މޫސުމަށް އަންނަމުންދާ ބަދަލުގެ ސަބަބުން އަޑިޔަށްދާ ޤައުމުޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކޮން ބައެއް ގެ ޙައްޤެއް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 4725
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބޮސްޓަން ގްލޯބުން: ލިޔުއްވީ Latif Nasser
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މޫސުމަށް އަންނަމުންދާ ހަލުވި ބަދަލެއްގެ ސަބަބުން ކަނޑުތައް އުފުލެން ފެށައިފާނެ ކަމުގެ ބިރުވެރި ވާހަކަތަކަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާ އެއްކަމެވެ. އަދި މި އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމު ގައުމަށް ލިބިދާނެ ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ތަފާތު ގެއްލުމަށް ޓަކައެވެ.

މާކަނޑުތައް ހުރަސްކޮށް އުދުހޭ ހޭނަކަތު ދޫނިތައް

ކިޔާފައިވާ ޢަދަދު: 5120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންޑިއާގެ މައިސޯރުގައި ޗާލްސް އެނޑަރސަން ދެއްވި ދަރުސެއް

އަޙްމަދް ސަމީރު ޢަލީ

“އަޅުގަނޑަކީ ފާއިތުވި ސައްބީހަކަށް އަހަރު، ވަޒަނަކީ ދިވެހިރާއްޖެ ކަމުގައި ބަލައިގެން އުޅެމުން އަންނަ އިނގިރޭސިއަކީމެވެ. ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ރާއްޖެއަކީ މި އިންޑިޔާގެ ހުޅަނގު ދެކުނުގައިވާ ކުދި ރަށްތަކަކުން ގެތިފައިވާ އަތޮޅުތަކެކެވެ. އަޅުގަނޑު ވަޒަންވެރިވެ ދިރިއުޅޭ މާލެއަކީ ވެރިރަށެވެ. ހަގީގަތުގައި މިތާ، މައިސޯރުގައި މިހެން ތިބޭއިރު ނިއު ޑެލްހީއަށްވުރެ އަޅުގަނޑުމެން ދިވެހި ރާއްޖެއާއި މާ ކައިރިވާނެއެވެ!

އަހަރެންގެ ލޯބިވާ ވަތަން

ކިޔާފައިވާ ޢަދަދު: 2309
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
‘އައިމެރޭ ޕިޔާރީ ވަތަން’ (އަހަރެންގެ ލޯބިވާ ވަތަނާއެވެ!) އަކީ ފިލްމް ‘ކާބުލިވާލޭ’ (1961) ގެ ލަވައެކެވެ. ގިނަ ނާގިދުންގެ ނަޒަރުގައި މިލަވަޔަކީ  ވަތަނީ ލޯބީގެ މައުޟޫއުގެމައްޗަށް ލިޔެވިފައިވާ އެންމެރީތި ހިންދީ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

އޭރުގެ ފަތްފުށްތަކުން…. (94)

ކިޔާފައިވާ ޢަދަދު: 1416
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

حقيقۃއަކީ ކޮބައިތޯއެވެ؟

عبدالرشيد نزار


ހެންވޭރު ގުލްދަމްގޭ އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. މޮޅު ޅެންވެރިއެކެވެ. އޭނާގެ ދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކަށް އޭނާ ވަނީ ލިޔުއްވައި ޅެން ހައްދަވައިފައިވެއެވެ. އަދި ޚާއްޞަ މުނާސަބާތަކާ ގުޅިގެން ޅެން ހައްދަވައިވެއެވެ.

އޭނާގެ އަދަބީ ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދެއްވުމުގެ އިނާމު 1989 ވަނަ އަހަރު، ދައުލަތުން ވަނީ ދެއްވާފައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ކުރިމަގު ވަނީ އިންސާނުންގެ އަމަލުތަކާ ގުޅި، ލާމެހިފައެވެ.

ކިޔާފައިވާ ޢަދަދު: 2097
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު މުއުމިން

އޭނާގެ ވަށައިގެންވާ ތިމާވެއްޓަށް، އިންސާނާ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ބަދަލުތަކުގެ ސަބަބުން ގުދުރަތީ ގޮތުން ދުނިޔޭގައި ލައްވައިފައިވާ އެކިއެކި ނިޒާމުތަކަށް ދަނީ ތަފާތު އަސަރުތަކެއް ކުރުވަމުންނެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ އެކި ގެއްލުންތަކުން މި އަސަރުތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފައެވެ. އެހެންކަމުން މި ޖީލުގެ އިންސާނުން ކުރިއަށް އޮތް ޖީލުތަކަށްޓަކައި މިއަދު ނިންމުންތަކެއް ނިންމަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ. ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭ ނިންމާ ނިންމުންތަކުގެ ނަތީޖާ އެތައް ގަރުނަކަށް ދެމިގެންދާނެއެވެ.

ޙަޤީޤަތް ހޯދޭނީ ރަނގަޅަށް ދިރާސާ ކުރުމުންނެވެ.

ކިޔާފައިވާ ޢަދަދު: 2200
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
“ބޮކުގެ ހަތަރުފައިގެ ބޭނުމަކީ ކޮބައިތޯ ބެލުމަށް މީހަކު ދިރާސާއެއް ކުރިއެވެ. އެގޮތުން ހަތަރު ފައި ސަލާމަތުން ހުރި ބޮކެއް ހޯދައި ފުރަތަމަ ފަހަރު ފުންމާލާށޭ ބުނުމުން އެސޮރު ފުންމައިލިއެވެ. އެކަން އެމީހާ ނޯޓު ކުރިއެވެ. އެއަށްފަހު އޭގެ އެއްފައި ބުރިކޮށްލާފައި ފުންމާލާށޭ ބުނުމުން ވެސް އެސޮރު ފުންމައިލިއެވެ. އެކަން ވެސް އޭނާ ފާހަގަކުރިއެވެ. އަނެއް ފައި ބުރިކޮށްލުމަށްފަހު ފުންމާލާށޭ ބުނުމުން ވެސް ބޮއް ފުންމައިލިއެވެ. އެކަން ވެސް ފާހަގަ ކުރިއެވެ. ތިން ވަނަ ފައި ބުރި ކޮށްލުމަށްފަހު ފުންމާލާށޭ ބުނުމުންވެސް ބޮއް ފުންމައިލިއެވެ. ހަތަރު ވަނަ ފައި ބުރިކޮށްލުމަށްފަހު ފުންމައިލާށޭ ބުނި ނަމަވެސް ބޮއް ގުޑައިވެސް ނުލިއެވެ. އެތައް ފަހަރަކު ތަކުރާރުކޮށް އަދި ހަރު އަޑުން ބުނުމުން ވެސް ކުރިން ފުންމައިލިގޮތަށް އެކަމެއް ނުކުރިއެވެ. ދިރާސާ ކުރި މީހާ އޭނާއަށް ފާހަގަ ކުރެވުނު ހުރިހާ ކަމެއް ނޯޓުކޮށް އެކަން ތަޙްލީލުކޮށް ދިރާސާގެ ނަތީޖާއަކަށް ލިޔުނީ ‘ބޮކުގެ ހަތަރުފައި ބުރިކޮށްލައިފި ނަމަ އޭތީ ބީރުވެއެވެ’ މިފަދައިންނެވެ”.

އެންމެ އަވަދިނެތި އުޅޭ މީހުން ފޮތް ކިޔާނެ ވަގުތު ހޯދާ ގޮތް

ކިޔާފައިވާ ޢަދަދު: 4615
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލޯރާ ވެންޑަރކަމް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ރަސްމީ ތައުލީމު ނިމުނު ފަހުން، ފޮތެއް ކިޔައިލާނެ ވަގުތު ނުލިބޭކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ވަޒީފާއަށް ދަމުން، ކާވެނިކޮށް ދަރިން ލިބި،  ގޭތެރޭގައި ކުރަން ހުންނަ ތަފާތު ކަންތައް ކުރަމުން ފޮތްކިޔުން، ބައެއް މީހުންނަށް ވަނީ އަރާމަކަށް، އުފަލަކަށް ނޫނެވެ. އުޅެން ޖެހޭލެއް އަވަދިނެތިކަމުން، ފޮތް ކިޔުމަކީ އިތުރު ތަކުލީފަކަށް، އިތުރު ބުރައަކަށްވެސް ވެއްޖެއެވެ! ތިރީގައި، އަންނަނިވި ފޮޅުވަތްތަކުގައި ގެނެސް ދެވޭތޯ މި ބަލަނީ ކިޔައިލާ ހިތްވާ ފޮތްތައް ކިޔާނެ ވަގުތު ހޯދިދާނެ ތަފާތު ގޮތްތަކެކެވެ!

ޙައްޖުވެރިންނަށް ޙައްޖު ކޯޕަރޭޝަން

ކިޔާފައިވާ ޢަދަދު: 2188
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙައްޖު ކޯޕަރޭޝަންގެ މުހިއްމުކަން މިއަދު އިހްސާސްކުރެވެއެވެ.

އަޙުމަދު ޝިޔާމް
އެއީ މީގެ ދެއަހަރެއްހާ ދުވަސްކުރިއެވެ. ހައްޖުގެ މަތިވެރި އަދި މާތް އަޅުކަމަށް ރާއްޖެއިން ގޮސްތިބި އެތަކެއް ސަތޭކަ ޙައްޖުވެރިން ތިބީ މިނާގައެވެ. 
 
ރާއްޖޭގެ ފަރާތުން އެ އަހަރު ހައްޖަށް ދިޔަ މީހުންގެ އަމީރުލް ޙައްޖަކަށް ވަޑައިގަތީ އޭރުވެސް އަދި މިހާރުގެވެސް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއެވެ. ހުރިހާ ހާޖީންނާ ބައްދަލު ކުރައްވައި ސަލާމް ކުރައްވައި ހާލު އޮޅުންފިލުއްވައި ހެއްދެއްވިއެވެ. އޭރު ހާޖީން ތިބީ ފޭލިގެތަކުގައެވެ. 

ދަތުރުފަތުރުކޮށް ތަންތަން ހޯދުމުގެ ކުރީކޮޅުގެ ދުވަސްތަކުގައި ފިނީޝިއާގެ ވިޔަފާރިވެރިން ނަތީޖާ ނެރުނު ކަމުގައި ބުނަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 2097
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
ފިނީޝިއާއަކީ ޤަދީމީ ޙަޟާރަތެކެވެ. މިނިވަން ސިޓީ – ސްޓޭޓެކެވެ. މިސްޓޭޓް އޮތީ މެޑްޓަރޭނިއަން ކަނޑުގެ އައްސޭރީގައި  މިހާރު ސީރިއާ، ލެބަނަން އަދި އުތުރު އިސްރާއީލް ހިމެނޭ ހިސާބުގައެވެ.

ވަގުތުގެ މުހިންމުކަން ދެނެ ގަތުމަށްޓަކައި….

ކިޔާފައިވާ ޢަދަދު: 4718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެއް އަހަރުގެ މުހިންމުކަން ދެނެގަތުމުގެ ގޮތުން، ފާސްނުވުމުގެ ސަބަބުން ދިރާސީ އަހަރެއް ތަކުރާރު ކުރަން ޖެހިފައިވާ ދަރިވަރެއްގެ ގާތުގައި ނިކަން އަހައިލަ ބަލާށެވެ!

އެއް މަސްދުވަހުގެ އަގުބޮޑުކަން އޮޅުންފިލުވައިލުމުގެ ގޮތުން ދުވަސް ނުފުރައި 8 މަހުގައި ދަރިޔަކު ވިހޭ މައެއްގެ ގާތުން އަޅެ ސުވާލު ކޮށްލަ ބަލާށެވެ!