ކަނޑަހަލަގަލަގެ އަންހެންކުއްޖާ

ކިޔާފައިވާ ޢަދަދު: 636
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

-ނ.ތ. ޙަސަން ދީދީ-           އަލްމަރުޙޫމް ނ.ތ. ޙަސަން ދީދީ އަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ތިން ރައީސުންގެ ދަށުގައި އޭނާ ސަރުކާރުގެ ވަރަށް ގިނަ މަތީ ވަޒީފާތަކެއް ވަނީ އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ފުރަތަމަ ދިވެހި ޖުމްހޫރިއްޔާގެ ރައީސް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސެކެއްޓެރީ ކަމާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ޕްރައިވެޓް ސެކެއްޓެރީކަން ހިމެނެއެވެ. ހުވަދޫ ބަޣާވާތުގެ ދުވަސްވަރު އޭނާ ހުންނެވީ އެއަތޮޅުގެ އަތޮޅުވެރިކަމުގައެވެ. ރާއްޖޭގައި…

ޖިންނި ސައިތާނުން އިންސާނުންނާ އަވަލުން- ނަފްސާނީ އިލްމުގެ ޕްރޮފެސަރެއްގެ ގަލަމުން

ކިޔާފައިވާ ޢަދަދު: 1107
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި މަޒުމޫނަށް އަޅުގަނޑު މައުލޫމާތު ހޯދީ، ޕްރޮފެސަރ ޑރ ރިޗަޑް ގެލެހަރ Richard Gallagher ލިޔުއްވާފައިވާ ދެތިން ހަތަރު ލިޔުމަކުންނެވެ. ޑރ ގެލެހަރ އަކީ އެމެރިކާގެ ނަފްސާނީ އިލްމުވެރީންގެ ޖަމިއްޔާގެ މެންބަރެކެވެ. އެ ޖަމިއްޔާގެ ސަނަދުތައް ހާސިލުކުރައްވައިގެން ބޭސްފަރުވާކުރައްވާ މަޝްހޫރު އިލްމުވެރިއެކެވެ. ނިޔުޔޯކު މެޑިކަލް ކޮލެޖުގައި ކިޔަވައިދެއްވާ އުސްތާޒެކެވެ. މަޝްހޫރު ޔޭލް ޔުނިވަރސިޓީގެ ދަސްވެނިއެކެވެ. ޖިންނި ސައިތާނުން އަވަލާ މީހުން އެކަމުން ސަލާމަތްކޮށްދޭ ދީނީ ޖަމާއަތްތަކުން ލަފަޔާއި މަޝްވަރާ ހޯދާ ހަމައެކަނި ނަފްސާނީ ޑަކްޓަރަކީ ޑރ. ރިޗަޑް…

ދިރިއުޅުން ބައްޓަންކުރުމާ ބެހޭ ގޮތުން ތައިލެންޑުގެ ދަނޑުވެރިޔެއްގެ ސާދާ ބަސްކޮޅެއް!

ކިޔާފައިވާ ޢަދަދު: 711
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖޮން ޖޮންޑާއި އަކީ ތައިލެންޑުގެ އިރުއުތުރު ހިސާބަކަށް ނިސްބަތްވާ ދަނޑުވެރިއެކެވެ. އަމިއްލައަށް ހައްދާތަކެތިން ފުދުންތެރިކަން ހޯދަަން ދަސްކޮށްދިނުމުގެ ގޮތުން، ކެމިކަލް ނާޅައި، ގުދުރަތީ ތަކެތިން ގަސްކާނާ ހަދައިގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދެއެވެ. މީނާ އުފެއްދި  ” ޕަން ޕަން” ޖަމިއްޔާއަކީ ތައިލެންޑުގައި ފަސޭހައިން ހެދޭ ތަފާތު މޭވާ އާއި ތަރުކާރީގެ އޮށް އެއްކޮށް ފަހަށް ރައްކާކުރުމުގެ ކަންތައް ކުރާ ޖަމިއްޔާއެކެވެ.  މީގެ އިތުރުން ތައިލެންޑުގައި ބޯދާ ދުވަސްވަރު ކާބަފައިން ގެދޮރުއަޅައި އުޅުނުގޮތްގޮތް ދިރާސާކޮށް އެކަންކަންވެސް މީނާގެ ޖަމިއްޔާއިން…

ނަސީބު ބަދަލުވި ކުށް: “ބެދޭ މަޅިއެއް ނުފެންނާނެއެވެ” (3)

ކިޔާފައިވާ ޢަދަދު: 694
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ޖޫން 8، 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) ތޮށަލި ތަންމަތީގެ ނިދި އަޅުގަނޑަށް އެތާނގެ ކެއުންބުއިންވެސް ރަނގަޅެވެ. ހެނދުނު، ދެ ޖޯޑު ފާރޮށި (މަޑު ފާރޮށި ނުވަތަ ހަރު ފާރޮށި) ސައިތައްޓެއް، މެންދުރު، މުގުރިހަޔާއި ބަތާ ނުވަތަ ރިހާކުރު ދިޔަ ނޫނީ ގަރުދިޔައާއި ބަތާ، ރޭގަނޑުވެސް މިކަހަލަ ކޮންމެވެސް އެއްޗަކާއި ބަތެވެ. ހަވީރުގެ ސަޔަކީ، ޓައްޕުން ބޮއިލާ ފެންފޮދެކެވެ. އޭރުވެސް މެންދުރަށް ގެންނަ ހޫނުކުރި ފެންޓައްޕު ހުންނާނީ ހަމަ ހޫނުކޮށެވެ. މި ހުރިހާ ކަމެއް…

ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން

ކިޔާފައިވާ ޢަދަދު: 552
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ.  އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ. މީހަކު ފިލްމެއް އުފައްދާނީ…

ނަސީބު ބަދަލުވި ކުށް: “ބެދޭ މަޅިއެއް ނުފެންނާނެއެވެ” (2)

ކިޔާފައިވާ ޢަދަދު: 561
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ޖޫން މަހުގެ 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ) ވިލިގިނލި ރަށާ ކައިރިއަށް ދެވުނުދެވުނުހެން، ހިތުގައި ހިނގަމުން ދިޔައީ އަޖައިބެއް ކަހަލަ ޝުޢޫރުތަކެކެވެ. އެއްކޮޅުން އަޅުގަނޑުގެ ކުށަށް ލިބޭނެ އަދަބެވެ. އަނެއް ކޮޅުން ނުފެނި އެތައް ދުވަހެއް ވެފައިވާ އަޅުގަނޑުމެންގެ އަޚުންތަކެއް، އެބައެއްގެ ޙާލާއެކު ފެންނާނެގޮތް ދިމާވާ ކަމެވެ. އޭގެ ހިތްހަމަޖެހުމެވެ. މިއީވެސް ބަލާލަން ބޭނުން ރަށެކެވެ. މިއީ ޝުކުރުކުރާވަރުގެ އިއްތިފާޤެކެވެ. އަޅުގަނޑުމެން، ފާލަންމައްޗަށް ބާލައިފިއެވެ. ގެންގޮސް ރުކެއްގެ ހިޔަލުގައި ކޮޅަށް ބައިތިއްބައިފިއެވެ. ލައްކަ ގިނައިރު އެގޮތަށް…

ނަސީބު ބަދަލުވި ކުށް: “ބެދޭ މަޅިއެއް ނުފެންނާނެއެވެ”

ކިޔާފައިވާ ޢަދަދު: 610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުވަހަކީ އޮފީހުގެ މަސައްކަތް ވަރަށް ބޮޑު ދުވަހެކެވެ. އެއީ 1968 ވަނަ އަހަރުގެ މާރޗް 5 ވަނަ ދުވަހެވެ. އާދެ ދުވަހަކީ، ދިވެހި ސަރުކާރާ އިދިކޮޅު ޢަމަލުތަކެއްކޮށް ސަރުކާރު ބަދަލުކޮށްލަން އުޅުނު ކުށްވެރިންތަކެއް، އަރުވާލުމުގެ ދުވަހެވެ. އެ ކުށްވެރިންގެ ސަރިޔަތް ނިމި ސަރިއަތުން ކަނޑައެޅުނު ޙުކުމް ތަންފީޒުކުރުމަށްޓަކައި އޭރުގެ ވުޒާރަތުއް ދާޚިލިއްޔާ (އ) އަށް އެބައިމީހުން ދައްކައިފިއެވެ. މުޅި އެހިސާބުގަނޑާއި ވުޒާރަތުއް ދާޚިލިއްޔާގައި ވަނީ، އާދަޔާ ޚިލާފު ހަމަހިމޭން، ނަމަވެސް ހަލަބޮލިކަމެއް ހިނގައިގެންފައެވެ. ކުށްވެރިންގެ ތެރޭގައި، ސިއްކަ…

ހަނދާނުގެ އެންމެ ތޫނުކަށިތައް: ނުދެވުނު ކޮޅުނބު ދަތުރު

ކިޔާފައިވާ ޢަދަދު: 583
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަނދާނަކީ، އަޖައިބެއް ކަހަލަ އެއްޗެކެވެ. ބައެއް ހަނދާން ދިރިގަންނަ ހިނދު ތިމާގެ ހިތުގެ ވިންދު އަވަސްވެގެން ދެއެވެ. އެއާއެކު އުފަލުން ފުރިގެން ހިނގައިދެއެވެ. އަދި ބައެއް ފަހަރު އުފަލުން ނެށިވެސް ދޭމެއެވެ. ނަމަވެސް އަނެއްބައި ހަނދާން ހިތުގައި އާވެ އާލާވާން ފެށުމުން ހިތަށް ދަތިކަން އިތުރުވެދެއެވެ. ސިކުނޑި ހާސްވެދެއެވެ. ކުރާން ފަށާ ހިތި އަސަރެއްގެ ނަތީޖާއެއްގެ ގޮތުން ތިމާގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަވެސް ހިނގާންފަށާމެއެވެ. އެފަދަ ހަނދާންތަކަކީ…. އާދެ! އެފަދަ ހަނދާންތަކަކީ، ހަނދާނުގެ ތޫނު ކަށިތަކެވެ. މިހެނީ…

ކަލާގެ ހަނދާނުގައި ދެމޭ ހާސަރު

ކިޔާފައިވާ ޢަދަދު: 1143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހަރެންގެ ލޮލުން ކިތަންމެ ކަރުނައެއް އޮހުރުނުކަމުގައިވިޔަސް ކަލާ އެނބުރި އައުމެއް އަލުން ނެތެވެ. އަހަރެންގެ ހިނިތުންވުން ކިތަންމެ ނަޔާކަމުގައިވިޔަސް ކަލާއަށް ފަރުވާލެއްނެތެވެ. އަހަރެން ކަލާއަށް ކިތަންމެ ކުލުނެއް ބެހެއްޓިއަސް އަހަރެން އަދިވެސް ވަނީ ކަލާގެ ނަޒަރުގައި އަނދިރި ފަރާތުގައެވެ. އަހަރެން ކަލާދެކެ ކިތަންމެ ލޯތްބެއް ވީ ކަމުގައިވިޔަސް ކަލާ ތިޔަވަނީ އަހަރެންގެ ހިތް ފިސްފިސްކޮށްލާފައެވެ. ކަލާއާ ހެދި ނޫޅުމަށް އަހަރެންނަށް ހެޔޮ އެދޭ މީހުން ނަސޭހަތްތެރިވިކަމުގައި ވިޔަސް އެ މީހުންނަށް އަހަރެންނަށް ކަލާ ފެންނަހެން ނުފެނެއެވެ. އަހަރެންގެ…

މަގުމަތިން އަނދަވަޅު؟

ކިޔާފައިވާ ޢަދަދު: 1091
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މީގެ ދުވަސްކޮޅެއް ކުރީން ކުއްޖަކު ކިޔައިދިން ވާހަކައެކެވެ. އެއީ ސްކޫލެއްގައި ކިޔަވާ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ ދުވަހު އެ ކުއްޖާ ސްކޫލުން ނިމިގެން ގެއަށް އައުމަށް ހިނގައިގަތީ އެކުވެރި އެހެން ކުއްޖަކާއެކުގައެވެ. ހިނގާފައި އައީ ދުވާރު މަތީންނެވެ. ވަކި ހިސާބަކުން މަގު ހުރަސްކުރަން ޖެހިއްޖެއެވެ. މަގު ހުރަސްކުރާއިރު ކޮންމެ މީހަކަށް ވެސް ފުރަތަމަ ބަލައިލެވޭނީ މަގުގެ ދެ ކޮޅަށެވެ. މަގުމަތީން ގިނަ ފަހަރަށް ނުރައްކަލެއް ކުރިމަތި ވަންޏާ ކުރިމަތިވާނީ ދުއްވާ އެއްޗެހީގެ ސަބަބުން ކަމަށް ވާތީއެވެ.…