ވަޒީފާގެ ހުށަހެޅުމަށް ރައްކާތެރިވެލައްވާ! އެހެން ނޫންނަމަ ….

ކިޔާފައިވާ ޢަދަދު: 551
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝަންދުރާ ވޮވޮރަންތު އެމެރިކާއަށް ދިޔައީ ހޮޓެލް އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ޝަންދުރާއަށް ކުރިމަތިލާންޖެހުނީ އިންސާނީ ވަގުފާރީގެ ދުނިޔެއެއްގެ ޖިންސީ އަނިޔާވެރިކަމުގެ އަޅުވެތިކަމާއެވެ. މަސްތުވާ ތަކެތި ނެގުމަށް މަޖުބޫރިކުރުވިއެވެ. މި ލިޔުމުގައި ކުރުގޮތަކަށް ބަލައިލާނީ ޝަންދުރާއަށް ކުރިމަތި ހާދިސާގެ މައްޗަށެވެ. އޭނާ ކިޔައިދީފައިވެއެވެ. އަހުރެން އެމެރިކާއަށް އައީ 2001 ވަނަ އަހަރުގެ ޖޫންމަހުގެ ފުރަތަމަ ހަފުތާގައެވެ. އަހުރެންނަށް އެމެރިކާއަކީ ވަޢުދާއި އަދި ފުރުޞަތުގެ މަންޒިލެކެވެ.  އަހުރެން އެމެރިކާއަށް ހިޖުރަކުރުން އިހުސާސްކުރެވުނީ އުފަލާއި ހިތްހަމަޖެހުމުގެ އައު މަންޒިލަކަށް…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (5)

ކިޔާފައިވާ ޢަދަދު: 821
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަލުވާ ބާޒާރު އަޅުގަނޑުމެން މި ދުއްކާނުގައި ތިބޭތިބުމުގައި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އަށް އެންމެން ބާޒާރަށް ނިކުންނަމުއެވެ. އެއީ އެރަށުގެ އާދައިގެ މަތިން ހަމަޖެހިފައިވާ ހަލުވާ ބާޒާރެއް ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އަށް ހުޅުވެއެވެ. ބޭނުމަކީ މިބާޒާރު ހުޅުވޭއިރު ތިބީމާ އެކިތަންތަނުން ހަލުވާ ގަންނަން އަންނަ މީހުން ބެލުމާއި އެމީހުން އެބާޒާރުގައި ކުރާ ވިޔަފާރީގެ އަތްމަތި ފަރިތަކަމާއި މިކަހަލަ މަންޒަރުތައް ބެލުމެވެ. އަދި އަޅުގަނޑުމެން ވެސް އެތަނުން ހަލުވާ ގަންނަމުއެވެ. އެރަށުގެ…

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު (4)

ކިޔާފައިވާ ޢަދަދު: 611
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުންފަތް ނެތީމާ…. އެރަށުގައި އެންމެ ދަތިކަމަކީ ދުންފަތް ލިބެން ނެތްކަމެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން އެރަށުގައި މަނާކޮށްފައި އޮތީއެވެ. ދެން މަންޞޫރުއާއި އަޅުގަނޑާއި ދެމީހުން ސިނގިރެޓް ފަދަ އެއްޗެއް ލިބޭތޯ މީހަކާއި ވާހަކަދެއްކުމުން އެމީހާ އަޅުގަނޑުމެން ދެމީހުން ގޮވައިގެން ގޮސް އެތާނގެ ރަސްގެފާނުގެ ކާރުގެ ޑްރައިވަރު އަޅުގަނޑުމެނަށް ދައްކާފައި އޭނާއާއި ވާހަކަދައްކައިގެން އެފަދަ އެއްޗެއް ލިބޭތޯ ބަލާން އެމީހާ ބުންޏެވެ. މަންޞޫރު އެ ޑްރައިވަރާއި އެވާހަކަ ދެއްކީމާ އޭނާ ބުނީ ތިމަންނާއަކީ ރަސްގެފާނާއި ވަރަށް އަރިސް މީހަކީމޭ،…

މުމްބައީގެ ފެން ބޭކާރު ކުރުން ޓަތްކަކުން ޓަތްކަކުން ހުއްޓުވާ މީހާ

ކިޔާފައިވާ ޢަދަދު: 493
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ގީތާ ޕަންޑޭ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު
އާދީއްތަ ދުވަހެއް ހެނދުނެވެ. ރަށަކީ މުމްބައިއެވެ. ތަނަކީ މީރާ މަގުގައި ހުރި އެތައް އެޕާޓްމެންޓެއްގެ މައްޗަށް އެކުލެވިގެންވާ ބޮޑު ބިނާއެކެވެ. މިތާނގެ އެންމެ މަތީ ބުރީއަށް އުމުރުން އައްޑިހަ އަހަރުވެފައި ހުރި މީހަކު އަރައިގެން އައިސް ދޮރެއްގައި ޓަކިދީފިއެވެ. މިގޮތަށް ވޭތުވެގެން ދިޔަ ހަތަރުގަޑިއިރުގެ ތެރޭގައި މިބިނާގައި ހިމެނޭ 50 އެޕާޓްމެންޓުގައި އޭނާ ޓަކިދެއެވެ. އޭނާ ކުރަނީ އެއްސުވާލެކެވެ. “ފެން ފައިބާ އިސްކުރެއް އެބަހުރި ހެއްޔެވެ؟” މީހަކީ އިނާމް ލިބިފައިވާ ލިޔުންތެރިޔާ އިތުރަށް ކުރެހުންތެރިޔާ އަދި ކާޓޫނު ކުރަހާ މީހާ އަދި 80 ފޮތުގެ މުސައްނިފު އާބިދް ސުރުތީއެވެ. އޭނާ ކައިރީގައި ފެންވައިރުކުރާ މީހަކާއި އެހީތެރިއަކު ހުއްޓެވެ.
 

ހިތްތިރި އިހުތިރާމް

ކިޔާފައިވާ ޢަދަދު: 809
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބުރާހީމް ހުސެން މަނިކު

އުތުރުކަރައިގެ ސިނާއީ އުފެއްދުންތެރިއެއް ކަމުގައިވާ ޒާވިޔާ ޕޫނޭވާލާއަކީ އެކަރައިގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. ވަރަށް ކަމަށްކަމޭހިތުމާއެކު އޭނާއަށް ޚިދުމަތްކޮށް ދިން ކާރު ޑުރައިވަރު ދަތު ނިޔާވީ މުހިންމު ވިޔަފާރިއެއް ނިންމާލުމަށް ޒާވިޔާ މުންބައިއަށް ގޮސް ބަޔަކާ ބައްދަލުކޮށްގެން ވާހަކަދައްކަން އިންދައެވެ. ދަތުގެ މަރުގެ ޚަބަރު ލިބުމާއެކު ޒާވިޔާ ހަމަ ވަގުތުން ބައްދަލުވުން ކެންސަލްކޮށްފައި އަވަހަށް އައީ ރަށަށެވެ. ބޭނުމަކީ ޚާއްސަ މުނާސަބަތުތަކުގައި އޭނާ ބޭނުންކުރަން ބާއްވާފައި އޮންނަ ބޮޑު ލިމޮސީން ކާރު އަދު ދަތަށް ޓަކައި ޚާއްސަކޮށް މާމެލާމެލިން ޒީނަތްތެރި ކުރުމެވެ.

ބިލިއަން ޑޮލަރުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ސަލީމް

އަހަރެންނަށް ވިސްނުނުގޮތުގައި ބްރެޒިލް މީހުންނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކޮންމެ ކަމަކަށްފަހު، އާންމު އުޞޫލެއްގެ ގޮތުން އެބައިމީހުން ދެފަހަރު އަތްދޮވެ ސާފުކުރެއެވެ. އަދި ޢާންމުގޮތެއްގައި ކޮންމެ ރެސްޓޯރެންޓެއްގެ ބޭރުގައި ސިންކްހުރެއެވެ. އަދި އެތަނުގައި ސައިބޯންޏާއި އަތްފުހޭނެ ޓިޝޫ ހުރެއެވެ. ތިޔައިން މީހަކު އެފަދަ ރެސްޓޯރަންޓަށް މެންދުރުގެ ކެއުމައަށް ވަންނަ އިރު އަތްދޮވޭނެ އިންތިޒާމް އެތަނުގައި ވަނީ ހަމަޖެހިފައެވެ.

ފަސްކުރުމަކީ ގޯސް ގޮތެއް ނޫނެވެ

ކިޔާފައިވާ ޢަދަދު: 702
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ލައިނަލް ވިޖޭސިރީ
ތަރުޖަމާ: އިބުރާހީމް ހުސެން މަނިކު

“ފަސްކުރުމޭ” ބުނުމުން ބަނޑުގައި އޮތް މާނައެއް ކަމުގައި ގިނަ މީހުންނަށް ނެގެނީ ކަންނެތްކަމެވެ. މީހާގެ ޝަޚުސަށް ރިއާޔަތްކޮށް ކަމުގެ ފުނަށް ފީނުމުގެ ބަދަލުގައި އެމީހުން ހައްލެއްކަމަށް ދެކެނީ ފަރިތަވެފައި ހުރި އާދަ ބަދަލުކުރުމެވެ. ކަމާ މެދު ތަފާތު ނަޒަރަކުން ބެލިދާނެ ހެއްޔެވެ؟ މިސާލެއް ނަގަމާ ހިނގާށެވެ. ކުންފުންޏެއްގެ މުއައްޒިފުންނާ ބެހޭ މެނޭޖަރެއްގެ ގޮތުން މަސައްކަތްކުރާ ރައްޓެއްސެއް ގާތުގައި އަހަރެން އެއް ދުވަހު ޝަކުވާ ކުރީ ކޮންމެ ކަމެއް ވެސް ފޫކޮޅުގައި ރޯވަންދެން ފަސްކުރަން މަގޭ ކަށީގައި ހިފައިފައި ހުރި ގޯސް އާދަޔާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި އޭނާ ބުންޏެވެ. “ފަސްކުރުމަކީ ތިބާގެ ޝަޚުސީ ސިފައެކެވެ. ތިބާ ތިޔަ ހަދަނީ ރަނގަޅަށެވެ. ތިޔައިގައި ގޯހެއް ނެތެވެ.” އޭނާ އެބުނަނީ ތެދަކަށް ވެސް ވެދާނެއެވެ. ކަންކަން ފަސްކުރުމަކީ ގައިމު ވެސް މަގޭ ގޮތެވެ.
 

ތެޔޮ އަގުހެޔޮވުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބްރާހީމް ސަލީމް 
ފާއިތުވީ 18 މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ދަށަށް ދިއުމުން ވަރަށް ފުޅަދާއިރާއެއްގައި ބައިނަލް އަޤްވާމީ އާމްދަނީ ބެހިފައިވާ ގޮތް ބަދަލުވެގެންދެއެވެ. ވިއްކާ މީހުން ފެށިގެން ގަންނަ މީހުންނަށެވެ.  ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރަނީ ނުވަތަ ގެއްލުން ލިބޭ ފަރާތްތަކަކީ ތެޔޮ އުފައްދާ އެކްސްޕޯރޓްކުރާ ފަރާތްތަކަށެވެ. އަދި ތެޔޮ އަގު ހެޔޮވުމުން އެއިން އެންމެ ބޮޑު ފައިދާ ކުރާ ފަރާތްތަކަކީ ތެޔޮ އިމްޕޯރޓްކުރާ އަދި ތެޔޮ ބޭނުންކުރާ ފަރާތްތަކެވެ. މިގޮތުން ތެޔޮ އަގު ހެޔޮވުމުން ލިބޭ ފައިދާ ތަކަށް ކުރު ގޮތަކަށް ބަލައިލަމާ ހިނގާށެވެ.
 

މިޔުޗުއަލް ފަންޑް ހިންގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް

ކިޔާފައިވާ ޢަދަދު: 630
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް 
މިޔުޗުއަލް ފަންޑަކީ އާންމުންގެ އަތުން ފައިސާ ނަގައިގެން އެކިކަންކަމަށް އިންވެސްޓްކުރާ ފަންޑަކަށްވުމުން ރެގިޔުލޭޓަރީ އިދާރާތަކުން ވަނީ ފަންޑް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައަޅައިފައެވެ. އެ އުޞޫލުތަކަށް ފަންޑް ހިންގާ ފަރާތްތަކުން ތަބާވާންޖެހެއެވެ. މިގޮތުން އިންވެސްޓަރުން ހިމާޔަތްކުރުމަށްޓަކައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިޔުރިޓީޒް ކަމިޝަން (އައެސްކޯ) އިން ވަނީ މިންގަނޑު ތަކެއް ކަނޑައަޅައިފައެވެ.

ކޮޅުފުށިން ފެނުނު ޕަރީ: ހައްދުންމަތިން މުލަކަތޮޅަށް 15 މިނިޓް

ކިޔާފައިވާ ޢަދަދު: 1046
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަގީގީ ހާދިސާ (1)

ކޮޅުފުށިން ފެނުނު ޕަރީ: ހައްދުންމަތިން މުލަކަތޮޅަށް 15 މިނިޓް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއީ ކުޑަކޮށްވެސް އިތުރުކުރުމެއް ޢިބާރާތް ފުރިހަމަކުރުމެއް ނެތި، ހަމަ ސީދާ، ކަން ހިނގައިފައިވާ ގޮތުގެ މައްޗަށް ލިޔާ ޙަޤީޤީ ބަޔާނެކެވެ. މި ބަޔާނުގައިވާ ކޮންމެ ކަމަކީ އޭރު އެ ރަށުގައި ދިރިއުޅުނު އަދި އެރޭ އެ ރަށުގައި ހުރި ކޮންމެ ރައްޔިތަކު ވެސް ހެކިވާނެ ހަޤީޤީ ހާދިސާއެކެވެ. އެއްވެސް ބަޔެއް އިތުރެއް ނުވާނެއެވެ. އަޅުގަނޑުގެ ހަނދާނުން ކައްސައިލައިގެން ތަންކޮޅެއް އުނިވުމަކީ (ފަހަރުގައި) ވެދާނެ ކަމެކެވެ.