ތަޢުޒިޔާގެ ދަފުތަރު

ކިޔާފައިވާ ޢަދަދު: 3386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

{jcomments on} ތަޢުޒިޔާގެ ދަފުތަރު

މިއީ ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ލިޔުންތެރިންގެ ވެބް ސައިޓާއި ލިޔުންތެރިޔާ މަޖައްލާއަށް ގިނަ ލިޔުއްތަކެއް ލިޔުއްވަމުންގެންދަވާ އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ، މ. ލަކީ ސްޓާރ އަލްފާޟިލް ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލި ކަތީބު) ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފައިވާތީ، އަލްފާޟިލް އަޙްމަދު ސަމީރު ޢަލީއަށާއި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާން ބޭނުންފުޅު ބޭފުޅުންނަށް ހުޅުވައިލެވުނު ދަފުތަރެކެވެ. މި ދަފުތަރުގައި ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން، ޚިޔާލުފުޅު ލިޔަން ޚާއްޞަ ކުރެވިފައިވާ ބައިގައި ލިޔުއްވަމުން ގެންދެވުން އެދެމެވެ. މި ދަފުތަރު ހުޅުވާފައި ހުންނާނީ 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހަން ދެންނެވެ  

އިޓަލީ ވިލާތުގެ ހިތްވަރުގަދަ ނޫސްވެރިއެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 4500
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އިޓަލީ ވިލާތުގެ ( ވަކީން ޚާއްސަ ގޮތެއްގައި އިޓަލީގެ މެދުތެރޭ ހިސާބުގައި ހަރަކާތްތެރިވާ މަޝްހޫރު) މާފިޔާ ގޭންގުތަކާއި ބެހޭ ގޮތުން ރޮބޭޓޯ ސަވިއާނޯ ” Gomorrah ” ގެ ނަމުގައި ފޮތެއް ލިޔުނެއެވެ.  ‘ ކަމޯރާ’ ގެ ނަމުން މަޝްހޫރު ވެފައިވާ ގޭންގު ތަކުގެ ނަމަށް ކުޑަ ބަދަލެއް ގެނެސް ލިޔުނު މި ފޮތް ވެގެން ދިޔައީ ވަރަށް ހަލުވިކޮށް ވިކެން ފެށި ފޮތަކަށެވެ. ‘އެންމެ ގިނައިން ވިކޭ ‘ ފޮތްފޮތުގެ ލިސްޓުގައި އެމީހެއްގެ ފޮތެއް ހިމެނިގެން ދިޔުމަކީ ކޮންމެ ލިޔުންތެރިއަކުވެސް ވަރަށް ދެކޭ ހިތްވާ ދުވަހެކެވެ. ރޮބޭޓޯ ސަވިއާނޯއަށް އެ އުފާވެރި ދުވަސް ފެނިއްޖެއެވެ. ނަމަވެސް ހިތާމައަކީ އެކަމުގެ ފޮނިމީރުކަން އިހްސާސްކޮށް އުފަލުގައި އުޅޭނެ މިނިވަންކަން އެ ފޮތުގެ ސަބަބުން އޭނާއަށް ގެއްލުނުކަމެވެ! ކުޅަނދުރު ހަތާތަކަކަށް އޮއްގާ އުކުމުގެ ސަބަބުން މިހާރު މި ހިތްވަރުގަދަ ނޫސްވެރިޔާ އަށް އުޅެން ޖެހިފައިވަނީ ވަރަށް ފުރިހަމައަށް ތަމްރީނު ދެވިފައިވާ ހަށިފާރަވެރިންގެ ފަސް މީހުންގެ ޓީމެއްގެ ހިމާޔަތުގައެވެ! މި ޖެހިލުން ކުޑަ ނޫސްވެރިޔާ މިނުރައްކަލުގައި އުޅޭތާ މިހާރު 7 އަހަރު ވެއްޖެއެވެ!
 

ކަތި ދެ ގައު

ކިޔާފައިވާ ޢަދަދު: 2656
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(މިއީ ބުޑިސްޓް ރާހިބެއް ކަމުގައިވާ އަޔާން ބްރަހްމް ލިޔެފައިވާ “ހޫ އޯޑަރޑް ދިސް ޓްރަކްލޯޑް އޮފް ޑަންގް؟” މި ފޮތުގެ 3 ވަނަ ޞަފްޙާއިން 6 ވަނަ ޞަފްޙާއަށް އޮތް ވާހަކައެކެވެ.)

ކުލަ

ކިޔާފައިވާ ޢަދަދު: 1870
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން- ހއ.އުތީމު
ދަރިފުޅުގެ އުމުރުން 8 އަހަރުފުރި މިހާރުވަނީ 9 އަހަރު ފުރުމުގެ މަގުމަތީގައެވެ. އުޅެނީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑު 3 ގައެވެ. 
 

ކުޑަކޮށް އަނދާފައި އޮތް ރޮށްޓެއް ކައިގެން ގެއްލުމެއްވީ ކާކަށް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 2132
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
 
އިންޑީޔާގެ ކުރީގެ ރައީސް ޖޭޕީ ޢަބްދުލްކަލާމްގެ ތުއްޕުޅު ދުވަސްތަކުގެ ހަނދާންތަކަށް އަލި އަޅުއްވައިލައްވަމުން ލިޔުއްވިއެވެ. 
 
” އަޅުގަނޑު ބޮޑުވަމުން އައި ދުވަސްވަރު އަޅުގަނޑުމެނަށް ކައްކައި ދެއްވައި، އެނޫންވެސް ގިނަ ކަންތައް ކޮށްދެއްވަނީ މަންމައެވެ. މަންމަ ވަރަށް ބުރަކޮށް އުޅުއްވި ދުވަހެއް ނިމި، ރޭކޮއްތު ހައްދަވައި މޭޒުމަތީގައި ބެހެއްޓެވިއިރު ބައްޕަގެ ކުރިފުޅުމަތީގައި އޮތް ރޮށި އޮތީ ވަރަށް ބޮޑަށް އަނދާފައިކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ބައްޕައަށް އެކަން ފާހަގަ ކުރެއްވުނު ނަމަ، ހަމަ ގައިމުވެސް އެކަމުގެ ކުޑަވެސް އިޝާރާތެއް ނުކުރައްވައެވެ!
 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1366
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

މުޚުތާރު ފަހުމީ އަވަހާރަވެއްޖެ

އިދާރާ
  
މަޝްހޫރު ޅެންވެރިއެއްކަމުގައިވާ، މ.ސިނައެކަތަ އަލްފާޟިލް މުޚްތާރު ފަހުމީ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް މުޚްތާރު ފަހުމީއަކީ، މަޝްހޫރު ޅެންވެރިޔާ އަލްމަރްޙޫމް ހުތް ޢަލީ ދީދީއަށް ކާފަ ވިދާޅުވާ ބޭފުޅުކެވެ. އޭނާގެ ބައްޕައަކީ، އަލްމަރުހޫމް ޙުސައިން ފަހުމީއެވެ.  އަވަހާރަވީ އިރު ޢުމުރުފުޅަކީ 66 އަހަރެވެ.
މަރުޙޫމް މުޚްތާރު ފަހުމީއަކީ، މިނިސްޓްރީ އޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނާއި ބައެއް ކޯޓުތަކުގެ އިދާރީ ވަޒީފާތަކުގައި ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮގެ އަޑުން އަޅުގަނޑުމެން އަޑު އަހަމުން ގެންދާ މަޝްހޫރު ބައެއް ލަވަތަކަކީ، މުޚްތާރު ފަހުމީ ހައްދަވާފައި ޅެންތަކެކެވެ.
މަރްޙޫމް މުޚްތާރު ފަހުމީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދު (10 އޭޕްރީލް 2015 ގައި) ހުކުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ. 
 
މާތްﷲ،  މަރްޙޫމް ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.  آميــــــن
إنالله وإناإليه راجعون
 
——————— 

މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ފެތުރުން

ކިޔާފައިވާ ޢަދަދު: 3008
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚަބަރަކީ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ބައެއް ފަހަރު ދޮގު ޚަބަރާއި ޞައްޙަ ނޫން މަޢުލޫމާތު މުޖުތަމަޢުގައި ފެތުރޭގޮތް ވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި ނުތަނަވަސްކަން އިތުރުވެ، ޞުލްޙަ މަސަލަސްކަމަށް ބުރޫއަރާ ގޮތްވެއެވެ. މި ސަބަބަށްޓަކައި ލިބޭ ކޮންމެ މަޢުލޫމާތަކަށް ބުރަނުވެ، އެ މަޢުލޫމާތެއްގެ ތެދު ދޮގު ބަލައިފައި ނޫނީ އެފަދަ މަޢުލޫމާތަކަށް ބަރޯސާ ނުވުމަށް އިސްލާމްދީން ވަނީ އަމުރުކުރައްވައިފައެވެ.

މަޢުލޫމާތު ހޯދަނީ ކީއްކުރާން؟

ކިޔާފައިވާ ޢަދަދު: 3789
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު މިއަދު ޤާނޫނަކުން މިވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް މި މުހިއްމު ޙައްޤުގެ ބޭނުން ފުރިހަމައަށް ހިފޭތޯ އަޅުގަނޑުމެން ވިސްނައިލާން އެބަޖެހެއެވެ. މުޖުތަމަޢުގައި ތަފާތު ވާހަކަތައް ތުންތުންމަތީން ފެތުރިގެންދާ ނަމަ، އެކަމުން ދޭހަވަނީ ޞައްޙަ މަޢުލޫމާތު ހޯދުމަކީ އަދި ވެސް ގިނަ ބަޔަކަށް ސަމާލުކަން ނުދެވޭ ކަމެއް ކަމެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކީ ޞައްޙަ މަޢުލޫމާތު ހޯދާން އިސްކަން ދޭ މީހެއް ނަމަ، އެއް ކަމަކާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ފެތުރުމުގެ ފުރުޞަތު ހަނިވީހެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (7)

ކިޔާފައިވާ ޢަދަދު: 2246
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
މަދަނީ ސިޔާސީ ޙައްޤުތަކުގެ ބައިނަލް އަޤްވާމީ މުޢާހަދާއަކީ އޭގެ ޠަބީޢަތުގައި ލެޖިސްލޭޓިވް އާލާތެކެވެ. އެހެންކަމުން މި މުޢާހަދާގައި އައިސްފައިވާ ޙައްޤުތަކުގެ ލިސްޓަކީ މި މަޟްމޫނުތަކުގެ ސްކޯޕަށްވުރެ މާ ފުޅާ ދާއިރާއެއްގައި އައިސްފައިވާ ޙައްޤުތަކެކެވެ. އެހެންކަމުން އެ ޙައްޤުތަކުގެ ތަފްޞީލަށް ދާން ޤަޞްދުކޮށްފައެއް ނެތެވެ. މި މައުޟޫޢުގައި ކޮންމެހެން ގެންނާންވެއްޖެ ކަމަށް ފެންނަ ބައެއް ނުކުތާތަކަށް އަލިއަޅުވާލައި ފާހަގަކޮށްލާނަމެވެ.
 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޮތްކަން އެނގުން

ކިޔާފައިވާ ޢަދަދު: 2985
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ޙައްޤެއް ލިބިދީފައި އޮތަސް އެ ޙައްޤެއްގެ ބޭނުން ކުރެވޭނީ އެ ޙައްޤެއް އޮތްކަން އެ ޙައްޤު ލިބިފައިވާ ބަޔަކަށް އެކަން އެނގިގެންނެވެ. އެކަމާމެދު ހޭލުންތެރިވެގެންނެވެ. އެހެންނޫނީ އެ ޙައްޤަކުން ކުރާނެ މަންފާއެއް ނޯންނާނެއެވެ.