[ހެޔޮލަފާ އިންސާނަކަށް ވާށެވެ!] ޅެމެއްގެ މާނައާއި ޝަރަޙައެއް

ކިޔާފައިވާ ޢަދަދު: 1136
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ. މަންޒިލް

އަނެއްކާވެސް މިއީ އީލިޔާ އަބޫމާޟީގެ ޅެމެއްގެ ތަރުޖަމާއާއި އެޅެމުގެ ޝަރަހައެކެވެ. އޭނާގެ كن بلسما މިޅެމުން ހޮވައިލެވިފައިވާ ބައިތުކޮޅެއްގެ ތަރުޖަމާއާއި ޝަރަހައެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ދެ ޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައިވާނެއެވެ. އަދި އެއާއެކު އީލިޔާގެ ކުޑަ ތައާރަފެއްވެސް ގެނެސްދެވިފައިވާނެއެވެ. އެތައާރަފުން ބައެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.

މިޔުޗުއަލް ފަންޑަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 716
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
މިއުޗުއަލް ފަންޑަކީ އިންވެސްޓް ކުރުމަށް ބޭނުންކުރާ މުހިންމު އެއް ވެހިކަލެވެ. މިއުޗުއަލް ފަންޑަކީ ގިނަ އިންވެސްޓަރުންތަކެއްގެ އަތުން ފައިސާ ހޯދައި ޖަމާކޮށް އެއްކުރާ ބޮޑު ފަންޑެކެވެ. މިގޮތަށް ފަންޑެއް ހެދުމުގެ ބޭނުމަކީ ތަފާތު ސެކިޔުރިޓީޒް (ކެޕިޓަލް މާރކެޓް ޕްރޮޑަކްޓް) ތަކުގައި އިންވެސްޓްކުރުމެވެ. މިސާލަކަށް ޙިއްޞާ، ބޮންޑް، މަނީ މާރކެޓްގެ ވަސީލަތްތައް، އަދި އެފަދަ އެސެޓްތަކެވެ.

އިންޓަނެޓު ބޭނުންކުރުމާމެދު ބައްޕައެއްގެ ނަސޭހަތް

ކިޔާފައިވާ ޢަދަދު: 1143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދަރިފުޅާއެވެ!  ގޫގުލް އާއި، ވަޓްސްއަޕާއި ޓުވިޓަރާއި ސްނެޕްޗެޓާއި އިންސްޓަގްރާމާއި ފޭސްބުކް ފަދަ އިޖްތިމާއީ ވިޔުގަ ތަކުގެ ފުން ހިސާބު ހިސާބުގައި ހަމަ ކަށަވަރުން، ލައްކަ ގިނަ ފިރިހެނުންނާއި އަންހެނުންގެ އަޚުލާގު މިހާރު ވަނީ ގެއްލިފައެވެ! ވަރަށް ގިނަ ޒުވާން ފިރިހެނުންނާއި ޒުވާން އަންހެނުންގެ ހަމަބުއްދިވެސް ވަނީ މިބުނި ފުން ކަނޑުއޮޅިތަކަށް ވެއްޓި އޮބާލައި ގެއްލިފައެވެ! ތެދުގެ އެއްފަޅި އެކަނި ބުނެ ހުއްޓައިލާންވީ ކީއްވެ ހެއްޔެވެ؟ ނުރަޖެހި ބައެއް މުސްކުޅިންވެސް ހަމަ އެހާލުގައި އެބައުޅެއެވެ! އެންމެ ލަދުވެތި ފުރައިގެ އެތައް ލައްކަ އަންހެންކުދިންނެއް، އެކުދިންގެ ޝަރަފާއި އަޙުލާގު މިވަގުތު އެވަނީ އެއްކަލަ ފޫ ނެތް ވަޅުތެރެއަށް ގަސްތުގައި އެއްލާލައި ނަގައިލައިފައެވެ! މިހެންވެ، އިސްވެ ބުނެވުނު ޒަމާނީ ފަސޭހަތައް ބޭނުންކުރާއިރު ދަރިފުޅާއި ދަރިފުޅުފަދަ އެހެން ކުދިން ވަރަށްބޮޑަށް ސަމާލުވާން އެބަޖެހެއެވެ! 

ޗައިނާގެ ވަޢުދު: އެފްރިކާގެ ތަރައްޤީއަށް 60 ބިލިއަން އެމެރިކާ ޑޮލަރު

ކިޔާފައިވާ ޢަދަދު: 685
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
އެފްރިކާ ބައްރުގެ ތަރައްޤީއަށް ޗައިނާއިން 60 ބިލިއަން އެމެރިކާ ޑޮލަރު (40 ބިލިއަން ސްޓަރލިންގ ޕައުންޑް) އެހީގެ ގޮތުގައްޔާއި އަދި ލޯނުގެ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ޢިޢުލާންކޮށްފިއެވެ.
 
ޗައިނާގެ ރައީސް މރ. ޒީ ޕިންޖިއާންގ ވިދާޅުވީ ޕެކެޖްގައި ހިމެނެނީ ސުން ރޭޓްގެ އިންޓަރެސްޓް ލޯނާއި ސްކޮލަރޝިޕްތަކާއި، އަދި އެފްރިކާގެ އެތައް ހާސް މީހުން ތަމްރީނު ކުރުންކަމަށެވެ. މިކަން ޗައިނާގެ ލީޑަރު އިޢުލާންކުރެއްވީ ޖޮހޮނަސްބާރގްގައި އެފްރިކާ އާއި ޗައިނާގެ ސަމިޓްގައެވެ. މިއީ، އެފްރިކާގެ ހުއްޓުމެއްނެތް އަވަސް ކުރި އެރުމުގެ ހިނދުކޮޅު ކަމަށް އެފްރިކާ ބައްރުގެ 35 ލީޑަރުން ބައިވެރިވި ސަމިޓްގައި ވާހަކަ ދައްކަމުން ޗައިނާގެ ލީޑަރު މރ. ޒީ ވިދާޅުވިއެވެ.

ސްޓޮކް އެކްސްޗޭންޖަކީ، ކުންފުނީގެ އަގު އުފުލައިދޭ ޕްލެޓްފޯމެއް!

ކިޔާފައިވާ ޢަދަދު: 632
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
 ގިނަ ކުންފުނިތަކަކުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމުގެ ބޭނުމަކީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ ފައިސާ ހޯދުމެއް ނޫނެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެއްދުވަހުން އަނެއްދުވަހަށް ކުންފުނީގެ އަގު މާކެޓްގައި އުފުލައި މައްޗަށް ގެންދިއުމެވެ. މިގޮތަށް ކުންފުނީގެ އަގު އުފުލުމުން ގިނަ ފަރާތްތަކެއްގެ ޝައުޤުވެރިކަން ކުންފުންޏާ މެދު އިތުރުވެގެން ދެއެވެ. ނަތީޖާއަކަށް ވަނީ ކުންފުނީގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުވުމުން ކުންފުންޏަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ ފަރާތްތައް ލިބިގެންދިއުމެވެ. މިގޮތުން މިހާރު ކުންފުނީގައި އިންވެސްޓްކޮށްފައިވާ ފަރާތްތައް ކުންފުނީގެ އިންވެސްޓަރުންގެ ގޮތުގައި ދެމިތިބުމާއި އަދި އައު އިންވެސްޓަރުންވެސް ލިބެއެވެ.
 

ދިހަ މިލިއަން ހަމަވީ

ކިޔާފައިވާ ޢަދަދު: 1255
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ނަޢީމް އިބްރާހީމް
23 ނޮވެމްބަރު 2015 ވީ އާދިއްދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ސައިޓުގެ ލިޔުންތައް ވިދާޅުވެފައިވާ ޖުމްލަ ޢަދަދު ދިހަ މިލިއަނަށް އަރައިފިއެވެ. މިއީ ވަރަށް އުފާވެރި ކަމެކެވެ. މި ސައިޓް އުފަންވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސައިޓުގެ ލިޔުންތައް ވިދާޅުވެފައިވާ ޢަދަދު އެއް މިލިއަނަށް އެރީ 28 މެއި 2013 ގައެވެ. މާނައަކީ އެއް އަހަރާއި ހަމަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން ފާއިތު މިވީ ދެ އަހަރާ ބައިގެ ތެރޭގައި މި ވަނީ ނުވަ މިލިއަން އިތުރު ވެފައެވެ. މިއީ މި ސައިޓަށް ކިޔުންތެރިން ދެއްވާ ތަރުޙީބުގެ އަލިގަދަ ހެއްކެކެވެ.
 

ލިސްޓްކުރުމުން ދިމާވެދާނެ ގޮންޖެހުންތައް

ކިޔާފައިވާ ޢަދަދު: 734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ލިސްޓްކުރުމުގެ އިޖުރާއަތްތަކާއި، އުޞޫލުތަކަށް ރަނގަޅަށް ރިޢާޔަތްކޮށް ފަރުވާތެރިކަމާއެކު އިވަލުއޭޓްކުރުމަށްފަހު، ލިސްޓްކުރުމުގެ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކުންފުނިން އަހައްމިޔަތުކަމެއް ދޭން ޖެހެއެވެ. އަދި ލިސްޓްކުރުމުގައި ހުރި ފައިދާ އާއި ގެއްލުމަށްވެސް ރިޢާޔަތްކުރުން ވަރަށް މުހިންމެވެ. ޢާންމުންނަށް ކުންފުނީގެ ވެރިންގެ ގޮތުގައި ބައިވެރިވުމަށް ހުޅުވާލުމުގައި އެޑްވާންޓޭޖްތަކެއް ހުންނަފަދައިން، އެކަމުގައި އެކުލެވިގެންވާ ރިސްކްތައް ރަނގަޅަށް ވަޒަންކުރަންޖެހެއެވެ. ހަރުދަނާ ޕްލޭނެއްގެ ދަށުން ކާމިޔާބުކަމާއެކު ލިސްޓްކުރުމުން ލިބެންހުރި ފުރުޞަތުތައް ދެނެގަތުމަށާއި އަދި އެކަމުގައި އެކުލެވިގެންވާ ރިސްކަށް ބަލަންޖެހޭނެއެވެ.
 

ލިސްޓްކުރުމުން ލިބޭ ފުރުޞަތުތަކާއި ފައިދާތައް

ކިޔާފައިވާ ޢަދަދު: 662
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެކި ގޮތްތައް ހުރިނަމަވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ނުގެނެސް ކުންފުނި ލިސްޓްކޮށްގެން އެއްގޮތަށްވުރެ ގިނަ ގޮތްތަކުން ކުރުމުއްދަތުގެ ތެރޭގައި ރައުސްމާލު އިތުރުކުރުން ނުވަތަ އިންވެސްޓަރުން އަވަހަށް ފަސޭހަކަމާއެކު އިންވެސްޓްމަންޓުން ނުކުންނާނެ މަގު ހުޅުވައިލެވެއެވެ.

ލިސްޓްކޮށްފައިވާ ކުންފުނިތަކުން މަޢުލޫމާތު ހާމަކުރުން

ކިޔާފައިވާ ޢަދަދު: 785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ޕްރައިވެޓް (އަމިއްލަ) ކުންފުނިތަކާއި ޚިލާފަށް ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން މަޢުލޫމާތު ހާމަކުރުމަށްޓަކައި ދަމަހައްޓަންޖެހޭ އަދި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތަކެއް ހުރެއެވެ. މިފަދަ އުޞޫލުތައް ކަނޑައަޅާފައިވަނީ ޕަބްލިކް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވަނީ ކުންފުނީގެ ވެރިންގެ ބަދަލުގައި ޑިރެކްޓަރުންގެ ބޯޑުން ޢައްޔަނުކޮށްފައިވާ މެނޭޖްމަންޓްގެ ޓީމަކުންނެވެ. އަދި ކުންފުނީގެ ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުން ކުންފުނީގެ މެނޭޖްމަންޓަށް ވަރަށް ގާތުން ފާރަވެރިވާންޖެހެއެވެ. އަދި ހަމަމިއާއެކު ޕަބްލިކް ކުންފުނިތަކުގައި ވަރަށް ގިނަ ފަރާތްތަކެއްގެ މަޞްލަޙަތު ހިމެނިފައިވާތީ، މިފަދަ ކުންފުނިތައް ރެގިޔުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކުން މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާއި ގުޅޭ އުޞޫލުތައް ކަނޑައަޅައި، އެއުޞޫލުތަކަށް ޕަބްލިކު ކުންފުނިތަކުން ޢަމަލުކުރަންޖެހެއެވެ. މިގޮތުން ލިސްޓްކޮށްފައިވާ ކުންފުނިތަކުން މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހާމަކުރުމުގައި ތިރީގައި މިވާ ގަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް މަޢުލޫމާތު ހާމަކުރުމުގައި ޢަމަލުކުރަންޖެހެއެވެ.

އޭރުގެ ފަތްފުށްތަކުން…. (109)

ކިޔާފައިވާ ޢަދަދު: 683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (109)

އަޅުގަޑުމެންގެ ނަލަރީތި ލަންކާ

II

محمد محمود فهمى


އަލްފާޟިލް މުޙައްމަދު މަޙްމޫދު ފަހްމީ އަކީ،  ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް (ޢަބްދުﷲ ފަހްމީ ދީދީ) ގެ ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 2 ޖުމާދަލްއާޚިރާ 1359 (8 ޖުލައި 1940) ވީ ހޯމަ ދުވަހުއެވެ.

މުޙައްމަދު ފަހުމީ ވަރަށް ތުއްޕުޅުއިރު ކިޔަވާ ވިދާޅުވުމަށްޓަކައި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ޔޫރަޕަށް ވަޑައިގެން މިހާރުވެސް އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ޔޫރަޕުގެ ޤައުމެއްގައެވެ. އަޅުގަނޑަށް ކުރެވުނު މަސައްކަތު މުޙައްމަދު ފަހުމީ ދިރިއުޅުއްވާ ޤައުމު ސާފުވާ ގޮތެއް ނުވިއެވެ.