މިހާރު މިފެންނަ ތަރައްޤީ ބައްޓަންކުރުމުގައި މުސްލިމުންގެ އީޖާދުތައް

ކިޔާފައިވާ ޢަދަދު: 987
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ސަލީމް

ވަރަށް ގިނަ އައު ފިކުރުތަކާއި އައު އެއްޗެހިތަކުގެ އަޞްލަކީ ކޮބައިކަން އަހަރުމެން މިއަދު މިވަނީ ހަނދާން ނެތިފައެވެ. ބައިސިކަލުން ފެށިގެން މިއުޒިކް އާލަތްތަކާއި ހަމައަށް ވެސް އީޖާދުކުރީ ކޮންބައެއްކަން މިވަނީ ހަނދާން ނެތިފައެވެ. މިގޮތުން  “1001 އީޖާދު” މި ފޮތް ނެރުން ފާހަގަކުރުމުގައި “ހަނދާންނެތިގޮސްފައިވާ” މުސްލިމުންގެ އެއްހާސް އަހަރުގެ ތަރިކައަށް ބަލައިލާނަމެވެ.

އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން އަވަހާރަވެއްޖެ

ކިޔާފައިވާ ޢަދަދު: 810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

 

ދިވެހިރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ޙައްޖުގެ އަޅުކަމަށްޓަކައި މައްކާގައި ހުންނަވަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޙުސައިން ޢަބްދުއްރަޙްމާނަކީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސަޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅެވެ.

ޙުސައިން ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ދޫފުޅު ފަސޭހަ މުޤައްރިރެކެވެ. އޭނާ މަތީ ތަޢުލީމު ހާސިލު ކުރެއްވީ މިޞްރުގެ އަޒްހަރް ޔުނިވަރސިޓީންނެވެ. އެ ޔުނިވަރުސިޓީން 1986 ވަނަ އަހަރު އައްސިޔާސަތުއްޝަރްޢިއްޔާއިން މާސްޓަރސް ޑިގްރީ ނެންގެވިއެވެ.

ޖަޕާން ޕޯސްޓުން ސްޓޮކް މާރކެޓް މެދުވެރިކޮށް 11.5 ބިލިއަން އެމެރިކާ ޑޮލަރު ހޯދާން ނިންމައިފި.

ކިޔާފައިވާ ޢަދަދު: 813
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ޖަޕާނު ޕޯސްޓުން 1.39 ޓްރިލިޔަން ޖަޕަނީޒް ޔެން (11.5 ބިލިއަން ޔޫ.އެސް ޑޮލަރު) ސްޓޮކް މާރކެޓްގައި ލިސްޓްކޮށްގެން ހޯދާން ކުރާ މަސައްކަތަކީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ދުނިޔޭގައި ލިސްޓްކޮށްގެން ހޯދާ އެންމެ ބޮޑު އެއް ފަންޑެވެ.
ޖަޕާނު ސަރުކާރު ޙިއްޞާ އޮންނަ މި ބިޔަ ކުންފުނީގެ ޕްލޭނަކީ، ފާއިތުވި 30 އަހަރުގެ ތެރޭގައި މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ޢާންމުންނަށް ވިއްކައިގެން ފަންޑު ހޯދާ އެއް ކުންފުންޏަށްވުމެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިންމަސް ދުވަސް) ގައި ޖަޕާނުގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އިޤްތިޞާދު ރަނގަޅުކުރުމަށް ޖަޕާނުގެ ސަރުކާރުން އެކުލަވާލައިފައިވާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން މިހާ ބޮޑު ޢަދަދެއްގެ ޙިއްޞާ ވިއްކުމުގެ މަޤްޞަދަކީ ޖަޕާނުގެ އިޤްތިޞާދާއި އަދި ސްޓޮކް މާރކެޓްގެ ޙަރަކާތައް އިތުރުކުރުމެވެ.

ޙިއްޞާގައި އިންވެސްޓްކުރުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 869
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގައި އިންވެސްޓްކޮށްގެން 2 ގޮތަކަށް ފައިދާ ލިބެއެވެ. އެއީ ބެހުނުފައިދާ (ޑިވިޑަންޑް) އާއި އަދި “ކެޕިޓަލް ގެއިން” އެވެ.

ކެޕިޓަލް މާރކެޓެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 712
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ވިޔަފާރީގެ ޙަރަކާތްތައް ދުނިޔޭގެ ބާޒާރަށް ހުޅުވައިލާފައިވާ ޒަމާނެއްގައި، ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު ހަމަޖެއްސުމަށް ހުރި ފުރުޞަތުތައް ހޯދައިބަލައި، އެވަސީލަތްތަކުގެ ބޭނުން ވީހައިވެސް ގިނަބަޔަކު ޝާމިލުވާ ގޮތަށް ހިންގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިގޮތުން ވިޔަފާރީގެ މައިނާރުކަމަށްވާ “ފައިސާ” ހޯދުމަށް ހުރި ދެ ވަސީލަތުގެ ތެރެއިން ޢާންމު ފަރުދުންނާއި މުޅި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން، ފަންޑު ހޯދުމަށް އޮތް ވަސީލަތަކީ، ކެޕިޓަލް މާރކެޓެވެ.
މި ގޮތުން މި މާރކެޓް ތަރައްޤީކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ:

ޙިއްޞާ ގަނެވިއްކުން

ކިޔާފައިވާ ޢަދަދު: 756
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢުންޞުރަކީ އިކުއިޓީ ކެޕިޓަލްގެ ތެރޭގައި ހިމެނޭ “ޙިއްޞާ” އެވެ. ޙިއްޞާއަކީ ކުންފުނީގެ މިލްކުވެރިކަމުގެ ކުޑަ މިންވަރެކެވެ. މީހަކު ނުވަތަ ކުންފުންޏަކުން، ކުންފުންޏެއްގެ ޙިއްޞާއެއް ގަނެފިނަމަ، އެއީ، އެކުންފުނީގެ ޙިއްޞާދާރެކެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ ކުންފުނީގެ ވެރިއެކެވެ.

މަލެއް މަލަކަށްވަނީ ފިޔަތައް ހުޅުވުނީމައެވެ.

ކިޔާފައިވާ ޢަދަދު: 1158
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނޫރުއްސަލާމް އަބޫބަކުރު
އިހުގެ ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. ޢިލްމުވެރިކަމުގެ ފުރަތަމަ ދަރަޖައަކީ ކިބުރެވެ. ދެވަނަ ދަރަޖައިގައިވަނީ މަޑުމޮޅިކަމެވެ. އެންމެ މަތީ ދަރަޖައިގައިވަނީ ނޭނގުމެވެ. ނުވަތަ ނޭނގޭކަން އެނގުމެވެ.
ޢިލްމުވެރިކަމުގެ ކުރީގައި ވަނީ ޖާހިލުކަމެވެ. ކޮންމެ ގޮތެއް ވަރިހަމަވުމެވެ. ހަރުދަނާ ކަމެއް ނެތުމެވެ. ބުއްދީގެ ބޭނުމެއް ނުހިފުމެވެ. ފިކުރެއް ޢަމުދުން ކުރާން ނުވެސް އެނގުމެވެ.

އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ.

ކިޔާފައިވާ ޢަދަދު: 1099
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ތިރީގައި މިވަނީ ހިންދީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “ވޯ ސުބަހް ކަބީތޯ އާއޭގީ” ގެ ދިވެހި ތަރުޖަމާއެކެވެ. 1958 ގައި ކުޅެވުނު “ޕިހރް ސުބަހް ހޯގީ” (އަދި ފަތިސް އަންނާނެއެވެ.) މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާޢިރެއްކަމަށްވާ ސާހިރު ލުދިއާންވީ ހަމަ މި ސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ޅެމަކުން ނެގިފައިވާ ލަވައެކެވެ. މި ޅެމުގައި ޝާޢިރު ފާޅުކުރައްވާފައިވަނީ އޭނާގެ ޤައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކަތަކެވެ.

މިސްކިތުން ދިމާވި ކުޑަކުއްޖެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1231
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
          
އަޅުގަނޑު އާންމުކޮށް ގޮސް އުޅޭ މިސްކިތަކީ ދެމަގަކުން ވެދެވޭގޮތައް ހުންނަ މިސްކިތެކެވެ. ކުރިން އެމިސްކިތަށް ކިޔާ ނަމަކީ ދިއްލީ މިސްކިތެވެ. މިހާރު އެއީ، މަސްޖިދު ޢަފީފުއްދީންނެވެ. ވަރަށް ކުޑަ ކުޑަ ކުދިންވެސް ވެސް  ބައެއް ފަހަރަށް މިސްކިތުން ފެނެއެވެ. ބެލެނިވެރިއަކާއެކުގައި ނޫނީ ތަންތަނަށް ގޮސް ނޫޅޭ އުމުރުފުރާގެ ކުދިން ވެސް މަދުމަދުން ފެނެއެވެ. މިސްކިތަކީ ﷲ ގެ ގެކޮޅުކަމުން އެތަނަކީ ހުރިހާ އެންމެނަށް ރައްކާތެރިކަމާ ހިމާޔަތް ލިބިދޭނޭ ތަނެކެވެ.

އެ މީހަކު އަރާމުކުރާނެ ގޮތެއް އެނގޭނީ އެ މީހަކަށެވެ!

ކިޔާފައިވާ ޢަދަދު: 1627
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ، އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި ޗުއްޓީ ހޭދަކޮށްލަން އައިސް ހުރި ފަތުރުވެރިޔަކަށް، ރުއްގަނޑުތެރޭގައި އަރާމުކޮށްލަން އުޑުތިލަމަތިން އޮތް މަސްވެރިޔަކު ފެނިއްޖެއެވެ! މި ފަތުރުވެރިޔަކީ އިގްތިސާދީ މާހިރެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ހަގުނަ ހަތްގުނައަށް ފައިސާ އިތުރުވާނޭ ގޮތް އެހެން މީހުންނަށް ކިޔައިދިނުމެވެ! މީނާގެ އާދައިގެ މަތިން، އެ ‘ކަންނެތް’ މަސްވެރިޔާއަށް ފިލާވަޅެއް ދޭހިތްވެއްޖެއެވެ! ހިލޭ ދެވޭ ފިލާވަޅަކުންވެސް މީނާގެ މޮޅުކަން ނިކަމެތި މަސްވެރިޔަކަށްނަމަވެސް އަންގައިދޭހިތުންނެވެ!