ރޯދަމަހަށް ބަދިގެ (3)

ކިޔާފައިވާ ޢަދަދު: 1200

ރޯދަމަހަށް ބަދިގެ (3)

ކަދުރު ރޯލްސް

ޒަޢީމާ 
 
(40 އެތިކޮޅު ހެއްދެވުމަށް)
 
• ބޭނުންވާ ތަކެތި:
250 ގ. ކަދުރު
1/2 ޖޯޑު ކަނަމަދު
1/4 ޖޯޑު ކެޖޫނަޓްސް
1/4 ޖޯޑު އާމަންޑްސް
1 ސައިސަމުސާ ގެރިކިރު

ތަޢުޒިޔާގެ ދަފުތަރު

ކިޔާފައިވާ ޢަދަދު: 3694

{jcomments on} ތަޢުޒިޔާގެ ދަފުތަރު

މިއީ ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ލިޔުންތެރިންގެ ވެބް ސައިޓާއި ލިޔުންތެރިޔާ މަޖައްލާއަށް ގިނަ ލިޔުއްތަކެއް ލިޔުއްވަމުންގެންދަވާ އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ، މ. ލަކީ ސްޓާރ އަލްފާޟިލް ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލި ކަތީބު) ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފައިވާތީ، އަލްފާޟިލް އަޙްމަދު ސަމީރު ޢަލީއަށާއި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާން ބޭނުންފުޅު ބޭފުޅުންނަށް ހުޅުވައިލެވުނު ދަފުތަރެކެވެ. މި ދަފުތަރުގައި ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން، ޚިޔާލުފުޅު ލިޔަން ޚާއްޞަ ކުރެވިފައިވާ ބައިގައި ލިޔުއްވަމުން ގެންދެވުން އެދެމެވެ. މި ދަފުތަރު ހުޅުވާފައި ހުންނާނީ 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހަން ދެންނެވެ  

އިޓަލީ ވިލާތުގެ ހިތްވަރުގަދަ ނޫސްވެރިއެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 4661
އަޙްމަދް ސަމީރު ޢަލީ
އިޓަލީ ވިލާތުގެ ( ވަކީން ޚާއްސަ ގޮތެއްގައި އިޓަލީގެ މެދުތެރޭ ހިސާބުގައި ހަރަކާތްތެރިވާ މަޝްހޫރު) މާފިޔާ ގޭންގުތަކާއި ބެހޭ ގޮތުން ރޮބޭޓޯ ސަވިއާނޯ ” Gomorrah ” ގެ ނަމުގައި ފޮތެއް ލިޔުނެއެވެ.  ‘ ކަމޯރާ’ ގެ ނަމުން މަޝްހޫރު ވެފައިވާ ގޭންގު ތަކުގެ ނަމަށް ކުޑަ ބަދަލެއް ގެނެސް ލިޔުނު މި ފޮތް ވެގެން ދިޔައީ ވަރަށް ހަލުވިކޮށް ވިކެން ފެށި ފޮތަކަށެވެ. ‘އެންމެ ގިނައިން ވިކޭ ‘ ފޮތްފޮތުގެ ލިސްޓުގައި އެމީހެއްގެ ފޮތެއް ހިމެނިގެން ދިޔުމަކީ ކޮންމެ ލިޔުންތެރިއަކުވެސް ވަރަށް ދެކޭ ހިތްވާ ދުވަހެކެވެ. ރޮބޭޓޯ ސަވިއާނޯއަށް އެ އުފާވެރި ދުވަސް ފެނިއްޖެއެވެ. ނަމަވެސް ހިތާމައަކީ އެކަމުގެ ފޮނިމީރުކަން އިހްސާސްކޮށް އުފަލުގައި އުޅޭނެ މިނިވަންކަން އެ ފޮތުގެ ސަބަބުން އޭނާއަށް ގެއްލުނުކަމެވެ! ކުޅަނދުރު ހަތާތަކަކަށް އޮއްގާ އުކުމުގެ ސަބަބުން މިހާރު މި ހިތްވަރުގަދަ ނޫސްވެރިޔާ އަށް އުޅެން ޖެހިފައިވަނީ ވަރަށް ފުރިހަމައަށް ތަމްރީނު ދެވިފައިވާ ހަށިފާރަވެރިންގެ ފަސް މީހުންގެ ޓީމެއްގެ ހިމާޔަތުގައެވެ! މި ޖެހިލުން ކުޑަ ނޫސްވެރިޔާ މިނުރައްކަލުގައި އުޅޭތާ މިހާރު 7 އަހަރު ވެއްޖެއެވެ!
 

ކަތި ދެ ގައު

ކިޔާފައިވާ ޢަދަދު: 2875
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(މިއީ ބުޑިސްޓް ރާހިބެއް ކަމުގައިވާ އަޔާން ބްރަހްމް ލިޔެފައިވާ “ހޫ އޯޑަރޑް ދިސް ޓްރަކްލޯޑް އޮފް ޑަންގް؟” މި ފޮތުގެ 3 ވަނަ ޞަފްޙާއިން 6 ވަނަ ޞަފްޙާއަށް އޮތް ވާހަކައެކެވެ.)