ޚިޔާލު ފާޅުކުރުން – އިމެއް ނެތް މިނިވަންކަމެއް ބާ!

ކިޔާފައިވާ ޢަދަދު: 5713
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ވެސް އޮންނަން ޖެހޭނެ މިނިވަންކަމެކެވެ. ޤައުމު ބިނާކުރުމުގައި ފަރުދުންގެ ޒިންމާއާއި ވާޖިބު އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނީ އޭރުންނެވެ. ޤައުމީ މަސައްކަތްތަކާއި ޤައުމުގެ ދުވެލި ހަލުވިވެގެން އަންނާނީ ވެސް އޭރުން ނެވެ. މިއީ އެންމެން ގަބޫލުކުރާ އަސާސެކެވެ. ހަމައެކެވެ. އެހެންނަމަވެސް މި ހަމަ އާއި އަސާސަކީ މިއަދުގެ ތަހުޒީބާއެކު އައި ކަމެއް ނޫނެވެ. މީގެ އެތައް އަހަރަކުތަކެއް ކުރިން މާތް ނަބިއްޔާ އަޅުގަނޑުމެނާ ހަމައަށް ގެނެސް ތަންފީޒު ކޮށްދެއްވައިފައިވާ އުޞޫލަކާއި ހަމައެކެވެ.

މާލޭ ސިޓީކައުންސިލަށް ތަހުނިޔާއާއި މުބާރިކުބާދީ!!

ކިޔާފައިވާ ޢަދަދު: 8914
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާލޭ ސިޓީ ކައުންސިލަކީ މާލޭ ރައްޔިތުންނަށް ބޭނުންވާ، ވަރަށް ގިނަ ޢާއްމު ޚިދުމަތް ދިނުމުގެ ޛިންމާއާ ޙަވާލުވެފައިވާ މުއައްސަސާ އެކެވެ. ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ. އެހެންކަމުން މި މުއައްސަސާގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ވެސް ވަރަށް ގިނައިން އަރައެވެ. ގިނަފަހަރު ތަޢުރީފުގެ ލަފުޒުތަކަކުންނެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުގެ ގަލަން މި އުފުލައިލީ ހަމަ ގައިމުވެސް ނުރުހުމުގެ ޝުޢޫރުތަކަކާ އެކީގައެއް ނޫނެވެ. އެކަމަކު ހިތުގެ އަޑިން ތަޢުރީފުކޮށް ސާބަސްދިނުމަށް ޓަކައެވެ.

އެކަނިވެރި ބަފައެއްގެ އިލްތިމާސް

ކިޔާފައިވާ ޢަދަދު: 8899
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަހަންނަކީ  ރަނގަޅު ދިރިއުޅުމެއް ހޯދޭތޯ ބައި ގަރުނެއްހާ ދުވަހު ވަރަށް ބުރަ މަސައްކަތް ކޮށް، ކުރި މިންނަތް މަސައްކަތުގެ ފޮނިމީރުކަން މުދަލާއި ފައިސާގެ ތަނަވަސް ކަމުގެ ގޮތުން ފެންނަން ހުރި މީހަކީމެވެ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިން ފިޔަވައި އެހެން މީހުންނަށް ހީވާނީ އަހަންނަކީ ވަރަށް ކާމިޔާބު މީހެއްކަމަށެވެ. މާލޭގައި ހިންގާ ކޮންމެ ބޭންކަކަށް އަހަރެން ވަނަސް އެތަނުގެ އެންމެ އިސް މެނޭޖަރު އަހަންނަށް ދޭ ސަމާލުކަމުން އޭނާ އެހުރީ ހަމަ އަހަރެންގެ އިންތިޒާރުގައި ކަމަށް ބަލަން ހުންނަ މީހަކަށް ހީވާނެއެވެ! ބޮޑު ގެއަކާއި އަގުބޮޑު ކާރާއި،  އެހެންކަމެއް ނުކޮށް ހަމަ އެކަނި އަހަރެންގެ ޚިދުމަތުގައި ހުންނަ ޑްރައިވަރެއް  މިހާރު މި ލިޔުންކޮޅު ލިޔާއިރު ވެސް މި ގޭގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގައި އެބައުޅެއެވެ. 

ފެންނަ ރަނގަޅުކަންތައް ފާހަގަކޮށްގެން ގޯސްކަންތައް އިޞްލާޙު ކުރަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 3124
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފް ، ރޯޒީ، ށ.ފުނަދޫ 
ފުނަދޫ ސްކޫލުގެ ބައިތަކުގެ މެދުގައި ބޭއްވުނު 10 ވަނަ ފުޓްބޯޅަ މުބާރާތް ހިނގަމުން ދިޔަ ދުވަސްވަރެވެ. ރަށުގައި ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންގެ މަޢުލޫމާތު ހޯދުމަށް ކުރި ސާވޭއެއްގެ ހަވާސާއިން އެ މުބާރާތުގައި ފާހަގަ ކޮށްލެވުނު ކުޅުންތެރިއަކާއި ވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބިގެން ފުރަތަމަވެސް ފެށީ ފުޓުބޯޅައިގެ ވާހަކައިންނެވެ.

ވަކިވާކަށް ބޭނުމެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 3101
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
އަހަންނަކީ ފުނަދޫގެ ފެހި ޖައްވަށް ފިނިކަމާއި ހިތްފަސޭހަކަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ގަސް ތަކުގެ ތެރެއިން ގަހެކެވެ.އެފަދަ ގަސް ތަކުގެ ތެރެއިންވެސް ޤަދަރު ކުރެވޭ ގަހެކެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގައި މިބިމުގައި ފައި ހަރުކޮށްގެން ހުރީ އަހަރެންގެ ސަބަބުން މި ރަށުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ކަމާއި ހިޔާދިނުމަށެވެ.

މި ބިމަކީ މުޤައްދަސް ބިމެކެވެ.

ކިޔާފައިވާ ޢަދަދު: 7570
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
މިއީ  އެމެރިކާގެ  ދޮންމީހުން  ގޮސް  ރެޑް އިންޑިއަން  ދަރިކޮޅުގެ  މީހުންގެ  ބިން  ގަންނަން  އެދުނީމާ  އެ މީހުންގެ ވެރިޔާ 1854 ވަނަ  އަހަރު  އޭނާގެ ރައްޔިތުންނާ މުޚާޠަބްކުރައްވައި ދެއްކެވި ވާހަކަފުޅުގެ  ތަރުޖަމާއެކެވެ. މި  ތަޤްރީރު މިހާރު  ވެސް  ވޮޝިންގޓަނުގައި ރައްކާކުރެވިފައި  އެބަ އޮތެވެ. ތިމާވެށްޓާ ބެހޭ ގޮތުން  އަޑުއިވިފައިވާ އެންމެ ރީތި، އެންމެ  އަސަރުގަދަ  ވާހަކަތަކުގެ ތެރޭގައި  މި ތަޤްރީރު ހިމެނެއެވެ.

ޚާއްސަ ދެދުވަހެއްގައި އިރުގެ އެހީގައި ޤިބްލަ ހޯދާނޭގޮތް

ކިޔާފައިވާ ޢަދަދު: 8824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަޙްމަދް ސަމީރު ޢަލީ

މި މަޒުމޫނު އަޅުގަނޑު ހަދިޔާ ކޮށްލާހިތްވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ތަޢުލީމު ހޯދުމުގެ ފަރުޟު އަދާކުރަމުން، އެހާމެ ބުރަކޮށް އުޅެމުންވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، އަޅުގަނޑުމެންގެ  ދެލޯފަދަ ދިވެހި ދަރިވަރުންނަށެވެ. ތިޔަ ދަރިވަރުންނަކީ ޤައުމުގެ ކުރިމަގެވެ، އެތައްބައެއްގެ އުންމީދެވެ، ހިތްވަރުކުރާށެވެ. ހުރިހާ ދިވެހިން ތިޔަ ދަރިވަރުންނަށް ހެޔޮ ދުޢާކުރެއެވެ.

ޢަދާލާތްތެރި ޤާނޫނަށްވުރެ ޢަދާލާތްތެރި ޤާޟީން މާމުހިންމެވެ.

ކިޔާފައިވާ ޢަދަދު: 9463
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ

މި ލިޔުމުގައި އަޅުގަނޑު ހިމަނައިލަން ގަސްތު ކުރަނީ މީގެ 25 އަށް އަހަރު ކުރިން އަޅުގަނޑު ކިޔަވަން އުޅުނު ދުވަސްވަރު، ކީ މަޒްމޫނެއްގައި ހިމެނުނު ވަރަށް އިބްރަތްތެރި ވާހަކައެވެ. އެ މަޒްމޫނު ލިޔުއްވި މުޅި އަރަބި ދުނިޔެއަށް މަޝްހޫރު ނޫސްވެރިޔާ އަނީސް މަންސޫރު މިހާރު ނިޔާވެއްޖެއެވެ. އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު   ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.

ކަނީރު: ވިހަގަދަ އެކަމަކު ރީތި މަލެއް

ކިޔާފައިވާ ޢަދަދު: 4384
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
ކަނީރުގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައި ވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާ ހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެ ގަހުން މާބޮނޑިތައް ބިނދެގެން ގޭތެރޭގައި ވެސް ބަހައްޓައި އުޅެމެވެ.

ރާޅާ އެޅުން….. ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 8933
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަހްމަދު ސަމީރު އަލީ
މާލޭގެ އިރުމަތި ފަރާތުގައިއެވާ މަޝްހޫރު ވަރުނުލާ ރާޅުގަނޑުގެ އެންމެ ބިޔަ ރާޅުތަކުގެ ބާރުގަދަހޮޅި މަތީގައި ކުޑަ ފައިބަރު ކަނދުކޮޅެއްގެ މަތީގައި ލުއިލުއި ހަރަކާތްކޮޅެއް ކުރަމުން ރާޅާ އަޅަން އެއުޅޭ ކުދިންގެ ހުނަރުވެރިކަމަކީ އާދައިގެ  ކަމެއްނޫންކަން ކުޑަ އިރުކޮޅަކު އެކަމަށް ވިސްނާލިޔަސް އަޅުގަނޑުމެނަށް ހާމަވެގެންދާނެއެވެ.