މި ޒަމާނުގެ ޢިލްމީ ހުށަހެޅުންތަކުގެ ބަހަކީ، އިނގިރޭސި ބަސް ކަމުގައި ވެގެންދިޔައީ ކީއްވެ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 5932

އަޙުމަދު ސަމީރު ޢަލީ


ޕްރޮފެސަރ Michael D. Gordin އަކީ އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވަރސިޓީގައި ތާރީޚް އިލްމު ކިޔަވައިދެއްވާ އުސްތާޒެކެވެ. ކިޔަވައިދެއްވަނީ މިޒަމާނުގެ ތާރީޚެވެ. ޕްރިންސްޓަން ޔުނިވަރސިޓީގެ ކުރިން، ހާވާޑް ޔުނިވަރސިޓީގައިވެސް ކިޔަވައިދެއްވިއެވެ. ތާރީޚު އިލްމާއި ގުޅުންހުރި ތަފާތު ފޮތް ޕްރޮފެސަރ ގޯޑިން ލިޔުއްވާފައިވެއެވެ.  މިހާރު ލިޔުއްވަމުން ގެންދަވާ ފޮތަކީ ޢިލްމީ ހުށަހެޅުންތަކުގައި އެކި ދުވަސްވަަރު އެކި ބަސްބަސް އިސްކުރެވެމުން އައި ގޮތަށް އަލިއަޅުއްވައި، ލިޔުއްވަމުން ގެންދަވާ ފޮތެއްކަމަށް ވެއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (11)

ކިޔާފައިވާ ޢަދަދު: 5551
{jcomments on}
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(4 އޮކްޓޯބަރ 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ގިނަ މީހުން އަންދާޒާ ކުރާނެހެން، މިސްކިތުގެ މަތިވަޑާން ބަހައްޓާފައި ހުރީ ހަމަ ސީދާ ތަނބުތަކުގެ މަތީގައެއް ނޫނެވެ. ހިރިގަލުގެ ކޮންމެ ތަނބެއްގެ މަތީގައި ފަންނީގޮތަކަށް ލިޔެފައި ހުރި، ތިރީބަޔާއި ގުޅޭ ވަރުގެ ކުޑަ ތަންކޮޅެއް ހިމަ، ލަކުޑި ބައެއް ގުޅުވައި މަތި ވަޑާންގަނޑު ބަހައްޓާފައިވަނީ މި ލަކުޑި ބައިގެ މަތީގައެވެ. ފުރާޅު ފަރުމާކޮށްފައިވަނީ ދެ ފުރާޅަށް ކަތި ކޮށްފައެއް ނޫނެވެ. ހަތަރެސްކަނަށް، ރީތި ބައްޓަމަކަށެވެ.

އިސްކޫލު ތަކުގައި އޯގާވެރިކަން ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 5695
ލިޔުއްވީ: މުދައްރިސް އެޑަމް ޝާރމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މީގެ ތިން އަހަރު ކުރިން، އަޅުގަނޑު ގާތުގައި އަޅުގަނޑު ކިޔަވައިދޭ ދަރިވަރުންގެ ކިބައިން ހިތްހެޔޮ ކަމާއި އޯގާވެރިކަން  އާންމު ގޮތެއްގައި ފެންނަ މިންވަރާއި މެދު ތިބާ ސުވާލު ކުރެއްވި ނަމަ، އަޅުގަނޑު ދެންނެވީހީ ” ހަމަ ވަރަށް ރަނގަޅެވެ! އަޅުގަނޑު އެދެނީވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އަދި މުދައްރިސުންނަށް ވެސް އޯގާވެރިކަމާއި އިހުތިރާމާއި އެކު ކަންތައް ކުރުމެވެ.”

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (10)

ކިޔާފައިވާ ޢަދަދު: 5430
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(1 އޮކްޓޯބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެނބުރި މާލެއަށް އައުން:

ގަޑިން ބަރާބަރު ފަހެއް ޖެހުމުން ހުރާގެ ހިތްހެޔޮ، މެހެމާނުންނަށް އެންމެހައި ދީލަތި، ލޮބުވެތި ރައްޔިތުންނަށް އަލްވަދާޢު ކިޔައި މާލެދާން ފުރަން ޖެހިއްޖެއެވެ. މިފަހަރު އަޅުގަނޑުމެން އެންމެ ފުރަތަމަ ފާލާމުން ފޭބީ ކުޑަ ބޮއްކުރައަކަށެވެ. މި ބޮއްކުރާ އަރިއަޅައިލުން ހުއްޓުވުމުގެ ގޮތުން ވަރުގަދަ ހަތަރު ފިރިހެނުން، މޫދަށް އެރި، ކަކޫތާފެނުގައި ތިބެގެން އަޅުގަނޑުމެން ތިބި ބޮއްކުރާ މަޑުމަޑުން ކޮއްޕާފައި، ލާންޗުދޮށަށް ގެންގޮސް އަޅުގަނޑުމެން އެންމެން ލާންޗަށް އަރައި ނިމެންދެން ބޮއްކުރާ ސާބިތުކަންމަތީ އޮބަހައްޓައިދިނެވެ. ދެން ލާންޗު ދުއްވާ މީހާ، ވަރަށް ކުޅަދާނަ ކަމާއި ކެތްތެރިކަމާއި އެކު ފަޅުތެރޭގައިވާ ގާގަލުގައި ނުޖެހޭ ގޮތަށް، ދިރުނބާކޮޅުގައި ހުރި މީހެއްގެވެސް އެހީ އާއި އެކު، މަޑު ފެހި ކުލައިގެ ހިސާބުން ގަދަ ނޫކުލަ ފެށޭ ފުން ހިސާބަށް ލާންޗު ނެރެ ފުރިހަމަ ދުވެލީގައި މާލެއަށް މިސްރާބު ހިފައިފިއެވެ. ހުރައިން ފުރައިގެން އެނބުރި މާލެ އައި ދަތުރުގައި ފެނުނު މަންޒަރުތައް ކުރީދަތުރުހައި ފުރިހަމައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(71)

ކިޔާފައިވާ ޢަދަދު: 1807
 

ސޯސަން ކްލަބް އޭދަފުށީގައި

މިދިޔަ އަޟްޙާ ޢީދުގެ އުފާތަކާއެކު އ.ތޮއްޑޫ ސޯސަން ކްލަބްގެ ބަޑިޔާ ގްރޫޕްގެ ބަޑިޔާ ޖެހުން ބ. އޭދަފުށީގައި އޮތެވެ. މިކަންއޮތީ، އޭދަފުށީ މަދަރުސަތުލްބަހިއްޔާގެ ހޯލް ތެރޭގައެވެ. 3 ރޭ މަތިން 760 މީހުން ކުޅިބެލިއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (9)

ކިޔާފައިވާ ޢަދަދު: 5490
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(30 ސެޕްޓެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަންހެނުންގެ މިސްކިތް:
މިއީ އަންހެނުން އެކަނި ނަމާދު ކުރުމަށް ޚާއްސަ ކުރެވިފައިވާ މިސްކިތެކެކެވެ. އެއްވެސް ފިރިހެނަކު މި މިސްކިތަކަށް ނާރާނެއެވެ. ފިރިހެނުންގެ މިސްކިތުގައި ހުންނަފަދައިން އިމާމުވެ ނަމާދު ކުރާ މީހާ ހުންނަ މިހުރާބުގެއެއް މި މިސްކަތަކު ނުހުރެއެވެ. އަންހެނުންގެ މިސްކިތާއި ފިރިހެނުންގެ މިސްކިތާއި ހުރި އަނެއް ތަފާތަކީ މި މިސްކިތުގައި ވުޟޫ ކުރެވެން ނުހުންނަ ކަމެވެ. އެއީ މީހުންގެ ތެރޭގައި ވުޟޫ ކުރުމުގެ ބަދަލުގައި އެމީހުންގެ ކިބައިން އެދެވިގެންވަނީ ގޭގައި ވުޟޫ ކޮށްގެން މިސްކިތަށް އައުމެވެ. ފިރިހެނުން މަސައްކަތުގައި އުޅެފައި ސީދާ މިސްކިތަށް އަންނަހެން މި ކަނބަލުންނެއް ނާންނާނެއެވެ. އަޅުގަނޑަށް ކިޔައިދިން ގޮތުގައި އަންހެނުން ގޮވައިގެން އިސްވެ ނަމާދު ކުރާ އަންހެން އިމާމަކުވެސް ސަރުކާރުން އައްޔަންކޮށް މުސާރަދީފައި ހުރެއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (8)

ކިޔާފައިވާ ޢަދަދު: 5528
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(29 ސެޕްޓެމްބަރ 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކަނޑުމަތީގައި އުފާވެރި ވަގުތުތަކެއް:
މިބޭފުޅުން އަޅުގަނޑަށް ހައްދަވައިދެއްވި ތާވަލުގައި، މީހުން އުޅޭ އެހެން ރަށަކަށް ގޮަސް ރަށްފުށު ދިރިއުޅުން ކައިރިން ބަލައިލުން ހިމަނައި ދެއްވާފައި އޮތެވެ. ދިވެހި ރަށްތައް އުފެދިފައިވާ ގުދުރަތީ ގޮތާއި މެދު ހައިރާންފުޅެވެގެން، މި ރަށްތަކަކީ އަޖައިބެއްފަދަ ތަނެއްކަމުގައި އިބްނު ބަތޫތާ ލިޔުއްވީވެސް އެތައް ސަބަބެއް އޮވެގެންނެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (6)

ކިޔާފައިވާ ޢަދަދު: 5080
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(26 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސަޢޫދީ ރިޔާލަކަށް 4 ކިލޯ މަސް:
ކުރިން ދެންނެވި އަޖައިބެއް ކަހަލަ ބާޒާރަށް ފަހު ދެން އަޅުގަނޑުމެން ދިޔައީ ދިވެހީންގެ މަސްމާރުކޭޓަށެވެ. ފަޅުގައި އޮތް ދޯންޏެއްގައި މީހަކު ކައްކަން އިން ވާހަކަ އަދި ދަންނަވައި ނުލެވެއެވެ! އޭނާ އިނީ ލަކުޑި ދޯންޏެއްގައި، ދަރުން ކައްކާށެވެ! ރޭގަނޑުގެ ކެއުން ތައްޔާރު ކުރަނީ ކަމުގައިވެސް ވެދާނެއެވެ. އެ ދޯނީގައި އޭނާ ވިއްކަން ގެނައި ތަކެތިވެސް ހުއްޓެވެ. ކައްކަނީވެސް އެ ދޯނީގައެވެ! ވީމާ މި ދޯންނަކީ އޭނާއަށް، ބަދިގެއަކާއި ފިހާރައެއްވެސްމެއެވެ!

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (5)

ކިޔާފައިވާ ޢަދަދު: 5360
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

(24 ސެޕްޓެމްބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވެރިކަން ކުރާ މާލޭގައި ބޮޑު މިސްކިތަކަށް ބޭނުންޖެހިފައިވާ ކަމަށް ވިދާޅުވެފައި، ކުރާން ޖެހިފައިވާ ތަފާތު ކަންތަކަށް އެމަނިކުފަނު އިސާރާތް ކުރެއްވިއެވެ. ދިވެހި ރާއްޖޭގެ ރޭޑިއޯ އިސްޓޭޝަނަށް ވެސް ވިހި އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ކަމާއި އެތަނަށްވެސް ޒަމާނި އާލާތްތައް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމާއި ބިން ހިއްކުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ. ދެން ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރިން އަޅުގަނޑަށް އެއްވެސް ދަތިކަމެއް ދިމާވޭތޯ ސުވާލުކެރެއްވިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(70)

ކިޔާފައިވާ ޢަދަދު: 1830

ދިވެހިތާރީޚުގެ އަނެއްކާވެސް އެންމެ ކުލަގަދަ އެއް ޞަފްޙާ ލިޔެވި ނިމިއްޖެ

ރާނީ މާލެފައިބާ ވަޑައިގަތުން

ޢަޞްރު ނަމާދުގެ ބަންގީގެ އަޑާއެކުއެކީ ކަހަލަ ގޮތަކަށް ރޯޔަލް ޔޮޓް ބްރިޓޭނިޔާ އިނގިރޭސި ރާނީ ގޮވައިގެން އައިސް މާލޭގެ ބަނދަރު ޖަހައިފިއެވެ. ދުވަހަކީ އުޑުމަތި ރީތި، ވަރަށް ހެޔޮވަރު ވައިރޯޅިއެއް، އިރު އުތުރުން ޖެހިލައި ޖެހިލާ ހުރި ދުވަހެކެވެ. ހޫނުހުރީ 90 އާއި ކައިރީގައެވެ. އެއީ މިދިޔަ ހޯމަ ދުވަހުއެވެ. މާރޗް އިން 13 އެވެ.