ކައިރި… ނަމަވެސް ދުރުގައިވާ މަލިކު (2)

ކިޔާފައިވާ ޢަދަދު: 451
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

-ފާރޫޤް ޙަސަން ޏ.މުލައް ( 23 އޯގަސްޓު 2016 އިގެ ބަޔާ ގުޅޭ) މަލިކަށް އެންމެ ގިނައިން ވާރޭވެހެނީ މެއި މަހުން ފެށިގެން އޮކްޓޯބަރުމަހުގެ ނިޔަލަށެވެ. އެވްރެޖްކޮށް އަހަރަކު 1640 މިލިމީޓަރުގެ ވާރޭވެހޭ ކަމަށް ވެއެވެ. ޢާންމުކޮށް ފިނިހޫނުމިން ހުންނަނީ ދާދި އެއްވަރަކަށެވެ. އާދެ،  ސެންޓިގުރޭޑް 25 ދަރަޖައާއި 35 ދަރަޖައާ ދެމެދުގައެވެ. މަލިކުގައި މީހުން އުޅެން ފެށުން ލަކްޝަދީބާ ބެހޭ ގޮތުން ލިޔާ ބައެއް ލިޔުންތެރީން ބަޔާންކުރާ ގޮތުގައި ލަކްޝަދީބަށް (މަލިކުވެސް ހިމެނޭ ގޮތަށް) މީހުން…

ކައިރި… ނަމަވެސް ދުރުގައިވާ މަލިކު

ކިޔާފައިވާ ޢަދަދު: 386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާރޫޤު ޙަސަން ޏ.މުލަކު މިއީ “ފަތްތޫރަ” މަޖައްލާގައި ސިލްސިލާއެއްގެ ގޮތުގައި ޖަހައިފައިވާ ވަރަށް ވެސް ބޭނުންތެރި މަޒުމޫނެކެވެ. މިއަގުހުރި މަސައްކަތްޕުޅަށްޓަކައި ލިޔުންތެރިޔާ އަލްފާޟިލް ފާރޫޤް ޙަސަނަށް ތަހުނިޔާ ދަންނަވަމެވެ. އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފާރޫޤު ޙަސަން ޏ.މުލަކު) އަކީ، 1972 ން ފެށިގެން މެދުނުކެނޑި ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ. ފާރޫޤު އެންމެ ގިނައިން ލިޔުއްވާފައިވަނީ، އިސްލާމީ އިސްލާމީ ތާރީޚާއި ދީނީ މަޢުލޫމާތުގެ ލިޔުންތަކެވެ. އެ ރޮނގުން ގިނަ ފޮތްތަކެއް ލިޔުއްވައި، ތަރުޖަމާ ކުރައްވާފައިވެއެވެ.  ފާރޫޤަށް ވަނީ،…

ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން

ކިޔާފައިވާ ޢަދަދު: 500
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ.  އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ. މީހަކު ފިލްމެއް އުފައްދާނީ…

މުމްބައީގެ ފެން ބޭކާރު ކުރުން ޓަތްކަކުން ޓަތްކަކުން ހުއްޓުވާ މީހާ

ކިޔާފައިވާ ޢަދަދު: 398
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ގީތާ ޕަންޑޭ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު
އާދީއްތަ ދުވަހެއް ހެނދުނެވެ. ރަށަކީ މުމްބައިއެވެ. ތަނަކީ މީރާ މަގުގައި ހުރި އެތައް އެޕާޓްމެންޓެއްގެ މައްޗަށް އެކުލެވިގެންވާ ބޮޑު ބިނާއެކެވެ. މިތާނގެ އެންމެ މަތީ ބުރީއަށް އުމުރުން އައްޑިހަ އަހަރުވެފައި ހުރި މީހަކު އަރައިގެން އައިސް ދޮރެއްގައި ޓަކިދީފިއެވެ. މިގޮތަށް ވޭތުވެގެން ދިޔަ ހަތަރުގަޑިއިރުގެ ތެރޭގައި މިބިނާގައި ހިމެނޭ 50 އެޕާޓްމެންޓުގައި އޭނާ ޓަކިދެއެވެ. އޭނާ ކުރަނީ އެއްސުވާލެކެވެ. “ފެން ފައިބާ އިސްކުރެއް އެބަހުރި ހެއްޔެވެ؟” މީހަކީ އިނާމް ލިބިފައިވާ ލިޔުންތެރިޔާ އިތުރަށް ކުރެހުންތެރިޔާ އަދި ކާޓޫނު ކުރަހާ މީހާ އަދި 80 ފޮތުގެ މުސައްނިފު އާބިދް ސުރުތީއެވެ. އޭނާ ކައިރީގައި ފެންވައިރުކުރާ މީހަކާއި އެހީތެރިއަކު ހުއްޓެވެ.
 

ހިތްތިރި އިހުތިރާމް

ކިޔާފައިވާ ޢަދަދު: 714
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބުރާހީމް ހުސެން މަނިކު

އުތުރުކަރައިގެ ސިނާއީ އުފެއްދުންތެރިއެއް ކަމުގައިވާ ޒާވިޔާ ޕޫނޭވާލާއަކީ އެކަރައިގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. ވަރަށް ކަމަށްކަމޭހިތުމާއެކު އޭނާއަށް ޚިދުމަތްކޮށް ދިން ކާރު ޑުރައިވަރު ދަތު ނިޔާވީ މުހިންމު ވިޔަފާރިއެއް ނިންމާލުމަށް ޒާވިޔާ މުންބައިއަށް ގޮސް ބަޔަކާ ބައްދަލުކޮށްގެން ވާހަކަދައްކަން އިންދައެވެ. ދަތުގެ މަރުގެ ޚަބަރު ލިބުމާއެކު ޒާވިޔާ ހަމަ ވަގުތުން ބައްދަލުވުން ކެންސަލްކޮށްފައި އަވަހަށް އައީ ރަށަށެވެ. ބޭނުމަކީ ޚާއްސަ މުނާސަބަތުތަކުގައި އޭނާ ބޭނުންކުރަން ބާއްވާފައި އޮންނަ ބޮޑު ލިމޮސީން ކާރު އަދު ދަތަށް ޓަކައި ޚާއްސަކޮށް މާމެލާމެލިން ޒީނަތްތެރި ކުރުމެވެ.

ބިލިއަން ޑޮލަރުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ސަލީމް

އަހަރެންނަށް ވިސްނުނުގޮތުގައި ބްރެޒިލް މީހުންނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކޮންމެ ކަމަކަށްފަހު، އާންމު އުޞޫލެއްގެ ގޮތުން އެބައިމީހުން ދެފަހަރު އަތްދޮވެ ސާފުކުރެއެވެ. އަދި ޢާންމުގޮތެއްގައި ކޮންމެ ރެސްޓޯރެންޓެއްގެ ބޭރުގައި ސިންކްހުރެއެވެ. އަދި އެތަނުގައި ސައިބޯންޏާއި އަތްފުހޭނެ ޓިޝޫ ހުރެއެވެ. ތިޔައިން މީހަކު އެފަދަ ރެސްޓޯރަންޓަށް މެންދުރުގެ ކެއުމައަށް ވަންނަ އިރު އަތްދޮވޭނެ އިންތިޒާމް އެތަނުގައި ވަނީ ހަމަޖެހިފައެވެ.

ފަސްކުރުމަކީ ގޯސް ގޮތެއް ނޫނެވެ

ކިޔާފައިވާ ޢަދަދު: 604
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ލައިނަލް ވިޖޭސިރީ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު

“ފަސްކުރުމޭ” ބުނުމުން ބަނޑުގައި އޮތް މާނައެއް ކަމުގައި ގިނަ މީހުންނަށް ނެގެނީ ކަންނެތްކަމެވެ. މީހާގެ ޝަޚުސަށް ރިއާޔަތްކޮށް ކަމުގެ ފުނަށް ފީނުމުގެ ބަދަލުގައި އެމީހުން ހައްލެއްކަމަށް ދެކެނީ ފަރިތަވެފައި ހުރި އާދަ ބަދަލުކުރުމެވެ. ކަމާ މެދު ތަފާތު ނަޒަރަކުން ބެލިދާނެ ހެއްޔެވެ؟ މިސާލެއް ނަގަމާ ހިނގާށެވެ. ކުންފުންޏެއްގެ މުއައްޒިފުންނާ ބެހޭ މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ރައްޓެއްސެއް ގާތުގައި އަހަރެން އެއް ދުވަހު ޝަކުވާ ކުރީ ކޮންމެ ކަމެއް ވެސް ފޫކޮޅުގައި ރޯވަންދެން ފަސްކުރަން މަގޭ ކަށީގައި ހިފައިފައި ހުރި ގޯސް އާދަޔާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި އޭނާ ބުންޏެވެ. “ފަސްކުރުމަކީ ތިބާގެ ޝަޚުސީ ސިފައެކެވެ. ތިބާ ތިޔަ ހަދަނީ ރަނގަޅަށެވެ. ތިޔައިގައި ގޯހެއް ނެތެވެ.” އޭނާ އެބުނަނީ ތެދަކަށް ވެސް ވެދާނެއެވެ. ކަންކަން ފަސްކުރުމަކީ ގައިމު ވެސް މަގޭ ގޮތެވެ.
 

ތެޔޮ އަގުހެޔޮވުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 556
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބްރާހީމް ސަލީމް 
ފާއިތުވީ 18 މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ދަށަށް ދިއުމުން ވަރަށް ފުޅަދާއިރާއެއްގައި ބައިނަލް އަޤްވާމީ އާމްދަނީ ބެހިފައިވާ ގޮތް ބަދަލުވެގެންދެއެވެ. ވިއްކާ މީހުން ފެށިގެން ގަންނަ މީހުންނަށެވެ.  ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރަނީ ނުވަތަ ގެއްލުން ލިބޭ ފަރާތްތަކަކީ ތެޔޮ އުފައްދާ އެކްސްޕޯރޓްކުރާ ފަރާތްތަކަށެވެ. އަދި ތެޔޮ އަގު ހެޔޮވުމުން އެއިން އެންމެ ބޮޑު ފައިދާ ކުރާ ފަރާތްތަކަކީ ތެޔޮ އިމްޕޯރޓްކުރާ އަދި ތެޔޮ ބޭނުންކުރާ ފަރާތްތަކެވެ. މިގޮތުން ތެޔޮ އަގު ހެޔޮވުމުން ލިބޭ ފައިދާ ތަކަށް ކުރު ގޮތަކަށް ބަލައިލަމާ ހިނގާށެވެ.
 

މިޔުޗުއަލް ފަންޑް ހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް

ކިޔާފައިވާ ޢަދަދު: 530
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް 
މިޔުޗުއަލް ފަންޑަކީ އާންމުންގެ އަތުން ފައިސާ ނަގައިގެން އެކިކަންކަމަށް އިންވެސްޓްކުރާ ފަންޑަކަށްވުމުން ރެގިޔުލޭޓަރީ އިދާރާތަކުން ވަނީ ފަންޑް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅައިފައެވެ. އެ އުޞޫލުތަކަށް ފަންޑް ހިންގާ ފަރާތްތަކުން ތަބާވާންޖެހެއެވެ. މިގޮތުން އިންވެސްޓަރުން ހިމާޔަތްކުރުމަށްޓަކައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިޔުރިޓީޒް ކަމިޝަން (އައެސްކޯ) އިން ވަނީ މިންގަނޑު ތަކެއް ކަނޑައަޅައިފައެވެ.

[ހެޔޮލަފާ އިންސާނަކަށް ވާށެވެ!] ޅެމެއްގެ މާނައާއި ޝަރަޙައެއް

ކިޔާފައިވާ ޢަދަދު: 1081
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ. މަންޒިލް

އަނެއްކާވެސް މިއީ އީލިޔާ އަބޫމާޟީގެ ޅެމެއްގެ ތަރުޖަމާއާއި އެޅެމުގެ ޝަރަހައެކެވެ. އޭނާގެ كن بلسما މިޅެމުން ހޮވައިލެވިފައިވާ ބައިތުކޮޅެއްގެ ތަރުޖަމާއާއި ޝަރަހައެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ދެ ޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައިވާނެއެވެ. އަދި އެއާއެކު އީލިޔާގެ ކުޑަ ތައާރަފެއްވެސް ގެނެސްދެވިފައިވާނެއެވެ. އެތައާރަފުން ބައެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.