮތްވެސް ކިޔައިދިނެވެ!

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން!(3 ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 7418
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ:     Mischa Merlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(22 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހައިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި އިން އޭނާގެ މަންމައަށް ޖެހިގެން އައި ހޯމަ ދުވަހު ނަޑާޓް ފޯނުން ވާހަކަ ދެއްކިއެވެ. ނަޑާޓަށް ލިބޭ ހަކީމީ ބޭހުގެ ފަރުވާގެ ރަނގަޅުވާހަކަ އާއި، މަންމަވެސް ޖޯސެފަށް އައިސް އެކަހަލަ ފަރުވާއެއް ފަށަންވީ ކަމަށް ނަޑާޓް ބުންޏެވެ. މަންމަވެސް އެގޮތަށް ގަބޫލުވެ، ޑިސެމްބަރުގައި އަންނާނެކަމަށް ބުންޏެވެ. އެއީ އެ ދެމައިން ވާހަކަ ދެއްކި އެންމެ ފަހުފަހަރެވެ!