އޭރުގެ ފަތްފުށްތަކުން… (97)

ކިޔާފައިވާ ޢަދަދު: 1884

 

އޭރުގެ ފަތްފުށްތަކުން… (97)

ފުރޭތަ ފެންނަ ގޮތް

ޙުސައިން ޞަލާހުއްދީން
އަހުރެން ދާދި ކުޑާއިރު ކިރިޔާ ހަނދާން ހުންނަ އިރު އެއްރެޔަކު ވަރަށް ދަންވަރު ހީވަނީ ފަތިސްދަންމަތިވެއްޖެހެންނެވެ. މީހަކު ހޭރިގެންފައި އައިސް ލައްޕާފާ ހުރި ދޮރުގާ ޖެހިގެންފާ ދޮރު ކައިރިއަށް ވެއްޓިގެންފިޔޭ. 

ހިތްވަރު ދެއްވުމުގެ އިނާމު

ކިޔާފައިވާ ޢަދަދު: 1942
މުޙައްމަދު ޒަކަރިއްޔާ ނައިފަރު 

މިއީ، މިއަހަރުގެ ޖުމްހޫރީ ދުވަހު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް، ޅ.ނައިފަރު، މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ، މީގެ 34 އަހަރު ކުރީން، 1980 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހުގެ “ހަވީރު” ނޫހުގައި ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން އޭނާ ލިޔުއްވާފައިވަނީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ލިބިވަޑައިގަތުމާ ގުޅިގެންނެވެ. 

ކަތިލީ ޖުހާގެ ގެރިކަމުގައިވާ ނަމަ، ޖުހާއަށް މަސްކޮޅެއް ލިބެންވާނެއެވެ!

ކިޔާފައިވާ ޢަދަދު: 5088
އަޙްމަދް ސަމީރު ޢަލީ
ސުރުޚީއަކަށް އަޅުގަނޑު މި ޚިޔާރު ކުރީ، މެދު އިރުމަތީގައި، އަރަބީންގެ ތެރޭގައި ވަރަށް މަޝްހޫރު ހަރުބަހެކެވެ. އެމީހަކު ކުރާ މަސައްކަތެއްގެ ފޮނި މީރުކަން، ނުވަތަ އެމީހެއްގެ ގައުމު މަޝްހޫރުކަން ހޯދާފައިވާ އެއްޗެއް، ނުވަތަ ކަމެއްގެ ރާހަތެއް އެތަންތަނުގެ އާންމު ރައްޔިތުންނަށްވެސް ކުރަންވާނޭ ކަމަށް ބުނާ ބުނުމެކެވެ.
 

ކީރިތި ޤުރްއާނުގެ ޤިޔާސީ މިސާލުބަސްތަކަށް ބަލައިލުން

ކިޔާފައިވާ ޢަދަދު: 3508
އިބްރާހީމް ރަޝީދު މޫސާ
ކުރިން ވެސް ދެންނެވި ފަދައިން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ޤިޔާސީ  مَثَلއަކީ އެއްގޮތްވުމާއި އެއްވައްތަރުވުމުގެ ތެރެއިން ލައިފައި ނުވަތަ ތަމްސީލުކުރުމުގެ ތެރެއިން ލައިފައި މާނައެއް ސާފުކޮށްދިނުމަށް  ނުވަތަ ބަޔާންކޮށްދިނުމަށް ގެނެވޭ ވަޞްފެކެވެ. ނުވަތަ ވާހަކައެކެވެ. ބަލާޣައިގެ ޢިލްމުވެރިން މިއަށް  މުރައްކަބު ތަޝްބީހަ އޭ ނުވަތަ ތަމްސީލު އޭ ވިދާޅުވެއެވެ. މި ބާވަތުގެ މިސާލުގެ ތެރޭގައި ހިމެނޭ މިސާލަކީ މާތްﷲގެ ބަސްފުޅު ”  اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖالْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚوَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ  – اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “

ކީރިތި ޤުރްއާނުގެ މިސާލުބަސްތައް

ކިޔާފައިވާ ޢަދަދު: 3662
އިބްރާހިމް ރަޝީދު މޫސާ
ކީރިތި ޤުރްއާނުގައި  ކުރު މިސާލުތަކާއި ޤިޔާސީ މިސާލުތައް ވަރަށް ގިނައިން ވާރިދުވެފައި ވެއެވެ. 
 
ކުރު މިސާލުތައް ބައެއް އާޔަތްތަކުންނާއި ބައެއް އާޔަތްތަކުގެ ބައިބައިތަކުން ފެނެއެވެ. އެއީ ދީނީ އަގުތަކާއި އިސްލާމީ އަޚްލާޤާއި އަދަބުތައް ހިމެނޭ ބަސްފުޅުތަކެވެ. މި ފަދަ މިސާލުތައް މުސްލިމުންގެ ދޫދޫ މަތިންނާއި ލިޔުންތަކުންނާއި އަދަބިއްޔާތުން ފެނެއެވެ.
 
ޤިޔާސީ މިސާލުތައް އައިސްފައިވަނީ ކީރިތި ޤުރްއާނުގެ ވާހަކަތަކާއި ސިފަކުރުންތަކުގައެވެ. 
 

މިސާލުގެ ބީދައިން ހިނގާ އާޔަތްތައް

ކިޔާފައިވާ ޢަދަދު: 3155
އިބްރާހީމް ރަޝީދު މޫސާ
މީސްތަކުންގެ ދޫމަތިން މިސާލު ބަހުގެ ގޮތުގައި ބޭނުން ކުރެވޭ ޤުރްއާނުގެ ބައެއް އާޔަތްތައް ހުރިކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް: لَكُمْ دِينُكُمْ وَلِيَ دِينِ (الكافرون :6  )  – ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި މަށަށް މަގޭ  دين އެވެ.” މި މިސާލު ބޭނުން ކުރެވެނީ ތިމާ ގޮތް ދޫނުކޮށް ހުރުމަށެވެ.  ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި މި ބާވަތުގެ މާނަތައް ހިމެނޭ އާޔަތްތަކަކީ ޢިލްމުލް ބަޔާނުގެ ބޭފުޅުން އެ ވިދާޅުވާ މިސާލުގެ ބީދައިގައި ހިނގާ  ބަސްތަކެކެވެ. ބަލާޣީން އިޠުނާބުގެ  ވާހަކަ ދައްކަވާ އިރު މި ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. (އިޠުނާބު އަކީ އީޖާޒުގެ އިދިކޮޅެވެ. ކުރުކޮށް ބުނަން ބޭނުންވާ އެއްޗެއް ދިގުކޮށް ބުނުމެވެ. އެއީ ވެސް ބަލާޣިއްޔާތުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ.)
 

ކީރިތި ޤުރްއާނުގެ މިސާލުބަސް

ކިޔާފައިވާ ޢަދަދު: 3667

އިބްރާހީމް ރަޝީދު މޫސާ

މާތްﷲ ކީރިތި ޤުރްއާނުގައި  ވަރަށް ގިނަ މިސާލުތައް ޖައްސަވައިފައިވެއެވެ. އެއިން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. މީސްތަކުންގެ ހިތްތަކަށް އެ ބަސްފުޅުތައް ވައްދަވައިދެއްވުމަށްޓަކައެވެ. އެއިން އަސަރު ފޯރުއްވުމަށްޓަކައެވެ. މިސާލުތައް ޖެއްސެވުމުގެ ބޭނުން ބަޔާންކޮށްދެއްވަމުން އަރަހުށި މަތްﷲ ވަޙީ ކުރައްވަނީ :

މިހިރީ، ޤުދުރަތުން ކަންހިންމަވާ ގޮތެވެ.

ކިޔާފައިވާ ޢަދަދު: 2474
ޙުސައިން ޝާކިރު
އަލްމަރުޙޫމް ހޯޑިން އާދަމް ކަލޭފާނަކީ ގަލޮޅު އަވަށު މުދިމެކެވެ. ނަކަތްތެރި ބޭސްފަންޑިތަ ދެނެލައްވާ ދީންވެރި  އެދުރު ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ޝަޚުޞިއްޔަތެކެވެ. ކޮންމެކޮންމެ މީހަކަށް އޭނާގެ ކުރިމައްޗަށް އަރައި ބޭނުން ކޮންމެ އެއްޗެއް ބުނަން ކެރޭވަރަށްވުރެ ހަރުދަނާ ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ރަޙުމަތްތެރިއެކެވެ. މުހުތާދު ޖެހިގެން ދާމީހުންގެ މުހުތާދުތައް ފުއްދައިދެއްވި ދަރުމަވެރިއެކެވެ. މިއަދު ދުނިޔޭގައި ހޯޑިން އާދަމް ކަލޭފާނުގެ ކާފަދަރިންނާއި މުނިކާފަދަރިން އެބަތިއްބެވިއެވެ.

الحكمة

ކިޔާފައިވާ ޢަދަދު: 3532

އިބްރާހީމް ރަޝީދު މޫސާ
حكمة އާއި  مثل ގެ މަފްހޫމު ދެނެގަތުމުގެ ކުރިން ޢަރަބި ބަހުގައި حكمةއަކީ ކޮބައިކަން ދެނެގަންނަން އެބަ ޖެހެއެވެ. ބަހަވީ މާނައަށް ބަލާ އިރު حكمةގައި  މަޝްހޫރު ތިން މާނައެއް ވެއެވެ. އެއީ:

1-    ޢިލްމު : ޢަރަބި ބަހުގައި ބުނަނީ : حَكُمَ فلانٌ حُكْما وحِكْمةً ، إذا صار حكيما .  މިހެންވެ،  ޢިލްމުވެރިންނަށް ޙަކީމުންނޭ ކިޔެއެވެ.

المَثَل (މިސާލު ބަސް)

ކިޔާފައިވާ ޢަދަދު: 3858
 

المَثَل 

(މިސާލު ބަސް)

އިބްރާހީމް ރަޝީދު މޫސާ
ޢަރަބި ބަހުގައި  مَثَل ގެ ބަހަވީ މާނައަކީ އެއް ވައްތަރުވުން ނުވަތަ އެއްގޮތްވުން ނުވަތަ އެއްފަދަވުން އެވެ.

ނަމަވެސް އަދަބީ ޢިޞްޠިލާޙުގައި مَثَلއަކީ ބަހުގެ ފަންނުތަކުގެ ތެރޭގައި ހިމެނޭ ފަންނެކެވެ. އެއަށް ލިބިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން އެއީ އޭގެ އަމިއްލަ ޒާތުގައި ކޮޅަށް ތެދުވެފައިވާ އަދަބިއްޔާތުގެ ވަކި ބާވަތެކެވެ.