އިހުގެ ފަތްތުށްތަކުން…(3)
ކިޔާފައިވާ ޢަދަދު: 4331ފުވައްމުލައް (1)
ޢަލީ ޙުސައިން ނައިފަރު (ރަޙިމަހުﷲ)
މިއީ، 1976 މޭ މަހު “މޫންލައިޓް” ގައި އަލްފާޟިލް ޢަލީ ޙުސައިން ނައިފަރު،(ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިޔުމެކެވެ. ޢަލީ ޙުސައިނަކީ، ދިވެހި ލިޔުންތެރިކަމުގެ ފަންނުގައި ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ނަތީޖާއެއްގެ ގޮތުން،ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985 ވަނަ އަހަރު، އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ.
ފުވައްމުލަކަކީ އައްޑު އަތޮޅުގެ އިރުއުތުރުން ވިއްސަކަށްމޭލު ދުރުގައި ހުވަދުއަތޮޅާ ދޭތެރޭގައި އޮންނަ އެންމެ ރަށެކެވެ. ވަރަށް ބޮޑު ރަށެކެވެ. ދިގުމިން ތިންމޭލު ފުޅާމިން އެކެއްބައި މޭލު ހުންނަ ހަތަރެސްކަން ރަށެކެވެ. ރަށުގެ ދެފަރާތުންވަނީ ބޮޑު ދެކަނޑެވެ.
ޙަޔާތުގެ ޝޯ ކުރިއަށް ދާނެއެވެ.
ކިޔާފައިވާ ޢަދަދު: 4262ތަރުޖަމާ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
މިލަވަޔަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މުޅި ދުނިޔެއަށް މަޝްހޫރުވި އިނގިރޭސިވިލާތުގެ ބޭންޑެއް ކަމުގައިވާ “ކުއީން” ގެ ލަވައެކެވެ. މި ލަވަ ކިޔައިފައި ވަނީ އެ ބޭންޑުގެ އިސް ލަވަކިޔުންތެރިޔާ ފްރެޑީ މާކިޔޫރީ އެވެ. ފްރެޑީ މާކިޔޫރީގެ ޢާއިލާ އަކީ ފާރިސީ ދަރިކޮޅުން އައިސް ތިބި އިންޑިޔާގައި ވަޒަންވެރިވެ އުޅުނު ބަޔެކެވެ. ފްރެޑީ މާކިޔޫރީ އުފަންވީ ޒެންޒިބާރުގައެވެ. ޅަ އުމުރުގައި ކިޔަވަން ފުރަތަމަ އުޅުނީ އިންޑިޔާގައެވެ.
ދޭތެރެދޭތެރެއިން އަހުރެންގެ ހިތަށް ވެރިވާ ޝުޢޫރު ކޮޅެއް
ކިޔާފައިވާ ޢަދަދު: 4231(ހިންދީ ލަވައެއްކަމަށްވާ ” ކަބީކަބީ މެރެދިލްމޭ “ގެ ދިވެހިތަރުޖަމާއެއް)
ތަރުޖަމާކުރީ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ލަވައިގެ ކުރު ޚުލާސާއެއް
މިލަވައިގައި ބަޔާންކުރެވިފައިވަނީ މީހެއްގެ ހިތުގައި އޭނާލޯބިވާ އަންހެނަކާއި ދޭތެރޭ އުތުރިއަރާ ޝުޢޫރުތަކެއްގެވާހަކައެވެ. އޭނާ ލޯބިވާ ހަމައެކަނިމީހަކީ އެއަންހެނާއެވެ. ދުނިޔެއަށް، މަލާއިކަތެއް ފަދަ އެ އަންހެންމީހާ ފޮނުނުނީ ވެސް ހަމައެކަނި އޭނައަށްޓަކައެވެ. އެނާގެ ހަވާލުގައި ލެހެއްޓިފައިވާ އަމާނާތެއްގެ ގޮތުގައެވެ.
(Historia de unamor) ލޯބީގެ އަފުސާނާއެއް
ކިޔާފައިވާ ޢަދަދު: 4467ޑރ. ޢަބްދުލްޣަފޫރު ޢަބްދުލްމަޖީދު
“މިލަވަ އަކީ ޕެނަމާގެ ކާރްލޯސް އެލީޓާ އަލްމަރާން، އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ލޯބިވެރިޔާ މަރުވުމުން، އޭނާގެ ހަނދާނުގައި ހެދިލަވައެކެވެ. ބުނެވޭ ގޮތުގައި މި ލަވައަކީ އިސްޕޭނުބަހުގެ އެންމެ މަޝްހޫރު، އަދި އެތައް ފަންނާނުންނެއް ކިޔައިފައިވާ ލަވައެކެވެ. މިއީ މެކްސިކޯގެ އެނާ ގެބްރިލްގެ ކިއުމެވެ.
ހުވަފެނެއް
ކިޔާފައިވާ ޢަދަދު: 4620ތަރުޖަމާކުރީ: އަބްދުލްޣަފޫރުއަބްދުއްރަހީމު ގ.މަންޒިލް
ނޯޓު: މިލަވައަކީ ‘މޭކިންގް ބިލީވް’ ގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގައި ކިޔައިދެވެނީ މީހަކައަށް ކާމިޔާބު ނުކުރެވުނު ލޯތްބެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން އޭނާގެހިތުގައި އުފެދުނު ޝުއޫރުތަކެއްގެ ވާހަކައެވެ. އެ ލޯބީ ހާސިލުނުވެ ފޭލިވުމުން، އެނާގެ ލޯބިވާމަތިން ހަދާންކޮށް ހާސިލު ނުކުރެވުނު ކަންތައްތައް، ކުރެވުނު ކަންތައްތަކެއް ކަމަށް ހީކޮށްއިލައިގެން ހުރެ ހިތަށް ހަމަޖެހުން ގެންނަ ވާހަކައެވެ.
އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދާނެ ގޮތް
ކިޔާފައިވާ ޢަދަދު: 3704އިމްތިޙާނަކީ ބިރެއް ނޫން!
ވިސްނައިގެން މަސައްކަތްކުރުމުން ފާސްވާނެ!
އާމިނަތު ބިޝާ
އިމްތިޙާނުގައި އިށީންނަ މީހާއަކީ ކޮންމެ ޢުމުރެއްގެ މީހަކަށް ވިޔަސް އަދި ކޮންމެ އިމްތިޙާނެއްގައި އިށީން މީހެއްކަމުގައިވިޔަސް އެމީހެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ޚާއްޞަ ތިންކަމެއް ވެއެވެ.
1.ކާމިޔާބުގެ ހަރުފަތާ އަރާ ހަމަކުރުމަށްޓަކައި ރަނގަޅަށް މަސައްކަތް ކުރުން.
2.ހިތްވަރާއެކު ކިޔެވުމުގެ މަސައްކަތުގައި ވަގުތު ހޭދަކުރުން.
3.އިމްތިޙާނު ނިމެންދެން ސަކަރާތް ޖެހުމާއި މަޖާކުރުންފަދަ އުފާތައް ޤުރްބާން ކޮށްލުމުގެ ކުޅަދާނަކަން ލިބިގަތުން.
ވައިގެ ތަފާތު ދަރަޖަ ތައް
ކިޔާފައިވާ ޢަދަދު: 9602ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“މިއަދު އެންމެ ރޯޅިއެއްވެސް ނުވެއެވެ.” “މިއަދު މިއޮތީ ވައި ހިނދިފައެވެ.” “ވަރަށް ނަލަވައި ޖެހޭ ދުވަހެކެވެ.” “މިއަދު ވަރަށް ވައި ބާރެވެ.” “ވައިގަދަކަމުން ދަތުރުކުރެވޭ ވަރެއް ނުވެއެވެ.” މިއީ ދުނިޔެއަށް ޖެހޭ ވައިގެ މިންވަރު ނުވަތަ ދަރަޖަ ބަޔާންކުރުމަށް ބޭނުންކުރާ ޢިބާރާތްތަކެވެ. ނަމަވެސް މިފަދަ ޢިބާރާތްތަކަކުން އެއީ ކިހާ ބާރުމިނެއްގައި ޖެހޭ ވަޔެއްކަމެއް ބުނެއެއް ނުދެވެއެވެ.
މަގު އިންފާރަކީ ބަންޑާރަ ފާރެއް ނޫނެވެ.
ކިޔާފައިވާ ޢަދަދު: 4399އިސްޙާޤު އަޙްމަދު
ބަންޑާރަ ގޯއްޗެއް ވިޔަސް، އަމިއްލަ ގޯއްޗެއް ވިޔަސް، ގޯތީގެ މަގު އިންފާރުގެ މިލްކުވެރިކަމާމެދު ސުވާލު އުފެއްދުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށޭ ބުނެވޭ ވަރަށް ވެސް ޢާއްމުވެފައިވާ ކަމެކެވެ. މާލޭ މުނިސިޕަލިޓީގައި އަޅުގަނޑު އުޅުނު ދުވަސްވަރު މި ކަން ފާހަގަކުރެވިފައި ވަނީ، އެ ތާނގައި ނޫޅޭ ބަޔަކަށް އިހުސާސް ވެސް ނުކުރެވޭ މިންވަރަށެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މައްސަލަ އަކީ ވަރަށް ބޮޑަށް އޮޅުން އަރައިފައިވާ، އަދި ޙައްލުކުރަން ދަތިވި ކިތަންމެ ކަންތައްގަނޑަކާ ކުރިމަތިވި މައްސަލައެކެވެ.
އެކެއްދޭއްގެ ދަތުރު
ކިޔާފައިވާ ޢަދަދު: 4315އާދަމް ޢަބްދުއްރަޙްމާން، ހއ.އުތީމު
އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ.