މިހާތަނަށް ތަޖުރިބާކުރެވުނު އެންމެ ބިރުގަތް ވައިގެ ދަތުރު

ކިޔާފައިވާ ޢަދަދު: 7676
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މި އޮގަސްޓް މަހު 6 ވަނަ ދުވަހުގެ ރޭ ރާއްޖޭން ބޭރަށް އަޅުގަނޑު ދަތުރެއް ކުރީމެވެ. ދަތުރު ހަމަޖެހިފައި އޮތް ގޮތުން ފުރަތަމަ ދާންޖެހެނީ ސިރީލަންކާއަށެވެ. ކަނޑައެޅިފައި އޮތް ގަޑިއަށް ވުރެ ސާޅީހަކަށް މިނިޓް ފަހުން މަތީންދާ ބޯޓް ބާރު ދުވެލީގައި ހުޅުލޭގައި އޮންނަ އ. ނ. އިންޓަރނޭޝަނަލް އެއަރޕޯޓުން ބޯޓް ނައްޓައިލައިފިއެވެ. ސްރީލަންކަންގެ ކުޑަ މަތީންދާ ބޯޓެކެވެ. ބޯޓަށް ނަންބަރުދީފައި އޮންނަ ގޮތުން އެ އުދުހުމުގެ ނަންބަރަކީ ޔޫއެލް 104 އެވެ.

ކުރީގެ ފާދިރީ އާއި އާއިލާ އިސްލާންވުން(2)

ކިޔާފައިވާ ޢަދަދު: 7724
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުކޮށްލުމުގެ ގޮތުން އެޑިޓްކޮށް ތަރުޖަމާކުރުން: އަޙްމަދް ސަމީރު ޢަލީ
މި އެކަނިވެރި މީހާ އަށް ‘ދީނަށް ގޮވާލަން’ ގަސްތުކޮށް ކުޑަކޮށްރަހުމަތްތެރިވެލައި ވާހަކަ ދެއްކޭތޯ ބަލަން ފަށައިފީމެވެ. އިންޖީލުން ތަފާތު  ވާހަކަތައް ކިޔައިދީ މިހެން އުޅުމުގެ ތެރޭގައި އޭނާ ވަރަށް ދެރަވެ ކުރިން ދެއްކި ހަރުކަށިކަމަށް މާފަށް އެދި،ކެތޮލިކް މަޒްހަބުގެ މީހުން ފާފަ ފުއްސެވުމަށް އެދި، ކުރެވުނު ފާފަތަކަށް އިއުތިރާފުވާ ބީދައިން ބައެއްވާހަކަތައް އަހަންނަށް ކިޔައިދޭން އުޅުމުން، އަހަންނަކީ ކެތޮލިކް ފާދިރީއެއް ނޫނޭ ބުނެފީމެވެ. އޭނާ އަށް އެނގޭ ކަމަށާއި ހަގީގަތުގައި އޭނާ އަކީ ކެތޮލިކް ފާދިރީއެއްކަމަށް ބުންޏެވެ!

ކުރީގެ ފާދިރީ އާއި އާއިލާ އިސްލާންވުން

ކިޔާފައިވާ ޢަދަދު: 7946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުކޮށްލުމުގެ ގޮތުން އެޑިޓްކޮށް ތަރުޖަމާކުރީ: އަޙްމަދް ސަމީރު ޢަލީ
އަހަރެން، ޔޫސުފް އެސްޓީސް އިސްލާންވާން ދިމާވި ސަބަބު ވަރަށް ގިނަ މީހުން އަހައެވެ. މިގޮތުން ނަސޯރާ ދީނުގެ މީހަކު ނުހަނު ހިތްހެޔޮ ކަމާއި އެކު ފޮނުވި އީމެއިލަކަށް އަހަރެން ދިން ޖަވާބު ތިރީގައި އެވަނީއެވެ.
“އަހަންނަކީ ޔޫސުފް އެސްޓީސް އެވެ. މިހާރު ކުރާ މަސައްކަތަކީ އިސްލާމީ އިލްމުވެރިއެއް/ އިމާމެއްގެ ހައިސިއްޔަތުން މުޅި އެމެރިކާގައި ދަތުރުކޮށް އެހެން ދީން ދީނުގެ މީހުންނަށް އިސްލާންދީން އޮޅުން ފިލުވައިދިނުމެވެ.

ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް

ކިޔާފައިވާ ޢަދަދު: 2650
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހްމަދް ސަމީރު ޢަލީ

ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް އަކީ ދިވެހީންނަށް މިހާރު އާ މޫނެއް ނޫނެވެ. ދެ ފަހަރަކު ރާއްޖެއަށް ވަޑައިގެން ވަރަށް އަގުހުރި ދަރުސްތަކެއް ދެއްވާފައިވުމާއި ޕީސް ޓީވީންވެސް އެމަނިކުފާނުގެ ދަރުސްތައް ކެނޑިނޭޅި އިވެމުންދާތީއެވެ.
މި މުރާލި އިސްލާމީ ދާޢީ އަކީ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަން އަށް އުފަން ބޭކަލެކެވެ. ނަމަވެސް ބޮޑުފުޅުވެ ޒުވާންދުވަސްވަރު ހޭދަ ކުރައްވައި، އިސްލާންވެ ވަޑައިގަތީ1972 ގައި ކެނެޑާގައެވެ. މުޅި އުމުރު ހޭދަ ކުރައްވަމުން ގެންދަވަނީ ” ހަރުދަނާ އިސްލާމީ ތައުލީމުން އިސްލާމީ އުންމަތް ބަދަލުކުރުން ” މި މަތިވެރި ޝިއާރުގެ ދަށުން އެކި އެކި ޔުނިވަރސިޓީ ތަކުގައްޔާއި ތަފާތު ޖަމާއަތް ތަކަށް ދަރުސްތައް ދެއްވަމުންނެވެ.

އިނގިރޭސި ޝާހީ ޚާންދާނުގެ ލޯޑް ހެޑްލީ އިސްލާންވެ ވަޑައިގަތުން

ކިޔާފައިވާ ޢަދަދު: 7662
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ލޯޑް ހެޑްލީ (Rt. Hon. Sir Rowland George Allanson) ގެ ވާހަކައަކީ، މި ދުނިޔޭގެ އިއްޒަތާއި ތައުލީމާއި ތަނަވަސްކަމުން އެކަހެރިވެ، ފުން ވިސްނުމަކުން ގިނަދުވަހު ވަކިފަރާތަކަށް ބުރަނުވެ ވިސްނައި އެކަށަ އެޅުއްވި ނިންމުމެއްގެ ސަބަބުން ވަށައިގެން ތިބެ އެންމެންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެ އެކަންކަމަށް ކެތްކުރެއްވި ފަހުލަވާނެއްގެ ވާހަކައެވެ. އޭނާގެ ކާބަފައިންގެ ދީނަށް ފުރަގަސް ދެއްވައި ކީރިތި ޤުރްއާނުގެ ނޫރުގެ އަލިކަމަށް ނިކުމެވަޑައިގެން ދުވަސްވަރަކީ އިނގިރޭސީންގެ އެންމެ ބާރުގަދަ ދުވަސްވަރެވެ.

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(25 ޖުލައި 2012 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

ދެވަނަ ދުވަހުގެ ރޭގަނޑު، އަޅުގަނޑު ދާހިތް އޮތީ އިސްޓޭޖްގައި ކުޅޭ ތަމްސީލެއް ނުވަތަ ސިނަމާއަކަށް ފިލްމެއް ބަލައިލާށެވެ. މިހާރުވެސް އަޅުގަނޑު އިސްޓޭޖުމަތީގައި ކުޅޭ ތަމްސީލުތައް ‘ބަލަން’ ދަމެވެ. ނަމަވެސް އަޅުގަނޑަކީ ބީރު، އަދި ލޯފަން މީހެއްކަމުން އަޅުގަނޑުގެ އެކުވެރިޔަކު އަޅުގަނޑުގެ އަތަށް ފިއްތައިގެން އަޅުގަނޑަށް ތަމްސީލު ކިޔައިދެނީއެވެ. މިހާރު އަޅުގަނޑު މި ލިޔަނީ އަޅުގަނޑަށް ހަމަލޮލަށް ތަންތަން ފެންނާނެ ނަމަ ކުރާނެ ކަންތަކެވެ. މިގޮތުން (އިނގިރޭސި އަދީބު ވިލިއަމް ޝޭކްސްޕިއަރގެ) ހެމްލެޓް ތަމްސީލު ހާދަހައި ދެކިލާހިތްވެއެވެ! އިސްޓޭޖް މަތީގައި ހެމްލެޓްގެ ބައި އެކުޅޭ މުމައްސިލެއް ހެމްލެޓްގެ ބައި ކުޅޭއިރު އިސްޓޭޖުގެ ކޮޅުކޮޅަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ މަންޒަރު ފެނިއްޖެ ނަމަ އެއީ އަޅުގަނޑަށް ލިބޭނެ ކޮންފަދަ އުފަލެއްތޯއެވެ!

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ ( 4 ވަނަ ބައި )

ކިޔާފައިވާ ޢަދަދު: 7980
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(24 ޖުލައި 2012 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކިތަންމެ އަވަދިނެތި އުޅެންޖެހިފައި އޮތް ދުވަހަކަށްވި ނަމަވެސް ގޭގެ ބައެއްކަންތައްވެސް ހަމަ އެހައިމެ މުހިންމެވެ.  އަޅުގަނޑުގެ ފައިދަށުގައި އޮންނަ ދޫލައިގައި އެކުލެވިގެންވާ ހުރިހައި ކުލަތަކެއް ވަކިވަކިން ބަލައި ދަސްކުރަން ބޭނުމެވެ. ފާރުގައިވާ ފޮޓޯތައްވެސް ހަމަ އެހައިމެ މުހިންމެވެ. ކޮންމެ ފޮޓޯއެއް ނަގަންޖެހުމުގެ ފަހަތުގައި ވާހަކައެއް ވެޔޭ ބުނާއަޑު އަހަމެވެ. ވީމާ ގޭ ފާރުގައި ހަރުކޮށްފައި ހުރި ކޮންމެ ފޮޓޯ އަކާ އެފޮޓޯގެ ފަހަތުގައިވާ ވާހަކަ ދެނެގަނެ ދަސްކުރަން ބޭނުމެވެ. ކިތަންމެ ފުރިހަމަ ނަމަވެސް ފަސްތަރީގެ ހޮޓަލަކަށް މީހުން ގެއެކޭ ނުކިޔައެވެ. ވީމާ ގެއެއް ގެއަކަށްވަނީ ކޮން ކަހަލަ ޚާއްސަ ސިފަތަކެއް ހުރެގެންތޯ އަޅުގަނޑު ދަސްކުރަން ބޭނުމެވެ.

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ (3 ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 8003
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
 ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


ހެލަން ކެލަރގެ  ވާހަކަ ދެކެވޭ ކޮންމެ ހިނދުކޮޅެއްގައި ހެލަން ކެލަރގެ، ބޯހަރު ކެތްތެރި އެހައިމެ އޯގާވެރި މުދައްރިސާގެ ވާހަކަ ދެކެވެން ޖެހޭނެއެވެ. އެހައި ޅަފަތުގައި ދެލޯ އަނދިރިވެ، ބީރުވުމުގެ ސަބަބުން މަންމަންވެ، މުޖުތަމައުން އެކަހެރިވެ ރުޅިގަދަވެ އަނދިރިކަންމަތީގައި ވަރަށް ބިކަހާލުގައި އުޅުނު ތުއްތު ހެލަން ކެލަރ، މީހުންގެ ތެރެއަށް ނެރުއްވައި ތައުލީމުގެ ބިންގާ އަޅުއްވައިދެއްވައި އަދި އެއަށް ފަހު ހެލަން ކަލަރ އާއިއެކު މުޅި އުމުރު ހޭދަކުރެއްވި ވަފާތެރި އެކުވެރިއަކީީ ލާމަސިލު މުދައްރިސާ އޭން ސުލިވަން  ( ( Anne Sullivan އެވެ.

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ (2 ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 7632
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(22 ޖުލައި 2012 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަޅުގަނޑަކީ ލޯފަންމީހަކީމެވެ. ނަމަވެސް އަޅުގަނޑު ހައިރާންވާވަރުގެ އެތައް ސަތޭކަ ކަމެއް ހަމަ އެކަނި ތަކެތީގައި އަތްލައިގެން އަޅުގަނޑަށް އިހުސާސުވެއެވެ. ފަތެއްގެ ނިޔަނެތި  ކުދިކުދި ނާރުތަކާއި ފަތެއްގައި އެކުލެވޭ ކުދި ތުނޑުތައް ދެފަރާތަށް އެއްވަރަށް، އެއްފަރާތަކަށްވެސް އައިބުނުވާގޮތަށް ބެހިލާފައިއެވާ ގޮތަކީ އަޅުގަނޑު އުފަލުން ބަލައިގަންނަ ކަންކަމެވެ. ފިތުރޯނު ފަދަ ރާޅު އެއްޗެއް އަޅުގަނޑުގެ އަތުގައި ޖެހިއްޖެ ނަމަ އޭގައިވާ ކެންޑުން ތަކާއި އުފުލިފައިވާ ކުދި ކުދި ތޫނު ކަށިފަދަ ތަންކޮޅުކޮޅުވެސް ރަނގަޅަށް ދަސްކުރަމެވެ. މަޑުމަޑުން އިނގިލީގެ ކުރި ޖައްސަމުން ދަސްކުރަނީއެވެ.

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ (ފުރަތަމަ ބައި)

ކިޔާފައިވާ ޢަދަދު: 7718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


ހެލަން ކެލަރ (27 ޖޫން 1880 ން 1 ޖޫން 1968)  ވެގެން ދިޔައީ މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ ބީއޭ ޑިގްރީ ހާސިލުކުރި މަންމަން، ލޯ އަނދިރި މީހާކަމުގައެވެ. ލޯއަނދިރިވެ ބީރުވީ އުމުރުން އެންމެ ދޮޅު އަހަރުގައި މެނިންޖައިޓިސް ކަމަށް ބެލެވޭ، ވަރުގަދަ ހުމެއްޖެހިފައެވެ. މަޝްހޫރުވީ ލިޔުންތެރިއެއްގެ ގޮތުން، ސިޔާސީ ހަރަކާތްތެރި( އެކްޓިވިސްޓް) އެއްގެ ގޮތުންނާއި ނުކުޅެދޭމީހުންނާއި އަންހެނުންގެ ހައްގުތައް ހޯދައިދިނުމާއި ހޭލުންތެރިކުރުމުގެ ގޮތުން ތަގުރީރުކުރެއްވި މުގައްރިރާއެއްގެ ގޮތުންނެވެ. ވަރަށް ގިނަ ދަތުރުކުރައްވައި، ވަޑައިގެންނެވި ތަންތަނާ ބެހޭގޮތުން ލިޔުއްވިއެވެ.