ލޯބީގެ ކުލަތައް (5)

ކިޔާފައިވާ ޢަދަދު: 2679
ޙުސައިން ޢާމިރު
ލޯބީގެ ފިލްމުތަކާއި ވާހަކަތަކުގައި ދައްކާ ރޮމޭންޓިކް ލޯބީގެ މަންޒަރުތައް ދައްކަނީ މާ އަސަރުގަދަކޮށް ލޯބީގެ ފަންވަރު މާގަދަކޮށެވެ. މިސާލެއް ދަންނަވާނަމަ ފިލްމު ފެށެނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފްރަތު ކުރާތަނުންނެވެ. ދެމީހުން ބައްދަލުވަނީ ކުއްލިއަކަށެވެ. އެއްވެސް އެނގުމެއް ނެތިއެވެ. އެކަކު އަނެކަކު ދެކެ އަންނަ ރުޅިއާއި ކުރާ ނަފްރަތުން އެކަކު އަނެކަކާ ހަތަރުކަޅި ހަމަކޮށްލަންވެސް ނުރުހެއެވެ.
 

ލޯބީގެ ކުލަތައް (4)

ކިޔާފައިވާ ޢަދަދު: 2826
ޙުސައިން ޢާމިރު
ރޮމޭންޓިކް ލޯބި

ކޮންމެ އިންސާނަކު ވެސް ލޯބި ހޯދަން ބޭނުންވެއެވެ.
ކުޑަދަރިފުޅަށް މަންމަގެ ކުލުނު ބޭނުންވެއެވެ.
ބޮޑުވަމުން އަންނަ ދުވަސްވަރު ރަޙްމަތްތެރިން ބޭނުންވެއެވެ.
ބާލިޣުވެ ތަޞައްރަފު ފުދުމުން އަނބި ފިރިންނަށް ބޭނުންވެއެވެ.
މުސްކުޅިވުމުން ނަރުހަކަށް ބޭނުންވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މަޢުލޫމާތު ހޯދުން

ކިޔާފައިވާ ޢަދަދު: 3971
ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު
ދައުލަތުގެ ކަންކަން ހިނގާނުހިނގާ ގޮތުގެ މަޢުލޫމާތު ހޯދައި ލިބިގަތުމަކީ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި ޙައްޤު ކަށަވަރު ކޮށްދޭނެ ގޮތުގެ ތަފުޞީލުތައް ދީފައިވަނީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައެވެ. މިކަން ކުރާންވާ ގޮތުގެ އިތުރު ތަފުޞީލުތައް އައިސްފައި ވަނީ މި ދެންނެވި ޤާނޫނުގެ ދަށުން ހަދައި ޝާއިޢުކޮށްފައިވާ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު”ންނެވެ.
 

މި ދައްކާ ބިރުވެރި ކަމަކީ ދީނަށް ޓަކައި ކުރާ ކަންކަމެއް ނޫނެވެ!

ކިޔާފައިވާ ޢަދަދު: 4320
Kareem Abdul-Jabbar 
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަނެއްކާވެސް ބިރުދެއްކުމުގެ އަނިޔާވެރި އެތައް ކަމެއް އިސްލާން ދީނުގެ ނަމުގައި ބަޔަކު ހިންގައިފިއެވެ! ނޫސްވެރިން އެމީހުންގެ ފޯނުތަކުގައި ކުރިން ޕްރޮގްރާމްކޮށްފައިވާ ފިތްތަކުން، “މަޝްހޫރު މުސްލިމުން” ގެ ލިސްޓުން އަޅުގަނޑު ފަދަ މީސްމީހުންގެ ނަންބަރު ހޯދައި ގުޅަން ފަށާނެއެވެ! އެތައް ބަޔަކު ރުޅި އައިސް މާޔޫސްވެ ނަފްރަތުން ފުރިގެންވި ވަގުތެއްގައި އަނެއްކާވެސް މި ޖެހުނީ، އިސްލާމުންނަށް ނިސްބަަތްވާ މަދު ބަޔަކު ކުރާ ގަދަބަދަވި ކޮންމެކަމަކީ އިސްލާންދީނާއި ގުޅުން ހުރި ކަމެއް ނޫންކަމުގައި މީޑީޔާގައި އޮޅުން ފިލުވައިދޭށެވެ!
 

ޞައްޙަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 4344
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ އިންސާނަކު، އާދެ! ޢާއްމު އިންސާނަކު ދުނިޔެއަށް އަންނަނީ ފުރިހަމަ ހުސް ސިކުނޑިއަކާ އެކީގައެވެ. ޤުދުރަތުގެ ދީލަތި ކަމުން އެ ސިކުނޑި ހެދިބޮޑުވެ ޖިސްމާނީ ގޮތުން ފުރިހަމަކުރެއްވުމާއެކު، އެ ސިކުނޑި ވިސްނުމާއި ބުއްދީގެ ގޮތުން މުއްސަނދިކުރުމުގެ ވަސީލަތްތަކެއް ވެސް ލައްވައިފައިވެއެވެ. ޢިލްމީ ގޮތުން ސިކުނޑި މުއްސަނދިވާނީ އެ ސިކުނޑިއަށް ޢިލްމާއި މަޢުލޫމާތު ލިބިދިން މިންވަރަކުންނެވެ. ކަންކަން އޮޅުންފިލައި ޢިލްމީ ގޮތުން މީހާ ކުރިއަރައިދަނީ އެ މީހަކަށް ލިބޭ މަޢުލޫމާތެއްގެ ނިސްބަތަކުންނެވެ.
 

ލޯބީގެ ކުލަތައް (3)

ކިޔާފައިވާ ޢަދަދު: 2844

 

ޙުސައިން ޢާމިރު

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ވާހަކައެވެ.

ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ފިރިހެން ކުއްޖާ ލޯބިވާކަން އަންހެން ކުއްޖާއަށް ބުނެދެއެވެ. އަންހެން ކުއްޖާ ވެސް ވަނީ އޭނާގެ ލޯބިވެރިޔާ ގާތުގައި އެކަން ބުނެދީފައެވެ. ފިރިހެން ކުއްޖާއަށް މި ޒުވާން އަންހެނާ ފެންނަ އިރަށް ހީވަނީ އޭނާގެ ގާތަށް އުދުހިފައި އަންނަނީ ހެންނެވެ.

މަޢުލޫމާތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 3577

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަޢުލޫމާތަކީ ކޮބައިކަން ބަޔާންކުރުމަކީ ޙަޤީޤަތުގައި ފަސޭހަކަމެއް ނޫނެވެ. އެއީ މަޢުލޫމާތުގެ ދާއިރާ ފުޅާ ކަމުންނެވެ. އެކަމުގެ އޮޅުންބޮޅުންކަން ބޮޑުކަމުންނެވެ.

ލޯބީގެ ކުލަތައް (2)

ކިޔާފައިވާ ޢަދަދު: 2776
ޙުސައިން ޢާމިރު
 
އެހެން ވާހަކައެކެވެ.
 
ޔުނިވަރސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ރީތި އަންހެން ކުއްޖަކު އަޅުގަނޑު ދަންނަމެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ޅަނދޮޅު ކުއްޖެކެވެ. ވިދަވިދާ ހުންނަ ދެލޮލެވެ. އެއަށްވުރެ ވިދަވިދާ ހުންނަ ތޫނުފިލި ސިކުނޑިއެކެވެ. މުށިކުލައިގެ ރީތި ހަމެކެވެ. ލޯބިން ފުރިގެންވާ ހިތެކެވެ. ފެންނައިރަށް އަޅުގަނޑަށް ސުވާލު ކޮށްލެވެއެވެ. ހާލު ކިހިނެތްހެއްޔެވެ؟
 

ކުރެހުން ނުބައިވުން

ކިޔާފައިވާ ޢަދަދު: 1848

ނޫރުއްސަލާމް އަބޫބަކުރު
ހުދު ގަނޑެއްގައި ކުލަފިއްސަކުން ނިކަން ރީތި ފިނިފެން މަލެއް ކުރަހަން މަސައްކަތްކުރީމެވެ. ފިނިފެންމާ ހުންނަ ގޮތް އަހަރެންގެ އެކުވެރިޔާއަށް ތަސްވީރުކޮށްދިނުމަށްޓަކައެވެ. ކުރަހާ ނިމިއްޖެއެވެ. ގަނޑުވަނީ ޚަރާބުވެފައެވެ. ކުރެހުނު އެއްޗަށް ބަލާލާފައި އެކުވެރިޔާ ބުންޏެވެ. ފިނިފެންމަލަކީ ހާދަހާ ހުތުރު ގޮތަކަށް ހުންނަ ބިރުވެރި އެއްޗެއްތާއެވެ. އަހަރެން ބުނީމެވެ. ތިހެން ބުނުމުގެ ޙައްޤު އެބައޮތެވެ. ފިނިފެންމަލެއް ދުވަހަކު ނުފެންނަ މީހަކަށް އޭތި ތަސައްވަރުކުރެވޭނީ އަހަރެން ދަންނަ މީހާ ކުރަހައިދިން ތަސްވީރު ބުނެދިން ގޮތަށްތާއެވެ. އެހެންވީމާ ޙަޤީޤަތުގައި ކުށްވެރިއަކީ އަހަރެންނެވެ. މައްސަލައަކީ އަހަރެންގެ ކުރެހުން ނުބައިވުމެވެ.
 

ޒަމާންވީ ސުވާލަކަށް ޒަމާނީ ޖަވާބެއް: ފައިސާއިން އުފާވެރިކަން ގަނެވޭހެއްޔެވެ؟ (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 3963
ލިޔުއްވީ: ANDREW BLACKMAN   
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ 
ކެނެޑާގެ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިޔާގައި ނަފްސާނީ އިލްމު ކިޔަވައިދެއްވާ ޕްރޮފެސަރ Elizabeth Dunn ލިޔުއްވި “Happy Money” މި ފޮތުގައި ލިޔުއްވާ ގޮތުގައި، އޭނާ ހިންގެވި އިލްމީ ތަޖުރިބާ އެއްގެ ބައިވެރިންގެ ކޮންމެ މީހަކަށް ޗޮކުލެޓުން ފުރިފައިވާ ބޮޑު ކޮތަޅެއް ދެއްވިއެވެ. ޗޮކުލެޓް ކޮތަޅު ދެއްވި މީހުން ތިން ބަޔަކަށް ބައްސަވައިލެއްވިއެވެ. އެއް ބަޔަށް އެންގެވީ ގެއަށް ގޮސް ޗޮކުލެޓު ކާން ބޭނުންވަރަކަށް ކާށެވެ. އަނެއް ބަޔަކަށް އެންގެވީ ޗޮކުލެޓު ގެއަށް ގެންދިޔަނަމަވެސް އެއިން ޗޮކުލެޓު ކައިގެން ނުވާނޭ ކަމުގައެވެ. ތިންވަނަ ބަޔަށް އެންގެވީ ކެޔަސް ނުކެޔަސް ފަރުވާލެއް ނެތް ކަމުގައެވެ.