ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1528

 

މުޚުތާރު ފަހުމީ އަވަހާރަވެއްޖެ

އިދާރާ
  
މަޝްހޫރު ޅެންވެރިއެއްކަމުގައިވާ، މ.ސިނައެކަތަ އަލްފާޟިލް މުޚްތާރު ފަހުމީ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް މުޚްތާރު ފަހުމީއަކީ، މަޝްހޫރު ޅެންވެރިޔާ އަލްމަރްޙޫމް ހުތް ޢަލީ ދީދީއަށް ކާފަ ވިދާޅުވާ ބޭފުޅުކެވެ. އޭނާގެ ބައްޕައަކީ، އަލްމަރުހޫމް ޙުސައިން ފަހުމީއެވެ.  އަވަހާރަވީ އިރު ޢުމުރުފުޅަކީ 66 އަހަރެވެ.
މަރުޙޫމް މުޚްތާރު ފަހުމީއަކީ، މިނިސްޓްރީ އޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނާއި ބައެއް ކޯޓުތަކުގެ އިދާރީ ވަޒީފާތަކުގައި ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮގެ އަޑުން އަޅުގަނޑުމެން އަޑު އަހަމުން ގެންދާ މަޝްހޫރު ބައެއް ލަވަތަކަކީ، މުޚްތާރު ފަހުމީ ހައްދަވާފައި ޅެންތަކެކެވެ.
މަރްޙޫމް މުޚްތާރު ފަހުމީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދު (10 އޭޕްރީލް 2015 ގައި) ހުކުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ. 
 
މާތްﷲ،  މަރްޙޫމް ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.  آميــــــن
إنالله وإناإليه راجعون
 
——————— 

މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ފެތުރުން

ކިޔާފައިވާ ޢަދަދު: 3094
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚަބަރަކީ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ބައެއް ފަހަރު ދޮގު ޚަބަރާއި ޞައްޙަ ނޫން މަޢުލޫމާތު މުޖުތަމަޢުގައި ފެތުރޭގޮތް ވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި ނުތަނަވަސްކަން އިތުރުވެ، ޞުލްޙަ މަސަލަސްކަމަށް ބުރޫއަރާ ގޮތްވެއެވެ. މި ސަބަބަށްޓަކައި ލިބޭ ކޮންމެ މަޢުލޫމާތަކަށް ބުރަނުވެ، އެ މަޢުލޫމާތެއްގެ ތެދު ދޮގު ބަލައިފައި ނޫނީ އެފަދަ މަޢުލޫމާތަކަށް ބަރޯސާ ނުވުމަށް އިސްލާމްދީން ވަނީ އަމުރުކުރައްވައިފައެވެ.

މަޢުލޫމާތު ހޯދަނީ ކީއްކުރާން؟

ކިޔާފައިވާ ޢަދަދު: 4372
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު މިއަދު ޤާނޫނަކުން މިވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް މި މުހިއްމު ޙައްޤުގެ ބޭނުން ފުރިހަމައަށް ހިފޭތޯ އަޅުގަނޑުމެން ވިސްނައިލާން އެބަޖެހެއެވެ. މުޖުތަމަޢުގައި ތަފާތު ވާހަކަތައް ތުންތުންމަތީން ފެތުރިގެންދާ ނަމަ، އެކަމުން ދޭހަވަނީ ޞައްޙަ މަޢުލޫމާތު ހޯދުމަކީ އަދި ވެސް ގިނަ ބަޔަކަށް ސަމާލުކަން ނުދެވޭ ކަމެއް ކަމެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކީ ޞައްޙަ މަޢުލޫމާތު ހޯދާން އިސްކަން ދޭ މީހެއް ނަމަ، އެއް ކަމަކާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ފެތުރުމުގެ ފުރުޞަތު ހަނިވީހެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (7)

ކިޔާފައިވާ ޢަދަދު: 2523

ޙުސައިން ޢާމިރު
މަދަނީ ސިޔާސީ ޙައްޤުތަކުގެ ބައިނަލް އަޤްވާމީ މުޢާހަދާއަކީ އޭގެ ޠަބީޢަތުގައި ލެޖިސްލޭޓިވް އާލާތެކެވެ. އެހެންކަމުން މި މުޢާހަދާގައި އައިސްފައިވާ ޙައްޤުތަކުގެ ލިސްޓަކީ މި މަޟްމޫނުތަކުގެ ސްކޯޕަށްވުރެ މާ ފުޅާ ދާއިރާއެއްގައި އައިސްފައިވާ ޙައްޤުތަކެކެވެ. އެހެންކަމުން އެ ޙައްޤުތަކުގެ ތަފްޞީލަށް ދާން ޤަޞްދުކޮށްފައެއް ނެތެވެ. މި މައުޟޫޢުގައި ކޮންމެހެން ގެންނާންވެއްޖެ ކަމަށް ފެންނަ ބައެއް ނުކުތާތަކަށް އަލިއަޅުވާލައި ފާހަގަކޮށްލާނަމެވެ.
 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޮތްކަން އެނގުން

ކިޔާފައިވާ ޢަދަދު: 3087
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ޙައްޤެއް ލިބިދީފައި އޮތަސް އެ ޙައްޤެއްގެ ބޭނުން ކުރެވޭނީ އެ ޙައްޤެއް އޮތްކަން އެ ޙައްޤު ލިބިފައިވާ ބަޔަކަށް އެކަން އެނގިގެންނެވެ. އެކަމާމެދު ހޭލުންތެރިވެގެންނެވެ. އެހެންނޫނީ އެ ޙައްޤަކުން ކުރާނެ މަންފާއެއް ނޯންނާނެއެވެ. 
 

ލޯބީގެ ކުލަތައް (10)

ކިޔާފައިވާ ޢަދަދު: 2209
ޙުސައިން ޢާމިރު
ދިރުއުޅުމަކީ ގަޑިއެއް ފަދަ އެއްޗެކެވެ. އޭގައި ދެކަށި ހުންނާނެއެވެ. އެއީ ދިރި ދެމި ހުރުމަށް ލޯބިކުރުމުގެ ޣަރީޒާއާއި، ދިރިއުޅުން ކުރިއަށް ދިއުމަށް ލޯބިކުރުމުގެ ޣަރީޒާއެވެ. އަހަރެމެންގެ ޙަޔާތް ދިރި ދެމިހުންނަނީ ކެއުމާއި ބުއިމާއި ނިދުމުގެ ތެރެއިންނެވެ. ދިރިއުޅުން ކުރިއަށް ދަނީ ޖިންސީ ޣަރީޒާގެ ކަށިވެސް އެނބުރެމުން ދާތީއެވެ. އެހެންކަމުން ކެއިންބުއިމަށް ބޭނުންވާ ފަދައިން ޖިންސީ ކަންކަމަށް ވެސް ބޭނުންވާނެއެވެ.
 

މަޢުލޫމާތާއި ޑޭޓާ

ކިޔާފައިވާ ޢަދަދު: 3232
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢުލޫމާތާއި ޚަބަރުގެ ތަފާތުގެ މައްޗަށް މީގެ ކުރީން އަޅުގަނޑު ލިޔުނު ލިޔުމެއްގައި ވެސް ބަޔާންކޮށްފައި ވާނޭ ފަދައިން މަޢުލޫމާތަކީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނެ މަފުހޫމެކެވެ. އެހެންކަމުން “މަޢުލޫމާތު” މި ލަފުޒުގެ ތަޢުރީފަކީވެސް ވަރަށް ތަނަވަސް ފުޅާ އެއްޗެކެވެ. އެހެންކަމުން ތަންކޮޅެއް ސާދާ ގޮތެއްގައި މަޢުލޫމާތަކީ ކޮބައިކަމާއި ޑޭޓާގެ މާނައަށް ބަލައިލާނަމެވެ. 
 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާމެދު ޚިޔާލު ތަފާތުވުން.

ކިޔާފައިވާ ޢަދަދު: 1344
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެތައް ބިލިޔަން އިންސާނުންނެއް ދުނިޔޭގައި އުޅޭއިރު، އެއިން އެއްވެސް މީހަކީ އެހެން މީހަކާ އެއް ގޮތް މީހެއް ނޫނެވެ. އޭނާގެ ސިފައާއި މިޒާޖާއި ޚަޞީލަތުގައި ވެސް ތަފާތުތަކެއް ހުރެ އެވެ. އެހެންކަމުން އެއްވެސް ދެ މީހެއްގެ ޚިޔާލުވެސް ހުރިހާ ކަމެއްގައި އެއް ގޮތެއް ނުވާނެ އެވެ. މި ޙަޤީޤަތް އެބަ ޤަބޫލުކުރާން ޖެހެއެވެ. 

ލޯބީގެ ކުލަތައް (9)

ކިޔާފައިވާ ޢަދަދު: 2358
ޙުސައިން ޢާމިރު

މަނާ ލޯބި

އަންހެން ކިޔުންތެރިއަކު ސުވާލު ކުރިއެވެ. ހަށިގަނޑު ދެކެ ލޯބިވުމަކީ މުޅިން ގޯހެއް ހެއްޔެވެ؟ ފެށުނީއްސުރެ ނިޔަލަށްވެސް ގޯހެއް ހެއްޔެވެ؟ ހަށިގަނޑު ދެކެ ވާ  ލޯބިން އިންސާނާއަކަށް އުފަލާއި މަޖަލެއް އިހުސާސެއް ނުވޭހެއްޔެވެ؟
 

އިންފޮރމޭޝަން އޮފިސަރުންނާއި މީޑިއާ އޮފިސަރުންގެ ތަފާތު

ކިޔާފައިވާ ޢަދަދު: 3284
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މީޑިއާ އޮފިސަރުންނަކީ މުއައްސަސާއެއްގެ ނުވަތަ އިދާރާއެއްގެ ކަންކަމަށް މީޑިއާގެ ސަމާލުކަން ހޯދައި މީޑިއާއާ ގުޅުން ރަނގަޅުކުރުމުގެ މަސައްކަތުގައި ހުންނަ މުވައްޒިފެކެވެ. އެ އިދާރާއެއްގައި ނުވަތަ މުއައްސަސާއެއްގައި ދުވަހުން ދުވަހަށް ހިނގާ ކަންކަމާއި ޚާއްޞަކަންކަމުގެ ޚަބަރު މީޑިއާއާ ޙިއްސާކުރުމުގެ ޒިންމާ އަދާކުރާނީ އޭނާއެވެ. އަދި ޚަބަރުފަތުރާ ވަސީލަތްތަކުން ބޭނުންވާ އެކި ޚަބަރުތައް ހޯދުމަށް ގުޅާނީ މީޑިއާ އޮފިސަރަށެވެ، ނުވަތަ މީޑިއާ ކޯޑިނޭޓަރަށެވެ.