ބިލިއަން ޑޮލަރުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 981

އިބްރާހީމް ސަލީމް

އަހަރެންނަށް ވިސްނުނުގޮތުގައި ބްރެޒިލް މީހުންނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކޮންމެ ކަމަކަށްފަހު، އާންމު އުޞޫލެއްގެ ގޮތުން އެބައިމީހުން ދެފަހަރު އަތްދޮވެ ސާފުކުރެއެވެ. އަދި ޢާންމުގޮތެއްގައި ކޮންމެ ރެސްޓޯރެންޓެއްގެ ބޭރުގައި ސިންކްހުރެއެވެ. އަދި އެތަނުގައި ސައިބޯންޏާއި އަތްފުހޭނެ ޓިޝޫ ހުރެއެވެ. ތިޔައިން މީހަކު އެފަދަ ރެސްޓޯރަންޓަށް މެންދުރުގެ ކެއުމައަށް ވަންނަ އިރު އަތްދޮވޭނެ އިންތިޒާމް އެތަނުގައި ވަނީ ހަމަޖެހިފައެވެ.

ފަސްކުރުމަކީ ގޯސް ގޮތެއް ނޫނެވެ

ކިޔާފައިވާ ޢަދަދު: 1039

ލިޔުނީ: ލައިނަލް ވިޖޭސިރީ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު

“ފަސްކުރުމޭ” ބުނުމުން ބަނޑުގައި އޮތް މާނައެއް ކަމުގައި ގިނަ މީހުންނަށް ނެގެނީ ކަންނެތްކަމެވެ. މީހާގެ ޝަޚުސަށް ރިއާޔަތްކޮށް ކަމުގެ ފުނަށް ފީނުމުގެ ބަދަލުގައި އެމީހުން ހައްލެއްކަމަށް ދެކެނީ ފަރިތަވެފައި ހުރި އާދަ ބަދަލުކުރުމެވެ. ކަމާ މެދު ތަފާތު ނަޒަރަކުން ބެލިދާނެ ހެއްޔެވެ؟ މިސާލެއް ނަގަމާ ހިނގާށެވެ. ކުންފުންޏެއްގެ މުއައްޒިފުންނާ ބެހޭ މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ރައްޓެއްސެއް ގާތުގައި އަހަރެން އެއް ދުވަހު ޝަކުވާ ކުރީ ކޮންމެ ކަމެއް ވެސް ފޫކޮޅުގައި ރޯވަންދެން ފަސްކުރަން މަގޭ ކަށީގައި ހިފައިފައި ހުރި ގޯސް އާދަޔާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި އޭނާ ބުންޏެވެ. “ފަސްކުރުމަކީ ތިބާގެ ޝަޚުސީ ސިފައެކެވެ. ތިބާ ތިޔަ ހަދަނީ ރަނގަޅަށެވެ. ތިޔައިގައި ގޯހެއް ނެތެވެ.” އޭނާ އެބުނަނީ ތެދަކަށް ވެސް ވެދާނެއެވެ. ކަންކަން ފަސްކުރުމަކީ ގައިމު ވެސް މަގޭ ގޮތެވެ.
 

ތެޔޮ އަގުހެޔޮވުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 992
 
އިބްރާހީމް ސަލީމް 
ފާއިތުވީ 18 މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ދަށަށް ދިއުމުން ވަރަށް ފުޅަދާއިރާއެއްގައި ބައިނަލް އަޤްވާމީ އާމްދަނީ ބެހިފައިވާ ގޮތް ބަދަލުވެގެންދެއެވެ. ވިއްކާ މީހުން ފެށިގެން ގަންނަ މީހުންނަށެވެ.  ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރަނީ ނުވަތަ ގެއްލުން ލިބޭ ފަރާތްތަކަކީ ތެޔޮ އުފައްދާ އެކްސްޕޯރޓްކުރާ ފަރާތްތަކަށެވެ. އަދި ތެޔޮ އަގު ހެޔޮވުމުން އެއިން އެންމެ ބޮޑު ފައިދާ ކުރާ ފަރާތްތަކަކީ ތެޔޮ އިމްޕޯރޓްކުރާ އަދި ތެޔޮ ބޭނުންކުރާ ފަރާތްތަކެވެ. މިގޮތުން ތެޔޮ އަގު ހެޔޮވުމުން ލިބޭ ފައިދާ ތަކަށް ކުރު ގޮތަކަށް ބަލައިލަމާ ހިނގާށެވެ.
 

މިޔުޗުއަލް ފަންޑް ހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް

ކިޔާފައިވާ ޢަދަދު: 967
އިބްރާހީމް ސަލީމް 
މިޔުޗުއަލް ފަންޑަކީ އާންމުންގެ އަތުން ފައިސާ ނަގައިގެން އެކިކަންކަމަށް އިންވެސްޓްކުރާ ފަންޑަކަށްވުމުން ރެގިޔުލޭޓަރީ އިދާރާތަކުން ވަނީ ފަންޑް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅައިފައެވެ. އެ އުޞޫލުތަކަށް ފަންޑް ހިންގާ ފަރާތްތަކުން ތަބާވާންޖެހެއެވެ. މިގޮތުން އިންވެސްޓަރުން ހިމާޔަތްކުރުމަށްޓަކައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިޔުރިޓީޒް ކަމިޝަން (އައެސްކޯ) އިން ވަނީ މިންގަނޑު ތަކެއް ކަނޑައަޅައިފައެވެ.

[ހެޔޮލަފާ އިންސާނަކަށް ވާށެވެ!] ޅެމެއްގެ މާނައާއި ޝަރަޙައެއް

ކިޔާފައިވާ ޢަދަދު: 1341
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ. މަންޒިލް

އަނެއްކާވެސް މިއީ އީލިޔާ އަބޫމާޟީގެ ޅެމެއްގެ ތަރުޖަމާއާއި އެޅެމުގެ ޝަރަހައެކެވެ. އޭނާގެ كن بلسما މިޅެމުން ހޮވައިލެވިފައިވާ ބައިތުކޮޅެއްގެ ތަރުޖަމާއާއި ޝަރަހައެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ދެ ޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައިވާނެއެވެ. އަދި އެއާއެކު އީލިޔާގެ ކުޑަ ތައާރަފެއްވެސް ގެނެސްދެވިފައިވާނެއެވެ. އެތައާރަފުން ބައެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.

މިޔުޗުއަލް ފަންޑަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 979
އިބްރާހީމް ސަލީމް
މިއުޗުއަލް ފަންޑަކީ އިންވެސްޓް ކުރުމަށް ބޭނުންކުރާ މުހިންމު އެއް ވެހިކަލެވެ. މިއުޗުއަލް ފަންޑަކީ ގިނަ އިންވެސްޓަރުންތަކެއްގެ އަތުން ފައިސާ ހޯދައި ޖަމާކޮށް އެއްކުރާ ބޮޑު ފަންޑެކެވެ. މިގޮތަށް ފަންޑެއް ހެދުމުގެ ބޭނުމަކީ ތަފާތު ސެކިޔުރިޓީޒް (ކެޕިޓަލް މާރކެޓް ޕްރޮޑަކްޓް) ތަކުގައި އިންވެސްޓްކުރުމެވެ. މިސާލަކަށް ޙިއްޞާ، ބޮންޑް، މަނީ މާރކެޓްގެ ވަސީލަތްތައް، އަދި އެފަދަ އެސެޓްތަކެވެ.

އިންޓަނެޓު ބޭނުންކުރުމާމެދު ބައްޕައެއްގެ ނަސޭހަތް

ކިޔާފައިވާ ޢަދަދު: 1409
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދަރިފުޅާއެވެ!  ގޫގުލް އާއި، ވަޓްސްއަޕާއި ޓުވިޓަރާއި ސްނެޕްޗެޓާއި އިންސްޓަގްރާމާއި ފޭސްބުކް ފަދަ އިޖްތިމާއީ ވިޔުގަ ތަކުގެ ފުން ހިސާބު ހިސާބުގައި ހަމަ ކަށަވަރުން، ލައްކަ ގިނަ ފިރިހެނުންނާއި އަންހެނުންގެ އަޚުލާގު މިހާރު ވަނީ ގެއްލިފައެވެ! ވަރަށް ގިނަ ޒުވާން ފިރިހެނުންނާއި ޒުވާން އަންހެނުންގެ ހަމަބުއްދިވެސް ވަނީ މިބުނި ފުން ކަނޑުއޮޅިތަކަށް ވެއްޓި އޮބާލައި ގެއްލިފައެވެ! ތެދުގެ އެއްފަޅި އެކަނި ބުނެ ހުއްޓައިލާންވީ ކީއްވެ ހެއްޔެވެ؟ ނުރަޖެހި ބައެއް މުސްކުޅިންވެސް ހަމަ އެހާލުގައި އެބައުޅެއެވެ! އެންމެ ލަދުވެތި ފުރައިގެ އެތައް ލައްކަ އަންހެންކުދިންނެއް، އެކުދިންގެ ޝަރަފާއި އަޙުލާގު މިވަގުތު އެވަނީ އެއްކަލަ ފޫ ނެތް ވަޅުތެރެއަށް ގަސްތުގައި އެއްލާލައި ނަގައިލައިފައެވެ! މިހެންވެ، އިސްވެ ބުނެވުނު ޒަމާނީ ފަސޭހަތައް ބޭނުންކުރާއިރު ދަރިފުޅާއި ދަރިފުޅުފަދަ އެހެން ކުދިން ވަރަށްބޮޑަށް ސަމާލުވާން އެބަޖެހެއެވެ! 

ޗައިނާގެ ވަޢުދު: އެފްރިކާގެ ތަރައްޤީއަށް 60 ބިލިއަން އެމެރިކާ ޑޮލަރު

ކިޔާފައިވާ ޢަދަދު: 831
އިބްރާހީމް ސަލީމް
އެފްރިކާ ބައްރުގެ ތަރައްޤީއަށް ޗައިނާއިން 60 ބިލިއަން އެމެރިކާ ޑޮލަރު (40 ބިލިއަން ސްޓަރލިންގ ޕައުންޑް) އެހީގެ ގޮތުގައްޔާއި އަދި ލޯނުގެ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ޢިޢުލާންކޮށްފިއެވެ.
 
ޗައިނާގެ ރައީސް މރ. ޒީ ޕިންޖިއާންގ ވިދާޅުވީ ޕެކެޖްގައި ހިމެނެނީ ސުން ރޭޓްގެ އިންޓަރެސްޓް ލޯނާއި ސްކޮލަރޝިޕްތަކާއި، އަދި އެފްރިކާގެ އެތައް ހާސް މީހުން ތަމްރީނު ކުރުންކަމަށެވެ. މިކަން ޗައިނާގެ ލީޑަރު އިޢުލާންކުރެއްވީ ޖޮހޮނަސްބާރގްގައި އެފްރިކާ އާއި ޗައިނާގެ ސަމިޓްގައެވެ. މިއީ، އެފްރިކާގެ ހުއްޓުމެއްނެތް އަވަސް ކުރި އެރުމުގެ ހިނދުކޮޅު ކަމަށް އެފްރިކާ ބައްރުގެ 35 ލީޑަރުން ބައިވެރިވި ސަމިޓްގައި ވާހަކަ ދައްކަމުން ޗައިނާގެ ލީޑަރު މރ. ޒީ ވިދާޅުވިއެވެ.

ސްޓޮކް އެކްސްޗޭންޖަކީ، ކުންފުނީގެ އަގު އުފުލައިދޭ ޕްލެޓްފޯމެއް!

ކިޔާފައިވާ ޢަދަދު: 801
އިބްރާހީމް ސަލީމް
 ގިނަ ކުންފުނިތަކަކުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމުގެ ބޭނުމަކީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދުމެއް ނޫނެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެއްދުވަހުން އަނެއްދުވަހަށް ކުންފުނީގެ އަގު މާކެޓްގައި އުފުލައި މައްޗަށް ގެންދިއުމެވެ. މިގޮތަށް ކުންފުނީގެ އަގު އުފުލުމުން ގިނަ ފަރާތްތަކެއްގެ ޝައުޤުވެރިކަން ކުންފުންޏާ މެދު އިތުރުވެގެން ދެއެވެ. ނަތީޖާއަކަށް ވަނީ ކުންފުނީގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުވުމުން ކުންފުންޏަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ ފަރާތްތައް ލިބިގެންދިއުމެވެ. މިގޮތުން މިހާރު ކުންފުނީގައި އިންވެސްޓްކޮށްފައިވާ ފަރާތްތައް ކުންފުނީގެ އިންވެސްޓަރުންގެ ގޮތުގައި ދެމިތިބުމާއި އަދި އައު އިންވެސްޓަރުންވެސް ލިބެއެވެ.
 

ދިހަ މިލިއަން ހަމަވީ

ކިޔާފައިވާ ޢަދަދު: 1574
 
ޢަބްދުﷲ ނަޢީމް އިބްރާހީމް
23 ނޮވެމްބަރު 2015 ވީ އާދިއްދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ސައިޓުގެ ލިޔުންތައް ވިދާޅުވެފައިވާ ޖުމްލަ ޢަދަދު ދިހަ މިލިއަނަށް އަރައިފިއެވެ. މިއީ ވަރަށް އުފާވެރި ކަމެކެވެ. މި ސައިޓް އުފަންވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސައިޓުގެ ލިޔުންތައް ވިދާޅުވެފައިވާ ޢަދަދު އެއް މިލިއަނަށް އެރީ 28 މެއި 2013 ގައެވެ. މާނައަކީ އެއް އަހަރާއި ހަމަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން ފާއިތު މިވީ ދެ އަހަރާ ބައިގެ ތެރޭގައި މި ވަނީ ނުވަ މިލިއަން އިތުރު ވެފައެވެ. މިއީ މި ސައިޓަށް ކިޔުންތެރިން ދެއްވާ ތަރުޙީބުގެ އަލިގަދަ ހެއްކެކެވެ.