ޒަމާނަށް ފާޑު ކިޔާއިރު އަޅުގަނޑުމެނަށް އައި ބަދަލު

ކިޔާފައިވާ ޢަދަދު: 8701
އަޙްމަދް ސަމީރު ޢަލީ
އުމުރުން 53 އަހަރަކީ މި ދުވަސްވަރުގައި އެ މީހަކާއި ދިމާއަށް މުސްކުޅިއެކޭ ކިޔާނޭ އުމުރެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަ ބައެއް ކަންކަން އަޅުގަނޑުމެން އުމުރުގެ މީހުންނަށް މާ ބޮޑު ކަމަކަށްވެފައި، ވަށައިގެން ތިބި ޒުވާނުންނަށް އެއީ ހަމަ އާދައިގެ ކަމެއްކަމަށް ގަބޫލު ކުރެވޭ ފަހަރުފަހަރު ގިނަވެ އާންމު ވަމުން އަންނާތީ ދެ ޖީލު ދޭތެރެ މާ ފުޅާވަނީބާއޭ ހިތަށް އަރާލެއް ގިނަވަނީއެވެ.

އޭރުގެ ފަތްފުށްތަކުން…. (32)

ކިޔާފައިވާ ޢަދަދު: 5370

دَاخلىހަގުރާމަތަކުގެ ސިއްރަކީ ކޮބައިތޯއެވެ؟

ތުޅާދޫގޭ ޢައްބާސް


ތުޅާދޫގެ ޢައްބާސްއަކީ، ލިޔުންތެރިއެކެވެ. ވާހަކަދެއްކުންތެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. އެއީ، ގިނަބޭފުޅުން ދެނެވަޑައިގަންނަވާނޭ މ.އެންދެރިމާގޭ އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.
އަލްފާޟިލް ޢައްބާސް އިބްރާހީމް، 1959 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އަމިއްލަފުޅަށް ނޫސް ނެރުއްވައި ހިންގަވައިފައިވެއެވެ. ދުވަހުނޫސް، “ވިޔަފާރި މިއަދު”، “މޫންލައިޓް”، “ސިނަމާ”، މިދުވަސްވަރު”، “ވަގުތު” ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވެއެވެ. އަދި “ފަތިސް” ނޫހާއި “އާފަތިސް” ސީދާ ހިންގަވައިފައިވެއެވެ. “ޢިލްމީ އޮއިވަރު” “އާބާރު” ފަދަ މަޖައްލާތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

އުސްތާޒުގެ ހިތުގައި އޮތް ޖަވާބު

ކިޔާފައިވާ ޢަދަދު: 8273
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


ބެރޯމީޓަރަކީ އާންމު ގޮތެއްގައި މޫސުން ދިރާސާކުރަން ބޭނުން ކުރާ އާލަތެކެވެ. ދައްކައިދެނީ ވައިގެ ފިއްތުމެވެ. ވައިގެ ފިއްތުމަށް (އެއަރ ޕްރެޝަރަށް) އަންނަ ބަދަލު ފަސޭހައިން ދެނެގަނެވޭތީއެވެ. ވައިގެ ފިއްތުމަކީ ކަނޑުގެ ސަތަހައިގައި ހުރި މިނަށްވުރެ މައްޗަށް (އުހަށް) އެރިވަރަކަށް ދަށްވާ އެއްޗެކެވެ. ވީމާ ބެރޯ މީޓަރު ބޭނުންކޮށްގެން ވަރަށް އުސް އިމާރާތެއް، ފަރުބަދައެއް ފަދަ ތަނެއްގެ އުސްމިން ދެނެގަނެވިދާނެއެވެ. ދެ ފެންވަރުގައި ނެގުނު މިންގަނޑަށް ރިއާޔަތްކޮށެވެ. އުސްމިން ބަލަން ބޭނުން ކުރާ ބެރޯ މީޓަރުގައި ކަނޑުގެ ސަތަހައިން މައްޗަށް އަރާވަރު އަންގައިދޭ މިންގަނޑު މީޓަރުން/ފޫޓުން ޖަހައިފައި ވެސް ހުރެއެވެ.

ޙަޔާތުގެ ދެ ގޯލު

ކިޔާފައިވާ ޢަދަދު: 5310

ޢަބުދުﷲ ޙިލްމީ
އިންސާނާ ކުރަންޖެހޭދަތުރުގެ މެދުތެރޭ މަންޒިލަކީ ދުނިޔެއޭ މިކިޔާ ތަނެވެ. ދަތުރުގެ އެ މަންޒިލަށް ދާންޖެހެނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އަދި އެ މަންޒިލުން އެނބުރި ދިޔުންއޮތީ ވެސް ހަމަ އެ މަތިވެރި ޙަޟްރަތަށެވެ. (ދުނިޔޭގައި އިންސާނާގެމިސާލަކީ ވައިގެމަގުން މާލެ- ގަން- މާލެއަށް ދަތުރުކުރަންޖެހޭ މީހަކު ގަމުގައި މަޑުކޮށްލުން ފަދަ ކަމެކެވެ. ފުރަންޖެހެނީ މާލެއިންނެވެ. ގަމަށްގޮސް އެނބުރި ދާންޖެހެނީ ވެސް މާލެއަށެވެ. ގަމަކީ ހަމައެކަނި ކުރަންޖެހޭ ދަތުރުގެ މެދުތެރޭގެ މަންޒިލަކީއެވެ. އިންސާނީޙަޔާތާއި ކުރިމަތިލައި ރަނގަޅުނަތީޖާ ޙާޞިލްކުރުމަށް ޢަޒުމު ކަނޑައަޅަންވީ އެ މަންޒިލުގައެވެ. އިންސާނާގެ ދުނިޔެވީ ޙަޔާތުގެ ހުރިހާ ކުޅުމެއް ކުޅެންޖެހޭ ދަނޑަކީ އެ މަންޒިލެވެ.)
 

އެއް މިލިޔަން މެހުމާނުން، ފަލްސަފީ ވިސްނުމަކުން . . .

ކިޔާފައިވާ ޢަދަދު: 8786
އަޙްމަދް ސަމީރު ޢަލީ
ލިޔުންތެރީންގެ ގުޅުމުގެފަރާތުން ޝާއިއު ކުރާ މި ވެބްސައިޓަށް 1,000,000  (އެއް މިލިޔަން) މެހުމާނުން މިހައިތަނަށް ޒިޔާރަތް ކޮށްފައިވުމުން، ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެނަށް މި އުފާވެރި ދުވަސް ދެއްކެވީތީއެވެ. މި ޢަދަދު ހަމަވީ ރޭ (2013 މެއި 25 ވަނަ ދުވަހުގެ ރޭ)  އެއްދަންހުސްވެ މެންދަމަށް އެޅިފައި ވަނިކޮށެވެ. އާދެ! ގަޑިން 22:22 ގައެވެ.

ނޮބެލް ޕްރައިޒް

ކިޔާފައިވާ ޢަދަދު: 5185

ނޮބެލް ޕްރައިޒް

އުފެއްދީ ކާކު؟ ކީއްވެގެން؟

ޢަބްދުއްރަޝީދު ޙުސައިން

ނޮބެލް ޕްރައިޒް އަކީ ވަރަށް އަގުހުރި އިނާމެކެވެ. ނޮބެލް އިނާމު  ލިބޭނީ  ބައިނަލް އަޤްވާމީ ގޮތުން ވަރަށް ފާހަގަކުރެވޭ މީހުންނަށެވެ. އެ މީހަކު އިންސާނިއްޔަތަށް އެ ކުރާ އަގުހުރި ޚިދްމަތެއްގެ ސަބަބުންނެވެ. އާދޭހެވެ! އެއްވެސް މީހެއްގެ ވާހަކަ ދައްކާއިރު އޭނާ އަކީ މި ވެނިރޮނގަކުން ނޮބެލް އިނާމު  ލިބިފައިވާ  މީހެކޭ ބުނެފިނަމަ އެ ހިސާބުން އޭނާގެ ޝަރަފުގައި އިތުރު އެއްޗެއް ބުނާކަށް ނުޖެހޭ ނެއެވެ. އެހެންކަމުން މި ފުރުޞަތުގައި ނޮބެލް އިނާމު އުފެދުނީ ކިހިނެއް ކަމާއި އެ އިނާމު އުފެއްދީ ކޮންތާކު ކޮން ބަޔެއް ކޮން އިރަކު ކަން ދަންނަވައިލާނަމެވެ. އެނގިވަޑައި ނުގަންނަވާ ބޭފުޅުންގެ މަޢުލޫމާތަށެވެ. އެނގިވަޑައިގަންނަވާ ބޭފުޅުން ހަނދުމަފުޅު އައުކޮށް ލެއްވުމަށެވެ.

އަހަރުމެންގެ ޅަފަތުގެ ލޯބި ހިތުން ފޮހެވިގެން ދިޔަނުދެއްޗެވެ.

ކިޔާފައިވާ ޢަދަދު: 4599
ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

މިއީ 1952 ގައި ނިކުތް ހިންދީ ފިލްމު ‘ބައިޖޫ ބާވްރާ’ ގެ ‘ބަޗް ބަންކީމޮހައްބަތު ކޯ ދިލްސޭ ނަޖުދާކަރުނާ’ ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވައިގެ މައިގަޑު މައުޟޫއުއަކީ އަތުން ބީވެގެން ދިޔަ ލޯބި އަލުން އަބުރައި ލިބުމުގެ އެދުމުގެ މައުޟޫޢެވެ. ޅެންވެރިންގެ އާއްމު މައުޟޫއެކެވެ. މި މައުޟޫއުގެ މައްޗަށް ދިވެހި ޝާއިރަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެއް ހަނދާނަށް އާދެއެވެ. “އަތުން ދޫވިގުމްރީފަދަ އަލި ޤަމަރު ދުށުންއެދެމެ ސާފުކޮށް އަދި އެއްފަހަރު” މިބައިތެވެ.
 

ހަޔާތުގެ ދުވަސްތައް ޒަމާނުގެ ހަލުވި ދުވެއްޔާއެކު ފާއިތުވެދެއެވެ.

ކިޔާފައިވާ ޢަދަދު: 4591
ތަރުޖަމާ: އަބްދުލްޣަފޫރު ޢަބްދުއްރަޙީމު
މި ލަވަޔަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މުޅިދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އިނގިރޭސިވިލާތުގެ ބޭންޑެއްކަމުގައިވާ ‘ކުއީން’ގެ ލަވައެކެވެ. ‘ކުއީން’ގެ ‘ދޯސް އާ ދަ ޑޭސް އޮފް އަވަރ ލައިވްސް’، ‘އަހަރުމެންގެ ހަޔާތުގެ ދުވަސްތަކަކީ އެއީއެވެ.’ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަ ލިޔުނީ ‘ކުއީން’ގެ ރޮޖަރ ޓެއިލަރ އެވެ. އިންސާނީ ހަޔާތާ މެދު އޭނާއަށް ކުރެވި ދިޔަ އިޙުސާސުތަކެކެވެ.

ލޯބީގެ ބަދުނަސީބު ތަރި

ކިޔާފައިވާ ޢަދަދު: 4365

ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު

މިއީ 1966 ގައި ނިކުތް ހިންދީ ފިލްމު ‘ދޯ ބަދަން’ ގެ ‘ރަހަ ގަރްދިޝޯނމޭ ހަރްދަމް’ ގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަޔަކީ ހިތާމަވެރި ލަވަޔެކެވެ. ލަވައިގައި ޝާއިރު ފާޅުކޮށްފައިވާ ޝުޢޫރަކީ ލޯބީގައި އަބަދުހެން ނާކާމިޔާބާ ކުރިމަތިލާން ޖެހޭ މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކެކެވެ. އޭނާގެ ލޯބީގެ ހަޔާތުގައި އަބަދު ނާކާމިޔާބާ ކުރިމަތިލާން ޖެހުނަސް އެކަން މެދުވެރިވާންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. މި ގޮތަށް ކަންތައް ދިމާވާން އޮތް ހަމަ އެކަނި ސަބަބަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ ނަސީބު ދެރަކަމެވެ.
 

ދިރިއުޅެން ވެސް އޮތީ މި ތަނެވެ. މަރުވާން ވެސް އޮތީ މި ތަނެވެ.

ކިޔާފައިވާ ޢަދަދު: 4349

ތަރުޖަމާ: އަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
މި ލަވަޔަކީ ފިލްމް ‘މޭރާ ނާމް ޖޯކަރު’ގެ ‘ޖީނާ ޔަހާނ މަރްނާ ޔަހާނ’ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ފިލްމު މޭރާ ނާމް ޖޯކަރ އަކީ ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމީ އާއިލާ، އާދެ، ‘ކަޕޫރ’ އާއިލާގެ  ޕޭޓްރިއާކް ރާޖްކަޕޫރު އުފައްދައި ފިލްމުގެ ބަޠަލުގެ ބައި ކުޅެފައިވާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މިފިލްމުގެ ވާހަކަ ގުޅިފައި ވަނީ ރާޖްކަޕޫރުގެ އަމިއްލަ ހަޔާތާއެވެ. 1970 ގައި ނިކުތް ޖޯކަރު ގެ ބައެއް ހާދިސާތައް ބިނާވެފައި ވަނީ ރާޖުކަޕޫރުގެ އަމިއްލަ ހަޔާތުގެ އެކިއެކި މަރުހަލާތަކާއެވެ. އަދި ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން މަސައްކަތް ކުރެވިފައިވާ މެސެޖު، ހަޔާތަކީ ކޮބައިކަން ގުޅެނީ އޭނާގެ އަމިއްލަ ހަޔާތުގެ ފަލްސަފާއާ އެވެ.