ޙިއްޞާގައި އިންވެސްޓްކުރުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 998
އިބްރާހީމް ސަލީމް
ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގައި އިންވެސްޓްކޮށްގެން 2 ގޮތަކަށް ފައިދާ ލިބެއެވެ. އެއީ ބެހުނުފައިދާ (ޑިވިޑަންޑް) އާއި އަދި “ކެޕިޓަލް ގެއިން” އެވެ.

ކެޕިޓަލް މާރކެޓެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 855
އިބްރާހީމް ސަލީމް
ވިޔަފާރީގެ ޙަރަކާތްތައް ދުނިޔޭގެ ބާޒާރަށް ހުޅުވައިލާފައިވާ ޒަމާނެއްގައި، ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު ހަމަޖެއްސުމަށް ހުރި ފުރުޞަތުތައް ހޯދައިބަލައި، އެވަސީލަތްތަކުގެ ބޭނުން ވީހައިވެސް ގިނަބަޔަކު ޝާމިލުވާ ގޮތަށް ހިންގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިގޮތުން ވިޔަފާރީގެ މައިނާރުކަމަށްވާ “ފައިސާ” ހޯދުމަށް ހުރި ދެ ވަސީލަތުގެ ތެރެއިން ޢާންމު ފަރުދުންނާއި މުޅި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން، ފަންޑު ހޯދުމަށް އޮތް ވަސީލަތަކީ، ކެޕިޓަލް މާރކެޓެވެ.
މި ގޮތުން މި މާރކެޓް ތަރައްޤީކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ:

ޙިއްޞާ ގަނެވިއްކުން

ކިޔާފައިވާ ޢަދަދު: 1012
އިބްރާހީމް ސަލީމް
ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢުންޞުރަކީ އިކުއިޓީ ކެޕިޓަލްގެ ތެރޭގައި ހިމެނޭ “ޙިއްޞާ” އެވެ. ޙިއްޞާއަކީ ކުންފުނީގެ މިލްކުވެރިކަމުގެ ކުޑަ މިންވަރެކެވެ. މީހަކު ނުވަތަ ކުންފުންޏަކުން، ކުންފުންޏެއްގެ ޙިއްޞާއެއް ގަނެފިނަމަ، އެއީ، އެކުންފުނީގެ ޙިއްޞާދާރެކެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ ކުންފުނީގެ ވެރިއެކެވެ.

މަލެއް މަލަކަށްވަނީ ފިޔަތައް ހުޅުވުނީމައެވެ.

ކިޔާފައިވާ ޢަދަދު: 1326
ނޫރުއްސަލާމް އަބޫބަކުރު
އިހުގެ ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. ޢިލްމުވެރިކަމުގެ ފުރަތަމަ ދަރަޖައަކީ ކިބުރެވެ. ދެވަނަ ދަރަޖައިގައިވަނީ މަޑުމޮޅިކަމެވެ. އެންމެ މަތީ ދަރަޖައިގައިވަނީ ނޭނގުމެވެ. ނުވަތަ ނޭނގޭކަން އެނގުމެވެ.
ޢިލްމުވެރިކަމުގެ ކުރީގައި ވަނީ ޖާހިލުކަމެވެ. ކޮންމެ ގޮތެއް ވަރިހަމަވުމެވެ. ހަރުދަނާ ކަމެއް ނެތުމެވެ. ބުއްދީގެ ބޭނުމެއް ނުހިފުމެވެ. ފިކުރެއް ޢަމުދުން ކުރާން ނުވެސް އެނގުމެވެ.

އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ.

ކިޔާފައިވާ ޢަދަދު: 1422
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ތިރީގައި މިވަނީ ހިންދީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “ވޯ ސުބަހް ކަބީތޯ އާއޭގީ” ގެ ދިވެހި ތަރުޖަމާއެކެވެ. 1958 ގައި ކުޅެވުނު “ޕިހރް ސުބަހް ހޯގީ” (އަދި ފަތިސް އަންނާނެއެވެ.) މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާޢިރެއްކަމަށްވާ ސާހިރު ލުދިއާންވީ ހަމަ މި ސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ޅެމަކުން ނެގިފައިވާ ލަވައެކެވެ. މި ޅެމުގައި ޝާޢިރު ފާޅުކުރައްވާފައިވަނީ އޭނާގެ ޤައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކަތަކެވެ.

މިސްކިތުން ދިމާވި ކުޑަކުއްޖެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1553
އަޙްމަދު ޝިޔާމް
          
އަޅުގަނޑު އާންމުކޮށް ގޮސް އުޅޭ މިސްކިތަކީ ދެމަގަކުން ވެދެވޭގޮތައް ހުންނަ މިސްކިތެކެވެ. ކުރިން އެމިސްކިތަށް ކިޔާ ނަމަކީ ދިއްލީ މިސްކިތެވެ. މިހާރު އެއީ، މަސްޖިދު ޢަފީފުއްދީންނެވެ. ވަރަށް ކުޑަ ކުޑަ ކުދިންވެސް ވެސް  ބައެއް ފަހަރަށް މިސްކިތުން ފެނެއެވެ. ބެލެނިވެރިއަކާއެކުގައި ނޫނީ ތަންތަނަށް ގޮސް ނޫޅޭ އުމުރުފުރާގެ ކުދިން ވެސް މަދުމަދުން ފެނެއެވެ. މިސްކިތަކީ ﷲ ގެ ގެކޮޅުކަމުން އެތަނަކީ ހުރިހާ އެންމެނަށް ރައްކާތެރިކަމާ ހިމާޔަތް ލިބިދޭނޭ ތަނެކެވެ.

އެ މީހަކު އަރާމުކުރާނެ ގޮތެއް އެނގޭނީ އެ މީހަކަށެވެ!

ކިޔާފައިވާ ޢަދަދު: 1862
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ، އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި ޗުއްޓީ ހޭދަކޮށްލަން އައިސް ހުރި ފަތުރުވެރިޔަކަށް، ރުއްގަނޑުތެރޭގައި އަރާމުކޮށްލަން އުޑުތިލަމަތިން އޮތް މަސްވެރިޔަކު ފެނިއްޖެއެވެ! މި ފަތުރުވެރިޔަކީ އިގްތިސާދީ މާހިރެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ހަގުނަ ހަތްގުނައަށް ފައިސާ އިތުރުވާނޭ ގޮތް އެހެން މީހުންނަށް ކިޔައިދިނުމެވެ! މީނާގެ އާދައިގެ މަތިން، އެ ‘ކަންނެތް’ މަސްވެރިޔާއަށް ފިލާވަޅެއް ދޭހިތްވެއްޖެއެވެ! ހިލޭ ދެވޭ ފިލާވަޅަކުންވެސް މީނާގެ މޮޅުކަން ނިކަމެތި މަސްވެރިޔަކަށްނަމަވެސް އަންގައިދޭހިތުންނެވެ!

ރޯދަމަހަށް ބަދިގެ (23)

ކިޔާފައިވާ ޢަދަދު: 1226

ބަޖިޔާ

ޒަޢީމާ 
 
(50 ބަޖިޔާ ހެއްދެވުމަށް)
• ބޭނުންވާ ތަކެތި:
250 ގުރާމު މަސް
400 ގުރާމު ފިޔާ
1 ލުނބޯ
1 ސައިސަމުސާ (ޗަސްކޮށްފައިހުރި) އިނގުރު
3 ސައިސަމުސާ ކުކުޅު ހަވާދު
4 ސައިސަމުސާ ހަކުރު
1 ސައިސަމުސާ ލޮނު

ރޯދަމަހަށް ބަދިގެ (22)

ކިޔާފައިވާ ޢަދަދު: 1069

ޗޮކުލެޓު ފަޖު

ޒަޢީމާ 
• ބޭނުންވާ ތަކެތި:
1 ޕެކެޓު މަންޗީމާރީ ބިސްކޯދު (ބޮޑެތިކޮށް ބިންދަވާފައި)
1 ދަޅު ގެރިކިރު
1 ޖޯޑު ކަނަމަދު
2 މޭޒުމަތީސަމުސާ ކޮކޯޕައުޑަރ
250 ގުރާމު ބަޓަރު ނުވަތަ މާޖިރީން