ހަމައެކަނި ވިދާޅުވެލެއްވުމަށް….(71)

ކިޔާފައިވާ ޢަދަދު: 1698
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ސޯސަން ކްލަބް އޭދަފުށީގައި

މިދިޔަ އަޟްޙާ ޢީދުގެ އުފާތަކާއެކު އ.ތޮއްޑޫ ސޯސަން ކްލަބްގެ ބަޑިޔާ ގްރޫޕްގެ ބަޑިޔާ ޖެހުން ބ. އޭދަފުށީގައި އޮތެވެ. މިކަންއޮތީ، އޭދަފުށީ މަދަރުސަތުލްބަހިއްޔާގެ ހޯލް ތެރޭގައެވެ. 3 ރޭ މަތިން 760 މީހުން ކުޅިބެލިއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (9)

ކިޔާފައިވާ ޢަދަދު: 5070
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(30 ސެޕްޓެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަންހެނުންގެ މިސްކިތް:
މިއީ އަންހެނުން އެކަނި ނަމާދު ކުރުމަށް ޚާއްސަ ކުރެވިފައިވާ މިސްކިތެކެކެވެ. އެއްވެސް ފިރިހެނަކު މި މިސްކިތަކަށް ނާރާނެއެވެ. ފިރިހެނުންގެ މިސްކިތުގައި ހުންނަފަދައިން އިމާމުވެ ނަމާދު ކުރާ މީހާ ހުންނަ މިހުރާބުގެއެއް މި މިސްކަތަކު ނުހުރެއެވެ. އަންހެނުންގެ މިސްކިތާއި ފިރިހެނުންގެ މިސްކިތާއި ހުރި އަނެއް ތަފާތަކީ މި މިސްކިތުގައި ވުޟޫ ކުރެވެން ނުހުންނަ ކަމެވެ. އެއީ މީހުންގެ ތެރޭގައި ވުޟޫ ކުރުމުގެ ބަދަލުގައި އެމީހުންގެ ކިބައިން އެދެވިގެންވަނީ ގޭގައި ވުޟޫ ކޮށްގެން މިސްކިތަށް އައުމެވެ. ފިރިހެނުން މަސައްކަތުގައި އުޅެފައި ސީދާ މިސްކިތަށް އަންނަހެން މި ކަނބަލުންނެއް ނާންނާނެއެވެ. އަޅުގަނޑަށް ކިޔައިދިން ގޮތުގައި އަންހެނުން ގޮވައިގެން އިސްވެ ނަމާދު ކުރާ އަންހެން އިމާމަކުވެސް ސަރުކާރުން އައްޔަންކޮށް މުސާރަދީފައި ހުރެއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (8)

ކިޔާފައިވާ ޢަދަދު: 5235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(29 ސެޕްޓެމްބަރ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކަނޑުމަތީގައި އުފާވެރި ވަގުތުތަކެއް:
މިބޭފުޅުން އަޅުގަނޑަށް ހައްދަވައިދެއްވި ތާވަލުގައި، މީހުން އުޅޭ އެހެން ރަށަކަށް ގޮަސް ރަށްފުށު ދިރިއުޅުން ކައިރިން ބަލައިލުން ހިމަނައި ދެއްވާފައި އޮތެވެ. ދިވެހި ރަށްތައް އުފެދިފައިވާ ގުދުރަތީ ގޮތާއި މެދު ހައިރާންފުޅެވެގެން، މި ރަށްތަކަކީ އަޖައިބެއްފަދަ ތަނެއްކަމުގައި އިބްނު ބަތޫތާ ލިޔުއްވީވެސް އެތައް ސަބަބެއް އޮވެގެންނެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (6)

ކިޔާފައިވާ ޢަދަދު: 4687
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(26 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސަޢޫދީ ރިޔާލަކަށް 4 ކިލޯ މަސް:
ކުރިން ދެންނެވި އަޖައިބެއް ކަހަލަ ބާޒާރަށް ފަހު ދެން އަޅުގަނޑުމެން ދިޔައީ ދިވެހީންގެ މަސްމާރުކޭޓަށެވެ. ފަޅުގައި އޮތް ދޯންޏެއްގައި މީހަކު ކައްކަން އިން ވާހަކަ އަދި ދަންނަވައި ނުލެވެއެވެ! އޭނާ އިނީ ލަކުޑި ދޯންޏެއްގައި، ދަރުން ކައްކާށެވެ! ރޭގަނޑުގެ ކެއުން ތައްޔާރު ކުރަނީ ކަމުގައިވެސް ވެދާނެއެވެ. އެ ދޯނީގައި އޭނާ ވިއްކަން ގެނައި ތަކެތިވެސް ހުއްޓެވެ. ކައްކަނީވެސް އެ ދޯނީގައެވެ! ވީމާ މި ދޯންނަކީ އޭނާއަށް، ބަދިގެއަކާއި ފިހާރައެއްވެސްމެއެވެ!

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (5)

ކިޔާފައިވާ ޢަދަދު: 5072
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(24 ސެޕްޓެމްބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވެރިކަން ކުރާ މާލޭގައި ބޮޑު މިސްކިތަކަށް ބޭނުންޖެހިފައިވާ ކަމަށް ވިދާޅުވެފައި، ކުރާން ޖެހިފައިވާ ތަފާތު ކަންތަކަށް އެމަނިކުފަނު އިސާރާތް ކުރެއްވިއެވެ. ދިވެހި ރާއްޖޭގެ ރޭޑިއޯ އިސްޓޭޝަނަށް ވެސް ވިހި އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ކަމާއި އެތަނަށްވެސް ޒަމާނި އާލާތްތައް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމާއި ބިން ހިއްކުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ. ދެން ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން އަޅުގަނޑަށް އެއްވެސް ދަތިކަމެއް ދިމާވޭތޯ ސުވާލުކެރެއްވިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(70)

ކިޔާފައިވާ ޢަދަދު: 1646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިތާރީޚުގެ އަނެއްކާވެސް އެންމެ ކުލަގަދަ އެއް ޞަފްޙާ ލިޔެވި ނިމިއްޖެ

ރާނީ މާލެފައިބާ ވަޑައިގަތުން

ޢަޞްރު ނަމާދުގެ ބަންގީގެ އަޑާއެކުއެކީ ކަހަލަ ގޮތަކަށް ރޯޔަލް ޔޮޓް ބްރިޓޭނިޔާ އިނގިރޭސި ރާނީ ގޮވައިގެން އައިސް މާލޭގެ ބަނދަރު ޖަހައިފިއެވެ. ދުވަހަކީ އުޑުމަތި ރީތި، ވަރަށް ހެޔޮވަރު ވައިރޯޅިއެއް، އިރު އުތުރުން ޖެހިލައި ޖެހިލާ ހުރި ދުވަހެކެވެ. ހޫނުހުރީ 90 އާއި ކައިރީގައެވެ. އެއީ މިދިޔަ ހޯމަ ދުވަހުއެވެ. މާރޗް އިން 13 އެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (4)

ކިޔާފައިވާ ޢަދަދު: 4942
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(23 ސެޕްޓެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރިބަޔާ ގުޅޭ)

ޖަމާއަތުގައި ކުޑަ ކުދިންނާއި އަންހެނުން:

ސަރުކާރުގެ މެހެމާނުސަރާގެ ދޮރުމަތީގައި ބަންގީގެ އިންތިޒާރުގައި ކުޑަ އިރުކޮޅަކު މަޑުކޮށްލީމެވެ. އަޅުގަނޑު ހުއްޓިގެން ހުރެ ހުރަސްކުރާ ދިވެހީންނަށް ބަލާއިރު އެމީހުންވެސް އަޅުގަނޑު ލައިގެން ހުރި، އެމީހުންނަށް ގިނައިން ނުފެންނަ އަރަބި ހެދުމަށް ބަލަމުން ދެއެވެ. ބަންގި އަދި ނުގޮވި ނަމަވެސް މިސްކިތަށް ވަންނަ މީހުން ގިނަވާން ފެށުމުން އަޅުގަނޑުވެސް ގޮސް މިސްކިތަށް ވަދެފިމެވެ. ވަދެ ބަލައިލިއިރު އެންމެ ފާހަގަވީ މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ކުޑަ ފެންވަޅެކެވެ. ދިވެހީން ވުޟޫ ކުރަން ފެންނަގަނީ މިފަދަ ވަޅުންނެވެ. ފެންނަގަން ހުންނަނީ އޮމާން ޓިނުން ހަދާފައިވާ ބޮޑު އުދުޅިއެއް ކަހަލަ އެއްޗަކަށް ލޮންސިއެއްވަރުގެ ދަނޑިއެއް އިންދައިގެންނެވެ. މި އާލަތަކީ އާދައިގެ އިންސާނަަކަށްވުރެ ކުޑަ ތަންކޮޅެއް ދިގު އެއްޗެކެވެ. އެވަރުންވެސް އެމީހުންނަށް ވަޅުން ސާފު ބޯފެން ނެގެއެވެ. އަޅުގަނޑުމެން ދަންނަ ވަޅަށްވުރެ ދިވެހީންގެ ފެންވަޅު އެންމެ ވައްތަރީ ފެން ރައްކާކުރާ ތާނގީއަކާއެވެ! މިމީހުން ކުރަން ޖެހޭހައިވެސް ކަމަކީ ފެންނަގާ ދާނި ހިފައިގެން ގުދުވެ ފެނުގެތެރެއަށް ގަންބައިލާފައި ފެން ހިފައިގެން ތެދުވުމެވެ. ދިވެހި ރާއްޖޭގައި ސާފު ބޯފެން ހައްޔަރުވެފައި މި ހުންނަނީ ފައިތިލާ ފަށަލައިގައެވެ. އިންސާނެއްގެ އިސްކޮޅަށް ކޮނެލުމުން ސާފު ހެޔޮފެން ލިބެއެވެ! އަޅުގަނޑު ހުރީ ވުޟޫމަތީގައި ކަމުން އެމީހުންނާއި އެކު ވުޟޫކުރަން މަޑެއް ނުކުރަމެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހިރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (3)

ކިޔާފައިވާ ޢަދަދު: 4964
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(22 ސެޕްޓެމްބަރ 2014 (ހޯމަ) ދުވަހާ ގުޅޭ)
ދިވެހި ދައުލަތުގެ މެހެމާނުސަރާގައި އަޅުގަނޑު ހުރި ކޮޓަރިއަކީ ވަރަށް ތަނަވަސް ކޮޓަރިއެކެވެ. ފެންނަ ފެނުމަށް ވަރަށް އައު އިމާރާތެކެވެ. ފާރުތަށް ހުރީ ސިމެންތިން އޮމާންކޮށް ވަރަށް ރީތިކޮށް ކުލަ ލައިފައެވެ. ފަންގިފިލާ ހަދާފައިވަނީ ތުނި ފިލައިންނެވެ. ކޮޓަރީގައި ވަރަށް ސާފު ދެ އެނދު ހުއްޓެވެ. ކޮޓަރި ހުރީ ކަރަންޓުން ފިނި ކުރެވޭގޮތަށެވެ. ރެޑިއޯ އަކާއި ކުޑަ އައިސް އަލަމާރިއެއް ވެސް ހުއްޓެވެ. ބަލާ ބެލުމަށް ބޭރު ރަށެއްގެ ފަސްތަރީގެ ހޮޓަލެއްގެ ކޮޓަރިއަކާއި މާ ބޮޑު ތަފާތެއް ނެތެވެ. ކޮޓަރީގައި ހުރި އައިސް އަލަމާރި ހުޅުވައިލިއިރު ކޮކާކޯލާ އާއި އެހެނިހެން ދަޅު ހުއްޓެވެ. އަދި ހަތަރު ދަޅު ބިޔަރުވެސް ހުއްޓެވެ. އެންމެ ފުރަތަމަ ވައްތަރަކީ އަޅުގަނޑު އެއް އިރެއްގައިވެސް މާ ގަޔާވި ބުއިމެއް ނޫނެވެ. ފަހުވައްތަރަކީ މުސްލިމަކަށްވާތީ އަޅުގަނޑު އަތްލާހިތްވާ އެއްޗެއް ނޫނެވެ. ބޭރުން އެތެރެ ކޮށްފައިވާ މި ބުއިން ތަކުގެ ބަދަލުގައި ކުރުނބާފެން ހުރިނަމަ އަޅުގަނޑު މާ ހިތްހަމަ ޖެހުނީހެވެ. އަދި އިސްލާން ގައުމެއްގެ މެހެމާނު ސަރާގައި ބިޔަރު ހުރުމުން ވަރަށް ހިތްހަމަ ނުޖެހުނެވެ!

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (2)

ކިޔާފައިވާ ޢަދަދު: 4933
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(21 ސެޕްޓެމްބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ދިވެހި ރާއްޖޭގެ ވައިގެ ބަނދަރުގައި:

އަޅުގަނޑުމެން ތިބި ބޯޓު ވައިގެ ބަނދަރަށް ތިރިކުރަން އައި އިރު ބޯޓު ޖައްސައި ދުވެލި މަތަވަންދެން ދުއްވަން އޮންނަ ރަންވޭއެއް އަޅުގަނޑަކަށް ނުފެނުނެވެ. އެއްފަރާތުން ފެންނަނީ ވެރިކަން ކުރާރަށް މާލެއެވެ. އަނެއް ފަރާތުން ފެންނަނީ ކުދި ކުދި ޖަޒީރާ ރަށް ތަކެކެވެ! އެވަގުތުވެސް އަޅުގަނޑު ހޯދީ، އިބްނު ބަތޫތާ ސިފަ ކުރެއްވި ދިވެހި ރުށްދަނޑު ތަކެވެ. ނަމަވެސް ހުޅުލެއިންވެސް، އަދި ކައިރީގައިވާ ވެރިރަށުންވެސް އަޅުގަނޑަށް މާގިނަ ރުކެއް ނުފެނުނެވެ. އަޅުގަނޑަށް ފަހުން ވިސްނުނު ގޮތުގައި އެމީހުން ބިމަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމުން ރުއްކަނޑަން މަޖުބޫރުވީއެވެ. އަދި ހުޅުލެއިން ބިން އިތުރު ކުރުމުގެ ބޭނުމުގައި ކަނޑުން ވެލި ނަގައިގެން ވަށައިގެން އޮތް ފަޅުން ބައެއް ހިއްކާފައިވާ ކަންވެސް އަޅުގަނޑަށް އެނގުނެވެ. މިއީ ވަރަށް ބޮޑު ޚަރަދެއް ކަމާއި، މިކަމުގައި އެކުވެރި ދައުލަތްތަކުގެ އެހީ ދިވެހީންނަށް ލިބުނުކަމަށް ޚަބަރު ލިބުނެވެ.

ދުނިޔޭގެ އެއް ޢަޖައިބު ކަމުގައިވާ ދިވެހިރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (1)

ކިޔާފައިވާ ޢަދަދު: 4903
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ އަކީ 1930 ގައި ސައޫދީ އަރަބިއްޔާގެ އުތުރުގެ ސަހަރަކަށް އުފަން ބޭކަލެކެވެ. މިހާރު އަދާ ކުރައްވާ މަގާމަކީ رابطة العالم الإسلامي ގެ ސެކެޓްރީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމެވެ. ރާބިތާގައި އަދާކުރެއްވި މަގާމުތަކުގެ ސަބަބުން އެމަނިކުފާނު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރު ކުރެއްވިއެވެ. ދަތުރުނާމާގެ އިތުރުން  ތަފާތު މައުޟޫތަކަށް އެމަނިކުފާނު ސަތޭކަ ފަސްދޮޅަހަކަށް ފޮތް ލިޔުއްވާފައިވެއެވެ. އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކާއި ބެހޭ 125 ފޮތާއި  އިސްލާމީ ދަޢުވާ އާއި ގުޅުންހުރި ފަނަރަ ފޮތާއި އަރަބި ބަހާއި އެ ބަހުގެ އަދަބިއްޔާތާއި ބެހެ ފަނަރަ ފޮތް ލިޔުއްވައި އެފޮތްތައް މިހާރުވެސް ވިކެމުން ދެއެވެ. އަދި ޗާޕު ކުރަންވެފައިހުރި އިތުރު ސަތޭކަ ފޮތް ލިޔުއްވައި ނިންމަވާފައިވާކަމަށް ވެއެވެ!