އެންމެ ވަރުގަދަ ސިޓީތަކުގެ ތެރެއިން (1)

ކިޔާފައިވާ ޢަދަދު: 7103

ތަރުޖަމާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ސްވިސް ލޯޔަރ އެލްބިން ސްކްރާމް 2005 ގައި ނިޔާވީ، އޭނާ އެއްކޮށްފައި ހުރި، ހުޅަނގުގެ ބައެއް މީހުންގެ އާދަޔާ ޚިލާފު ސިޓީތަކެއް ދޫކޮށްފައެވެ. މިފަހަރު މި ގެނެސްދެނީ އެ ސިޓީތަކުގެ ތެރޭގައި ހިމެނޭ، ނަޕޯލިއަން ބޮނަޕާރޓް، ޖޯސެފީން ޑީ ބިއުހާނައިސް އަށް އެ ދެމީހުންގެ ކާވެނީގެ ތައްޔާރީތަކުގެ އަޑުތަކުގެތެރެއިން ފޮނުވި ސިޓީއެއްގެ އުސްއަލިތަކުގެ އަވަސް ތަރުޖަމާއެކެވެ. މި ސިޓީ ލިޔެފައި ވަނީ 9 މާރޗް 1786 ގައެވެ. މިއީ ފަރަންސޭސިބަހުން އިނގިރޭސިބަހުން ދިވެހިބަހަށް ގެނެސްފައިވާ އެސިޓީގެ އުސް އަލިތަކެވެ.

މިހިރަ ގޮހޮޅު މިތަނުން ނެރޭށެވެ!

ކިޔާފައިވާ ޢަދަދު: 8533
ލިޔުއްވީ: މައިކް ރޮއިކޯ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
”ބޮޑެތި ކުށްވެރިންނަށް ހުކުމެއް އިއްވަވާއިރު ބައެއް ޤާޟީން މިހާރު އެ ގެންގުޅުއްވާ މަޑުމައިތިރި ރާގުން އަހަރެން ހަމަ ހައިރާންވަމެވެ. ޒުވާން ދުވަސްވަރު މަދަރުސާގެ އެތެރޭގައި އަހަރެމެން ސިއްރުން ސިނގިރޭޓެ ބުއިކަން އެނގިގެން މަދަރުސާގެ ނާޒިރު އަހަރުމެންނާއި އެދެއްކެވި ވާހަކަތައްވެސް، މީހުން މަރާ މީހުންނަށް ޤާޟީން މިހާރަކަށް އައިސް އެ ދައްކަވާ ވާހަކައަށްވުރެ މާ ހަރުކައްޓެވެ!

އެންމެ އަގުބޮޑު ކޮފީ އޮށް ހޮވަނީ ޖަނަވާރެއްގެ ގޮހޮރުން ބޭރުވާފަހުންނެވެ!

ކިޔާފައިވާ ޢަދަދު: 8253

އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ސަލްޓަން ޕާކުގެ އުތުރު މައި ދޮރުން ވަދެގެންދާ އިރު ހިނގަން އޮންނަ ހަނި މަގުގެ ދެފަރާތުގައި އެވާ މާގަސްތަކަކީ ކީރަންމާ ގަހެވެ. މި އާއިލާގެ ގަސްތަކުގެ އިލްމީ ނަމަކީ އިކްޒޯރާ   (ixora)   އެވެ. ތަފާތު ކުލަކުލައިގެ މި ރީތި މަލަށް ކިޔަން ފަސޭހަ ރީތި ދިވެހި ނަމެއް އޮއްވައި އެ ނަން(ކީރަންމާ) ކިޔުމުގެ ބަދަލުގައި މިހާރު ‘ތައުޒަންޑް ފްލާވަރ’ މިހެން ކިޔާ ކަމީ ވަރަށް ހިތާމަވެރިކަމެކެވެ.
 

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން! (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7561
ލިޔުއްވީ:   Mischa Berlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(24 ޑިސެމްބަރ 2013 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
މަދާމް ޕްރެސިޔޫސް ދިރިއުޅޭ ގެއިން އޭނާއާއި, މާނޯއާއި އޮވާރން ޤާޟީ އެޓީން ހައްޔަރުކުރެއްވި ދުވަހު، ރޯޒިޔޯ ކިޔާ ސަހަރެއްގައި ފެތުރެންފެށި ވާހަކައަކީ، ނަޑާޓްގެ ޒޮންބީ ހަށިގަނޑު މަދާމް ޕްރެސިޔޫސް ދިރިއުޅޭ ސަހަރުން އެހެން ހިސާބަކަށް ގެންދަންއުޅޭ ވާހަކައެވެ. އަޑުތައް ފެތުރިފައިވާ ގޮތުން، ނަމަކަށް ޑޯވާލް ކިޔުނު އެސަހަރުގެ ވަރަށް ‘އުންމީދީ ސިހުރުވެރިއެއްގެ’ ގެ ވަށައިގެން މީހުން އެއްވާން ފަށައިފިއެވެ. މީހުން އެއްވާން ފެށުމުން ސިހުރު ހާހޫރައިގެ ޖަމާއަތްތަކުގެ މެންބަރުން ނިކުމެ ބައިބަޔަށް އެއްވެފައިތިބި މީހުން ރޫޅާލައިފިއެވެ. ނަމަވެސް ފިލަފިލައިގެން އުޅުނު މަދު ބަޔަކު ފަހުން ނަޑާޓްގެ މަންމަ ގާތުގައި،  އެމީހުންނަށް ނަޑާޓް ފެނުނު ކަމަށާއި، އެދުވަހު ނަޑާޓް ލައިގެން ހުރި ހެދުމާއި އިސްތަށިގަނޑު ހުރިގޮތްވެސް ކިޔައިދިނެވެ!

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން!(3 ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 7599

ލިޔުއްވީ:     Mischa Merlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(22 ޑިސެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހައިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި އިން އޭނާގެ މަންމައަށް ޖެހިގެން އައި ހޯމަ ދުވަހު ނަޑާޓް ފޯނުން ވާހަކަ ދެއްކިއެވެ. ނަޑާޓަށް ލިބޭ ހަކީމީ ބޭހުގެ ފަރުވާގެ ރަނގަޅުވާހަކަ އާއި، މަންމަވެސް ޖޯސެފަށް އައިސް އެކަހަލަ ފަރުވާއެއް ފަށަންވީ ކަމަށް ނަޑާޓް ބުންޏެވެ. މަންމަވެސް އެގޮތަށް ގަބޫލުވެ، ޑިސެމްބަރުގައި އަންނާނެކަމަށް ބުންޏެވެ. އެއީ އެ ދެމައިން ވާހަކަ ދެއްކި އެންމެ ފަހުފަހަރެވެ!

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން! (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 7787
ލިޔުއްވީ: Mischa Berlinski
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(20 ޑިސެމްބަރ 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޑރ. ޑޭވިސް އެ އިޝާރާތް ކުރެއްވި ވިހަ، ކޮންމެވެސް ގޮތަކުން އެމީހުން ބޭނުންވާ މީހެއްގެ ފާރުކޮޅެއްގައި އުނގުޅައިލެވިއްޖެނަމަ، ވަރަށް އަވަހަށް އެމީހަކަށް، ކިޔައިދެން ނޭނގޭ ފަދަ އުނދަގޫތަކެއް ދިމާވެ، ގައިގެ ކުލަ ފަނޑުވެ، ބޯ އަނބުރައެވެ. އަދި ވަރަށް ބޮޑަށް ދާ ހިއްލައި ގައިގެ ހަކަތަ ހުސްވެ، ވަރަށް ވަރުގަދަޔަށް ބޮލުގައި ރިއްސައި ހަށިގަނޑުގެ ގުދުރަތީ ހޫނުމިން މާބޮޑަށް ދަށްވެ އެމީހެއްގެ ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރ) ދަށްވެ ވިންދު އަވަސްވެ އެހެންނަމަވެސް އެ ޖަހާ ވިންދުގައި މާ ފާޅުކަމެއް ނުހުންނާނެއެވެ. މިހުރިހައި ކަމެއްގެ އިތުރުން ބަލިމީހާގެ ލޮލުގެ ކޮއި ވަރަށް ބޮޑަށް ހުޅުވި، ވަކި އެއް ދިމާއަކަށް ބަލާގޮތަށް ލޯ ހުއްޓި  ނޭވާލާން ދަތިވެ ބަލާބެލުމަށް ‘މަރުވަނީ’އެވެ. ބަލިމީހާއަށް ހަމަ އެއްވެސް ހަރަކާތެއް ނުކުރެވޭ ނަމަވެސް ގިނަފަހަރަށް އޭނާ ހޭ ހުރެއެވެ! ވާނުވާ އެނގެއެވެ!

އެ ދުނިޔެއާއި މި ދުނިޔޭގެ ދެމެދުގައި އުޅޭ ޒޮންބީން!

ކިޔާފައިވާ ޢަދަދު: 7927

ލިޔުއްވީ: :  Mischa Berlinsk
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑުމެންގެ ގިނަ މީހުންގެ ޚިޔާލަށްވެސް ނާންނާނެ ހަގީގަތްތަކެއް އެކުލެވޭ މި މަޒުމޫނު އަޅުގަނޑު ކީ އިންޓަނެޓުގައި ޝާއިއު ކުރާ އެޕިކް މެގެޒިނުންނެވެ. ލިޔުއްވި ލިޔުންތެރިއަކީ  މިހާރު އުމުރުން 40 އަހަރުގެ އެމެރިކާ ރައްޔިތެކެވެ. ނޫސްވެރިއެއްގެ ގޮތުން ތަފާތު ލިޔުއްވުން ލިޔުއްވައިފައިވެއެވެ. މީނާގެ ފޮތް ‘ފީލްޑްވާރކް’ އަކީ ފޮތަށް ފާޑުކިޔާ ނާގިދުންގެ ކުރިމަތީގައި ވަރަށް މަގްބޫލު ފޮތެކެވެ. އެޕިކް މަޖައްލާގައި އޭނާ ލިޔުއްވި  ހަގީގީ ހާދިސާ “ޒޮންބީވާރލްޑް” ގެ ތަރުޖަމާއާއިގެން ކުރިޔަށް ދާނަމެވެ.

ތަރައްޤީގެ އިންޖީނަށް ބޭނުންވާ ހަކަތައާއި ތިމާވެށީގެ ގުޅުން

ކިޔާފައިވާ ޢަދަދު: 3292
އަޙުމަދު މުއުމިން

ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ ވާހަކައަކީ އަބަދުވެސް ދައްކައި އުޅޭ ވާހަކައެކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ފުދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ އާ ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް، ސަރުކާރުން ބޮޑެތި އާ މަޝްރޫޢުތަކެއް އިޢުލާންކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި މިފަދަ މަޝްރޫއުތަކުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކާމެދު ވިސްނައިލުމަކީ މުހިއްމުކަމެކެވެ. ވަކިން ޚާއްޞަކޮށް ތަރައްޤީގެ މަސައްކަތްތަކުގެ އިންޖީން ހިންގުމަށް އަންދާ ހަކަތައާއި ތިމާވެއްޓާ ހުރި ގުޅުން ދެނެގަންނަން ޖެހެއެވެ.

އިދި

ކިޔާފައިވާ ޢަދަދު: 4532
އިބްރާހީމު ރަޝީދު މޫސާ

ކާރުފޫރު ކުންފުނި(1)  އުފެއްދުމަށް ފަހު އެ ތަން އިޝްތިހާރު ކުރުމަށްޓަކައި ޖެހި ފުރަތަމަ އިޢުލާނުގައި ވަނީ ” ކާރުފޫރު ތެރެއިން އިދިނޫން ހުރިހާ  ކަމެއް  ފެންނާނެއެވެ.”  މިއީ ގަންނަމީހުންގެ ސަމާލުކަން ދަމައިގަތުމަށްޓަކައި ކޮށްލި  އިޢުލާނެއް ކަމަށް މީހަކު ހީކޮށްފާނެއެވެ. އެކަމަކު މި އިޢުލަނާ މެދު ވިސްނާ ފިކްރުކުރި މީހުން ބުނާ ގޮތުގައި ، މިއީ ފަރަންސޭސިންގެ ޠަބީޢަތުގައިވާ ނުރަނގަޅު ސިފައަކާ ދެކޮޅަށް ޖެހި އިއުލާނެކެވެ. ފަރަންސޭސިންނަކީ އެމީހުންގެ ޠަބީޢަތުގައި ކޮންމެ ކަމަކާ މެދު ވެސް އެންމެ ފުރަތަމަ އިދިކޮށް ވިސްނާ ބަޔެކެވެ. އެމީހުން އެއްޗެއްގައިވާ  ނުވަތަ ކަމެއްގައިވާ އީޖާބީކަމާ މެދު ވިސްނާނީ ނޫނެކޭ  ބުނުމަށް ފަހުގައެވެ.
 

އޭރުގެ ފަތްފުށްތަކުން…. (51)

ކިޔާފައިވާ ޢަދަދު: 2892

مدرسى دور ހިތަށްއަރާފައި

ހިތާމަކުރަންމިއެގުނީމިހާރުއެވެ.

ސައިކުރާ إبرهيم نعيم


އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޝާޢިރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ރީތި ވާހަކަތަކެއްގެ  މުޞައްނިފެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. އަދި ނަމޫނާ ނޫސްވެރިއެއްވެސް މެއެވެ. މީގެއިތުރުން ތާނަ ބޮޑުއަކުރު ލިޔުމުގެ ޚާއްޞަ ފަންނުވެރިއެކެވެ.